ފޮޓޯ ގެލަރީ

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ޓެންޓް ކޭމްޕުތަކުގައި
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްޠީނު ރައްޔިތުން، މިޞްރުގެ ބޯޑަރު ކައިރީގައި ހުންނަ ޓެންޓް ކޭމްޕެއްގައި ވަނީ ހިޔާވަހިކަން ހޯދައިފިއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށްދާން މަޖުބުރުވެފައިވާ ޣައްޒާގެ ރައްޔިތުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ހުއްޓުމެއްނެތި އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އެގައުމުން ނުގެންގުޅެއެވެ. އިސްރާއިލްގެ ހަމަލާތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރަމުންނެވެ. އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތައް ދަނީ ބިމާ ހަމަވަމުންނެވެ.

އިސްރާއީލުން ޚާން ޔުނިސްއަށް ދިން ހަމަލާތަކާއެކު ހޮސްޕިޓަލްތައް ހަލަބޮލިވެފައި
އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތައް ދަނީ ފުނިޖެހެމުންނެވެ.

ޚާން ޔޫނިސަށް ދިން ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާހަމަވެފައި
ޚާން ޔޫނިސަށް ދިން ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރަށް ވަނީ ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައެވެ.

ޚާން ޔޫނިސްގެ ގެތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަށް ފަހު އެސަރަޙައްދު
ޚާން ޔޫނިސްގެ ގެތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަށް ފަހު އެސަރަޙައްދު އޮތް ގޮތް

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާލިބިފައިވާ ފަލަސްތީންގެ ރައްޔިތުން
އިސްރާއީލުން ޣައްޒާގެ ޚާން ޔޫނިސަށް ދިން ހަމަލާތަކުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އެތައް ބައެއް އިމާރާތްތައް ދަށުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެ މީހުންނަށް ފަރުވާދިނުމަށް ގެންދަމުން ދަނީ ނާސިރް ހޮސްޕިޓަލަށެވެ.

އިސްރާއިލްގެ ވައިގެ ހަމަލާތައް ޣައްޒާގެ ރަފާހްއަށް
އިސްރާއިލްގެ ވައިގެ ހަމަލާތައް ޣައްޒާގެ އެންމެ ދެކުނުން ރަފާހްއަށް އަމާޒުކޮށް، އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މިހަމަލާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ޣައްޒާއިން ދުމުގެ އަސަރު ނުފިލާ
އިސްރާއިލުން އެޔެއް މިއެއް ނުބަލާ މުޅި ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު، މުޅި ޣައްޒާ ހަފްސުވެ ޖައްވުން ދުމުގެ އަސަރު ނުފިލައެވެ.

އެޔެއް މިއެއް ނުބަލާ އިސްރާއިލުން އަނެއްކާވެސް ޣައްޒާއަށް ހަމަލާދޭން ފަށައިފި
ހަމާސް އާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ޣައްޒާ ގަޑިން ހުކުރު ދުވަހުގެ ހެނދުނު 7:00 އާއި ހަމައަށް ހަމަވުމާއެކު އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮންއަޅަން ފަށައިފިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަކުދިން
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ކުޑަކުދިން ވަނީ ހާލުގައި ޖެހިފައެވެ.

އިސްރާއީލާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްއިން އަސީރުން މިނިވަންކުރުން
އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްއިން މިނިވަންކުރަމުންދާ އަސީރުން އެޖަމިއްޔާގެ ހަނގުރާމަވެރިންނާ ވާހަކަދައްކާ އުޅޭގޮތް ފެންނަމުންދާ ވީޑިއޯތައް ވަނީ އާންމުވެފައިވެފައެވެ. އަދި މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތައް
"އިންޓަނޭޝަނަލް ޑޭ އޮފް ސޮލިޑާރިޓީ ވިތު ދަ ޕަލެސްޓީނިއަން ޕީޕަލް ފާހަގަކޮށް، ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިނގާލުންތައް ބާއްވާފައެވެ.

ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ ދެކުނު އެފްރިކާގައިވެސް ހިނގާލުމެއް
ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ ދެކުނު އެފްރިކާގައިވެސް އާންމުން ވަނީ މަގުތަކަށް ނުކުމެ އަޑު އުފުލާފައެވެ.

އިސްރާއިލްގެ ހަމަލާތަކުގެ އަސަރު ނުކުރާ ހަމަ އެންމެ އަކަފޫޓެއްވެސް ޣައްޒާގައިނެތް
އިސްރާއިލްގެ ހަމަލާތަކުގެ އަސަރު ނުކުރާ ހަމަ އެންމެ އަކަފޫޓެއްވެސް ޣައްޒާގައިނެތެވެ. ހުއްޓުމެއްނެތި 48 ދުވަހު ދިން ހަމަލާތަކުގައި ޣައްޒާގެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

ލަންޑަން ވެސް ޣައްޒާގެ ރައްޔިތުންނާއެކު
ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވާ ދަނޑިވަޅުގައި ވެސް ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން ދައްކައިދީ، އެއްބައިވަންތަކަމުގެ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަންގައި މީހުން ވަނީ މަގުތަކަށް ނުކުމެ އަޑުއުފުލާފައެވެ.

ޣައްޒާއަށް އެހީގެ ޓްރަކްތައް ވަންނަމުން ދިއުން
ހަނގުރާމަ ފެށުނު ފަހުން މިއީ ޣައްޒާއަށް އެންމެ ގިނަ އަދަދަކަށް އެހީގެ ގާފިލާގައި ޓްރަކްތަކުން ތެލާއި ކައްކާ ގޭހާއި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދޭ ފަހަރެވެ.

ވަގުތީގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު ޣައްޒާގެ ރައްޔިތުން އެނބުރި އެމީހުންގެ ގެތަކަށް ދަނީ
ހަތަރު ދުވަހުގެ މުއްދަތަކަށް އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމާއެކު، ޣައްޒާގެ ރައްޔިތުންގެ ތެރެއިން އަމިއްލަ ގެދޮރު ދޫކޮށްދާން ޖެހުނު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމީހުންގެ އަމިއްލަ ގެތަކަށް ދާން ފަށައިފައެވެ.

އިސްރާއީލުން ބުނާ ގޮތުން، ޝިފާ ހޮސްޕިޓަލުގެ އަޑިން ކޮނެފައިވާ ހަމާސް ޓަނަލްތައް
ޣައްޒާ ސިޓީގެ އައްޝިފާ ހޮސްޕިޓަލްގެ ގޯތިތެރޭ ގައިވާ ޓަނަލެއްގައި އިސްރާއީލު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އިސްރާއީލުން ބުނާ ގޮތުން ހަމާސް ޖަމާއަތުން އޮޕަރޭޓްކުރާ ޓަނަލްތައް ވަނީ ޝިފާ ހޮސްޕިޓަލުގެ ދަށުގައެވެ.

އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަވަނަ ގައުމީ މަޖިލިސް - ޕާޓީގެ ކުރިމަގާއި ހިންގުމާމެދު މަޝްވަރާތަކެއް
މިއީ އެމްޑީޕީގެ 4 ވަނަ ދައުރުގެ ނުވަވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 23 ނޮވެމްބަރު 2023ގައި އއ. އުކުޅަހުގައެވެ. އެމްޑީޕީން ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ ރިޔާސީ އިންތިޚާބަށްފަހު، އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

އިސްރާއިލް-ޣައްޒާ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއިލް އަސްކަރިއްޔާގެ ޓޭންކްތައް
ޣައްޒާއަށް އަމާޒުކޮށް އިސްރާއިލުން ފަށާފައިވާ ހަނގުރާމާގައި އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ދަނީ ހަތިޔާރާ ބަރު އުޅަނދުތަކާއެކު ޣައްޒާގައި ހަރަކާތްތެރިވަމުންނެވެ.

އިސްރާއީލުން ޚާން ޔޫނިސަށް ދެމުންދާ ހަމަލާތައް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ދެކުނުގެ، ޚާން ޔޫނިސް ސިޓީގެ އެތައް އިމާރާތެއް ވެއްޓި، އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

ނާސިރު ހޮސްޕިޓަލުގައި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދަނީ
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންދަނީ ނާސިރު ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންނެވެ.

އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ ފަލަސްތީންގެ ރައްޔިތުން
ފަލަސްތީންގެ ރައްޔިތުންނަށް ވަނީ އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ގޮތުގައި އުޅެން މަޖުބޫރުވެފައެވެ. އިސްރާއިލުން އެގައުމަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީންގެ ރައްޔިތުން ދިރިއުޅެމުންދާ ގެތައް ވަނީ ބިމާ ހަމަވެފައެވެ. އެމީހުންގެ ބިންތައް ވަނީ ފޭރިގެންފައެވެ.

ޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތުކުދިން ޣައްޒާގެ ދެކުނު އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފި
ޣައްޒާގެ އުތުރުގައި ހުންނަ ޝިފާ ހޮސްޕިޓަލް ހިޞާރުކޮށް، އެހޮސްޕިޓަލުން ދިއުމަށް އިސްރާއިލް ސިފައިން އަންގާފައި ވަނިކޮށް، އެހޮސްޕިޓަލްގައި އިންކިއުބޭޓަރުގައި ފަރުވާދެމުންދިޔަ ތުއްތުކުދިން ޣައްޒާގެ ދެކުނު އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ.

ފަލަސްތީނުގެ ދަނޑުވެރިން "ދީރުލްބަލަހުގައި" ގޮވާން ހައްދަނީ
ފަލަސްތީނުގެ ދަނޑުވެރިން، ބަނޑަށްޖެހިދާނެކަމުގެ ބިރު ހީވެފައިވާއިރު، ކުރިއަށް އޮތް މޫސުމަށް ގޮވާން ރުވުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ. މިގޮތުން ދަނޑުވެރިން ދަނީ "ދީރުލްބަލަހުގައި" ގޮވާން ހެއްދުމަށް ތައްޔާރުވަމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވެފައިވާ، ޣައްޒާގެ ބައެއް ރައްޔިތުންގެ އަބޫ ދާބީއަށް
އިސްރާއީލުގެ ހަމަލާތަކުގައި އަނިޔާވެފައިވާ މީހުންގެ ތެރެއިން ބައެއް ކުޑަކުދިންނާއި އެކުދިންގެ އާއިލާތައް ވަނީ ފަރުވާދިނުމަށްޓަކައި އަބޫ ދާބީއަށް ގެންދެވިފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިސްރާއިލުން ޖެނިންގައި ފެށި ރެއިޑް ނިންމާލީ ހުކުރު ދުވަހު
ބުރާސްފަތި ދުވަހުގެ ރޭ، 10:30 އެހާއިރު އިސްރާއިލްގެ ސިފައިން ވަނީ ޖެނިންއަށް އަރައި، ބޮޑު ރެއިޑެއް ހިންގާފައެވެ. އިސްރާއިލް އަސްކަރިއްޔާގެ މިހަރަކާތްތައް ގާތްގަނޑަކަށް 8 ގަޑިއިރަށްވުރެ ގިނަ ވަގުތަށް، ހުކުރު ދުވަހާ ހަމައަށް ކުރިއަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނު ރައްޔިތުން ގެދޮރު ދޫކޮށް ޓެންޓް ކޭމްޕްތަކަށް
އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ޓެންޓް ކޭމްޕްތަކަށް ގޮސްފައެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާ
އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެގައުމަށް ދަނީ އެތައް ބިލިއަން ޑޮލަރެއްގެ އުމްރާނި ގެއްލުން ލިބެމުންނެވެ.