"ގެޓް ޓު ނޯ އިބޫ" އިވެންޓް
"ގެޓް ޓު ނޯ އިބޫ" އިވެންޓްގައި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކި ދާއިރާތަކުން ޒުވާނުން އެމަނިކުފާނާޢި ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. ޒުވާނުން ވަނީ ތައުލީމީ ދާއިރާއިންނާއި އިގްތިސާދީ، ސިއްހީ އަދި އިޖްތިމާޢީގެ އިތުރުން މަސްވެރިކަމާއި ސޯޝަލް ހައުސިންގ މައްސަލައާޢި ގުޅިގެން އިބޫއާޢި ސުވާލުތައް ކުރިމަތިކުރުވާފައެވެ.
ޒުވާނުންގެ ހިތުގައި އުފެދިފައި ހުރި ގިނަ ސުވާލުތަކަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖަވާބު ދެއްވާފައި
"ގެޓް ޓު ނޯ އިބޫ"ގެ ނަމުގައި ޒުވާނުންތަކަކާ އެކު އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިވެންޓްގައި ޒުވާނުން ވަނީ އެކި ދާއިރާތަކުން އިބްރާހިމް މުހައްމަދު ސޯލިހާ ސުވާލު އަމާޒުކޮށްފައި
ސަރުކާރުން މިހާރު ސްކޮލަޝިޕް ދޭ އުސޫލުތައް ބަދަލުކޮށް ގިނަ ކުދިންނަށް ކިޔަވަން ފުރުސަތު ދެވިދާނެ ތޯ އެމަނިކުފާނާ ސުވާލު ކުރުމުން ވިދާޅުވެފައިވަނީ މިހާރަށް ވުރެ ގިނަ ކުދިންނަށް ތައުލީމީ ސްކޮލަޝިޕް ދެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް
ދަރިން ބަލަން ޖެހުމުގެ ސަބަބުން ވަޒީފާތަކަށް ނުދެވިފައި ތިބި މައިންނަށް އެމަނިކުފާގެ ސަރުކާރުގައި އޮތް ފުރުސަތުތަކަކީ ކޮބައިތޯ ކުރި ސުވާލުތަކަށް ވެސް އެމަނިކުފާނު ޖަވާބު ދެއްވި
މަސްވެރިކަމުގެ ދާއިރާގައި މަސްވެރިންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ހާމަކޮށްދެއްވައި މަސްވެރިން ބާނާ މަހުގެ ހަމަ އަގު އެމަނިކުފާނުގެ ސަރުކާރެއްގައި ހޯދައިދޭނެ ކަމަށް އިބޫ ވިދާޅުވި
ސައްހަ ގޮތުގައި ކުރިއަށް ގެންދާ އެއްވެސް މަޝްރޫއެއް ހުއްޓައިނުލައްވާނެ ކަމަށް ވިދާޅުވި
އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދޭނެ ކަންކަމާ ގުޅޭ ގޮތުން ޒުވާނުންގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަައް އެމަނިކުފާނު ޖަވާބު ދެއްވި