Raajje.mv
ލައިވް އަޕްޑޭޓްސް

މެދުއިރުމަތީ ހަނގުރާމަ

"އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި 2026 ވަނަ އަހަރު ފެށި ވަރުގަދަ ހަމަލާތަކުގައި، އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ސިފައިން ވަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލާފައި. މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދޭން ފަށާފައި. މި ހަނގުރާމައިގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ސަރަހައްދީ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައި. ހަމައެއާއެކު، އީރާނުގެ ނިއުކްލިއަރ މައްސަލައިގައި ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަޝްވަރާތައް ވެސް މިހާރު ވަނީ މެދުކެނޑިފައި. މި ކުރިމަތިލުމަކީ އެތައް އަހަރެއްގެ ޖިއޯޕޮލިޓިކަލް ވާދަވެރިކަމާއި ދަތިކުރުމުގެ ފިޔަވަޅުތަކާއި އަދި ނުސީދާކޮށް ކުރެވެމުންދިޔަ ހަނގުރާމަތަކުގެ ނަތީޖާއެއް ކަމުން، މިއީ އެމެރިކާ އާއި އީރާނުގެ ތާރީޚުގައި ވެސް ހިނގަމުންދާ އެންމެ ނުރައްކާތެރި ކުރިމަތިލުން

11 ސެޕްޓެމްބަރު 2026
631,663
އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، ހިލޭސާބަހަށް މަސައްކަތްކުރާ އަންހެން ސިފައިން ތަމްރީނުކުރާ މަރުކަޒެއް ހުޅުވުމަށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އަންހެނަކު ބަޑިޖަހަން އަމާޒު ހިފަނީ

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، ހިލޭސާބަހަށް މަސައްކަތްކުރާ އަންހެން ސިފައިން ތަމްރީނުކުރާ މަރުކަޒެއް ހުޅުވުމަށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވީ އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އަންހެނަކު ބަޑިޖަހަން އަމާޒު ހިފަނީ

11 ނޮވެމްބަރު 2026 | 10:20

އީރާނާއެކު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތުމާއެކު، ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ މަސްރަހު ފިނިވެދާނެކަމުގެ އުންމީދުތަކާއި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީފާނެކަމުގެ ބިރުވެރިކަމާ މެދު ބާޒާރުގައި އޮތް ކަންބޮޑުވުންތަކާ ގުޅިގެން، ބުދަ ދުވަހުގެ ހެނދުނު ތެލުގެ އަގު ވަނީ އުފުލިފަ އެވެ. މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ ބޮޑަށް ދަށަށް ދިޔަ ދުވަސްތަކަށް ފަހު އަގަށް އައި ބަދަލެކެވެ.

އީރާނަށް އިތުރު އަސްކަރީ ހަމަލާތަކެއް ދޭންޖެހޭ ފަދަ މަސްރަހެއް ނެތް ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވުމާ ގުޅިގެން، އަންގާރަ ދުވަހު ތެލުގެ އަގު ފުރަތަމަ ވަނީ ފީފާއަކުން 3 ޑޮލަރަށް ވުރެ ބޮޑަށް ދަށަށް ގޮސްފަ އެވެ. ނަމަވެސް، ތެހެރާނާއި ވޮޝިންޓަނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ ސަލާމަތީ އޮފިޝަލެއް ކަމަށްވާ މުޙުސިން ރެޒާއީ ވިދާޅުވުމާއެކު، ދަށަށް ދިޔަ އަގުތައް އަނެއްކާ ވެސް ވަނީ މައްޗަށް އަރަން ފަށާފަ އެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ 1.1 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 92.53 ޑޮލަރަށް އުފުލިފަ އެވެ.

ތްރީ-ޑީ ޕްރިންޓް ކޮށްފައިވާ ތެޔޮ ފީފާތަކާއި ހުރްމުޒް ކަނޑުއޮޅިއާއި އީރާން ފެންނަ ކުރެހުމެއް

ތްރީ-ޑީ ޕްރިންޓް ކޮށްފައިވާ ތެޔޮ ފީފާތަކާއި ހުރްމުޒް ކަނޑުއޮޅިއާއި އީރާން ފެންނަ ކުރެހުމެއް

11 ނޮވެމްބަރު 2026 | 10:16

އީރާނުގެ އައިއާރްޖީސީއަކީ ޓެރަރިސްޓުންކަމަށް އާޖެންޓީނާއިން ކަނޑައެޅުމާއެކު، އާޖެންޓީނާގެ ސިފައިންނަކީ ޓެރަރިސްޓުންކަމަށް އީރާނުން ކަނޑައަޅައިފި

އާޖެންޓީނާގެ ސަރުކާރުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، އޭގެ ބަދަލުހިފުމެއްގެ ގޮތުން އާޖެންޓީނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުން ކަނޑައަޅައިފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނުގެ ޓެލެގްރާމް ޗެނަލްގައި ބުދަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ރަސްމީ ސިފައިންގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ އައިއާރްޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އާޖެންޓީނާއިން ހިންގި އަދާވާތްތެރި އަމަލެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ނިންމުމަކީ އެއް ގައުމަކުން އަނެއް ގައުމަކަށް ކުރާ ކަންކަމަށް ރައްދު ދިނުމުގެ އުސޫލުގެ ދަށުންނާއި، 2019 ވަނަ އަހަރު އީރާނުން ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން ނިންމި ނިންމުމެކެވެ. އެ ގާނޫނު ބުނާގޮތުން، އެމެރިކާއިން އައިއާރްޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅި ނިންމުމަށް އެއްވެސް ސިފައެއްގައި ތާއީދުކުރާ ނުވަތަ އެ ނިންމުމަށް ތަބާވާ ހުރިހާ ގައުމަކާ މެދު ރައްދު ފިޔަވަޅު އެޅުން ލާޒިމްވެގެންވެ އެވެ.

އާޖެންޓީނާއިން އައިއާރްޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅީ މާރިޗު މަހުގެ ފަހުކޮޅުގަ އެވެ. އެ ނިންމުމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއޯން ސާރު ވަނީ ވަގުތުން ތައުރީފު ކުރައްވާފަ އެވެ. އާޖެންޓީނާގެ ސަރުކާރުން ބުނެފައިވަނީ މި ފިޔަވަޅު އެޅީ، 1994 ވަނަ އަހަރު ބުއެނޯސް އައިރީޒްގައި ހުންނަ އޭއެމްއައިއޭ ޔަހޫދީ މަރުކަޒަށް ބޮން އަޅައި، 85 މީހުން މަރާލި ހާދިސާގެ ޒިންމާ އުފުލާ ހިޒްބުﷲ ޖަމާއަތަށް އައިއާރްޖީސީ އިން ވާގިވެރިވާތީ ކަމަށެވެ.

އެ ދުވަސްވަރު އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އާޖެންޓީނާގެ އެ ނިންމުމަކީ އެމެރިކާއާއި އިސްރާއީލުގެ ސަރުކާރުން ބާރުއަޅައިގެން ނިންމި ނިންމުމެއް ކަމަށާއި، އެއީ ހެދި ސްޓްރެޓީޖިކް ގޯހެއް ކަމަށެވެ. އަދި އެއީ އީރާނުގެ ރައްޔިތުންނަށް ދިން، މައާފު ނުކުރެވޭނެ ފަދަ ބޮޑު އިހާނެތްތެރިކަމެއް ކަމަށް ވެސް އީރާނުން އޭރު ބުނެފައިވެ އެވެ.

