ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއިން ބޭރުކުރުން

14 ފެބްރުއަރީ 2018 | ބުދަ 16:45
-
21071
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެވުމާ އެކު ރައްޔިތުންގެ މަޖިލިސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައެވެ. މިކަމާ ގުޅިގެން އިދިކޮޅު މެމްބަރުން އަންނަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މަޖިލިސް ހުޅުވާނެ ތާރީހެއް ހޯދުމުގެ ގޮތުން މަޖިލީހުގެ އިދާރާގެ ބަހެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ސިފައިންގެ ޔުނީފޯމުގައި ތިއްބެވި ބޭފުޅުން ވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަނުމަށް މަސައްކަތްކުރި ހުރިހާ މެމްބަރުން އެ އިދާރާގެ ގޯތި ތެރެއިން ގަދަކަމުން ނެރެފައެވެ.