Raajje.mv

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ

26 މާރިޗު 2017
34977
މަޖިލީހުގެ ރައީސް މަސީހު

މަޖިލީހުގެ ރައީސް މަސީހު

27 މާރިޗު 2017 | 08:56

ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދުގެ ބަސް

"މަޖިލީހުގެ ގެލެރީއަށް ރައްޔިތުންނަށް ނުވެއްދުމުން ރަމްޒުވަނީ، ދިވެހި ޤައުމާއި ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ ކަންކަން. މީގެން ދެން ދޭހަވަނީ ސަރުކާރު ބަލިވެފައިވާކަން"

27 މާރިޗު 2017 | 08:50

މެންބަރު ނިޒާރުގެ ބަސް

27 މާރިޗު 2017 | 08:49

މަދަނީ ޖަމިއްޔާތަކުގެ މެންބަރުން މަޖިލީހުގައި

27 މާރިޗު 2017 | 08:28

މަޖިލީހުގެ ޖަލްސާ އަޑުއަހަން އެއްވެސް މީހަކު ނުވައްދާ!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސް ކުރުމަށާއި، ވޯޓު ލުމަށް މިއަދު ބާއްވާ ޖަލްސާ އަޑުއެހުމަށް، މީޑިއާވެސް ހިމެނޭގޮތަށް، އެއްވެސް ފަރާތަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނުވައްދާ ސަބަބެއް މަޖިލީހަކުން ހާމައެއް ނުކުރޭ.

މަޖިލީހުގެ ސެކިއުރިޓީ އޮފިސަރު ވިދާޅުވީ "އަންގާފައި އޮތީ ކަމަށް"

މަޖިލީހުގެ ޖަލްސާތަކަކީ ހުޅުވާލެވިގެން ބާއްވަންޖެހޭ ޖަލްސާތަކެއް

27 މާރިޗު 2017 | 08:09

މާރިއާ އަހުމަދުދީދީ

ޑިމޮކްރެސީ އަށަގަތުމަށްޓަކައި ޕާޓީތައް ވާދަވެރިކޮށް މަސައްކަތްކުރާ ހާލަތާއި އެކުވެރިކޮށް މަސައްކަތްކުރާ ހާލަތު އަންނާނެ. މިއީ އެކުވާންވި ހާލަތު.

27 މާރިޗު 2017 | 06:50

ގާނޫނު އަސާސީ ނެގެހެއްޓޭނީ މަސީހް ބޭރުކޮށްގެން: އިބްރާ

ގާނޫނު އަސާސީ ޑްރާފްޓް ކުރި މީހާގެ ހައިސިއްޔަތުން ހުރިހާ މެމްބަރުންނަށް އިލްތިމާސްކުރަން، ގާނޫނު އަސާސީ ދެން ނެގެހެއްޓޭނީ މަސީހު ވަކިކޮށްގެން، ރައްޔިތުންނަށް މިކަން ކޮށްދެއްވާ

27 މާރިޗު 2017 | 06:48

ސިފައިންނަށް ވޯޓް ލެވޭނީ މަސީހް ބޭރުކޮށްގެން:މަލީހް

ދިވެހި ސިފައިންނަށް ދެން މިރާއްޖޭގަ އޮންނަ އިންތިހާބުތަކުގަ ވޯޓް ލެވޭނީ މާދަމާ މަޖިލިސް ރައީސް ބޭރުކުރެވިގެން. ގާނޫނުއަސާސީގެ ބާރު ރުޖޫއަކުރަންޖެހޭ.

27 މާރިޗު 2017 | 06:27

ގާސިމްގެ މެސެޖް: މަސީހާ ދެކޮޅަށް ވޯޓު ދެއްވާ، ހުރިހާ ގޮތަކުން އެހީވެދޭނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓްގައި މަސީހާ ދެކޮޅަށް ވޯޓްދެއްވާ މެމްބަރުންނަން ހަތަރު ސިޔާސީ ޕާޓީގެ ތާއިދާއެކު އިތުރު ދައުރަކަށް ހޮވައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އިދިކޮޅު ފަރާތަށް ގުޅިގެން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމަން ގާސިމް ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓް ދެއްވާ މެމްބަރުން އިތުރު ދައުރަކަށް ހޮއްވައިދެއްވުމަށް ގުޅިފައިވާ ހަތަރު ޕާޓީން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ މެމްބަރުން ނިސްބަތްވާ ދާއިރާއިން ކުރިމަތިލެއްވުމަށް ޓިކެޓް ވެސް ދޭނެ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

" މި ހަތަރު ޕާޓީން މާދަމާ ޓިކެޓް ދީގެން ، އެ ވޯޓްގައި އަޅުގަނޑުމެންނަން ތާއިދުކޮށްގެން ވޯޓް ދެއްވާ ހުރިހާ ބޭފުޅުން، އަބްދުﷲ މަސީހު ބޭރުކުރުމަށް ފެއްސަން, ގްރީން އަށް އޮއްބަވާ ހުރިހާ ބޭފުޅުންނަކީ، މާތް ﷲ އިރާދަކުރެއްވިއްޔާ އެބޭފުޅަކު ހިމެނިވަޑައިގަންނަވާ ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުންވެގެން ޓިކެޓް ދޭނަން، އެ ދާއިރާއަކަށް ނުކުމެވަޑައިގަންނަވަން، އިތުރަށް އަޅުގަނޑުމެން އެހީތެރިވެދޭނަން، ހުރިހާ ގޮތަކުން" ގާސިމް ވިދާޅުވިއެވެ.
27 މާރިޗު 2017 | 06:24

ރައީސް ނަޝީދު މެސެޖް: ފެތެމުންދާ އޮޑީގައި ނުތިއްބަވާ

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންވެސް ބޮޑު ފަޅިއަށް އަރާވަޑައިގެންނެވުމަށާ، ފެތެމުންދާ އޮޑީގައި ނުތިއްބެވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ މ. ކުނޫޒުގައި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ޖަލްސާގައި ވީޑިއޯ މެދުވެރިކުރައްވާ ދެއްވި ހިޠާބެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ގިނަ ޙައްޤުތަކެއް ނަގާލާފައިވާ ކަމަށާ، އެކަންކަން ބަދަލުކޮށް، ޕާޓީތަކުން ގުޅިގެން ހެޔޮ ވެރިކަމެއް ޤާއިމް ކޮށްދެއްވާނެ ކަމަށެވެ.

ގެއްލިފައިވާ ހައްޤުތަކާއި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިދާ މިސްރާބު އެނގި ހުރިހާ ރައްޔިތުން ކަންބޮޑު ވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވިފައިވާ ކަމަށާ، ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށާ، ސިއްޙީ ޚިދުމަތް ހީނަރުވެފައިވާ ކަމަށެވެ. އަދި އޮތް ރޯގާ އަކީ ނެތް ރޯގާއެއްކަމުގައި ބުނެފައިވާ ކަމަށާ، ދަރިން މަރުގެ ތުންފަތްމައްޗަށް ހުށަހަޅާފައިވާ ކަމަށެވެ.

ތަފްސީލް

27 މާރިޗު 2017 | 06:21

ރައީސް މައުމޫންގެ މެސެޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުއަށް އިތުބާރު އޮތްތޯ ބެލުމަށް ހޯމަ ދުވަހު މަޖިލީހުގައި ނަގާ ވޯޓަކީ، ސަރުކާރުގެ ނުފޫޒުން މަޖުލީސް މިނިވަންކޮށް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި ދިމުޤްރާތީ އުސޫލުތަކަށް އިޙްތިރާމްކުރާ އިޚްލާސްތެރި ބޭފުޅަކާ މަޖިލީހުގެ ރައީސްކަން ހަވާލު ކުރުމަށް ނަގާ ވޯޓެއް ކަމަށާ، މިކަމުގައި ފަސްޖެހިއްޖެ ނަމަ އަދުގެ ޖީލު އަދި އަންނަން އޮތް ޖީލުތައް މަޢާފު ނުކުރާނެ ކަމަށް، ވެރިކަންކުރާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިރޭ އާންމު ކުރެއްވި ހިޠާބެއްގައި ވިދާޅުވީ، މި ވޯޓަކީ މި ވަގުތަށްވެސް އަދި ޤައުމުގެ މުސްތަޤްބަލަށްވެސް އެހާމެ މުހިންމު ވޯޓެއް ކަމަށާ، މި ވޯޓުގެ ނަތީޖާއިން ވަރަށް ފުޅާ ދާއިރާއަކަށް، އަދި ވަރަށް ދުރު މުސްތަޤްބަލަކަށް އަސަރުކުރާނެ ކަމަށެވެ. އަދި މިއީ އިސްލާމް ދީނާއި ދިމިޤްރާތީ އުސޫލުތަކަށް ދިވެހި ޤައުމު އަލުން ބައްޓަން ކުރުމަށްލިބޭ ފުރުސަތެއް ކަމަށާ، އެހެންކަމުން ޤައުމު އިސްލާޙް ކުރުމަށް މި ލިބޭ ފުރުސަތުގެ ބޭނުން ހުރިހާ މެންބަރުންވެސް ހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، ފަހަކަށް އައިސް ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން، ތިން ބާރު ރަނގަޅަށް ވަކިކޮށް، ޤާނޫނު ހެދުމުގެ ބާރާއި ޝަރުޢީ ދާއިރާ ސަރުކާރުގެ އަތްދަށުން ސަލާމަތްކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އަޅުގަނޑުމެން އެންމެންނަށް އިތުރަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.

