Raajje.mv
ފޮޓޯ ގެލަރީ

ފީފާ ވޯލްޑް ކަޕް ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު

މިއަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަނީ ރަޝިއާގައެވެ. މިއީ ރަޝިއާގައި ވޯލްޑް ކަޕް ބޭއްވޭ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި ޖަރުމަނު ނުކުންނައިރު ދުނިޔޭގެ އެންމެ ބޮޑު ޓީމުތައް މިފަހަރު ވެސް ވޯލްޑް ކަޕްއިން ފެނިގެންދާނެއެވެ. މިފަހަރުގެ ވޯލްޑް ކަޕްއިން ނުފެންނަ އެންމެ ފާހަގަކޮށްލެވޭ ޓީމަކީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީއެވެ. މިފަހަރުގެ ވޯލްޑް ކަަޕްގައި މުޅިން އަލަށް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީތެރިކަން ބޭނުންކުރާނެއެވެ. ރަޝިއާގެ 11 ސިޓީއެއްގައި ބިނާކޮށްފައިވާ 11 ސްޓޭޑިއަމެއްގައި ވޯލްޑް ކަޕްގެ 64 މެޗު ކުޅޭނެއެވެ. މިއީ ވޯލްޑް ކަޕް ބާއްވާ 21 ވަނަ ފަހަރެވެ.

މުހައްމަދު ޝަރުހާން
14 ޖޫން 2018
ޖޫން 14، 2018: ވޯލްޑް ކަޕް ހުޅުވުމުގެ ހަފްލާގައި އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސް ގެ ހުށަހެޅުމެއް ފެނިގެންދިޔަ. އޭނާގެ ހުށަހެޅުމަށް ގިނަ ބަޔެއްގެ ތައުރީފް ލިބިގެންދިޔައިރު ވޯލްޑް ކަޕް ނިންމާލާ ރަސްމިއްޔާތުގައި އިތުރު ފަންނާނުން ފެންނާނެ ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން ބުނޭ.

ޖޫން 14، 2018: އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ރޮބީ ވިލިއަމްސްއާއެކު ރަޝިއާގެ ސޮޕްރާނޯ ލަވަކިޔުންތެރިޔާ އައިޑާ ގްރިފިލީނާ ވެސް ހުށަހެޅުމުގައި ބައިވެރިވެފައި. މި ހަފްލާގައި ރަޝިއާގެ ސަގާފީ ކަންކަން ވެސް ވަނީ ދައްކާލާފައި.

ޖޫން 14، 2018: މިއަހަރުގެ ހުޅުވާ ރަސްމިއްޔާތަށް ވޯލްޑް ކަޕްގެ ޓްރޮފީ ތައާރަފްކޮށްދިނީ ސްޕެއިންގެ ގައުމީ ޓީމާއެކު މި ތަށި އުފުލާލި ކެޕްޓަން އިކަރ ކަސިޔަސް. އޭނާއަކީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް އުފުލާލި މަދު ކެޕްޓަނުން ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް.

ޖޫން 14، 2018: މި ކުލަގަދަ ހަފްލާއަކީ އަށް އަހަރުގެ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ރަޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައި. ވޯލްޑް ކަޕް ބޭއްވުމަށް ރަޝިއާއިން ވަނީ 11 ބިލިއަން ޕައުންޑް ހަރަދުކޮށްފައި.

ޖޫން 14، 2018: ސައުދީ އަރަބިއްޔާ އަދި ރަޝިއާ ކުޅުނު މެޗު ބަލާލުމަށް ލުޒުނިކީ ސްޓޭޑިއަމްއަށް ދިޔަ ސަޕޯޓަރެއް. ރަޝިއާގެ ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ މަގުބޫލުކަން ވޯލްޑް ކަޕާއެކު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ.

ޖޫން 14، 2018: ސައުދީ އަރަބިއްޔާ އަދި ރަޝިއާ ކުޅުނު މެޗު ބަލާލުމަށް ލުޒުނިކީ ސްޓޭޑިއަމްއަށް ދިޔަ ސަޕޯޓަރެއް. ދުނިޔޭގެ އެކިކަންކޮޅުތަކުން ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށް މީހުން ވަނީ ގޮސްފައި. މިކަމުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވޭ.

ޖޫން 14، 2018: މުބާރާތް ފެށުމުގެ ކުރިން ވަނީ ހަވާ އެރުވުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައި. ރަޝިއާ ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރުުވެފައިވާކަން ފީފާއިން ވެސް ވަނީ ފާހަގަކޮށްފައި. ވޯލްޑް ކަޕްގެ ފައިނަލްގެ ކުރިން ބާއްވާ ރަސްމިއްޔާތު މާ ކުލަ ގަދަވާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައި.

ޖޫން 14، 2018: މުބާރާތް ފެށުމުގެ ކުރިން ވަނީ ހަވާ އެރުވުމުގެ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންގޮސްފައި. ރަޝިއާ ވަރަށް ބޮޑަށް މި މުބާރާތަށް ތައްޔާރުުވެފައިވާކަން ފީފާއިން ވެސް ވަނީ ފާހަގަކޮށްފައި. ވޯލްޑް ކަޕްގެ ފައިނަލްގެ ކުރިން ބާއްވާ ރަސްމިއްޔާތު މާ ކުލަ ގަދަވާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ވަނީ ބުނެފައި.

ޖޫން 14، 2018: މިއަހަރުގެ ހުޅުވާ ރަސްމިއްޔާތަށް ވޯލްޑް ކަޕްގެ ޓްރޮފީ ތައާރަފްކޮށްދިނީ ސްޕެއިންގެ ގައުމީ ޓީމާއެކު މި ތަށި އުފުލާލި ކެޕްޓަން އިކަރ ކަސިޔަސް. އޭނާއަކީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް އުފުލާލި މަދު ކެޕްޓަނުން ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް.

ޖޫން 14، 2018: މިއަހަރުގެ ހުޅުވާ ރަސްމިއްޔާތަށް ވޯލްޑް ކަޕްގެ ޓްރޮފީ ތައާރަފްކޮށްދިނީ ސްޕެއިންގެ ގައުމީ ޓީމާއެކު މި ތަށި އުފުލާލި ކެޕްޓަން އިކަރ ކަސިޔަސް. އޭނާއަކީ ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް އުފުލާލި މަދު ކެޕްޓަނުން ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް.

ޖޫން 14، 2018: މިއަހަރުގެ ވޯލްޑް ކަޕް ފެށިގެންދިޔައީ ރަޝިއާ އަދި ސައުދީ އަރަބިއްޔާގެ މެޗާއެކު. މިއަހަރުގެ ވޯލްޑް ކަަޕްގައި 32 ގައުމު ބައިވެރިވިއިރު 64 މެޗު ކުޅެވިގެންދާނެ. ރަޝިއާގެ 11 ސިޓީއެއްގައި ބިނާކޮށްފައިވާ 11 ސްޓޭޑިއަމެއްގައި ވޯލްޑް ކަޕްގެ މެޗުތައް ކުޅޭނެ