އއ. ރަސްދޫއިން ރާއްޖެޓީޥީއަށްދިން ފަރިވަޅު
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާއި ބަހުން

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާއި ބަހުން. މި ފަރިވަޅު ރާއްޖެޓީވީއާ ހަމައަށް ގެނެސްދިނީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން
ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތް އަބަދުވެސް ގިނަ ބަޔަކު ބަލައިގަނެ އެކަމުގެ އަގުވަޒަން ކުރެއެވެ.
ރަސްދޫގެ ރައްޔިުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮތް ލޯބި އެކި ސިފަ ސިފައިގައި ހިއްސާ ކުރަމުންދެއެވެ. ބައެއް ފަހަރު ހިތްވަރުގެ ބަސްތަކުން ނުވަތަ އަނެއް ބައިފަހަރު ހަދިޔާތަކުން އެމީހުންގެ ހިތުގައި ރާއްޖެޓީވީއަށްޓަކައި އޮންނަ ލޯބި ދައްކައިދެއެވެ.

އއ. ރަސްދޫގެ ރައްޔިތުންނަކީވެސް މިފަދައިން ރާއްޖެޓީވީ ދެކެ ލޯބިވާ ބައެއްކަން ޝައްކެއް ވެސް ނެތެވެ.

ކަނޑު ހުރަސް ކުރުމަށްފަހު އެހާ ބުރަ މަސައްކަތުން އެތަކެއް ގިނަ ވަގުތު ހޭދަކުރުމަށް ފަހު ރާއްޖެޓީވީއަށް ފަރިވަޅު ގެނައީ އެމީހުންގެ ހިތުގައި ރާއްޖެޓީވީއާ މެދު އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.