Raajje.mv
ފޮޓޯ ގެލަރީ

ހެއާ ސްޓައިލިންގެ ދާއިރާ!

ހެއާ ސްޓައިލިންގެ ދާއިރާއިން ކުރި އަރަމުން އަންން ޒުވާން "މައިކް"

އަޝްވާ ފަހީމް
މީކައިލްއަކީ 28 އަހަރުގެ މީހުންގެ ތަރުހީބު ލިބެމުންދާ "މައިކް"ގެ ނަމުން މަޝްހޫރުވަމުންދާ ހެއާ ޑްރެސާއެކެއެވެ.

މައިކް މި ދާއިރާގައި މަސައްކަތްކުރާތާ މިހާރު 4 އަހަރެއެވެ. މި އަހަރުގައި ދުބާއި ފެޝަން ވީކް އިވެންޓެގެ މޮޑަލުން ޒީނަޔްތެރިކުރުމަށް މައިކަށް ވަނީ ލިބިފައެވެ. މައިކް އެންމެ އުފާ ވަނީ ކްލައިންޓުން އޭނާގެ މަސައްކަތް ބަލައިގަނެ ، މަސައްކަތަކާއި މެދު ހިތްހަމަޖެހިގެން ވާހަކަ ދައްކާ (ކޮމެންޓް) ކުރާ ވަގުތެއެވެ.

އުފެއްދުންތެރިކަމަށް ލޯބިކުރާ މައިކް ބުނީ ބިއުޓީ ސާވިސް ދިނުމުގައި މަސައްކަތް ކުރި ނަމަވެސް އަހްލާގީ ފެންވަރު ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ބިއުޓީ ސާވީސް ދިނުމުގައި އިތުރު ޓެކްނިކްސްތަށް ތަރައްގީކުރުމަށް އެނާ މަސައްކަތް ކުރާ ކަމަށް ބުންޏެއެވެ

މައިކް މަސައްކަތް ކުރަމުންދަނީ 'ރޮކް ޕޭޕާ އެންޑް ސިޒާސް" ސެލޫންގައެވެ. އޭނާ އަކީ އެ ސެލޫންގެ މެނާޖަރއެވެ. މައިކް ބުނީ ކޮންމެ ދުވަހަކު 8 ކަސްޓަމަރުންނަން ވުރެ ގިނައިން ސާވިސް ދެވޭ ކަމަށެވެ. އަދި މައިކަށް މުހިއްމީ ސާވިސް ދެވޭ މީހުންގެ އަދަދަށްވުރެން ސާވިސް ދިނިމުގެ ކޮލިޓީއަށާއި ކްރިއޭޓިވިޓީއަށެވެ

ހެއާ ސްޓައިލިންގެ އިތުރުން އެކި އިންވެންޓްސްތަކާއި އެކި ބްރައިޑަލް މޭކަޕް، މޭކް އަޕް، ކަލަރިންގް މަސައްކަތް މައިކް ކުރެއެވެ. އަދި މުނާސަބަތުތަކާއި ގުޅިގެން ބާއްވާ ޕާޓީތަކުންނާއި ފާހަގަކޮށްލެވޭ ބޮޑަތި ފޮޓޯޝޫޓްތަގައި މައިކްގެ ޓެލަންޓް ދަނީ ފެންނަމުންނެވެ.

އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ބިއުޓީ ޕްރޮޑަކްޓްސްގެ ބްރޭންޑެއް ރާއްޖޭގައި ތައާރަފް ކުރުމެއެވެ

ފެޝަންގެ ދާއިރާއިން ކުރި އަރަން ބޭނުންވާ ހުރިހާ ޒުވާނުންނަށް މައިކް ދޭން ބޭނުންވާ މެސެޖަކީ މި ދާއިރާއަކީ ރާއްޖޭގައި އާއްމުކޮށް އަންހެނުން އިސްކޮށް ހަރަކައިތެރިވަމުންދިޔަ ދާއިރާއެއް ވިޔަސް، ޓެލަންޓް އަދި ޕެޝަން ހުރިއްޔާ ކާމިޔާބާ ކުރިއެރުން ލިބޭ އަދި މުސްތަގްބަލަށް ހުޅުވޭ ދޮރެއް ކަމަށެވެ