އިންޑިއާގެ ޔަތީމު ހާނާއަށް ލީ ތިންކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ރާއްޖެ އައުން

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްއާއެކު ޔަސްރާ އެއާޕޯޓްގައި ފޮޓޯއަކަށް ހުއްޓިގެން

ޔަސްރާގެ ކާފަ މުހައްމަދު ނަޢީމް އާއި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް

އިންޑިއާގެ ޔަތީމް ހާނާގައި ގެންގުނު ތިން ކުދިންގެ ބައްޕަ، އަބްދުﷲ ނަސީރު
އިންޑިއާގައި ދިވެހި ތިން ކުދިން އެނބުރި ގައުމަށް ނާދެވިފައި ތިބި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައިސްފައިވަނީ ރާއްޖެޓީވީން ގެނެސްދިން ޑޮކިއުމަންޓްރީއަށް ފަހުއެވެ.

ޔަސްރާ އެނބުރި މާލެ އައިސް އޭނާގެ ބައްޕަ އާއި ބައްދަލުވަނީ. ޔަސްރާ އައް އެނބުރި އާދެވުނު ކަމުގައި ވިޔަސް އޭނާގެ ދެ ކޮއްކޮ ވަނީ އަދިވެސް އިންޑިއާގައި

އަބްދުﷲ ނަސީރާއި އޭނާގެ ދަރިފުޅު ޔަސްރާ ވެލާނާ އެއާޕޯޓްގައި: އުކުޅަހުގައި ދިރިއުޅެމުން ދިޔުމަށް ފަހު މި ކުދިން ގޮވައިގެން ފާތުމަ އިންޑިއާ އަށް ދިޔައީ 2013 ވަނަ އަހަރުއެވެ. އިންޑިއާއަށް ގޮސް ވަނީ ފޯން ނަންބަރާއި އެއްޗިހި ބަދަލުކޮށް އެކުދިންގެ ބައްޕައާއެކު

ޔަސްރާ ރާއްޖެ ގެނައިއިރު، އޭނާގެ ދެ ކޮއްކޮ ކަމުގައިވާ އުމުރުން 10 އަހަރުގެ އާއިމިނަތު ނަސްރާ އަބްދުﷲ އަދި އުމުރުން 7 އަހަރުގެ މަރިޔަމް ނައުރާ އަބްދުﷲ ތިބީ އެ ކުދިންގެ މަންމަގެ ބެލުމުގެ ދަށުގައި އިންޑި

ޔަސްރާއަށް މާލެ އާދެވޭގޮތް ވެފައި ވަނީ އިންޑިއާގައި ހުރި އޭނާގެ މަންމަގެ ހުއްދަ ލިބިގެންނެވެ.

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެނބުރި ގައުމަށް އައިސްފައި ވަނީ 12 އަހަރުގެ ޔަސްރާ އެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖެހުނު ދިވެހި ތިން ކުދިންގެ ތެރެެއިން އެއް ކުއްޖަކު އެނބުރި ރާއްޖެ އައިސްފިއެވެ.