އެމްޑީޕީން ކައުންސިލް އިންތިޚާބު ކެމްޕޭނަށް ހެންވޭރުގައި ދެވަނަ ހަރުގެެއެއް ހުޅުވުން

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީން ހެންވޭރުގައި އާ ހަރުގެއެއް ހުޅުވުމަށް އޭޕްރީލް 4، 2016 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފު ވާހަކަފުޅު ދައްކަވަނީ.

ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީ އާއި އެމްޔޫއޯގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި.

ހަރުގެ ހުޅުވުމަށް އޭޕްރީލް 4، 2016 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު އަދި ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާތަނަށް ތިން ފަހަރަކު އިންތިހާބް ލަސްކޮށްފައި.

އެމްޑީޕީއިން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެޕާޓީން ދަނީ މާލެއާއި ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުން

މި ރަސްމިއްޔާތުގައި ނިޔާޒް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމުން، ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން އިއާދަކޮށްދެއްދޭނެ ކަމަށް

ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް މާލޭ ސިޓީ، ހެންވޭރު ދެކުނުގައި އެމްޑީޕީން ހަރުގެއެއް ހުޅުވައިފި