Raajje.mv
ފޮޓޯ ގެލަރީ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ފުރަތަމަ ބުރުގެ އެންމެ މޮޅު ފުރަތަމަ އެގާރަ

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ފުރަތަމަ ބުރުގެ ކުޅުން ނިމިފައިވާއިރު މި ބުރުގައި ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޓީމުތަކަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވޭ. އެގޮތުން އެންމެފަހުގެ ޗެމްޕިނުން ކަމަށްވާ ޖަރުމަނު ބަލިވިއިރު ބްރެޒިލް އާއި ސްޕެއިން އަދި އާޖެންޓީނާ ވަނީ އެ ޓީމުތައް ކުޅުނު މެޗުތަކުން އެއްވަރުވެފައި. މިއަހަރުގެ ވާރލްޑް ކަޕްގައި ވެސް ގިނަ ކުޅުންތެރިން އަންނަނީ ތަފާތު ދައްކަމުން. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ޒުވާން ކުޅުންތެރިންގެ ގޮތުގައި ފެނިގެންދަނީ ރަޝިއާގެ މިޑްފީލްޑަރު އެލެކްޒެންޑަރ ގޮލޮވިން އަދި މެކްސިކޯގެ ފޯވާޑް ހާވިން ލޮޒާނޯ. މި ކުޅުންތެރިންގެ އިތުރުން ދުނިޔޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ވެސް ވަނީ އެކުޅުންތެރިންގެ ގައުމުތަކަށް ތަފާތު ދެއްކުމަށް މަސައްކަތްކުރަމުން.

މުހައްމަދު ޝަރުހާން
20 ޖޫން 2018
ސާބިއާގެ ޑިފެންޑަރު އެލެކްޒެންޑަރ ކޮލަރޯވް - ކޮސްޓަ ރިކާ އަތުން 1-0 އިން ސާބިއާ މޮޅުވި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ޖެހީ ކޮލަރޯވް. އޭނާ މި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުން. މި ލަނޑަށް ގިނަ ބަޔެއްގެ ތައުރީފް އަމާޒުވެފައިވާއިރު މިއީ މިއަހަރުގެ ވާރލްޑް ކަޕްގައި ފެނިގެންދިޔަ ހިލޭ ޖެހުމަކުން ކާމިޔާބުކުރި ތިންވަނަ ލަނޑު

މެކްސިކޯގެ މިޑްފީލްޑަރު ހެކްޓަރ ހެރޭރާ - އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު އަތުން މެކްސިކޯ މޮޅުވި މެޗުގައި ހެރޭރޭ މޮޅު ކުޅުމެއް ދެއްކިއިރު އޭނާވަނީ ޖަރުމަނުގެ އެޓޭކްތައް ހުއްޓުވައި މެކްސިކޯއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި.

ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ - ސްޕެއިން އަދި ޕޯޗުގަލް ގްރޫޕް ފިޔަވަހީގައި ކުޅުނު މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު އެމެޗުގައި ރޮނާލްޑޯ ހެޓްރިކެއް ހެދި. މި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި އޭނާ ފުރިހަމަކުރި 51 ވަނަ ހެޓްރިކަށްވާއިރު އޭނާ ވެގެންދިޔައި އުމުރުން 33 އަހަރުގައި ވާރލްޑް ކަޕްގައި ހެޓްރިކެއް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް.

އައިސްލޭންޑްގެ ކީޕަރު ހަންސް ތޮރ ހަލްޑޯސަން - ވާރލްޑް ކަޕްގެ ތާރީހުގައި ވެސް އައިސްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި އޭނާ މޮޅު ކުޅުމެއް ދެއްކި. މި މެޗުން އައިސްލޭންޑަށް ޕޮއިންޓެއް ލިބިގެންދިޔައީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޖެހި ޕެނަލްޓީ ހަލްޑޯސަން މަތަކުރުމާއެކު. އޭގެއިތުރުން ވެސް މި މެޗުގައި އޭނާގެ ފަރާތުން އާދަޔާ ހިލާފް ގިނަ ސޭވްތަކެއް ފެނިގެންދިޔަ.

ސްވިޓްޒަލޭންޑުގެ މިޑްފީލްޑަރު ވެލޮން ބްރަހިމީ - މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ބްރެޒިލް އާއި ދެކޮޅަށް ކުޅެ ސްވިޓްޒަލޭންޑް 1-1 އިން އެއްވަރުކުރި މެޗުގައި ނޭމާ ހުއްޓުވުމަށް ބްރަހިމީ ކުރި މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފް ވަނީ އަމާޒުވެފައި.

ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ - ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅެ 1-1 އިން ބްރެޒިލް އެއްވަރުވި މެޗުގައި ބްރެޒިލްގެ ލަނޑު ޖެހީ ކުޓީނިއޯ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ކަމަށްވާއިރު މިއީ މުބާރާތުގެ އެންމެ ރީތި ލަނޑަށް ވާދަކުރާނެ ލަނޑެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ. 1966 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ބްރެޒިލްއިން ވަނީ އޭރިއާ ބޭރުން 37 ލަނޑު ޖަހާފައި. މިއީ އެހެން ޓީމަކަށްވުރެ 11 ލަނޑު އިތުރު އަދަދެއް.

އިނގިރޭސިވިލާތުގެ ޑިފެންޑަރު ކިއެރަން ޓްރިޕިއަރ - ޓިއުނީޝިއާ އަތުން 2-1 އިން އިނގިރޭސިވިލާތް މޮޅުވި މެޗުގައި އިނގިރޭސި ކުޅުންތެރިން ލަނޑު ޖެހުމަށް ޓްރިޕިއަރ ހަ ފުރުސަތެއް ތަނަވަސްކޮށްދިންއިރު މެޗުގެ އެންމެ ފަހު މިނެޓުގައި ކެޕްޓަން ހެރީ ކޭން ލަނޑު ޖެހި ކޯނަރު ވެސް ނެގީ އޭނާ.

އުރުގުއޭގެ ޑިފެންޑަރު ހޯސޭ މާރިއާ ހިމެނޭޒް - މިސްރު އަތުން 1-0 ގެ ނަތީޖާއަކުން އުރުގުއޭ މޮޅުވި މެޗުގައި އެޓީމަށް ލަނޑު ޖަހައިިދިނީ ހިމެނޭޒް. އޭނާ މި ލަނޑު ޖެހީ މެޗުގެ އެންމެ ފަހު މިނެޓުގައި ކަމަށްވާއިރު މިއީ 1990 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕްގެ މެޗެއް އެންމެ ފަހު މިނެޓުގައި ލަނޑު ޖަހައިގެން އުރުގުއޭއިން ކާމިޔާބުކުރި ފުރަތަމަ ފަހަރު.

ސްވިޑެންގެ ޑިފެންޑަރު އަންދްރޭއަސް ގްރަންކަވިސްޓް - ދެކުނު ކޮރެއާ އަތުން 1-0 އިން ސްވިޑެން މޮޅުވި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ މެދުވެރިކޮަށް ލިބުނު ޕެނަލްޓީއެއްގައި ޖަހައިދިނީ އެޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ގްރަންކަވިސްޓް. މިއީ 1958 ވަނަ އަހަރުގެ ފަހުން ވާރލްޑް ކަޕް ހުޅުވާ މެޗަކުން ސްވިޑެން މޮޅުވި ފުރަތަމަ މެޗުވެސްމެ.

މެކްސިކޯގެ ފޯވާޑް ހާވިން ލޮޒާނޯ - އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު އަތުން 1-0 އިން މެކްސިކޯ މޮޅުވި މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލޮޒާނޯ. އޭނާ މި މެޗުގައި ލަނޑު ޖެހީ އޭނާ މެޗުގައި އުފެއްދީ ފުރަތަމަ ހަމަލާއާއެކު. މި ލަނޑާއެކު މެކްސިކޯ ސިޓީއަށް ކުޑަ ލޮޅުންތަކެއް އެރިކަމަށް އެގައުމުގެ އިދާރާތަކުން ރިޕޯޓްކޮށްފައިވޭ.

ރަޝިއާގެ މިޑްފީލްޑަރު އެލެކްޒެންޑަރ ގޮލޮވިން - މުބާރާތް ހުޅުވުމަށް ސައުދީ އަރަބިއްޔާ އަތުން ރަޝިއާ 5-0 އިން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގޮލޮވިން ކަމަށްވާއިރު މި މެޗުގައި އޭނާ ހިލޭ ޖެހުމަކުން ލަނޑެއް ޖެހިއެވެ. ހަމައެހެންމެ ދެ ލަނޑު ޖެހުމަށް ފުރުސަތު ވެސް ތަނަވަސްކޮށްދިން.