ސީރިއާ ހަނގުރާމައިގެ 7 އަހަރު
ސިރިއާގައި ކުރަމުންދާ ހަނގުރާމައަށް 7 އަހަރު ފުރި 8 ވަނަ އަހަރު ފެށިގެން ކުރިއަށް ދާއިރު މިހާތަނަށް 465000 އަށް ވުރެ ގިނަ ސީރިއާ މީހުން މަރުވެފައިވެ، އެތަށް މިލިއަން މީހުންނެއް ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފައިއެވެ.

ޖެނުއަރީ 23، 2012: ސީރިއާ ހަނގުރާމައިގައި ގެއްލުންވެފައިވާ ހަނގުރާމަވެރި ވެހިކަލްއެއް ކައިރީ ކުޑަކުއްޖަކު މަޑުކޮށްލައިގެން، ސީރިއާ ހަނގުރާމައަށް މިހާރު ވަނީ 8 އަހަރު ވެފައި

އޯގަސްޓް 23، 2013: ސީރިއާ ހަނގުރާމައިގައި އަނިޔާވެފައިވާ ކުޑަކުދިންތަކަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ، މި ކެމިކަލް ހަމަލާގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައި

މާރޗް 9، 2014: ސީރިއާގެ ވެރިކަން ކުރާ ސަރަހައްދަށް ދިން ބޮމުގެ ހަމަލާއަކާއިއެކު ކުޑަކުދިންތަކަކަށް އަނިޔާވެފައި

26 ޑިސެމްބަރު 2015: ގެދޮރު ގެއްލިފައިވާ ކުޑަކުދިންތަކެށް ވަގުތީ ހިޔާއެއްގައި މަޑުކޮށްލައިގެން

2 ޑިސެމްބަރު 2016: ސީރިއާގެ އަލެއްޕޯގެ މަގުމަތީގެ ސަރަހައްދެއް. ސީރިއާ ހަނގުރާމައިގައި މިހާތަނަށް 4 ލައްކައައްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެތައް މިލިއަން މީހުންނެށް ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައި

25 އޮކްޓޫބަރު 2017: ސީރިއާގައި ހާލުގައި ޖެހިފައިވާ ކުއްޖެއް ވަގުތީ ހިޔާގައި. ސީރިއާ ހަނގުރާމައިގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން މަރުވަމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައި

މާރޗް 25، 2011: ސީރިއާމީހުން މަގުމައްޗަށްއެއްވެ "މިނިވަންކަމަށް" ގޮވާލައި އަޑުގަދަކުރަނީ، މިހާތަނަށް ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި އެތަށް ލައްކަ މީހުންނެށް ވަނީ މަރުވެފައި