ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ހާޒިރުކުރުން
ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ މާރިޔާ ހާޒިރުކުރީ މެމްބަރު ތޯރިޤް ކުރެއްވި ސުވާލަކާއި ގުޅިގެން

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - އަސްކަރިއްޔާ އޮތް ހާލު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށާއި، ކުރީގެ ސަރުކާރުން ސިފައިންއިންތިހާއަށް ބޭނުން ކޮށްފައިވަނީ ނާޖާއިޒް ގޮތުގައި އެކިއެކި ޕްރޮޖެކްޓް ހިންގުމަށް ކަމަށް މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ރާއްޖޭގެ އަސްކަރީއާއަކީ ވަރުގަދަ އަޒުމެއްގައި ތިބޭ ބައެއް ކަމަށާއި، ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވުމާއި ގުޅިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުން ކަމަށް މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ހުރިހާ ކަމެއް ވެސް ގުޅިފައިހުރީ ސިޔާސީ މަސްލަހަތާ ކަމަށާއި، ގައުމީ ސަލާމަތަށް ގުޅުންހުރި ކަންކަމަށް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ބޭފުޅުން ބޭނުން ކުރީ ރަސްރަނި ޕާކު ފަދަ ޕާކު ހެދުމަށްކަމަށާއި، އެކިއެކި އިމާރާތް ކުރުމުގެ މަސައްކަތައް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ދިފާއީ ހަރަކާތްތަކުގައި ހަރަކާތްތެރިވާން ތިއްބެވި ބޭފުޅުން ތިއްބެވީ ނާއުންމީދުވެ މާޔޫސްވެފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާގެ ބޭނުން ކުރަން ހުރި އާލާތްތަކުގެ ތެރެއިން ގިނަ އާލާތްތައް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރު ވިދާޅުވީ ސިފައިން ތިބީ މާޔޫސްވެ ނާއުންމީދު ވެފައި ކަމަށާއި، ވަޒީފާގެ އެއްވެސް ޔަގީންކަމެއް ނެތިފައި ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ ވެރިން ގާނޫނޫ އަސާސީއާ ގާނޫނާ ގަވާއިދަށް އެއްވެސް ބެލުމެއް ނެތި ކުރާ އަމުރުތަކަށް ސުވާލެއް ކޮށްލިކަމުގައި ވިޔަސް، އެތައް ޒަމާނެއްވަންދެން އިހުލާސްތެރިކަމާއެކު ވަޒީފާ އަދާކުރި އެތައް ބަޔަކު މަސައްކަތަށް ބެލުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެމީހުން އެންމެ މަސައްކަތް ކުރާ ހިތް ނުވާ ދިމާލަކަށް ބަދަލު ކޮށްފައިވާ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ރާއްޖެ އާއި އިންޑިއާއާ ދޭތެރޭ މުއާމަލާތް ކުރަނީ ހަމަހަމަކަމާއެކުގައި ކަމަށް ވެސް މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރުގެ ހައިސިއްޔަތުން ރަނގަޅު އުސޫލުތަކެއް ކަނޑައަޅައި ކަންކަން ތަރުތީބު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - އިންޑިއާ އަކީ ރާއްޖޭގެ އުތުރުގައި އޮންނަ އަވަށްޓެރި ބޮޑު ގައުމެއް ކަމަކު، އިންޑިއާ ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އިންޓަވިއުގައި ފާހަގަކުރެއްވި ކަން މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އިންޓަވިއުގައި ދޭން ބޭނުންވި މެސެޖަކީ އިންޑިއާ އަކީ ވަރުގަދަ އަސްކަރީ ބާރެއް ކަމާއި އެ ގައުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމް ކުރާނެ ވާހަކަ ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - މާރިޔާ މާފަށް އެދިވަޑައިގަތުމާއެކު، ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލިހުގެ ގިނަ މެމްބަރުންތަކެއް އަތްތިލަބަޑި ޖެއްސެވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުން - ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ހަދަން ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވި -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް