މާލެ މަގުމަތި ބާރު ބޮޑުވުން
މާލޭގެ މަގުތަކަކީ ޓްރެފިކް ބާރުބޮޑުވެ ތޮއްޖެހިފައިވާ މަގުތަކެކެވެ.
ރާއްޖޭގެ މުޅި އާބާދީއަކީ 417،492 ވާއިރު މާލޭގައި 153،904 މީހުން ދިރިއުޅެއެވެ.

މާލޭގައި ދިރިއުޅެމުންދާ މީހުންގެ އަދަދާއި ދުއްވާ އުޅަންދު ގިނަވުމުގެ ސަބަބުން ޓްރެފިކް ބާރުބޮޑުވުން ވަނީ އާންމު ކަމަކަށް ވެފައެވެ.

ހުކުރު ނަމާދު ވަގުތުގައި މިސްކިއްތައް ފުރުމާ ގުޅިގެން މަގުމަތީގައި ބައެއް މީހުން ނަމާދުކުރަނީ: ޖާގައިގެ ދަތިކަން ވަނީ އިންތިހާ އަށް ކުރިމަތިވެފައެވެ.
ސްކޫލްތައް ނިމޭ ގަޑިތަކުގައި ޗާންދަނީ މަގާއި މަޖީދީމަގަކީ އެންމެ ޓްރެފިކް ބާރުބޮޑު މަގުތަކެއެވެ.
ދިވެހި ރާއްޖޭއަކީ މުޅި އޭޝިއާ އިން އެންމެ ކުޑަ ގައުމު ކަމުގައިވިއަސް އާބާދީގެ ނިސްބަތުން ބަލާ ނަމަ ރާއްޖެއަކީ 11 ވަނައަށް އެންމެ ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ގައުމެއެވެ. ކޮންމެ އަކަ ކިލޯމީޓަރެއްގައި 1،102 މީހުން މާލޭގައި ދިރިއުޅެއެވެ.
ރޭގަނޑު ގަޑީގައި މަޖީދީމަގު ޓްރެފިކް ބާރު ބޮޑުވެފައިވާ މަންޒަރު: ވެހިކަލްތައް ގިނަވެ މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ވެސް ވަނީ ދަތިކަމަކަށް ވެފައެވެ.