ފީފާ ވާރލްޑް ކަޕް 2018 – މެޗް ޑޭ 9
ފީފާ ވާރލްޑް ކަޕްގެ މެޗް ޑޭ 9 ގައި ވަނީ ޖުމްލަ ތިން މެޗެއް ކުޅެފައެވެ. އެއީ ގްރޫޕް އެފްގެ ދެ މެޗާއި ގްރޫޕް ޖީގެ އެއް މެޗެވެ. ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯއިން ދެކުނު ކޮރެއާ ބަލިކުރިއިރު އެ ގްރޫޕްގެ ދެވަނަ މެޗު ސްވިޑެންއާ ވާދަކޮށް ފަހަތުން އަރައި ކާމިޔާބުކުރީ ޖަރުމަނެވެ. ގްރޫޕް ޖީގައި ކުޅުނު މެޗުގައި ބެލްޖިއަމްއިން ވަނީ ޓިއުނީޝިއާ ބަލިކޮށްފައެވެ. މިއަދުގެ މެޗުތަކަށް ބަލާއިރު ދެކުނު ކޮރެއާ އަދި ޓިއުނީޝިއާ ވަނީ މުބާރާތުން ކަޓާފައެވެ. ދެވަނަ ބުރަށް ދިޔުމަށް ޖަރުމަނު ކުރިޔަށް އޮތް މެޗު ކާމިޔާބުކުރަން ޖެހޭއިރު މެކްސިކޯ އަދި ބެލްޖިއަމްއިން ވަނީ ދެވަނަ ބުރުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކޮށްފައެވެ.

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯ އަދި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން މެކްސިކޯގެ ކުޅުންތެރިޔަކު އެޓީމަށް ލިބުނު ކޯނަރެއް ނަގަނީއެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ މެކްސިކޯއެވެ. މީގެ ކުރިން މި ދެ ޓީމު ވާރލްޑް ކަޕްގެ މެޗެއްގައި ކުޅެފައި ވަނީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގައެވެ.

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯ އަދި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން މެކްސިކޯގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ޖަހައިދިނުމަށްފަހު ކާލޯސް ވޭލާ އުފާފާޅުކުރަނީއެވެ.މި މެޗު 2-1 އިން ކާމިޔާބުކުރީ މެކްސިކޯއެވެ. މިއީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ ދެ މެޗުން މެކްސިކޯ މޮޅުވި ފުރަތަމަ ފަހަރެވެ.

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯ އަދި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން މެކްސިކޯގެ ހަވިޔާ ހަނާންޑޭޒް (ޗިޗަރީތޯ) ލަނޑު ޖަހަނީއެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ މެކްސިކޯއެވެ. ޗިޗަރީތޯ ވެގެންދިޔައީ ތިން ވާރލްޑް ކަޕެއްގައި މެކްސިކޯއަށް ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށެވެ. މިއީ ޗިޗަރީތޯ މެކްސިކޯއަށް ޖަހައިދިން 50 ވަނަ ލަނޑެވެ. އޭނާ ވެގެންދިޔައީ ގައުމީ ޓީމަށް 50 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ގްރޫޕް އެފްގެ ފުރަތަމަ މެޗުގައި މެކްސިކޯ އަދި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން ދެކުނު ކޮރެއާގެ ކުޅުންތެރިޔަކު ހަމަލާއެއް ފޮނުވުމަށް މަސައްކަތްކުރަނީއެވެ. މި މެޗު 2-1 އިން ކާމިޔާބުކުރީ މެކްސިކޯއެވެ. މި މެޗުން ބަލިވުމާ އެކު ވާރލްޑް ކަޕްގައި އެންމެފަހުން ކުޅުނު އަށް މެޗުން ވެސް ކޮރެއާ މޮޅުވެފައެއް ނުވެއެވެ.

