ޖަޒީރާ ރާއްޖެ ކެމްޕެއިން - ޖަޒީރާ ދުވުން
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާ ގުޅުވައިގެން "ޖަޒީރާ ދުވުން" ކުރިއަށް ގެންދަން އުޅުނު ވަގުތާ ދިމާކޮށް، އެކުވެނި ޓްރެކް ސަރަހައްދު އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމުން މަގުމައްޗަށް ދުވަން ނުކުތް ބައެއް މީހުން ހައްޔަރުކޮށް، އެ ހަރަކާތަށް ފުލުހުން ހުރަސް އަޅާފައިވެއެވެ.
ކުރިއަށް ނުދެވޭނެ ގޮތަށް ހުރަސް އަޅައިގެން ތިބި މީހުން އެތަނުން ދިއުމަށް ފުލުހުން ފުރުސަތު ދިނީ އިރުއޮއްސެން ކައިރިވި ވަގުތާ ދިމާކޮށެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާ ގުޅުވައިގެން "ޖަޒީރާ ދުވުން" ކުރިއަށް ގެންދަން އުޅުނު ވަގުތާ ދިމާކޮށް، އެކުވެނި ޓްރެކް ސަރަހައްދު އާންމުނަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމުން މަގުމައްޗަށް ދުވަން ނުކުތް ބައެއް މީހުން ހައްޔަރުކޮށް، އެ ހަރަކާތަށް ފުލުހުން ހުރަސް އަޅައިފިއެވެ.
ޖަޒީރާ ދުވުމުން ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 5:30 އެހާކަންހާއިރުއެވެ
ހުކުރު ދުވަހުގެ ހަވީރު އެކުވެނި ޓްރެކް ސަރަހައްދުގައި ޖަޒީރާ ދުވުން ކުރިއަށް ގެންދާނެ ކަމަށް މީގެ ފަސް ދުވަސް ކުރިން އެމްޑީޕީން ބުނެފައި ވަނިކޮށް، ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ހަވީރު ޔޫތު މިނިސްޓްރީން އެތަނުގައި ވަނީ ނޯޓިހެއް ބަހައްޓާފައެވެ.
ހަރަކާތުގެ ތެރެއިން ހުއްޓުވައި ހައްޔަރު ކުރީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒާއި އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމުގެ އިތުރުން ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު މައިމޫން މުހައްމަދެވެ.
އެތަނުގައި ބެހެއްޓި ނޯޓިހެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ބޭނުމަށް ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:30އަށް އެތަން ބަންދުކޮށްފައިވާ ކަމަށެވެ.
އެ ހަރަކާތުގެ ބައެއް ބައިވެރިން އެކި ދިމަދިމާލަށް ހިނގައިގަތެވެ. އަދި އެހެން ބައިވެރިން ހަރަކާތް ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭގެ މަގުތަކުގައި ދުވުން ކުރިއަށް ގެންދިޔައެވެ
ހަރަކާތުގެ ބައިވެރިން ފަހަތަށް ޖައްސަން ފެށީ އެ މީހުން ހައްޔަރު ކުރުމަށްފަހުއެވެ.