ތަފްސީލް

27 މާރިޗު 2017 | 06:17

ޝެއިޚް އިމްރާންގެ ބަޔާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަސްތޮޅު އެޅުވިފައި ތިބި ހުރަގެތަކުން މިނިވަންވުމަށް ވޯޓު ދެއްވުމަށާއި އެ ނޫންގޮތަކަށް ވޯޓުދެއްވައިފިނަމަ ދިވެހި ޤައުމު އެ މެމްބަރުންނަށް ދުވަހަކުވެސް މައާފުނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އައްޝެއިހު އިމްރާން އަބްދުﷲގެ ބަޔާން އިއްވަވަދެއްވީ އަދާލަތު ޕާޓިގެ ކައުންސިލް މެމްބަރު ސިދާތާ ޝަރީފް އެވެ. އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ ތާރީހުގައި ދިވެހި ރައްޔިތުން ކުރިމަތިލާންޖެހުނު ފަދަ ނުރައްކާތެރިކަމެއް މިއަދު ޤައުމަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބޭރުން އަންނަ ނުރައްކާތަކަށްވުރެ އެތެރެއިން އަންނަ ނުރައްކާތައް މިއަދު މާ ބޮޑު ކަމަށާއި، އެކަމާއި ކުރިމަތިލާއިރު މައްސަލަ ހައްލުކުރުމަށް ވަރަށް އުނދަގޫ ހާލަތެއްގައި އޮތް ކަމަށެވެ.

އިމްރާން ސިފަކުރެއްވި ގޮތުގައި މިއަދުގެ ވެރިކަމަކީ، އަނިޔާވެރިކަމާއި ބޭއިންސާފުން ހައްދުފަހަނަ އަޅާފައިވާ ވެރިކަމެކެވެ. އަދި މިފަދަ ވެރިކަމެއްގެ ސަބަބުން މިނިވަންކަން ގެއްލި ޤައުމު އަޅުވެތިކަމެއްގެ ތެރެއަށް ހިނގައިދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

27 މާރިޗު 2017 | 01:07

މަސީހް މަގާމުން ވަކިކުރަން ޖެހޭ ސަބަބު، މަހްލޫފުގެ ދުލުން

27 މާރިޗު 2017 | 01:01

ބެރިކޭޓް ބަހައްޓައިފި

މަޖިލިސް ކުރާ ގޭގެ ސަރަހައްދުގައި ބެރިކޭޑް ބަހައްޓައިފި.

27 މާރިޗު 2017 | 00:28

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަކީ ގައުމު އިސްލާހުކުރުމުގެ މަސައްކަތުގައި ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތު ނަގާ ނުލެއްވުަމށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިހާރު އިންޑިއާގައި ހުންނެވި ކުރީގެ ރައީސް މައުމޫން، ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމަށް، ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަސީހް މަގާމުން ވަކިކުރަން ޖެހެނީ ގާނޫނީ ޒިންމާ އުފުލާފައި ނެތުމުން ކަމަށެވެ.

މަސީހުގެ ވޯޓް ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށާއި ޕީޕީއެމްގެ 90 ޕަސެންޓް މެމްބަރުންގެ ތާއިދު އެބަ އޮތް ކަމަށާއި ނަމަވެސް އޭގެ ތެރެއިން ވޯޓް ދެއްވާ މެމްބަރުންނަކީ ނުފޫޒުގައި ޖެހިފައިވާ މެމްބަރުން ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުންނަކީ ރައީސް މައުމޫނުގެ ތާއިދާއެކު ހޮވިވަޑައިގެންފައިވާ މެމްބަރުންނަށްވާއިރު، ރައީސް މައުމޫނު ވިދާޅުވީ ހޯމަ ދުވަހު މަސީހާ އެއްކޮޅަށް ވޯޓް ދެއްވާ މެމްބަރުންނަށް އެ މަނިކުފާނު ތާއިދު ނުކުރައްވާނެ ކަމަށެވެ.