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ގޮފި، ބަސީޖް މިލިޓަރީގެ ސިފައިން އަސްކަރީ ރޭލީއެއްގައި ބައިވެރިވަނީ

އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ގޮފި، ބަސީޖް މިލިޓަރީގެ ސިފައިން އަސްކަރީ ރޭލީއެއްގައި ބައިވެރިވަނީ

11 ނޮވެމްބަރު 2026 | 10:12

ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫޘީ ހަނގުރާމަވެރިންގެ މެދުގައި ތާއިޒްގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަނީ

ތާއިޒްގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ މި ކުރިމަތިލުންތައް މިހާރު ވަނީ އެ ސިޓީގެ ދެކުނުން އޮންނަ ޖަބަލް ސަބީރު ޑިސްޓްރިކްޓްގެ އަލް-ޝަގަބް، އަލް-އަގްރޫދު އަދި ކަހްލާން ފްރަންޓްލައިންތަކަށް ފެތުރިފަ އެވެ.

ހޫޘީންގެ އަލް-ޝަގަބް ފްރަންޓްލައިންގައި ތިބި ސަރުކާރުގެ ސިފައިންނަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި ސަރުކާރުގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ، ބައެއް މީހުން ޒަޚަމްވެފައިވެ އެވެ. މީގެ އިތުރުން ތާއިޒްގެ ހުޅަނގުން އޮންނަ ޖަބަލް ހަބާޝީ ސަރަހައްދުގައި ތިބި ހޫޘީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ވެސް ވަނީ ވައިގެ ހަމަލާއެއް ދީފަ އެވެ.

ޔަމަނު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ލަހިޖްގެ ހުޅަނގުން އޮންނަ އަލް-މަދާރިބާ ޑިސްޓްރިކްޓްގެ ކަހްބޫބް ފްރަންޓްލައިންގެ އައު މަރުކަޒުތަކެއްގެ ކޮންޓްރޯލް މިހާރު ވަނީ ސަރުކާރު ސިފައިންގެ ދަށަށް ގެނެސްފަ އެވެ.

މީގެ އިތުރުން ލަހިޖް ގަވަރުނަރޭޓްގެ އުތުރުން އޮންނަ އަލް-މަގާތިރާ ޑިސްޓްރިކްޓްގެ އަލް-ސަވާލިހާ ސަރަހައްދުން ވެސް އައު މަރުކަޒުތަކެއް ހިފާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. މި މަރުކަޒުތައް ހިފާފައިވަނީ ހަނގުރާމަމަތީ ބޯޓުތަކާއި ޑްރޯންތަކުގެ އެހީތެރިކަމާއެކު ކުރި ވަރުގަދަ ހަނގުރާމައަކަށް ފަހުގަ އެވެ.

ސިފައިންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ނުވަނީސް ސަރުކާރުގެ ސިފައިން ވަނީ ހޫޘީންނާ ދެކޮޅަށް 270 އަށްވުރެ ގިނަ އަސްކަރީ އޮޕަރޭޝަން ހިންގާފަ އެވެ. މި އޮޕަރޭޝަންތަކުގައި ހޫޘީންގެ 190 ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށާއި، ހޫޘީންގެ އަސްކަރީ އުޅަނދުތަކެއް ވެސް ހަލާކުކޮށްލާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ތާއިޒްގެ އިންސާނީ ހާލަތު ދުވަހުން ދުވަހަށް ދަނީ ގޯސްވަމުންނެވެ. ތާއިޒް ގަވަރުނަރޭޓް މިހާރު އޮތީ ބަންދުކޮށްފައިވާ ހާލަތެއްގައި ކަމަށްވާއިރު، އެ ސިޓީގެ ގަވަރުނަރު ނަބީލް ޝަމްސާން ވިދާޅުވީ މަގުތަކާއި ސިޓީއަށް ވަދެ ނުކުމެ ހަދާ ދޮރުތައް ބަންދުކުރުމުގެ ސަބަބުން އިންސާނީ އަދި ސިއްހީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށެވެ. އަދި ތާއިޒަށް އެތެރެކުރާ ކާބޯތަކެއްޗާއި އަސާސީ ތަކެއްޗަކީ ބަންދުކޮށްފައިވާ އެ ސިޓީގެ ބޭނުންތަކުގެ އެންމެ 10 އިންސައްތަ ކަމަށް ވެސް ގަވަރުނަރު ފާހަގަކުރެއްވި އެވެ.

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންތަކެއް

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންތަކެއް

11 ނޮވެމްބަރު 2026 | 04:44

ކޮޕް13 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނުގައި ހިންގާ ތިމާވެށީގެ ޖަރީމާތަކުގެ ތަފްސީލް ހާމަކުރައްވާނެކަމަށް އީރާނުގެ ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ތުރުކީގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓް، ކޮޕް31 ގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކާއި ނުވަތަ "ތިމާވެށީގެ ޖަރީމާތަކުގެ" ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބުދަ ދުވަހު ތުރުކީގެ އަންޓަލްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕެޒެޝްކިއަން ވިދާޅުވީ، އދ. ގެ މޫސުމީ ސަމިޓަކީ އީރާނާއި އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ދިނުމަށް އެމެރިކާ އާއި އިސްރާއީލުން ހިންގަމުންދާ އަމަލުތަކާ މެދު މަޝްވަރާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ވެސް ތެހެރާނުގެ މި ނިންމުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވި އެވެ. މިގޮތުން އީރާނުގެ ހައްގުތަކާއި އެމެރިކާ އާއި އިސްރާއީލުން އެ ސަރަހައްދުގައި ހިންގަމުންދާ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕެޒެޝްކިއަން އިތުރަށް ވިދާޅުވީ، ވޮޝިންޓަނުން ހިންގާ އަމަލުތަކުގެ ނަތީޖާ، އެމެރިކާގެ އިންތިޚާބުންނާއި އެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި މިހާރު ވެސް ފެންނަން އޮތް ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ސަމިޓުގައި ބައިވެރިވެވަޑައިނުގަންނަވާއިރު، ޖެހިޖެހިގެން ދެވަނަ އަހަރަށް އެމެރިކާގެ ރަސްމީ ވަފުދެއް ވެސް މި ސަމިޓަށް ފޮނުވާފައެއް ނުވެ އެވެ.

ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮޕް31 ސަމިޓަކީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ ގާތްގަނޑަކަށް 200 ގައުމެއްގެ މަންދޫބުން ބައިވެރިވާ ބައްދަލުވުމެކެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން

11 ނޮވެމްބަރު 2026 | 04:37

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވެގެން ހަރަކާތްތެރިވަނީ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނެފި އެވެ. އެ އިދާރާއިން މި މައުލޫމާތު ހާމަކޮށްފައިވަނީ އަސްކަރީ އިދާރާތަކާ ހަވާލާދީ އެވެ.

ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އިދާރާ، ޔޫކޭއެމްޓީއޯ އިން އެކްސްގައި އާންމުކުރި އިންޒާރެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގި ޓޭންކަރުގައި ތިބި ފަޅުވެރިންގެ ހާލަތާއި، އުޅަނދަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި ތިމާވެއްޓަށް މީގެ ސަބަބުން ކޮށްފާނެ އަސަރެއް އަދި މިހާތަނަށް ސާފުވެފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އެއްވެސް ތަފްސީލެއް ނުވަތަ ހާދިސާ ހިނގި ސީދާ ވަގުތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.

ޔޫކޭއެމްޓީއޯ އިންޒާރު 202-26

ޔޫކޭއެމްޓީއޯ އިންޒާރު 202-26

11 ނޮވެމްބަރު 2026 | 04:32

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ކުރާ ޚަރަދުތައް ހުއްޓުވުމަށް އެމެރިކާގެ ޑިމޮކްރެޓުން މަސައްކަތް ފަށަނީ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ކުރާ ޚަރަދުތައް ހުއްޓުވުމަށްޓަކައި، ސަރުކާރުގެ ބަޖެޓާ ގުޅޭގޮތުން ކުރިއަށް އޮތް މަޝްވަރާތަކުގެ ބޭނުން ހިފުމަށް ޑިމޮކްރެޓިކް ޕާޓީން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ސެނެޓަރ އެޑަމް ޝިފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ޝިފް ވިދާޅުވީ، ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ފާސްކޮށްފައިވާ ބިލުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ޚަރަދުތައް ކުރިއަށް ގެންދިއުމާ މެދު އައު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، މިއީ އީރާނު ހަނގުރާމަ ހުއްޓާލުމަށް އެދި ވޯޓުލީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވެސް ޝިފް ވިދާޅުވި އެވެ.

ޝިފް އިތުރަށް ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބާރުއެޅުމުގެ ގޮތުން، ބަޖެޓުގެ މަރުހަލާ ބޭނުންކޮށްގެން ހަނގުރާމައަށް ކުރާ ޚަރަދުތައް ކަނޑާލެވޭނެ ކަމަށެވެ. އީރާނާ ދެކޮޅަށް ކުރާ މި ހަނގުރާމައަކީ އެމެރިކާގެ ކޮންގްރެސްއިން ދުވަހަކު ވެސް ހުއްދަ ދީފައިވާ ހަނގުރާމައެއް ނޫން ކަމަށާއި، އަދި މިއީ އެމެރިކާގެ ރައްޔިތުން ދުވަހަކު ވެސް އެދިފައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ދައްކާ ބަހަނާތައް ދަނީ އެކި ފަހަރު އެކި ގޮތަށް ބަދަލުވަމުން ކަމަށް ވެސް ޝިފް ފާހަގަކުރެއްވި އެވެ.

މި ހަނގުރާމައިގެ ސަބަބުން އީރާނަށް އިތުރު ހިތްވަރެއް ލިބުން ނޫން ކަމެއް ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ އެޑަމް ޝިފް

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ އެޑަމް ޝިފް

11 ނޮވެމްބަރު 2026 | 04:27

އީރާނުން ދެމުންދާ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، އޭނާގެ އަމިއްލަ ގެއިން އަސްކަރީ މަރުކަޒަކަށް ބަދަލުވެއްޖެ

އީރާނުން ދެމުންދާ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، އޭނާގެ އަމިއްލަ ގެއިން އަސްކަރީ މަރުކަޒަކަށް ބަދަލުވެވަޑައިގެންފައިވާ ކަމަށް ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފި އެވެ. މިކަމާ ގުޅުންހުރި ތިން ފަރާތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ބެސެންޓްގެ ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތަކެއް އީރާނުން ދީފައިވާ ކަމަށެވެ.

އެމެރިކާގެ މިހާރުގެ އޮފިޝަލުންނާއި ކުރީގެ އޮފިޝަލުންނަށް އަމާޒުކޮށް އީރާނުން ރާވަމުންދާ ރޭވުންތައް މިހާރު ވަރަށް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް އެ ނޫހުން ރިޕޯޓްކުރެ އެވެ. މި ނިންމުން ނިންމާފައިވަނީ ޓްރެޜަރީ ސެކްރެޓަރީ ބެސެންޓަށް އަމާޒުކޮށް ދީފައިވާ އިންޒާރުތަކާ ގުޅޭގޮތުން ލިބިފައިވާ ޖާސޫސީ މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ އޯގަސްޓް މަހުން ފެށިގެން ބެސެންޓް ގެންދަވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތަކުގެ ކެމްޕޭން އިސްވެ ހުންނަވައިގެން ހިންގަވަމުންނެވެ. މި ކެމްޕޭނުގެ މަގްސަދަކީ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއި ވިޔަފާރީގެ މަގުތައް ބަންދުކޮށްގެން، މާލީ ގޮތުން އީރާން އެކަހެރިކޮށްލުމެވެ.

ޓްރެޜަރީ ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުގެ ސަރުކާރުން ދޭ އެއްވެސް އިންޒާރަކަށް ބެސެންޓް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް، ބެސެންޓަށް އަމާޒުކޮށް ދީފައިވާ އިންޒާރުތަކަކީ ކިހާ ނުރައްކާތެރި އިންޒާރުތަކެއްކަން އަދި ސާފުނުވާ ކަމަށް އެ ނޫހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

11 ނޮވެމްބަރު 2026 | 04:24

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުން، ރަޝިޔާ އާއި އީރާނުގެ ޑިޕްލޮމޭޓުން މޮސްކޯގައި މަޝްވަރާކުރައްވައިފި

އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ދެ ގައުމުގެ މެދުގައި ބޭއްވުނު ޚާއްސަ ބައްދަލުވުންތަކެއްގެ ތެރެއިންނެވެ.

މި ބައްދަލުވުންތަކުގައި ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ގިއޯގީ ބޮރިސެންކޯ ވަނީ އީރާނުގެ ފޮރިން މިނިސްޓްރީގެ ވެސްޓް އޭޝިއާ އެންޑް ނޯތު އެފްރިކާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް މަހްދީ ޝޫޝްތަރީއާ ބައްދަލުކުރައްވާފަ އެވެ. މަހްދީ ޝޫޝްތަރީ މޮސްކޯއަށް ވަޑައިގެންނެވީ ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ސަލާމަތީ ކަންކަމާ ގުޅޭ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް މޮސްކޯއަށް ވަޑައިގެން އުޅުއްވާ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް، ޔޫސުފް އަލްދޮބާއީއާ ވެސް ބޮރިސެންކޯ ބައްދަލުކުރެއްވި ކަމަށް އިރްނާ އިން ރިޕޯޓްކޮށްފައިވެ އެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގަލްފް ސަރަހައްދުގައި އިތުރުވަމުންދާ ނުތަނަވަސްކަމާއި، ފަލަސްތީނާއި އިސްރާއީލުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުންނެވެ. އަދި މިފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސިޔާސީ އަދި ޑިޕްލޮމެޓިކް މަގުން ހައްލު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ދެ ފަރާތުން ބާރުއެޅުއްވި ކަމަށް އިރްނާ އިން ބުނެފައިވެ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާއާ މޮސްކޯގައި ބައްދަލުކުރެއްވުން- ފައިލް ފޮޓޯ

