ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވުން
މުހައްމަދު ޝަރުހާން

ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ވަގުތު އެސަރަހައްދުގައި ތިބި ނޫސްވެރިން ދުރުކުރަނީ

ގާސިމްގެ ވަކީލުންގެ ޓީމްގައި ހިމެނޭ ހިސާން ހުސައިން އާއި އަހްމަދު ޝަފީގަށް ވަނީ ޝަރީއަތުގެ މަޖިލީހަށް ނުވަދެވޭނެކަން އަންގާފަ
ގާސިމްގެ މައްޗަށްވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އުފުލާފަ
ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވި ވަގުތު އެސަރަހައްދަށް ވަނީ އިދިކޮޅު ކޯލިޝަންގެ ގިނަބަޔަކު ހާޒިރުވެފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރާ ތިން ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރު ވަނީ