26 މާރިޗު 2017 | 23:56

ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުން ހުއްޓައެއް ނުލާނަން:މައުމޫން

އެ މަނިކުފާނު ދެކެ ބަޔަކު ރުޅި އަންނަނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާތީ ކަމަށާއި، އެކަމަކު އެކަމެއް އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ

26 މާރިޗު 2017 | 23:44

މަސީހްގެ ވޯޓަށް ޕީޕީއެމް-އެމްޑީއޭއިން ތްރީލައިން ވިޕެއް

ޕީޕީއެމް-އެމްޑީއޭގެ ޕާލިމެންޓަރީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން ތްރީލައިން ވިޕެއް ނެރެފި އެވެ. މި ވިޕްލައިން ނެރުނުއިރު، ޕީޕީއެމްގެ ބައެއް މެމްބަރުން ފާޅުގައި ވިދާޅުވެފައި ވަނީ މަސީހަށް ވޯޓް ނުދެއްވާނެ ކަމަށެވެ.

26 މާރިޗު 2017 | 23:27

މީ ދިމާ އިދިކީލިކޮށް ހިނގާ ދައުލަތެއް: އިންތި

މީ ދިމާ އިދިކީލިކޮށް ހިނގާ ދައުލަތެއް މީ، ސްޕްރީމް ކޯޓާއި އުއްތަމަ ފަޑިޔާރުގެ ވޯޓް ނެގިގެން ދިޔަ ގޮތް ނިކަން ބައްލަވަ، އެކަން ވީ ގޮތް އެއްވެސް މެންބަރަކަށް އަދިވެސް ނޭނގޭނެ، ގައުމީ ދިދަ ވިހުރުންވެސް ހުއްދަ ނޫންކަމަށް ބުނީ، މީ ކޮސްވެ އަންތަރީސް ވާ ކަހަލަ ކަމެއް، މޭޒުމަތީ ދިދަ ބަހައްޓައި، ކަރުދާސް ދިދަ ޗާޕްކުރުން މައްސަލައެއްނެތް، މީ ކޮންތަނަކުން އައި ކޮން ޖަންގައްޔަކުން އައި ވިސްނުމެއް ކަމެއްވެސް ނޭނގޭ، ނިކަން ބައްލަވާ، ރައީސް މައުމޫނު އެބޭފުޅާއަށް އޮތް ތާއީދު އަނބުރާ ގެންދަވާނެކަން ގަބޫލު ކުރާނެ އިންސިއެއް ޖިންނިއެއްވެސް ނުހުންނާނެ، އެކަމު އެކަންވެސް ވީ، ރައީސް ޔާމީން ކުރާ ހުރިހާ ގޯސްކަމެއް ކުރަނީ މަސީހު އެކަން ކުރުވަން ހިތްވަރުދޭތީ

26 މާރިޗު 2017 | 23:08

​​​​​​​މުޅިގައުމާއި ފަސްގަނޑަށް ޓަކައި ނަގާ ވޯޓެއް މީ

މުޅިގައުމާއި ފަސްގަނޑަށް ޓަކައި ނަގާ ވޯޓެއް މީ، ދީން އެންމެ ފުރަތަމަ އިސްކޮށްގެން ކުރިއަށްދާނަމަ މިފަދަ ކަމެއް ނުޖެހޭނެ.

ޖުޑީޝަރީއަށް ބަޖެޓް ކަނޑައަޅާ ފުނުވީމައި އެއްކޮށް ކަނޑާލާފައި ފަނޑިޔާރުންނަށް ހެޔޮ އޯގާތެރި މީހެކޭ ވިދާޅުވެވޭނެތޯ، އެމަނިކުފާނު ވެރިަކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް އެހީތެރިވެދެއްވީ ޑރ. ޖަމީލާއި އަހުމަދު އަދީބު، މިހާރު ގައުމު ހިންގުމުގައި މެޑަމް، މުޅި އޮޑީގައި މެޑަމްގެ ދެފައި- ވައްޑެ

26 މާރިޗު 2017 | 22:55

ފުލުހުންނާއި ސިފައިން ދިން ސްޓޭޓްމެންޓަށް ރައްދު

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ކުރިމަތިވެފައި އޮތްވައި، ސިފައިންނާއި ފުލުހުން ގުޅިގެން މިރޭ ދިން ޕްރެސް ކޮންފަރެންސްގައި، ދިން ސިޔާސީ ސްޓޭޓްމެންޓާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި. އެއީ ސިޔާސީ ސްޓޭޓްމެންޓެއް ކަމަށް ބައެއް ފަރާތްތަކުން ބުނޭ، އަދި އެއީ ރައްޔިތުންނަށް ބިރު ދެއްކުން ކަމަށް ވެސް އަންނަނީ ބުނަމުން.