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން، އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާއާ މޮސްކޯގައި ބައްދަލުކުރެއްވުން- ފައިލް ފޮޓޯ

11 ނޮވެމްބަރު 2026 | 04:18

ފޮޓޯތަކުން: ތެހެރާންގައި އަލަށް ހުޅުވި މަރުކަޒެއްގައި އީރާނުގެ އަންހެނުން އަމިއްލައަށް އިސްނަގައިގެން އަސްކަރީ ތަމްރީނުތައް ފުރިހަމަކުރަނީ

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، ހިލޭސާބަހަށް މަސައްކަތްކުރާ އަންހެން ސިފައިން ތަމްރީނުކުރާ މަރުކަޒެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އަންހެނަކު ބަޑިޖަހަން އަމާޒު ހިފަނީ- 10 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، ހިލޭސާބަހަށް މަސައްކަތްކުރާ އަންހެން ސިފައިން ތަމްރީނުކުރާ މަރުކަޒެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އަންހެނަކު ބަޑިޖަހަން އަމާޒު ހިފަނީ- 10 ނޮވެމްބަރު 2026

އީރާނުގެ ވެރިރަށް ތެހެރާންގެ ފްރީޑަމް ސްކޮޔަރގައި އަންހެން ވޮލަންޓިއަރުން ތަމްރީނުކުރާ އަސްކަރީ މަރުކަޒެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އެކަކު ބަޑިއެއް ހިފަހައްޓައިގެން ހުއްޓާ އަނެކަކު ޒިޕްލައިންއެއްގައި ދަތުރުކުރަނީ- 10 ނޮވެމްބަރު 2026

އީރާނުގެ ވެރިރަށް ތެހެރާންގެ ފްރީޑަމް ސްކޮޔަރގައި އަންހެން ވޮލަންޓިއަރުން ތަމްރީނުކުރާ އަސްކަރީ މަރުކަޒެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން، އެކަކު ބަޑިއެއް ހިފަހައްޓައިގެން ހުއްޓާ އަނެކަކު ޒިޕްލައިންއެއްގައި ދަތުރުކުރަނީ- 10 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، އަންހެން ވޮލަންޓިއަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި އަސްކަރީ ތަމްރީނު މަރުކަޒެއް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނުތަކުގައި ބައިވެރިވާ އަންހެނުންނަށް އިންސްޓްރަކްޓަރަކު އިރުޝާދު ދެނީ- 10 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، އަންހެން ވޮލަންޓިއަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި އަސްކަރީ ތަމްރީނު މަރުކަޒެއް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނުތަކުގައި ބައިވެރިވާ އަންހެނުންނަށް އިންސްޓްރަކްޓަރަކު އިރުޝާދު ދެނީ- 10 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، އަމިއްލައަށް އިސްނަގައިގެން އަސްކަރިއްޔާއާ ގުޅުނު އަންހެނުންނަށް ޚާއްސަ އަސްކަރީ ތަމްރީނު މަރުކަޒެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނުދޭ އިންސްޓްރަކްޓަރަކު އެ ތަނުގައި ތިބި އަންހެނުންނަށް އިރުޝާދު ދެނީ- 10 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ ފްރީޑަމް ސްކޮޔަރގައި، އަމިއްލައަށް އިސްނަގައިގެން އަސްކަރިއްޔާއާ ގުޅުނު އަންހެނުންނަށް ޚާއްސަ އަސްކަރީ ތަމްރީނު މަރުކަޒެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ތަމްރީނުދޭ އިންސްޓްރަކްޓަރަކު އެ ތަނުގައި ތިބި އަންހެނުންނަށް އިރުޝާދު ދެނީ- 10 ނޮވެމްބަރު 2026

11 ނޮވެމްބަރު 2026 | 04:06

އީރާނުގެ މަސްރަހު މިހާރު އޮތް ގޮތަށް ދެމެހެއްޓޭނެ ކަމަށް އެމެރިކާއިން ގަބޫލުކުރާ ގަބޫލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެން ފަށައިފި

މިއީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބާރުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނެ ބަދަލެކެވެ.

މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރު ވަރަށް ބޮޑަށް ފުޅާކޮށްފައިވާއިރު، މީގެ ތެރޭގައި މަތިންދާބޯޓު އުފުލާ ތިން މަނަވަރުގެ ގްރޫޕް ހިމެނެ އެވެ. މިއީ ވަރަށް ގިނަ އަދަދެއްގެ ފަޅުވެރިންނާއި މަތިންދާބޯޓުތައް ދުއްވުމާއި އެ ތަކެއްޗަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ގިނަ އަދަދެއްގެ މުވައްޒަފުން ހިމެނޭ ބޮޑު އޮޕަރޭޝަނެކެވެ.

ނަމަވެސް، މިއީ ހަމައެކަނި މަސްރަހު ބަލައި، މިހާރު އޮތް ހާލަތު ދެމެހެއްޓުމަށް ހިންގާ އޮޕަރޭޝަނެއްގެ ގޮތުގައި އޮންނަ ނަމަ، މި ފެންވަރުގައި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ދޫކުރުން އެމެރިކާގެ ކޮންގްރެސްއިން ހުއްޓާލުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން، އަންނަ ޖެނުއަރީ މަހު އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީއަށް ރަސްމީކޮށް ލިބުމާއެކު، މި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އެހެންނަމަވެސް، މި ވަގުތަށް ބަލާއިރު ފިންލޭންޑް ނުވަތަ ސުވިޒަލޭންޑް ފަދަ ގައުމެއްގައި އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި އެމެރިކާއިން މިހާރު ފެންނަނީ މަސްރަހު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަންޒަރެވެ.

އެމެރިކާގެ ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން މަނަވަރުގެ ފްލައިޓް ޑެކް މަތީގައި އޮތް ޖެޓަކަށް، ކަނޑުގެ ސިފައިން މިސައިލެއް ބަރުކުރަނީ

އެމެރިކާގެ ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން މަނަވަރުގެ ފްލައިޓް ޑެކް މަތީގައި އޮތް ޖެޓަކަށް، ކަނޑުގެ ސިފައިން މިސައިލެއް ބަރުކުރަނީ

10 ނޮވެމްބަރު 2026 | 14:43

ސުޕަޓޭންކަރެއް ހިމެނޭގޮތަށް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއް މައިނަށް އަރައި އޭގައި އަލިފާން ރޯވެއްޖެ

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ. އައިއާރްޖީސީ އިން ހާމަކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ، އީރާނުން ހުއްދަ ނުދޭ މަގަކުން އެ ދެ އުޅަނދު ދަތުރުކުރުމާ ގުޅިގެންނެވެ. އަލިފާން ރޯވި އުޅަނދުތަކުގެ ތެރޭގައި ސުޕަޓޭންކަރެއް ވެސް ހިމެނެ އެވެ.

އައިއާރްޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭގެ ތެރެއިން އެއް އުޅަނދު ކަމަށްވާ ސުޕަޓޭންކަރު ކަނޑުއަޑީގެ މައިނެއްގައި ޖެހި ގޮވައި އަލިފާން ރޯވީ ކަމަށެވެ. އަދި ދެވަނަ ޓޭންކަރަކީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުގެ ހިމާޔަތުގައި ސިއްރިއްޔާތުގައި ޣައިރު ގާނޫނީ މަގަކުން ދަތުރުކުރަން އުޅުނު އުޅަނދެއް ކަމަށާއި، އެ އުޅަނދަށް ދިމާވި ހާދިސާއަކާ ގުޅިގެން ބޮޑު އަލިފާންގަނޑަކާއެކު އެއްތަނެއްގައި ހުއްޓިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އައިއާރްޖީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހުއްދަ ނެތް މަގުތަކަކީ ރައްކާތެރި ތަންތަން ނޫން ކަމަށާއި އެމެރިކާ ސިފައިންނާ ގުޅިގެން އެ މަގުން ދަތުރުކުރަން އުޅޭ ކޮންމެ އުޅަނދަކަށް ވެސް މިފަދަ ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މި ފައިލް ފޮޓޯއިން ފެންނަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ މަންޒަރު

މި ފައިލް ފޮޓޯއިން ފެންނަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ މަންޒަރު

10 ނޮވެމްބަރު 2026 | 14:38

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ހޫޘީން ބުނެފި

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ސައުދީގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި އެ ގައުމުގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅީގެ އެކި ޕަމްޕިންގް ސްޓޭޝަންތަކަށް އެ ޖަމާއަތުން ހަމަލާދީފައިވާ ކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރީ އިތުރަށް ވިދާޅުވީ، އަބްގަައިގްގައި ހުންނަ އަރަމްކޯގެ މަރުކަޒަކަށާއި ރިޔާޟުގެ ފައިނޭންޝަލް ސެންޓަރަށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ރިޔާޟުގައި ހުންނަ ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯގެ މައި މަރުކަޒު

ރިޔާޟުގައި ހުންނަ ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯގެ މައި މަރުކަޒު

10 ނޮވެމްބަރު 2026 | 14:35

އީރާނުން ހިންގަމުންދާ ނުރައްކާތެރި އަދި ނުބައި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ގައުމަށް އޮތް މަގުތައް އެމެރިކާއިން ބަންދުކުރަމުންދާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ

ރޫބިއޯ ވިދާޅުވީ އީރާނަށް ކުރިމަތިކުރަމުންދާ އިގްތިސާދީ ފިއްތުންތަކުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

ފްރާންސްގެ ޕެރިހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށާއި ޓެރަރިޒަމަށް ފަންޑުކުރުމަށް އެ ގައުމަށް ފައިސާ ބޭނުންވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އީރާނުން ހިންގާ ހަރަކާތްތަކާއި، ހަމާސް އާއި ހިޒްބުالله އަދި ޝިއާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން، މީހުން މެރުމަށް ކުރާ މަސައްކަތްތަކާއި، ސައިބަރ ހަމަލާތަކާއި ނިއުކްލިއާ ޕްރޮގްރާމަކީ ބޮޑެތި ހޭދަތަކެއް ހިނގާ ކަންކަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރޫބިއޯ ވިދާޅުވީ، އީރާނުގެ އަތްމަތީގައި ހުރި ފައިސާ މަދުވި ވަރަކަށް، އެ ގައުމުން ހިންގާ ނުރައްކާތެރި އަދި ނުބައި ހަރަކާތްތަކަށް ފަންޑުކުރުމަށް ހުރި ފުރުސަތުތައް ހަނިވެގެންދާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ

10 ނޮވެމްބަރު 2026 | 14:34

އީރާނާ ގުޅިގެން މަސްލަހަތު ފިނިކުރަން ގަލްފު ގައުމުތަކުން ބޭނުންވާކަން ޖީ7 ސަމިޓުގައި ގަތަރުގެ ބޮޑުވަޒީރު ހާމަކުރައްވައިފި

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަތަރުގެ ބޮޑުވަޒީރު ފްރާންސްގެ ޕެރިހަށް ވަޑައިގެންނެވި މައިގަނޑު ސަބަބަކީ، ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ޖަރުމަނުގެ ވަޒީރުންގެ އިތުރުން، އެ ވަގުތު ޕެރިހުގައި ހުންނެވި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެއްވުމަށެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވެވި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފުސީލު ދެއްވުމަށާއި، އީރާނާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް މަސްލަހަތު ގާއިމުކުރުމަށް ގަލްފުގެ ގައުމުތަކުން ބޭނުންވާކަން ބޮޑުވަޒީރު ބާރުއަޅުއްވައި ވިދާޅުވާނެ އެވެ.

މިއީ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު، ބޭރު ގައުމެއްގެ ވެރިއަކާ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. އެހެންކަމުން، ގަތަރުގެ ބޮޑުވަޒީރާއެކު ބޭއްވެވި މި ބައްދަލުވުމަށްފަހު ޑޮނަލްޑް ޓްރަމްޕް ދައްކަވާނެ ވާހަކަފުޅުތަކަށް ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ފާރަވެރިވެގެންނެވެ.

މި ބައްދަލުވުމަށްފަހު ޓްރަމްޕްގެ ފަރާތްޕުޅުން ފެނިގެންދިޔައީ މައްސަލަ ހައްލުކުރުމަށް ބާރުއަޅާ މަޑުމައިތިރި ރޫހެކެވެ. މިއީ ޖީ7 ގެ ބައިވެރިން ވެސް އަޑުއަހަން ބޭނުންވެފައި ތިބި ފަދަ ވާހަކަތަކެއް ކަމަށް ބެލެވެ އެވެ.

މެދުއިރުމަތީގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން އެ ސަރަހައްދަށް ކުރާ އަސަރުތަކުގެ ވާހަކަ ގިނައިން ދެކެވުނު ނަމަވެސް، މީގެ ނޭދެވޭ އަސަރު ޔޫރަޕަށާއި ޖީ7 ގެ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެސް ދަނީ ކުރަމުންނެވެ. އެހެންކަމުން، މަސްލަހަތު ގާއިމުކޮށް ނުތަނަވަސްކަން ކުޑަކުރުމަށް ގަތަރުގެ ބޮޑުވަޒީރު ދެއްވާ މެސެޖަށް ޖީ7 ގެ ގައުމުތަކުން މަރުހަބާ ކިޔާނެ އެވެ.

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ، ކުރިން ރޭވިފައި ނެތް ދަތުރުފުޅެއްގައި ފްރާންސްގެ ޕެރިހަށް ވަޑައިގެންފި

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އައްޘާނީ، ކުރިން ރޭވިފައި ނެތް ދަތުރުފުޅެއްގައި ފްރާންސްގެ ޕެރިހަށް ވަޑައިގެންފި

10 ނޮވެމްބަރު 2026 | 13:00

އެމެރިކާއިން އަޅާފައިވާ ކަނޑުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، ޒަރޫރީ މުދަލުގެ ރިޒާވް ވަރަށް ރަނގަޅު ހާލަތެއްގައި: އީރާން

