އެމްޑީޕީއަށް 13 އަހަރު: ރީނދޫ ދޯދިތަކަށް ފަނޑުވުމެއް ނެތް
ޖޫންމަހުގެ 26 ވަނަ ދުވަހު އެމްޑީޕީއަށް 13 އަހަރު ފުރިފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. ދަތިތަކާއި ފިއްތުންތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރި އެޕާޓީ އަދިވެސް ތަހަންމަލް ކުރަމުންދަނީ އެ ދަތި އުނދަގުލެވެ. ނަމަވެސް އެޕާޓީގެ ފިކުރާއި ޙިޔާލު ފަނޑުވުމެއްނެތި ދިވެހިރާއްޖެއަށް ދަނީ ފެތުރެމުންނެވެ. އެރީނދޫ ދޯދިތަކަށް ފަނޑުކަމެށް ނެތެވެ.

އެމްޑީޕީ އިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިއަށްގެންދިޔަ ކެމްޕޭން ޖަލްސާއަކަށް ފަހު އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ރައްޔިތުންނާ ސަލާމްކުރައްވަނީ

އެމްޑިޕީ ފެށިގެން އައިތާ ކައިރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ސަޕޯޓަރުން އެއާޕޯޓްގައި، 26 ޖޫން 2005 ގައި އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ

އެމްޑީޕި އިން 2007 ގައި އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއް ދޫކޮށް ވަޑައިގަތުމަށް ފުލުހުން ރައީސް ނަޝީދަށް އަންގަނ: އެމްޑީޕީއަކީ މިހާތަނަށް އެންމެ ގިނަ ގޮންޖެހުންތަކާ އެކު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީ

އެމްޑީޕީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެއްވުމެއްގައި އެމްޑީޕީގެ ސަޕޯޓަރުން މަޑުކޮށްލައިގެން

އެމްޑީޕީގެ ސަޕޯޓަރުން ރައީސް ނަޝީދު ރަށަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއްދަންނަވަނީ: ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ އެންމެ ގިނަ ރައްޔިތުންގެ ލޯބި ލިިބިފައިވާ ރައީސް

އެމްޑީޕީގެ ސަޕޯޓަރުން ރައީސް ނަޝީދު ރަށަކަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވަނީ: ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަކީ އެންމެ ގިނަ ރައްޔިތުންގެ ލޯބި ލިިބިފައިވާ ރައީސް

އެމްޑީޕީ އިން ޑިސެމްބަރު 2005 ގައި ކުރިއަށްގެންދިޔަ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: އެމްޑީޕީއަށް 13 އަހަރު ވެފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ

އެމްޑީޕީއިން ޑިސެމްބަރު 2005 ގައި ކުރިއަށްގެންދިޔަ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ: އެމްޑީޕީއަށް 13 އަހަރު ވެފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ސިޔާސީ ޕާޓީ

އެމްޑީޕީއިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ އެއްވުމެއްގައި ގަލޮޅު އުތުރު ދާއިރާގެެ މެމްބަރު އީވާ އަބްދުﷲ އަދި އަހްމަދު ޝާހިދު މަޑުކޮށްލައްވައިގެން