ފޮޓޯ ގެލަރީ

ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން
އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ދަނީ ޣައްޒާގައި ހަރަކާތްތެރިވަމުންނެވެ.

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ތެރެއިން
ޣައްޒާގައި މިހާރު ކުރިޔަށްދާ ހަނގުރާމަ 2024ގެ ނިޔަލަށްވެސް ކުރިޔަށް ދާނެކަމަށް ބެލެވޭކަމަށް، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ދިން ހަމަލާ
ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިސްރާއީލުން ވަނީ ހަމަލާތަކެއް ދީފައެވެ.

އިސްރާއިލްގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ ޣައްޒާގެ އިމާރާތްތައް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ޢާއްމުން ދިރިއުޅޭ 355،000 ގެދޮރާއި 203 މިސްކިތް ވަނީ ބިމާ ހަމަކޮށްފައެވެ.

ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ އުރުދުންގައި އަޑުއުފުލަނީ
ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ އުރުދުންގައި ގިނަ އަދަދެއްގެ މީހުން ވަނީ މަގުތަކަށް ނިކުމެ އަޑު އުފުލާފައެވެ.

2024 ވަނަ އަހަރަށް މަރުޙަބާ!
2023 ވަނަ އަހަރަށް އަލްވަދާއު ކިޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2024 ވަނަ އަހަރާ ބައްދަލުކޮށްފައި ވަނީ ކުލަގަދަ ރަސްމިއްޔާތުތަކުންނެވެ.

ޣައްޒާގައި ޤަތުލުއާންމު ހިންގަމުންދާ އިސްރާއިލް ސިފައިން
ޣައްޒާގައި ހަރަކާތްތެރިވާ އިސްރާއިލް އަސްކަރިއްޔާގެ ސިފައިން ދަނީ އާންމުން ހައްޔަރުކޮށް، އާންމުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައްވެސް ދެމުންނެވެ.

ޣައްޒާގައި މަރުތައް އިތުރުވަމުންދާ މިންވަރު ރަމްޒުކޮށްދޭ ކަފުންތައް
ޣައްޒާގައި ހުދުކުލައިގެ ކަފުންތަކުގެ ސަފުތަކުން ރަމްޒުކޮށްދެނީ އާންމުންގެ މަރުތައް އިތުރުވަމުންދާ މިންވަރެވެ.

ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް އިސްރާއިލުން ދިން ހަމަލާތަކަށްފަހު
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް ދޭ ހަމަލާތައް ދަނީ އިތުރުކުރަމުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ބޮސްޓޮންގައި އަޑުއުފުލަނީ
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި ބޮސްޓޮންގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަގުތަކަށް ނުކުމެ އަޑުއުފުލާފައެވެ.

ހާލުގައި ދިރިއުޅެމުންދާ ސޫދާންގެ ރައްޔިތުން
ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އާންމު ރައްޔިތުންގެ ދިރިއުޅުންދަނީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންނެވެ. ދިރިއުޅުމުގެ ހާލަތު ގޯސްވެ، ގެދޮރު ދޫކޮށް ދިއުމަށް އެތައް ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ.

ޣައްޒާގެ ބޯޑަރުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިން
އިސްރާއީލު ސިފައިން ދަނީ ބަރުހަތިޔާރާއެކު މުޅި ޣައްޒާގައި ހަރަކާތްތެރިވަމުންނެވެ.

އިސްރާއީލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާއިން ދުމުގެ އަސަރު ނުފިލާ
އިސްރާއީލުން އެއެއް މިއެއް ނުބަލައި މުޅި ޣައްޒާއަށް ހަމަލަތައް ދެމުން ދިއުމުގެ ސަބަބުން، މުޅި ޣައްޒާ ހަފުސްވެ، ޖައްވުން ދުމުގެ އަސަރު ނުފިލައެވެ.

ތެހްރާން އިންޓަނޭޝަނަލް ކޮންފެރެންސް އޮން ޕަލެސްޓައިން
ފަލަސްތީންގެ ހާލަތާ ބެހޭގޮތުން މަޝްވަރާކުރުމަށް އިރާންގެ ތެހްރަންގައި ކުރިއަށްގެންދިޔަ، ތެހްރާން އިންޓަނޭޝަނަލް ކޮންފެރެންސް އޮން ޕަލެސްޓައިން

ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ރާމަﷲގައި މުޒާހަރާކުރަނީ
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ، ހުޅަނގު އައްސޭރީގެ ރާމަﷲގައިވެސް އާންމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއިލް ސިފައިން
އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ދަނީ ޣައްޒާގައި ހަރަކާތްތެރިވަމުންނެވެ.

ބަރުހަތިޔާރާއެކު ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއިލް ސިފައިން
އިސްރާއިލް ސިފައިންދަނީ ބަރުހަތިޔާރާއެކު ޣައްޒާގައި ހަރަކާތްތެރިވަމުންނެވެ.

ޣައްޒާގެ މިނިވަންކަމަށް ގޮވާލާ ހުޅަނގު އައްސޭރީގައި މުޒާހަރާކުރަނީ
ޣައްޒާގެ މިނިވަންކަމަށް ގޮވާލާ ހުޅަނގު އައްސޭރީގައި އުޅޭ މީހުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންދަނީ ފަލަސްތީންގެ މިނިވަންކަމަށް ގޮވާލާ މަގުތަކަށް ނުކުމެ އަޑުއުފުލަމުންނެވެ.

ޣައްޒާގެ އެތައް ތުއްތު ކުއްޖަކުދަނީ ހަނގުރާމައިގެ ތެރޭގައި އުފަންވެ، ހަމަ އެހަނގުރާމާގައި މަރުވަމުން
ޣައްޒާގެ އެތައް ތުއްތު ކުއްޖަކުދަނީ ހަނގުރާމައިގެ ތެރޭގައި އުފަންވެ، ހަމަ އެހަނގުރާމާގައި މަރުވަމުންނެވެ. އިސްރާއިލްގެ ހަމަލާތަކުގެ ތެރެއަށް އުފަންވާ ތުއްތު ކުދިން އުފަންވެގެން ދަނީ އަމިއްލަ ވަޒަނުގައި ރެފިއުޖީންގެ ހާލަތުގައެވެ.

އިސްރާއީލު ސިފައިން ޣައްޒާގައި ހަރަކާތްތެރިވަނީ
އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އިސްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ރޯވެ އަނދަނީ
އިސްރާއިލުން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުންދާއިރު، މިހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ދަނީ ހަފުސްވަމުންނެވެ. އިމާރާތްތައް ބިމާ ހަމަވެ، އިމާރާތްތަކުގައި ރޯވެ، ހަމަލާތަކުގެ ސަބަބުން އަރަމުންދާ ދުން، ޣައްޒާއިން ނުފިލައެވެ.

ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން
ޣައްޒާގައި ހަރަކާތްތެރިވަމުންދާ އިސްރާއީލު ސިފައިން ދަނީ ޣައްޒާގެ ރައްޔިތުން ހައްޔަރުކޮށް، ޣައްޒާގެ ރައްޔިތުންނަށް ބަޑީގެ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ތެރެއަށް އުފަންވި ދަރިފުޅު މަރުވީ އެ ހަމަލާތަކުގައި
އިސްރާއިލުން ޣައްޒާގައި ދެމުންދާ ހަމަލާތަކުގެ ތެރެއަށް އުފަންވި ތުއްތު ތުއްތު އިދުރީސް، ދުނިޔޭގައި މާގިނަ ދުވަސްތަކެއް ހޭދަނުކޮށް، މަރުވެ ދިޔައީ އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގެ ތެރޭގައެވެ.

ޣައްޒާގެ އާންމުގެ ގެތަކަށް އިސްރާއިލުން ހަމަލާދިނުން
އިސްރާއިލް އަސްކަރިއްޔާއިން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ އާންމުން ދިރިއުޅޭ ގެތަކަށް ވައިގެ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި އިމާރާތްތައް ބިމާ ހަމަވެ، އެތައް ބައެއްގެ ފުރާނަގެއްލި އެތައް ބަޔަކަށް ދަނީ އަނިޔާލިބެމުންނެވެ.

ޣައްޒާގެ ބިމާ ހަމަވެފައިވާ އިމާރާތްތައް
އިސްރާއިލުން ދަނީ ވަރުގަދަ ހަމަލާތައްދީ ޣައްޒާގެ ހުރިހާ އިމާރާތެއްހެން ބިމާ ހަމަކުރަމުންނެވެ.

އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ޓެންޓް ކޭމްޕުތަކުގައި
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށް ހިޖުރަކުރި ފަލަސްޠީނު ރައްޔިތުން، މިޞްރުގެ ބޯޑަރު ކައިރީގައި ހުންނަ ޓެންޓް ކޭމްޕެއްގައި ވަނީ ހިޔާވަހިކަން ހޯދައިފިއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ދޫކޮށްދާން މަޖުބުރުވެފައިވާ ޣައްޒާގެ ރައްޔިތުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 80 އިންސައްތަ މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.

ހުއްޓުމެއްނެތި އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް އެގައުމުން ނުގެންގުޅެއެވެ. އިސްރާއިލްގެ ހަމަލާތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުކުރަމުންނެވެ. އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތައް ދަނީ ބިމާ ހަމަވަމުންނެވެ.

އިސްރާއީލުން ޚާން ޔުނިސްއަށް ދިން ހަމަލާތަކާއެކު ހޮސްޕިޓަލްތައް ހަލަބޮލިވެފައި
އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްތައް ދަނީ ފުނިޖެހެމުންނެވެ.

ޚާން ޔޫނިސަށް ދިން ހަމަލާތަކުގައި އެތައް އިމާރާތެއް ބިމާހަމަވެފައި
ޚާން ޔޫނިސަށް ދިން ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރަށް ވަނީ ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތައް ލިބިފައެވެ.