ގްރޫޕް ޖީގެ މެޗުގައި ބެލްޖިއަމް އަދި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން މި މެޗުގައި ދެ ލަނޑު ޖެހި ރޮމެލޫ ލުކާކޫ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީއެވެ. މި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. ލުކާކޫ ވެގެންދިޔައީ ވާރލްޑް ކަޕެއްގައި ޑިއޭގޯ މެރަޑޯނާގެ ފަހުން ޖެހިޖެހިގެން ދެ މެޗުގައި ދެ ލަނޑަށް ވުރެ ގިނައިން ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ގްރޫޕް ޖީގެ މެޗުގައި ބެލްޖިއަމް އަދި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މިޗީ ބަޓްޝުއާއީ ހަމަލާއެއް ފޮނުވާލަނީއެވެ. މި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. މިއީ މި ދެ ޓީމުގެ މެދުގައި ކުޅުނު ހަތަރުވަނަ މެޗަށްވާ އިރު 2002 ވަނަ އަހަރު އޮތް ވާރލްޑް ކަޕްގައި މި ދެ ޓީމު ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ގްރޫޕް ޖީގެ މެޗުގައި ބެލްޖިއަމް އަދި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ޓިއުނީޝިއާގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީއެވެ. މި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕް މެޗަކުން އެޓީމު އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ.

ގްރޫޕް ޖީގެ މެޗުގައި ބެލްޖިއަމް އަދި ޓިއުނީޝިއާ ކުޅުނު މެޗުގެ ތެރެއިން ބެލްޖިއަމްގެ ޑްރައިސް މާޓެންސް އަތުން ބޯޅަ ހޯދުމަށް ޓިއުނީޝިއާގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީއެވެ. މި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ބެލްޖިއަމްއެވެ. ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ބެލްޖިއަމް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

ގްރޫޕް އެފްގެ ދެވަނަ މެޗުގައި ޖަރުމަނާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިން ޖަރުމަނުގެ ފުރަތަމަ ލަނޑު ޖެހި މާކޯ ރޮއިސް ލަނޑު ޖެހުމަށްފަހު މުލާއާއެކު އުފާފާޅުކުރަނީއެވެ. މި މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކުރީ ޖަރުމަނެވެ. މިއީ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ޖަރުމަނަށް ރޮއިސް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ގްރޫޕް އެފްގެ ދެވަނަ މެޗުގައި ޖަރުމަނާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިން ޖަރަމުން މެޗުން މޮޅުވި ލަނޑު ޖެހި ޓޯނީ ކްރޫސް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީއެވެ. މި މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކުރީ ޖަރުމަނެވެ. މިއީ ޖަރުމަނުގެ ވާރލްޑް ކަޕް ތާރީހުގައި ވެސް އެޓީމު އެންމެ ލަހުން ޖެހި ލަނޑެވެ.

ގްރޫޕް އެފްގެ ދެވަނަ މެޗުގައި ޖަރުމަނާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިން ސްވިޑެންގެ ލަނޑު ޖެހި އޮލަ ޓޮއިވޮނެން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީއެވެ. މި މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކުރީ ޖަރުމަނެވެ. މި މެޗުގައި ސްވިޑެންގެ ކުޅުންތެރިން ކައުންޓާގައި ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް އެކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަފައެއް ނުވެއެވެ.

ގްރޫޕް އެފްގެ ދެވަނަ މެޗުގައި ޖަރުމަނާއި ސްވިޑެން ކުޅުނު މެޗުގެ ތެރެއިން ޖަރުމަނުގެ ޖެރޯމް ބޯޓެންގް ބޮލުން ބޯޅައިގައި ޖެހުމަށް މަސައްކަތްކުރަނީއެވެ. މި މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކުރީ ޖަރުމަނެވެ. މި މެޗުގެ ދެވަނަ ހާފުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ބޯޓެންގް ދަނޑުން ފޮނުވާލެވުނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ފަހު ބައި ޖަރުމަނުން ކުޅުނު ނަމަވެސް އެޓީމުން އެންމެ ފަހުވަގުތު ލަނޑެއް ޖަހައި މޮޅުވިއެވެ.