ފީފާ ވާރލްޑް ކަޕް 2018 – މެޗް ޑޭ 10
ފީފާ ވާރލްޑް ކަޕްގެ މެޗް ޑޭ 10 ގައި ވަނީ ތިން މެޗެއް ކުޅެފައެވެ. އެއީ ގްރޫޕް ޖީގެ އެއް މެޗާއި ގްރޫޕް އެޗްގެ ދެ މެޗެވެ. ގްރޫޕް ޖީގެ މެޗުގައި އިނގިރޭސިވިލާތް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ ޕެނަމާ ބަލިކޮށް ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ކޮލޮމްބިއާއިން ވަނީ ޕޮލެންޑް ބަލިކޮށްފައެވެ. މި ބައްޔާއެކު ޕޮލެންޑް ވަނީ މުބާރާތުން ކަޓާފައެވެ. މިއީ ވާރލްޑް ކަޕްގައި މި ހުރިހާ ޓީމެއް ވެސް ކުޅުނު ދެވަނަ މެޗެވެ.

އިނގިރޭސިވިލާތާއި ޕެނަމާ ކުޅުނު މެޗުގެ ތެރެއިން އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން ޕެނަލްޓީ ޖެހުމަށްފަހު އަތް އުފުލާލަނީއެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. ކޭން ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ހެޓްރިކެއް ހެދި އިނގިރޭސިވިލާތަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާއަށެވެ. މިއަހަރުގެ ވާރލްޑް ކަޕްގައި ފަސް ލަނޑާއެކު ރަން ބޫޓުގެ ރޭންކިންގެ އެއްވަނައިގައި އޮތީ ކޭންއެވެ.

އިނގިރޭސިވިލާތާއި ޕެނަމާ ކުޅުނު މެޗުގެ ތެރެއިން މި މެޗުގައި އިނގިރޭސިވިލާތަށް ދެ ލަނޑު ޖަހައިދިން ޖޯން ސްޓޯންސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީއެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. ސްޓޯންސް ވެގެންދިޔައީ 1982 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕެއްގައި އިނގިރޭސިވިލާތަށް ލަނޑު ޖަހައިދިން މެންޗެސްޓާ ސިޓީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އިނގިރޭސިވިލާތާއި ޕެނަމާ ކުޅުނު މެޗުގެ ތެރެއިން ޕެނަމާގެ ކުޅުންތެރިޔަކު ބޯޅައަށް މަަސައްކަތްކުރަނީއެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު މިއީ ވާރލްޑް ކަޕްގައި އިނގިރޭސިވިލާތް ވާދަކުރި 38 ވަނަ ގައުމެވެ. ޕެނަމާ ވަނީ މި މެޗުން ބަލިވުމާއެކު ވާރލްޑް ކަޕްއިން ކަޓާފައެވެ.

އިނގިރޭސިވިލާތާއި ޕެނަމާ ކުޅުނު މެޗުގެ ތެރެއިން ޕެނަމާގެ އޭރިއާ ތެރެއިން ހަމަލާއެއް ފޮނުވާލުމަށް އިނގިރޭސި ކުޅުންތެރިން މަސައްކަތްކުރަނީއެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. މި މޮޅާއެކު އިނގިރޭސިވިލާތުން ވަނީ 2006 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ.

ގްރޫޕް އެޗްގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން ސެނެގާލްގެ ދެވަނަ ލަނޑު ޖެހުމަށްފަހު މޫސާ ވަގްޔޭ ދުއްވައިގަންނަނީއެވެ. މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ވާރލްޑް ކަޕެއްގައި އޭޝިއާގެ ގައުމަކާއި ދެކޮޅަށް ސެނެގާލް ކުޅުނު ފުރަތަމަ މެޗެވެ.

ގްރޫޕް އެޗްގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން ޖަޕާންގެ އޭރިއާ ތެރެއިން ހަމަލާއެއް ފޮނުވާލުމަށް ސެނެގާލްގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީއެވެ. މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ޖަޕާނާއި ސެނެގާލްއާއި ދެމެދު ކުޅެވުނު ހަތަރުވަނަ މެޗަށްވާއިރު މިއީ 2003 ވަނަ އަހަރުގެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ.

ގްރޫޕް އެޗްގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން މެޗު ބަލަން ވަން ސަޕޯޓަރުން ފެންނަ ފޮޓޯއެކެވެ. މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ޖެހި ލަނޑާއެކު ހޮންޑާ ވެގެންދިޔައީ ހަތަރު ލަނޑާއެކު އޭޝިއާގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ގްރޫޕް އެޗްގައި ޖަޕާން އަދި ސެނެގާލް ކުޅުނު މެޗުގެ ތެރެއިން ޖަޕާންގެ ކުޅުންތެރިޔަކު ހުރަހެއް ނަގަނީއެވެ. މި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއީ ޖަޕާނާއި ސެނެގާލްއާއި ދެމެދު ކުޅެވުނު ހަތަރުވަނަ މެޗަށްވާއިރު މިއީ 2003 ވަނަ އަހަރުގެ ފަހުން މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ.

ގްރޫޕް އެޗްގައި ކޮލޮމްބިއާ އަދި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން ހަމޭސް ރޮޑްރިގޭޒް އަދި ފަލްކާއޯ ލަނޑު ޖެހުމަށްފަހު ކޯނަރު ދަނޑި ކައިރީގައެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލޮމްބިއާއެވެ. މި މެޗުގައި ދެ ލަނޑު ޖެހުމަށް ހަމޭސް ވަނީ އެހީތެރިވެދީފައެވެ.

ގްރޫޕް އެޗްގައި ކޮލޮމްބިއާ އަދި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން ކޮލޮމްބިއާގެ ރަޑަމެއެލް ފަލްކާއޯ ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލޮމްބިއާއެވެ. މިއީ ވާރލްޑް ކަޕެއްގައި ފަލްކާއޯ ޖެހި ފުރަތަމަ ލަނޑެވެ.

ގްރޫޕް އެޗްގައި ކޮލޮމްބިއާ އަދި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން ކޮލޮމްބިއާގެ ފުރަތަމަ ލަނޑު ޖެހި ޔެރީ މިނާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލޮމްބިއާއެވެ. މިއީ މި ދެ ޓީމުގެ މެދުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅެވުނު ފުރަތަމަ މެޗަށްވާއިރު ވާރލްޑް ކަޕްގައި ޔޫރަޕުގެ ޓީމުތަކާއި ދެކޮޅަށް ކުޅުނު ނުވަ މެޗުގެ ތެރެއިން ކޮލޮމްބިއާ މޮޅުވެފައި އޮތީ އެންމެ ދެ މެޗުންނެވެ.

ގްރޫޕް އެޗްގައި ކޮލޮމްބިއާ އަދި ޕޮލެންޑް ކުޅުނު މެޗުގެ ތެރެއިން ހަމޭސް ރޮޑްރިގޭޒް ޕޮެލެންޑްގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮލޮމްބިއާއެވެ. މި މެޗާއެކު ޕޮލެންޑް ވެގެންދިޔައީ މިފަހަރުގެ ވާރލްޑް ކަޕްއިން ކެޓި ޔޫރަޕަށް ނިސްބަތްވާ ފުރަތަމަ ޓީމަށެވެ.