Raajje.mv

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ

26 މާރިޗު 2017
34977
މަޖިލީހުގެ ރައީސް މަސީހު

މަޖިލީހުގެ ރައީސް މަސީހު

27 މާރިޗު 2017 | 13:46

މަޖިލީހުގައި ވޯޓުލާން ފެށުން

މަޖިލީހުގެ ޤަވާއިދުގެ، 164، އަދި 165 ވަނަ މާއްދާގައި ބުނާގޮތުން ރޯލް ކޯލް ވޯޓަށް ދެވޭނީ އިލެކްޓްރޯނިކް ވޯޓް ސިސްޓަމްގައި މައްސަލަ ޖެހި ވޯޓާއި މެދު މެންބަރުން ސުވާލު އުފައްދައިފި ހާލަތުގައެވެ. އެހެން ނޫންނަމަ، ވޯޓުލާން ޖެހޭނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް މެދުވެރިކޮށެވެ.

ޤަވާއިދުގައި މިހެން ބުނެފައި ވަނިކޮށް، ރޯލް ކޯލް އުސޫލުން ވޯޓުލުމަށް ފެނޭތޯ ބެލުމަށް ވޯޓުލާފައިވަނީވެސް އިލްކެޓްރޯނިކް ސިސްޓަމްގައެވެ.

27 މާރިޗު 2017 | 13:37

މަޖްލީހުގައި އިހުތިޖާޖް ކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ނަގާ ވޯޓަށް މަޖްލީހުގެ ޖަލްސާގެ ދަންފަޅި ފަށައިފި. މަޖްލީހުގެ ރިޔާސަތު އިންނެވީ ނައިބު ރައީސް މޫސާ މަނިކު. މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެވަޑައިގަތުމަށް މަޖްލީހުގެ ރިޔާސަތުން އިއުލާން ކުރައްވައިފި، މިހާރު މަޖްލީހުގެ ތަޅުމުން ފެންނަ މަންޒަރުތަކުން މެންބަރުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާތަން އެބަ ފެނޭ، މަޖްލީހުގެ ތަޅުމުގައި ފެންނަނީ ހިތްހަމަ ނުޖެހުންފާޅުކޮށް އިހުތިޖާޖު ކުރަމުން އަންނަތަން. މެންބަރުން އަންނަނީ ހިތް ހަމަ ނުޖެހޭނެ،

27 މާރިޗު 2017 | 13:29

ރައީސް ނަޝީދުގެ ޓްވީޓް

ރައީސް ނަޝީދު ދާދިދެއްމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވޯޓާއިގެން ކުރިއަށް ވަޑައިގަންނަވަން ނުކެރި، ސިސްޓަމް މައްސަލައެއް ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގަންނަވަނީ ރައީސް ޔާމީންއަށް ބަލިވާނެކަން ޔަގީންވުމުން ކަމަށް.

27 މާރިޗު 2017 | 12:49

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މަޖިލީހުގައި ކުރިއަށް ދަނީ

ރައްޔިތުންގެ ނަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މެމްބަރުން ނިސްބަތްވާ ޕާޓީތަތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މަޖިލީހުގެ އިދާރާގައި ކުރިއަށް އެބަދޭ.

މިބައްދަލުވުމުގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މަޑުއްވަރީ ދާއިރާގެ މެމްބަރުން މުހައްމަދު އަމީތު ބައިވެރިވެވަޑާއިގަންނަވާ.

27 މާރިޗު 2017 | 12:06

ނިހާންގެ ޓްވީޓް

27 މާރިޗު 2017 | 11:46

ރައީސް މައުމޫންގެ ޓްވީޓް

ވޯޓިންގ ސިސްޓަމްގައި މައްސަލައެއް ވާކަން ކަށަވަރު ނުވާހާ ހިނދަކު، ޤަވާއިދުގެ ދަށުން ވޯޓު ލާން ޖެހޭނީ އެ ސިސްޓަމުން. އެހެންކަމުން މިއަދު ރޯލް ކޯލް ވޯޓް ނެގިގެން ނުވާނެ
27 މާރިޗު 2017 | 11:29

