ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކުރުން
މުހައްމަދު ޝަރުހާން

ސައްތަ ކިލޯ ޕްރޮގްރާމްގެ ބައިވެރިންނާއި ޓްރެއިނަރުން ރާއްޖެ ޓީވީގެ ބައެއް ސްޓާފުންނާއެކު ސޮއި ކުރުުމުގެ ރަސްމިއްޔާތައްފަހު ފޮޓޯ އަކައް ހުއްޓިލައިގެން

މި ޕްރޮގްރާމްގެ މަގްސަދަކީ ޝޯވގައި ބައިވެރިވާ 9 ބައިވެރިންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމެވެ.

ސައްތަ ކިލޯގެ ޓްރެއިލާ ލޯންޗްކޮށްދެއްވުމަށް ފަހު، ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ، ޓްރެއިލާ ބައްލަވާއިރު، ޕްރޮގްރާމުގެ ބައިވެރިން ވެސް ޓްރައިލާއަށް ޝައުގުވެރިކަން ހުއްޓިފައި

ރާއްޖެޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ ސިމާނާ އިސްމާއިލް އެވެ. ފިޓްޒޯންގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އަހްމަދު ރިޔާޒް އެވެ.

ރާއްޖެޓީވީ އާއި ހުޅުމާލެ ފިޓްޒޯންއެކު ކުރިއަށްގެންދާ ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި