ކަނޑު އަޑީގައި ކުރި ކައިވެނި
މިއީ ދިވެއްސަކު ކަނޑު އަޑީގައި ކުރި ދެވަނަ ކައިވެނި
މެއި 13، 2018: ވޭލް ސަބްމެރިންގައި 30 މީޓަރަށް ފީނުމަށް ފަހު، ކައިވެނިކުރުމަށް ތައްޔާރުވެގެން
މެއި 13، 2018: ރާނިޔާ އަކީވެސް ޑައިވް ކުރާ ޒުވާނަކަށް ވުމުން ކަނޑު އަޑީގައި ކައިވެނި ކުރުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް
މެއި 13، 2018: ކައިވެނި ހަފްލާތައް އިންތިޒާމު ކުރާ މަޝްހޫރު ވެޑިންގް ޕްލޭނިންގ ކުންފުނި "ޕަރފެކްޓް ސެލެބްރޭޝަންސް" އިން. މި ކައިވެނީގެ ކަންކަން އިންތިޒާމުކޮށް ރޭވިފައިވާ ގޮތަށް ވޭލް ސަބްމެރިންގައި 30 މީޓަރަށް ވުރެ ވެސް އަޑީގައި ކައިވެނި ކޮށް ނިންމާލީ ހަމަ ވަރަށް "ޕަރފެކްޓް" ކޮށްގެންނެވެ.
މެއި 13، 2018: 23 އަހަރުގެ މަފްޒޫލް މައުރޫފާއި 18 އަހަރުގެ ރާނިޔާ އަޝްރަފް ކައިވެނި ކުރީ 3 އަހަރު އެ ދެ ޒުވާނުން ރަށްޓެހިވެގެން އުޅުމަށް ފަހުގައެވެ.
މެއި 13، 2018: ކައިވެނީގެ ރަސްމީ ކަންކަން ސަބްމެރީންގައި ނިމުމުން، ޑައިވް ކުރާ އެ ދެމަފިރިން ބޭނުންވީ ކައިވެނީގެ ރީތި ހެދުމުގައި ކަނޑުގެ އަޑީގައި ފީނާލުމަށެވެ.
މެއި 13، 2018: ރާއްޖެޓީވީއަށް މި ތާރިހީ ހަފްލާއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. މި އިވެންޓުގައި ބައިވެރިވުމަށް ކަނޑު އަޑިއަށް ދިޔަ ނޫސްވެރިޔަކީ ރާއްޖެޓީވީގެ އައިމިނަތު ނުޒުހާއެވެ. އިވެންޓުގައި ދެ ފަރާތުގެ އާއިލީ މެންބަރުންނާއި ދެމަރިފިންގެ ބައެއް ގާތް މީހުން ބައިވެރިވިއެވެ.
ދެމީހުންގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ 13 މެއި 2018 ވަނަ ދުވަހުގެ މެންދުރު ފަހު 3.40 ގައި ކަނޑުގެ އަޑީގައި މަފްޒޫލް އޭނާގެ އަނބި "ރާނީ" ގަބޫލު ކުރުމާއި އެކުގައެވެ. އެއާއިއެކު 1700ރ ގެ ރަން ރާނިޔާއަށް ރައްދު ކުރިއެވެ.