ރައީސް ނަޝީދުގެ ޓްވީޓް

ސަރުކާރުން ރޯލް ކޯލް އުސޫލުން ވޯޓު ލުމަށް ބާރުއަޅަނީ ވޯޓިންގ ސިސްޓަމާއި ކުޅުމަށްފަހު. މަޖިލީހުގެ އަމީން އާންމު އެ ސިސްޓަމް މަރާމާތުކުރައްވާ، ޤަވާއިދާ އެއްގޮތަށް ވޯޓު ކުރިއަށް ގެންދިއުން ކަށަވަރުކުރައްވަން ޖެހޭ
27 މާރިޗު 2017 | 10:59

މީހަކު ހައްޔަރުކޮށްފި

އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރުކުރީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅު ޝިއާރެއް ލިޔެފައިވާ ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ، ބ. ކަޑަރިކިލު، ހަވީރީ ނާޒު ހަސަން ސިރާޖެވެ. އޭނާއަކީ ބ. އަތޮޅު ކައުންސިލް މެމްބަރެކެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އެ ސަރަހައްދުން މީހަކު ހައްޔަރު ކުރީ، އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށާއި އޭނާ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

"އެ ވަގުތަކީ ރައްޔިތުންގެ މަޖިލީޙުގެ މެމްބަރަކު ދިޔަ ސަރަހައްދެއް. އެ ވަގުތު އެ މެމްބަރުން ހުތުރު ގޮތަކަށް އިނގިލިން އިޝާރާތެއް ކުރުމުން އެއްވެ ތިބި މީހުން ހިތްހަމަ ނުޖެހިގެން އަޑުގަދަކުރި. އެވަގުތު ފުލުހުން ގޮސް މީހަކު ހައްޔަރުކުރީ. އެ މީހާއަކީ ވެސް ކަމެއް ކުރި މީހެއް ނޫން،" މަންޒަރު ދުށް މީހާ ބުންޏެވެ.

27 މާރިޗު 2017 | 10:49

އެމްޑީޕީގެ އޮފީސް ކުރިމަތިން މީހަކު ހައްޔަރުކޮށްފި

27 މާރިޗު 2017 | 10:39

ރާއްޖޭޓީވީ ނޫސްވެރިން އޮފީސްތެރޭގައި ތިބުމަށް ފުލުހުން އަންގައިފި

ރާއްޖެޓީވީގެ ނޫސްވެރިން މަޖްލިސް ކަވަރު ކުރަމުން ދަނިކޮށް އޮފީސްތެރެއަށް ވަދެ ތިބުމަށް މަޖްލިސް ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ފުލުހުން އަންގައިފި، މި ސަރަހައްދަކީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއްކަމަށާއި، އޮފީހުން ނުކުމެއްޖެނަމަ އަލުން އަނބުރާ އޮފީހަށް ނުވަދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައި

27 މާރިޗު 2017 | 10:36

އަނގަބަހުން ވޯޓެއް ނުލެވޭނެ

މަޖްލީހު ރައީސަކަށް އިންނަވާ އިއުލާން ކުރައްވާ ދޮގުވާހަކަތައް އަބުރާ ރައްދު ކުރެވޭނެ ދުވަހެއް އަންނާނެ، އަނެއްކޮޅުން މި ފެންނަނީ އަނގަބަހުން ވޯޓްލާން އަމުރުކުރާތަން، ސަރުކާރުގެ މެންބަރުން އެބަޖެހޭ ޤަބޫލުކުރަންޖެހޭ ހަދާ ދޮގުތައް އަލުން އަބުރާ އައިސް އެބޭފުޅުންގެ ގައިގައި ޖެހޭނެ ދުވަހެއް އަންނާނެ، އަޅުގަނޑުމިޔަދު މިހިރީ ވަރަށް ނުތަނަވެސް ވެފައި މިކަންކުރަމުންދާ ގޮތުން.

