ބ. ގޮއިދޫގެ ގޮނޑުދޮއް ސާފުކުރުން
ސްކޫލް ކުދިންނާއި، ބެލެނިވެރިންނާއި އަދި އެހެން ބައިވެރިންވަނީ ރަށުގެ އަތިރިމަތީގައި ހުރި ޕްލާސްޓިކް ކޮތަޅާއި އަދި އެހެން ކުނި ނަގާ ސާފުކޮއްފައެވެ.
އަޝްވާ ފަހީމް
21 ޖޫން 2018

މި އިވެންޓްގައި 150 މީޓަރުގެ ސަރަހައްދެއް ސާފު ކޮށްފައިވެއެވެ.

މި ހަރަކާތަކީ ބ. ގޮއިދޫގެ ގެސްޓް ހައުސަކާއި އަދި 'ޕްލާސްޓިކް ނޫން ގޮތެއް'ގެ ނަމުން ހިނގާ ޕްރޮޖެކްޓްއާއި ގުޅިގެން ހިންގި ހަރަކާތެކެވެ.

އެންމެ ގިނައިން ނެގުނު ކުންޔަކީ ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅިއާއި، ނައިލޯނު ވަލެވެ.

16 ކުޑަކުދިންނާއި، 6 ބެލެނިވެރިންނާއި އަދި ގެސްޓް ހައުސްގެ 2 ސްޓާފުންވަނީ ގޮނޑުދޮއް ސާފުކުރުމުގައި ބައިވެރިވެފައެވެ.

ކުރިޔަށް އޮތް 4 އަހަރަށް ބ. ގޮއިދޫގެ ސްކޫލާ ގުޅިގެން ވަނީ ރަށުގެ ގޮންޑުދޮށްތައް ސާފުކުރުމުގައި ޕްލޭނެއް ރާވައިފަ އެވެ.