26 މާރިޗު 2017 | 22:46

އަލީ ހުސެއިން

ޓެކްސް މި ދައްކަނީ އިންސާފުގެ އަގުގެ ގޮތުގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރައީސަކީއަދިވެސް މުހައްމަދު ނަޝޫ، އަދާލަތުގެ ރައީސަކީ ޝެއިޚް އިމްރާން، އަދި ޕީޕީއެމްގެ ރައީސަކީ ރައީސް މައުމޫނު، އިއްޒަތްތެރިންނަކީ ރައްޔިތުން، މެންބަރުންނަކީ ޚާދިމުން، އަޅުގަނޑުމެންނަކީ މަސީހުގެ ޚާދިމުންނެއްނޫން، ރައީސް ޔާމީނުގެ ޚާދިމުންނެއްވެސް ނޫން

26 މާރިޗު 2017 | 22:45

އަހަރެންގެ ވޯޓް މަސީހާ ދެކޮޅަށް:އަމީތު

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓް ދެއްވާނީ މަސީހާ ދެކޮޅަށް ކަމަށާއި އެހެން މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓް ދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ގޮވާލައްވައިފި އެވެ.

26 މާރިޗު 2017 | 22:35

ސަލާމަތީބާރުތަކުން ބާއްވާ ޕްރެސް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނަން، އެމްއެންޑީއެފް

ބަލާ ފާސްކުރަން ޖެހޭ ތަންތަންވެސް ބަލާ ފާސްކުރަމުންދާނެ،

26 މާރިޗު 2017 | 22:31

ސަލާމަތީބާރުތަކުން ބާއްވާ ޕްރެސް

މީޑިއާއަށް ހިއްސާކޮށްލަން ބާއްވާ ޕްރެސްއެއް، ސިޔާސީ ހަމަނުޖެހުން ހިންގުމަށް ބަޔަކު މަަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރަން ހަމަނުޖެހުން ހިންގާކަށް ފުރުސަތެއް ނުދޭނަން އަޅުގަނޑުމެންނަށް ލިބިފައިވާ ބާރު އެންމެ ފުރިހަމަގޮތުގައި ކުރާނަން،

- ހަމްދޫން ރަޝީދު

26 މާރިޗު 2017 | 22:28

ތިމަރަފުށީގެ ދާއިރާގެ މުހައްމަދު މުސްތަފާ

އަޅުގަނޑު ލަސްވީވެސް މިކަމަށް ގޮތެއްވިސްނުމުގައި، އަޅުގަނޑުވރަށް ގާތް ބޭފުޅެއް ގާސިމަކީ، މަޖިލީހުގެ ރައީސަކީ މިހާރުން މިހާރަށްވެސް އަޒުލު ކުރަން ޖެހޭ މީހެއް.

26 މާރިޗު 2017 | 22:25

ހިތަދޫ އަސްލަމް

ކުނޫޒުން ގާސިމް ބޭރު ކުރުމެކޭ، ރައީސް މައުމޫނު ޕީޕީއެމުން ބޭރުކުރުމެކޭ ކޮބާތޯ ތަފާތެއް، ހުރިހާ ބޭފުޅުންވެސް މަސީހާދެކޮޅަށް ވޯޓް ދެއްވާ، މީ އަދުލު އިންސާފަށްޓަކައި ނެގޭ ވޯޓެއް

26 މާރިޗު 2017 | 22:23

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ މ.ކުނޫޒް

އަޅުގަނޑު ވިސްނާ ވިސްނާވެސް މި ސަރުކާރުން ރަނގަޅަށް ކުރާ އެއްވެސް ކަމެއް ކުރާތަނެއް ނުފެނޭ، އެންމެނާ މެދު ހަމަހަމަ އިން އިންސާފު ލިބޭތޯ ދިއުމަށްވެސް ބިރުގަނޭ، ރޭގަނޑު ދަންވަރު ކޯޓްތައް ހުޅުވާ ހުމްތައް އިއްވަމުންދާތަން މި ފެންނަނީ، ހޫނުފެނަށް ބިރުން ފްރީޒް ވެދާނެތީ ގަނޑުފެނަށް ބިރުން، އަލިފާން އެޅިޔަސް މިކަން ހުއްޓައެއް ނުލާނަން، 10000 މީހުންވެސް ހަމަ ނުވާނެތީ ޕީޕީއެމް ޖަހައިގަތީ

26 މާރިޗު 2017 | 22:08

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލްކޮށްފައިވަނީ، ހޯމަ ދުވަހު ބާއްވާ ރައްޔިތުގެ މަޖިލީހުގެ ޖަލްސާއަށެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައީސް މައުމޫނުގެ ޕީޕީއެމްގެ ފެކްޝަނާއި، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެންނެވެ.

3 / 3