27 މާރިޗު 2017 | 10:32

މަޖްލީހުގެ ރައީސް ދައްކަވާ ވާހަކަ ޤަބޫލެއް ނުކުރަން: އަލީ ހުސެން

މިޔަދު ވެސް މިހިނގާދިޔަ ކަންތައްތަކުން ވެސް އެބައެނގޭ ރައްޔިތުންގެ މަޖްލިސް ހިނގަނީ ރަނގަޅަކަށް ނޫންކަން، މޫސަ މަޖްލީހުގެ ރިޔާސަތުގައި އިނުން އިސްތިސްނާއެއް ނުވޭ، ރައްޔިތުންގެ މަޖްލީހުގައި ވަކާލާތު ކުރަނީ ރައްޔިތުންގެ ފަރާތުން، މަޖްލީހުގައި ވަޒީރަކާއި ސުވާލެއް ނުކުރެވޭ، ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭ، މިކަހަލަ އެތައް ކަމެއް މަޖްލީހުގެ ތެރޭގައި ހިނގަމުންދޭ، މަޖްލީހުގެ ރައީސް ދައްކަވާ ވާހަކައެއް އަޅުގަނޑު ޤަބޫލެއް ނުކުރަން، މިހާރު އެގޮތަށް އެވާހަކަ ދައްކަވަނީ މަޤާމު ގެއްލިދާނެތީ، މަޖްލީހުގެ ޖަލްސާއެއް ކުރިއަށްދާ އިރު، ޖާގައޮތް ވަރަކުން އާންމުންނަށް ވަދެވެންޖެހޭނެ، ރައްޔިތުންނަށްޓަކައި ރައްޔިތުން މަޖްލީހުން ކުރާ މަސައްކަތް ފެންނަންޖެހޭނެ، އެގޮތަށް ފޮނުވައެއް ނުލެވޭނެ

27 މާރިޗު 2017 | 10:27

މަޖްލީހުގެ ވޯޓިން ސިސްޓަމަށް ބަޔަކު ކަމެއްކޮށްފައިވާ ކަމަށް ބެލެވޭ

ބައެއް މެންބަރުންނަށް ފުރުސަތު ދީފައެއް ނުވޭ، ބަހުސްގައި ބައިވެރިވާން އެދިލެއްވި މެންބަރުންނަށް ފުރުސަތު ދީފައެއް ނުވޭ، އަޅުގަނދަވެގެންދިޔައީ އެހެންވެގެން، ރޯލް ކޯލް ވޯޓު ނެގުމާއި މެދުގައި ވެސް މެންބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ، އަޅުގަނޑަކަށް ޓެކްނިކަލް މައްސަލައެއް އުޅޭ ކަމަށް އަދި ފާހަގަ ނުކުރެވޭ، މައްސަލަޖެހުނީ ވޯޓް ނަގަން އުޅެނީ ގަވާއިދާ ޚިލާފަށް ކަމަށްވާތީ، ކޮންމެވެސް ބަޔެއް ވޯޓިން ސިސްޓަމްތަކަށް ކަމެއް ކޮށްފައި ހުރި ކަމަށް ބެލެވޭ، މެންބަރު ވަހީދު އަދި މެންބަރު އަރީފަށް ވާހަކަ ދައްކަން ފުރުސަތު ނުދިނީ އެ ޕާޓީތަކުން ބުނެގެން ކަމަށް އަޅުގަނޑުމެނަށް ވަނީ މައުލޫމާތު ލިބިފައި،

27 މާރިޗު 2017 | 10:06

މަޖްލީހުގެ ސިސްޓަމްތައް ވަނީ މައްސަލަ ޖެހިފައި

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މަޖްލިސް ކުރިއަށްދަނީ ޤަވާއިދާ ޚިލާފަށް ކަމަށް، ވޯޓްގައި ބައިވެރިވުމާއި މެދު ގޮތެއް ނިންމުމަށް ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވި

ވޯޓު ނަގަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް. މަޖްލިސްގެ ވޯޓިން ސިސްޓަމާއި މެދު ވަނީ ސުވާލު އުފައްދަވާފައި، މަޖްލީހަށް ވަޑައިގަތް ފަހުން މޭޒުކޮޅުގައި އިންނަ ކޮމްޕިއުޓަރ ސިސްޓަމް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވި. އޭގެ އިތުރުން މަޖްލީހުގައި ވޯޓް ނެގޭނެ ގޮތްތައް ގާނޫނުގައި ބަޔާންކޮށްފައިޥާ ގޮތަށް ވަނީ ވިދާޅުވެފައި

