Raajje.mv
ފޮޓޯ ގެލަރީ

ރަށް ގިރުރުމުގެ މައްސަލަ ސީރިއަސް!

ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ތިމާވެށި ހިމާޔަތް ކުރުން މުހިންމު

އަޝްވާ ފަހީމް
ގުދުރަތީ ރީތިކަމެއް ލިބިފައިވާ ދިވެހި ރާއްޖެއަކީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ރީތި ކުދި ޖަޒީރާ ރަށްތަކެވެ. ކަނޑުގެ ލޮނު ގަނޑުން އެންމެ ބައި މީޓަރުގެ އުސްމިން ހުންނަ މި ގަމުގެ ގުދުރަތީ ރީތިކަން ދަމަހައްޓަން ބޭނުންވެއްޖެނަމަ، އަޅުގަނޑުމެގެން ނާޒުކު ތިމާވެށި ހިމާޔަތް ކުރަންޖެހެއެވެ. އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ

ރާއްޖޭގެ ރަށްތަކުން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުނި އުކާލުން ކޮންޓްރޯލްކޮށް ރިސައިކަލް ކުރަންޖެހެއެވެ. ބައެއް ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ. ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް ބޭނުން ކުރާ މިފަދަ ޓެކްނިކްތައް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ކުނި މެނޭޖްކުރަންޖެހެއެވެ. މިގޮތަށް މިކަން ނުކުރާނަމަ، ކޮންމެ ދުވަހަކު އަންދާ ކުނިތަކުގެ ވިހާ ގޭސްތައް ޖައްވަށް ބޭރުވެއެވެ. އަދި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ނުހަނު ގެއްލުން ލިބެއެވެ

ވިސްނާ ނުލާ ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން އެކަމުން ކުރާ ނޭދެވޭ އަސަރު ރާއްޖޭގެ ގޮނޑުދޮށަށް ނަޒަރު ހިންގާލުމުން ހާމަވެއެވެ. ރަށް ގިރުމުގެ ނަތީޖާއެއްގެ ގޮތުން ގޮނޑުދޮށުގައި ހުންނަ ބިޔަ ގަސްތައް  ވެއްޓެއެވެ. ރާއްޖޭގެ %99 އަކީ މޫދުކަމަށް ވާއިރު، ބާކީ %1 އަކީ ބިމެވެ. މިއަދު ރާއްޖޭގެ ބިމުގެ ބޮޑު ބައެއް ދަނީ ގިރަމުންނެވެ. ރަށްގިރުމުގެ މައްސަލަ ހައްލެއް ނުހޯދިއްޖެނަމަ ރާއްޖޭގެ ބިމުގެ ގޮތުން ރާއްޖެއަށް ލިބިފައިވާ %1 ގެ ބައެއް ގެއްލޭނެވެ

މިއަދު ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަކާއި ބައެއް ޒުވާނުން ގުޅިގެން ޔޫއެންޑީޕީ ފަދަ ޖަމިއްޔާތަކުގެ އެހީގައި ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ރަށު ފެންވަރުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް ގައުމީ ފެންވަރެއްގައި މިފަދަ ޕްރޮގްރާމްތައް ހިންގަންޖެހެއެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުން ގައުމީ ރޫހެއްގައި އަތުގުޅާލައިގެން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ފަރުދީ ފެންވަރެއްގައި ކުރި ނަމަވެސް އެކަމުގެ ނަތީޖާ ފެންނާނެވެ. ރަގަނޅު ހެޔޮ ބަދަލުތައް ފެނިގެންދާނެވެ

ރަށް ގިރުމުގެ ސަބަބުން އައްޑޫ ސިޓީގެ ގޮނޑުދޮށުގައި ހުރި ރުކެއް  ވެއްޓިފަ

މަކުނުދޫގައި ކުނި ނޭޅުމަށް ރަށުގެ ރައްޔިތުންނަށް އެންގުމުގެ ގޮތުން ބޯޑެއް ގޮނޑުދޮށުގައި ހަރުކޮށްފައި

ތިމާވެއްޓަށް އަންނަ މިފަދަ ބަދަލުތަކާއި ގުޅިގެން ކަނޑުގެ ފިނި ހޫނުމިން މަތިވެއެވެ. އެކަމުގެ ސަބަބުން ގުދުރަތީ ރީތިކަން ލިބިފައިވާ ރާއްޖޭގެ ފަޅުތަކަށް ދަނީ ގެއްލުންވަމުންނެވެ. ރަށްތަކުގެ ފަޅުތަކާއި އެ ފަޅުތަކުގައިވާ ދިރުންތަކުން ރާއްޖެ ހިމާޔަތްކޮށްދެއެވެ. އެހެންކަމުން ފަރުތައް ހިމާޔަތްކޮށް ބަލަހައްޓަންޖެހެއެވެ. ވަގުތީ އުފަލަށް ރައްޔިތުން ނުވިސްނާ ހޭލުންތެރިވާން ޖެހެއެވެ

ރާއްޖޭގެ ބައެއް ގެތަކުގައި އަމިއްލަ ފަރާތްތަކުން މިހާރު ސޯލާ ޕެނަލް ބޭނުންކުރެއެވެ. އިރުގެ އަލިން ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލް ބޭނުންކޮށްފިނަމަ މިހާރު އިންޖީނުތަކުން ބޭރުވާ ވިހަ ގޭސްތައް މަދުވާނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ދުނިޔެ ރިނިއުބަލް އެނާޖީއަށް ބަދަލު ނުވާ ހިނދަކު ދުނިޔޭގެ ތިމާވެއްޓަށް ރަނގަޅު ބަދަލެއް ގެންނަން ދަތިވާނެވެ.

ކުނި ރިސައިކަލް ކުރުމުގެ ގޮތުން ހުސް ފެންފުޅިތަކެއް ފާރެއްގެ ގޮތުގައި ބޭނުން ކުރުމަށް އަތުރާފައި