ސިލްސިލާ މުޒާހަރާ: 37 ވަނަ ދުވަސް
މިއަދަކީ މުޒާހަރާގެ 37 ވަނަ ދުވަސް. އަޑުއުފުލަމުންދަނީ ފެބްރުއަރީ 1ގެ އަމުރު ތަންފީޒު ކުރުމަށް.
ޕެޕާ ސްޕްރޭއިން ރައްކާވުމަށް މީހަކު ފޭސް މާސްކް އަޅައިގެން
ޕެޕާ ސްޕްރޭ ޖެހުމުން، ބައެއް މަޖިލިސް މެމްބަރުންނަށާއި ނޫސްވެރިންނަށް އޭގެ އަސަރުކުރިއެވެ
ހުކުރު ދުވަހު ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިކަން ފާހަގަ ކޮށްލެވެއެވެ. ސިފައިން މުޒާހަރާގެ ބައިވެރިންން ހުރަސް އެޅިނަމަވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުއެވެ.
ލާމު ލިންކު ރޯޑުގައި ކުރިއަށް ދިޔަ ވެހިކަލް ބުރު ސިފައިންވަނީ ހުއްޓުވާފައެވެ
ހަރުގެ ކައިރިއަށް އެއްވެފައިވާ މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ފުލުހުންވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ
ޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުން، އެމްޑީޕީ ހަރުގެ ކައިރިއަށް މިއަދުވަނީ ޖަމާވެފައެވެ. މުޒާހަރާގެ ބައިވެރިން ދިޔައީ އަޑު އުފުލަމުންނެވެ
ހަރުގެ ކައިރިއަށް ޖަމާވެފައިވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ. މުޒާހަރާ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ހުރީ ސްޓޭންޑްބައީގައެވެ
މުޒާހަރާގެ ބައިވެރިންދިޔައީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލަމުންނެވެ
މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށުންވެސް ދިޔައީ މިއަދު މުޒާހަރާ ކުރަމުންނެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި ވެސް މުޒާހަރާ ކުރިއަށް މިއަދު ދިޔައެވެ
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް މުޒާހަރާއާ ގުޅޭ ގޮތުން "ރާއްޖެޓީވީ"ގެ ލައިވް ކަވަރޭޖަށް އިންޓަވިއު ދެއްވަނީ. އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ފަނޑިޔާރުން ވެސް ނުކުންނަންޖެހޭ ކަމަށެވެ
މުޒާހަރާ މާލޭގައި ކުރިޔައްދިޔައީ ހަވީރު 4 އާއި އިރުއޮއްސޭ ގަޑިޔާ ދެމެދެއެވެ
ރައީސް ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއަށް ގައްދާރުވި ގައްދާރުވުން ދިވެހިން ލިޔާނީ ކަޅު އަކުރުން ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާހް ޓްވީޓެއްގައިވަނީ ވިދާޅުވެފައެވެ.