27 މާރިޗު 2017 | 09:44

މަޖިލީހުގެ ބަހުސް ނިންމާލުން

މިއަދުގެ ޖަލްސާގައި ހޭދަވީ ޖުމްލަ 43 މިނެޓު

27 މާރިޗު 2017 | 09:44

މަޖިލީހުގެ ބަހުސް ނިންމާލުން

ވޯޓުލުން 13:30 ގައި

27 މާރިޗު 2017 | 09:38

ބަހުސް: ފައިސަލް ނަސީމް

މައްސަލައަށް ތާޢިދުކުރަން. މިހާރުވެސް އަޑުއިވެމުން މިދަނީ ބިރުދެއްކުމުގެ ވާހަކަތަކުގެ އަޑު. ބިރެއް ނުގަންނާނެ. ބިރުގަންނާނީ ހަމައެކަނި ހެއްދެވި ފަރާތް ދެކެ.

27 މާރިޗު 2017 | 09:36

އަނާރާ ނައީމު ކުރެއްވި ޓްވީޓް

ކަންތައްތަކެއް އިސްލާހު ކުރުމަށް، މިއަދު ކުރެވެމުންމިދާ މަސައްކަތާމެދު އުފާކުރަން

27 މާރިޗު 2017 | 09:36

ބަހުސް: ރިޔާޒް ރަޝީދު

މިއަދު ތިބި ހާލަތަށްވުރެ ދަށު ހާލަތަކަށް މި ވޯޓަށްފަހު އިދިކޮޅު ފަރާތްތައް ދާނެ.

27 މާރިޗު 2017 | 09:35

ބަހުސް: ރިޔާޒް ރަޝީދު

މަސީޙާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައިވަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއް.

27 މާރިޗު 2017 | 09:34

ބަހުސް: ޢަބްދުއްރަޙީމް

ދާއިރާއަށް ޤަސިމް ވަޑައިގަތަސް ބަލިކުރާނަން. ދިވެހި ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ ރައީސް ކަމުގައި މަސީޙު ބަހައްޓަން.

27 މާރިޗު 2017 | 09:32

ބަހުސް: އަބްދުއްރަޙީމް

ރޯލް ކޯލް ވޯޓަށް ތާޢީދު. ރާއްޖޭގެ ތާރީޚުގައިވެސް މަސީޙު ވަރުގެ މަޖިލިސް ރައީސެއް ފެނިފައެއް ނުވޭ.

27 މާރިޗު 2017 | 09:32

ގާސިމް އިބްރާހީމް

ފާރިސް މައުމޫން ހުށަހެޅި މިމައްސަލައަށް ފުރިހަމައަށް ތާއީދު ކުރަން. ރައްޔިތުންނަށްޓަކައި މިއަދު މިވޯޓުގައި ބައިވެރިވެ މަސީހު މަގާމުން ވަކިކުރުމަށް ތާއީދު ކުރަން.

ރޯލްކޯލް ވޯޓާ ގުޅިގެން ދަންނަވާލަން ބޭނުންވަނީ، އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާ ކުޅެ، އޮޅުވާލުމުގެ ވާހަކަތަކެއް އެބަދެކެވޭ. އެހެންކަމުން ވޯޓް ލުމުގެ ކުރިން ވޯޓިންގ ސިސްޓަމުގައި މައްސަލައެއް ހުރިތޯ ބަލާ ޔާގީން ކުރަންޖެހޭ.

27 މާރިޗު 2017 | 09:31

ބަހުސް: ޤާސިމް އިބްރާހިމް

ވޯޓިންގ ސިސްޓަމާއި ކުޅެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ. މައްސަލައެއް ހުރިތޯ ބަލައިދިނުމަށް ހުށަހަޅަން.

27 މާރިޗު 2017 | 09:30

ބަހުސް: ޤާސިމް އިބްރާހިމް

ބަހުސް: ޤާސިމް އިބްރާހިމް

ފާރިސްގެ ހުށަހެޅުމަށް ތާޢީދުކުރަން. އަދުލު އިންސާފު ޤާއިމްކޮށް، ސަރުކާރުގެ ނުފޫޒުން ބާރުތައް މިނިވަން ކުރުމަށް މި ވޯޓުގައި މަސީހު ވަކިކުރުމަކީ ލާޒިމް ކަމެއް.

27 މާރިޗު 2017 | 09:25

ބަހުސް: އަޙުމަދު ނިހާން

މެންބަރުންނާއި ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހަޅަން

27 މާރިޗު 2017 | 09:21

ބަހުސް: އަޙުމަދު ނިހާން

މި މައްސަލައަކީ މަޖިލީހުގެ މަސައްކަތް ހަޖަމު ނުވާ ބަޔަކު ހުށަހަޅާފައިވާ މައްސަލައެއް

27 މާރިޗު 2017 | 09:20

ބަހުސް: ފާރިސް މައުމޫން

މަޖިލީހުގެ ރިޔާސަތާ ހިންގުމުގެ ނިޒާމް ރަނގަޅު ނުކޮށް، މަޖިލީހަށް މަތިކޮށްފައިވާ ވާޖިބް އަދާކުރެވޭކަށް ނެތް

27 މާރިޗު 2017 | 09:19

މަސީހުގެ ބަސް

މައްސަލައަކީ އިޖުރާއީ ގޮތުން ބޭރުވެސް ކުރަން ޖެހޭ މައްސަލައެއް

27 މާރިޗު 2017 | 09:15

މަސީހުގެ ބަސް

ރިޔާސަތުން މަސައްކަތްކުރީ މަޖިލީހުގެ ޤަވާއިދުގައި ވާ ގޮތުގެ މަތިން

27 މާރިޗު 2017 | 09:14

މަސީހުގެ ބަސް

ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތަކީ ކޮމިޓީތަކުގެ މަސައްކަތެއް. މަޖިލިހަށް ވަނީ 52 ވަޒީރުން ހާޒިރު ކުރެވިފަ. ކޮމިޓީތަކަށްވެސް ވަޒީރުން ހާޒިރު ކުރެވޭ

27 މާރިޗު 2017 | 09:13

މަސީހުގެ ބަސް

މަޖިލީހުގެ މަސައްކަތްތައް ހަލުވި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިން

27 މާރިޗު 2017 | 09:12

މަސީހުގެ ބަސް

މަޖިލީހުގައި ޕްރޮޑަކްޓިވް މަސައްކަތްތަކެއް ވަނީ ކުރެވިފަ

27 މާރިޗު 2017 | 09:11

މަސީހުގެ ބަސް

އަމާޒުކޮށްފައިވަނީ ހަޤީޤަތާއި ޚިލާފް ތުޙުމަތުތަކެއް

27 މާރިޗު 2017 | 09:10

މަސީހުގެ ބަސް

މަޖިލިސް ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރަމުން ދިޔައީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން

27 މާރިޗު 2017 | 09:08

ފާރިސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފި

ފާރިސް: މަޖިލީހުގެ ރިޔާސަތު އަދުލްވެރިކަމާ އެއްގޮތަށް ކުރިއަށް ނުގެންދޭ. ސުވާލުކުރުމުގެ ފުރުސަތު ނުދޭ. ރައްޔިތުންގެ މަޖިލީހުގެ ވާޖިބު އަދާކުރުމަށް މަސީހު ވަނީ ވަކި އަތަކަށް ޖެހި. މެމްބަރުންގެ އިމްތިޔާޒުތައް ހިމަޔާތްކޮށެއް ނުދޭ. މަޖިލީހުގެ މެމްބަރުންގެ ވާޖިބު އަދާކުރުމަށް މަސީހު ހުރަސް އަޅާ ކަމަށް ސާބިތުވާތީވެ، އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާތީވެ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން.

27 މާރިޗު 2017 | 09:08

މެންބަރުން މަޖިލީހުގައި

27 މާރިޗު 2017 | 09:04

މެންބަރު އިމްތިޔާޒުގެ ކަންބޮޑުވުން

27 މާރިޗު 2017 | 09:01

މަޖިލީހުގެ ޖަލްސާ ފަށައިފި

27 މާރިޗު 2017 | 09:00

ޕޮލިސް އިންޓެގްރިޓި ކޮމިޝަންގެ ކުރީގެ ރައީސާ، ޝަހިންދާ އިސްމާއިލްގެ ބަސް

2 / 3