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް އަދި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، އެ ގައުމުގެ ޒަރޫރީ މުދަލުގެ ރިޒާވް ވަރަށް ރަނގަޅު ހާލަތެއްގައި ހުރި ކަމަށް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އީރާނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓްގެ އޮފީހުގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޑެޕިއުޓީ އައްބާސް ޕަޒޫކީ ވިދާޅުވީ، އެމެރިކާގެ ސަރުކާރުން އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ހުރަސްތައް ކުރިމަތިކޮށްފައިވީ ނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދަލުގެ ރިޒާވް ހުރީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ބާވަތްތަކުގެ މުދާ މިހާރު ހުރި މިންވަރު، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ހުރި މިންވަރަށް ވުރެ ވެސް މިހާރު އިތުރެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ސަޕްލައި ކުރުމާއި، ގައުމަށް އެތެރެކުރުމާއި، ބަނދަރުތަކުން މުދާ ކްލިއަރ ކުރުމުގެ އިތުރުން މުދާ ބެހުމުގެ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ތެހެރާންގައި ހުންނަ މާރުކޭޓެއްގެ މަންޒަރު- 26 ސެޕްޓެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ މާރުކޭޓެއްގެ މަންޒަރު- 26 ސެޕްޓެމްބަރު 2026

10 ނޮވެމްބަރު 2026 | 12:57

އޮގަސްޓް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށްވުރެ ދަށަށް ގޮސްފި

ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު ކަނޑައަޅާ މައިގަނޑު މިންގަނޑު ކަމަށްވާ ބްރެންޓް ނޯތު ސީ ކްރޫޑްގެ އަގު 90 ޑޮލަރަށްވުރެ ދަށަށް މިދިޔައީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމުގެ އުންމީދުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފަހަކަށް އައިސް ވިޔަފާރީގެ މުއާމަލާތްތަކުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ދަމުން ގޮސް، ބްރެންޓް ކްރޫޑްގެ އަގު ވަނީ 3.1 އިންސައްތަ ދަށްވެ، ފީފާއެއް 89.66 ޑޮލަރަށް ވެއްޓިފަ އެވެ. މީގެ އިތުރުން އެމެރިކާގެ މައިގަނޑު ތެލުގެ ބާވަތް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވެސް ވަނީ 2.3 އިންސައްތަ ދަށްވެ، ފީފާއެއް 84.86 ޑޮލަރަށް ތިރިވެފަ އެވެ.

ހޯމަ ދުވަހު ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތްތަކަށް ބާރު ލިބެމުންދާ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ހަމަލާތަކެއް ދިނުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ހޮންގްކޮންގުގެ ކަނޑުގެ ބަނދަރުގައި ހުރި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ތެޔޮ ރައްކާކުރާ ޓޭންކުތަކެއް

ހޮންގްކޮންގުގެ ކަނޑުގެ ބަނދަރުގައި ހުރި ސިނާއީ މަސައްކަތްތަކަށް ބޭނުންކުރާ ތެޔޮ ރައްކާކުރާ ޓޭންކުތަކެއް

10 ނޮވެމްބަރު 2026 | 10:01

ދުޝްމަނުންގެ ރޭޑާ ނިޒާމުތަކަށް ހަމަލާދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ "ހުރްމުޒް" ނަމަކަށް ކިޔާ އައު މިސައިލެއް އީރާނުން އުފައްދަނީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އެއިރޯސްޕޭސް ފޯސްގެ ކޮމާންޑަރުގެ އެޑްވައިޒަރަކު ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ މައިދާނުގައި ބޭނުންވާ ކަންކަމަށް އަމާޒުކޮށްގެން އީރާނުގެ މާހިރުން އަންނަނީ އައު މިސައިލްތަކެއް އުފައްދަމުންނެވެ. މީގެ ތެރޭގައި ދުޝްމަނުންގެ ރޭޑާ ނިޒާމުތަކަށް ހަމަލާދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ "ހުރްމުޒް" ނަމަކަށް ކިޔާ މިސައިލެއް ހިމެނެ އެވެ.

ބްރިގޭޑިއާ ޖެނެރަލް އަލީ ބިލާލީއާ ހަވާލާދީ އިރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މިސައިލަކީ ރޭޑާ ސިގްނަލްތައް ދެނެގަނެ، އެ ސިގްނަލްތައް އަންނަ ދިމާލަށް އަމާޒުވެ، ދުޝްމަނުންގެ ރޭޑާ ވަސީލަތްތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެކެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރޭޑާ ނިޒާމުތަކުން ބޭރުކުރާ ސިގްނަލްތައް ބޭނުންކޮށްގެން އަމާޒުތައް ދެނެގަނެ، އެ ތަންތަނަށް ހަމަލާދޭ މިސައިލްތައް އުފެއްދުމުގައި އީރާނުގެ މާހިރުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ބިލާލީ ވިދާޅުވީ، މިފަދަ ޓެކްނޮލޮޖީތައް ތަރައްގީކުރުމުން ހާމަވަނީ އީރާނުގެ މިސައިލް ސިނާއަތަކީ ހަމައެކަނި ހުރި ހަތިޔާރުތައް ކޮޕީކުރާ ސިނާއަތެއް ނޫން ކަމަށާއި، ހަނގުރާމައިގެ މައިދާނުގެ ބޭނުންތަކަށް ބަލައި އައު ނިޒާމުތައް ފަރުމާކޮށް އުފެއްދުމުގެ ގާބިލުކަން މިހާރު އީރާނަށް ލިބިފައިވާ ކަމެވެ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ، އެމެރިކާގެ އަމާޒުތަކަށް އަމާޒުކޮށް އީރާނުން މިސައިލެއް ފޮނުވާލާ މަންޒަރު

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ، އެމެރިކާގެ އަމާޒުތަކަށް އަމާޒުކޮށް އީރާނުން މިސައިލެއް ފޮނުވާލާ މަންޒަރު

10 ނޮވެމްބަރު 2026 | 09:58

އީރާނުގެ ހަނގުރާމަ ފެށުނު ފަހުން، ހުރްމުޒް ކަނޑުއޮޅިން ބޭރުވި ލިކުއިޑިފައިޑް ގޭސް އުފުލާ ޓޭންކަރުތަކުގެ އަދަދު އެންމެ މަތީ މިންވަރަކަށް ރެކޯޑު ކުރެވިއްޖެ

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހު އެ ކަނޑުއޮޅިން ޖުމްލަ 31 އެލްއެންޖީ ޓޭންކަރު ވަނީ ދަތުރުކޮށްފަ އެވެ. މީގެ ތެރެއިން 23 ޓޭންކަރަކަށް ގޭސް ބަރުކޮށްފައިވަނީ ގަތަރުގެ ރައުސް ލައްފާނުން ކަމަށްވާއިރު، ބާކީ އަށް ޓޭންކަރަށް ގޭސް ބަރުކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ދާސް އައިލެންޑުންނެވެ.

އެ ނޫހުން ބުނީ އެކުވެރި އަރަބި އިމާރާތުގެ ޓޭންކަރުތައް ދަތުރުކުރާ މިންވަރު މިހާރު ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިއާދަވެފަ ކަމަށެވެ. އަދި ގަތަރުގެ ޓޭންކަރުތައް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މިންވަރު މިހާރު ހުރީ ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ 30 އިންސައްތަ އިތުރުވެފައި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. 

އުޅަނދުފަހަރުގެ ދަތުރުފަތުރުތައް މޮނިޓަރކުރާ ކްލެޕަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު 27 އެލްއެންޖީ ކާގޯ ބަރުކޮށްފައިވާއިރު، އޮކްޓޫބަރު މަހު މި އަދަދު ވަނީ 42 އަށް އިތުރުވެފަ އެވެ.

ކްލެޕަރގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، މި ބަދަލުތަކާއެކު އޮކްޓޫބަރު މަހު ރައުސް ލައްފާނުން ބަރުކުރި ކާގޯގެ އަދަދު ވަނީ 35 އަށް އަރާފަ އެވެ. މިއީ 2.7 މިލިއަން ޓަނަށްވުރެ ގިނަ އަދަދެއް ކަމަށްވާއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ގޭސް ބަރުކުރި މަހެވެ.

އީރާނުގެ ބަންދަރު އައްބާސް ކައިރީގައިވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ

އީރާނުގެ ބަންދަރު އައްބާސް ކައިރީގައިވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ

10 ނޮވެމްބަރު 2026 | 09:54

އީރާނުގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން، އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ދެވަނަ އަސްކަރީ މަރުކަޒަކުން އެމެރިކާގެ އަސްކަރީ ބޯޓުތައް ހުސްކޮށްފި

މިކަމާ ގުޅޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އީރާނުގެ ފަރާތުން އަތުވެދާނެ ހަމަލާއެއްގެ ބިރު އޮތުމުން އެޅި ފިޔަވަޅެކެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ، އިނގިރޭސިވިލާތުގެ އާރްއޭއެފް ފެއަރފޯޑް އެއަރބޭސްއަށް އީރާނާ ގުޅުންހުރި ސަލާމަތީ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބެލެވިގެން، އެ މަރުކަޒުގައި ތިބި އެމެރިކާގެ ބޮންއަޅާ ބޯޓުތައް އެ ތަނުން ބޭރުކުރިތާ މަދު ހަފުތާތަކެއް ފަހުންނެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާރްއޭއެފް މިލްޑަންހޯލް މަރުކަޒު ބޭނުންކުރަމުންދިޔަ އެމެރިކާގެ ތެޔޮ އަޅައިދޭ ދެ މަތިންދާބޯޓެއް އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ޖަރުމަނަށް މިސްރާބު ބަދަލުކޮށްފަ އެވެ. އަދި އެ މަރުކަޒުގައި އޮތް އެމެރިކާގެ އިތުރު ބޯޓުތައް ވެސް އަންގާރަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޖަރުމަނަށާއި އެހެނިހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ، އެހެން ގައުމުތަކުގެ އަސްކަރީ ހަރަކާތްތަކާ ގުޅޭގޮތުން އެ މިނިސްޓްރީން އާންމުކޮށް ބަޔާން ނެރެމުން ނުދާ ކަމަށެވެ. އަދި އޮޕަރޭޝަނަލް ބޭނުންތަކަށްޓަކައި އަސްކަރީ މަތިންދާބޯޓުތަކާއި ވަސީލަތްތައް އެކި ތަންތަނަށް ބަދަލުކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާރްއޭއެފް ފެއަރފޯޑް ބޭސްގައި ފުލުހުން މުޅި ދުވަހު ހަރަކާތްތެރިވަމުން ގޮސްފައިވޭ

އާރްއޭއެފް ފެއަރފޯޑް ބޭސްގައި ފުލުހުން މުޅި ދުވަހު ހަރަކާތްތެރިވަމުން ގޮސްފައިވޭ

10 ނޮވެމްބަރު 2026 | 09:52

އީރާނުގެ މިސައިލް އުފެއްދުން ތަރައްގީވެފައިވަނީ ގައުމުގެ އަމިއްލަ ގާބިލުކަން ބޭނުންކޮށްގެން މެދުނުކެނޑި އުފެއްދުންތައް ކުރިއަށް ގެންދެވޭނެ ފަދަ މަރުހަލާއަކަށް: އައިއާރްޖީސީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ އެއިރޯ-ސްޕޭސް ފޯސްގެ ކޮމާންޑުގެ ސީނިއާ އެޑްވައިޒަރު ބްރިގޭޑިއާ ޖެނެރަލް އަލީ ބިލާލީ ވިދާޅުވި ގޮތުގައި، އެ ގައުމުގެ މިސައިލް އުފެއްދުމުގެ ސިނާއަތަކީ އަމިއްލަ ވަސީލަތްތަކާއި އުފެއްދުންތެރިކަމުގެ ގާބިލުކަމަށް ބަރޯސާވެ، ފުރިހަމަ އަމިއްލަވަންތަކަން ހާސިލުކޮށްފައިވާ ސިނާއަތެކެވެ.

ބިލާލީ ވިދާޅުވީ އީރާނުގެ މިސައިލް ސިނާއަތަކީ މިހާރު އެ ގައުމުގެ މަޝްހޫރު "ޕާޝިއަން ކާޕެޓް" ތަކަށްވުރެ ވެސް ބޮޑަށް އަމިއްލަވަންތަ، ގައުމީ އުފެއްދުމެއް ކަމަށެވެ. އަދި މިސައިލް އުފެއްދުމުގެ ސިނާއަތް މިހާރު ތަރައްގީވެފައިވަނީ ގައުމުގެ އަމިއްލަ ގާބިލުކަން ބޭނުންކޮށްގެން މެދުނުކެނޑި އުފެއްދުންތައް ކުރިއަށް ގެންދެވޭނެ ފަދަ މަރުހަލާއަކަށް ކަމަށެވެ.

މީގެ އިތުރުން، މިސައިލްތަކަށް ބޭނުންވާ ސޮލިޑް އަދި ލިކުއިޑް ފިއުލް ނުވަތަ ތެޔޮ އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލްސް ހޯދައި، ޕްރޮސެސް ކުރަނީ ވެސް އީރާނުގެ އެތެރޭގައި ކަމަށް ބިލާލީ ވިދާޅުވި އެވެ. އަދި އީރާނުގެ އަމިއްލަ މައުދަނީ ވަސީލަތްތަކާއި ޕެޓްރޯލިއަމްގެ ބާވަތްތަކުގެ އެހީގައި، ބޭރު ގައުމުތަކަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުގެ ތެހެރާންގައި ހުންނަ އައިއާރްޖީސީ އެއިރޯ-ސްޕޭސް ފޯސް މައުރަޒުގައި އެ ގައުމުގެ މިސައިލްތައް ދައްކާލުމަށް ބަހައްޓާފައި- 4 ނޮވެމްބަރު 2026

އީރާނުގެ ތެހެރާންގައި ހުންނަ އައިއާރްޖީސީ އެއިރޯ-ސްޕޭސް ފޯސް މައުރަޒުގައި އެ ގައުމުގެ މިސައިލްތައް ދައްކާލުމަށް ބަހައްޓާފައި- 4 ނޮވެމްބަރު 2026

10 ނޮވެމްބަރު 2026 | 09:48

ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަ ތެޔޮ ކުންފުންޏެއްގެ އިމާރާތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފި

ޔަމަނުގެ ވެރިރަށް ސަންޢާގައި ހުންނަ ތެޔޮ ކުންފުންޏެއްގެ އިމާރާތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް، ހޫޘީންނާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ސަންޢާގެ އަލް-ވަޙްދާ ޑިސްޓްރިކްޓުގައި ހުންނަ ތެޔޮ ކުންފުނީގެ އިމާރާތެއް ހިމެނޭހެން އެ ސިޓީގެ އެކި ސަރަހައްދުތަކަށް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ހޫޘީން ކޮންޓްރޯލްކުރާ ސަބާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަންޢާގެ އުތުރުގައި އޮންނަ ޖަދަރު ޑިސްޓްރިކްޓްގައި ހުންނަ އަލް-މުފާޒިރު ގޭސް ސްޓޭޝަނަށާއި، ސަންޢާގެ ދެކުނުގައި ހުންނަ ދައުލަތުގެ ތެޔޮ ކުންފުންޏަށް ނިސްބަތްވާ އިމާރާތަކަށް ވައިގެ މަގުން ވަނީ ހަމަލާދީފަ އެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާއަށް، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ދިން ކަމަށް ބުނާ ވައިގެ ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުން ދުންގަނޑެއް އަރަމުންދަނީ- 9 އޮކްޓޫބަރު 2026

ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާއަށް، ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ދިން ކަމަށް ބުނާ ވައިގެ ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުން ދުންގަނޑެއް އަރަމުންދަނީ- 9 އޮކްޓޫބަރު 2026

10 ނޮވެމްބަރު 2026 | 05:04

ހަމަލާތަކުގައި އާންމުން މަރުވާ މައްސަލައިގައި ޔަމަނުގެ ސަރުކާރު ސިފައިންނާއި ހޫޘީން ޒިންމާ ނުނަގައި ދެބަސްވަނީ

ޔަމަނުގެ ތާއިޒް ގަވަރުނަރޭޓަށް ފާއިތުވި 73 ގަޑިއިރުގެ ތެރޭގައި ހޫޘީން ދިން ހަމަލާތަކުގައި މަދުވެގެން 33 އާންމުން މަރުވެ، އިތުރު 58 މީހަކު ޒަޚަމްވެފައިވާ ކަމަށް "ޔަމަނީ ނެޓްވޯކް ފޯ ރައިޓްސް އެންޑް ފްރީޑަމްސް" އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އާންމު ރައްޔިތުންނާއި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހިންގާފައިވާ 133 އުސޫލާ ޚިލާފު އަމަލެއް އެ ޖަމިއްޔާއިން ވަނީ ރެކޯޑުކޮށްފަ އެވެ. މީގެ ތެރޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފޮނުވާލާފައިވާ 216 ރޮކެޓް ހަމަލާ ހިމެނޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އަލް-ވަޒީޢާ ޑިސްޓްރިކްޓްގައި އޮންނަ އަލް-ޙަޟާރާ މާރުކޭޓަށް ދިން ހަމަލާގެ ޒިންމާ ވެސް އެ ޖަމިއްޔާއިން އަޅުވާފައިވަނީ ހޫޘީންގެ ބޮލުގަ އެވެ. އެ ހަމަލާގައި ގާތްގަނޑަކަށް 30 މީހުން މަރުވެ، 45 މީހުން ޒަޚަމްވެ، 13 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ނަމަވެސް، މާރުކޭޓަށް ދިން މި ހަމަލާއަކީ ސައުދީ އަރަބިއްޔާއިން ދިން ވައިގެ ހަމަލާއެއް ކަމަށް ބުނެ ހޫޘީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް މި ހަމަލާގެ ތުހުމަތު ކުރަނީ ހޫޘީންނަށެވެ. މި ދެ ފަރާތުން ކުރާ ދައުވާތައް މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ހިއުމަން ރައިޓްސް ގްރޫޕުން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، 6 އާންމުން ރަހީނުކުރުމާއި، 12 ގެއަކަށް ވަދެގަނެ ފާސްކުރުމުގެ އިތުރުން، އާންމުންގެ އުޅަނދުފަހަރަށާއި ސިއްހީ ޚިދުމަތްދޭ ތަންތަނަށް ވެސް ވަނީ ގެއްލުންދީފަ އެވެ.

ތާއިޒްގެ އެކި ސަރަހައްދުތަކަށް މެދުނުކެނޑި ބަޑިޖަހަމުންދިއުމާއި، ދަތުރުފަތުރު ކުރުމަށް ހުރަސްއެޅުމާއި، ކާބޯތަކެއްޗާއި ތެލާއި ބޭހުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން އެ ސަރަހައްދުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ އިންޒާރު ދީފަ އެވެ. އަދި އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ޔަމަނުގެ ސަރުކާރު ސިފައިންނާއި އެ ސިފައިންނަށް ތާއީދުކުރާ ފަރާތްތަކުން، ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ތާއިޒް ސިޓީގެ ހުޅަނގުން އޮންނަ ޖަބަލް ހާން ކުރިމަތީގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ހަމަލާއެއް އަމާޒުވި ސަރަހައްދަކުން ދުން އަރަމުންދަނީ

ޔަމަނުގެ ސަރުކާރު ސިފައިންނާއި އެ ސިފައިންނަށް ތާއީދުކުރާ ފަރާތްތަކުން، ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ތާއިޒް ސިޓީގެ ހުޅަނގުން އޮންނަ ޖަބަލް ހާން ކުރިމަތީގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ހަމަލާއެއް އަމާޒުވި ސަރަހައްދަކުން ދުން އަރަމުންދަނީ

10 ނޮވެމްބަރު 2026 | 04:58

ފްރާންސްގެ ސުޕަމާކެޓްތަކަކަށް ދީފައިވާ ކަމަށް ބުނާ ސައިބަރ ހަމަލާތަކުގެ މައްސަލައިގައި ޖަރުމަނުން ވެސް ކުށްވެރިކުރީ އީރާން

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ފްރާންސްގެ ސުޕަމާކެޓްތަކަކަށް ދީފައިވާ ކަމަށް ބުނާ ސައިބަރ ހަމަލާތައް ޖަރުމަނުގެ ފޮރިން އޮފީހުން ކުށްވެރިކޮށްފި އެވެ.

ޖަރުމަނުގެ ފޮރިން އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް އީރާނަށް ގޮވާލާފައިވާނެ ކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ޖަރުމަނުން މި ބަޔާން ނެރެފައިވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ 11 އަދި 12 ވަނަ ދުވަހު ފްރާންސްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބަރ ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާނުގެ އައިއާރުޖީސީ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯން-ނޮއެލް ބަރޯ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

މި ހަމަލާތަކުގެ ސަބަބުން ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓަކަށް އަސަރުކޮށް، ފިނިކުރާ ނިޒާމުތައް ހުއްޓި ހޫނުވުމުގެ ސަބަބުން، އަވަހަށް ހަލާކުވާ ފަދަ ގިނަ އަދަދެއްގެ ކާބޯތަކެތި އުކާލަން ވަނީ މަޖުބޫރުވެފަ އެވެ.

މި ފޮޓޯއިން ފެންނަނީ، ލެޕްޓޮޕެއްގެ ސްކްރީނުގައިވާ ބައިނަރީ ކޯޑުތަކެއްގެ ކުރިމަތީގައި ތަޅެއް އަޅުވާފައިވާ މަންޒަރެއް

މި ފޮޓޯއިން ފެންނަނީ، ލެޕްޓޮޕެއްގެ ސްކްރީނުގައިވާ ބައިނަރީ ކޯޑުތަކެއްގެ ކުރިމަތީގައި ތަޅެއް އަޅުވާފައިވާ މަންޒަރެއް

10 ނޮވެމްބަރު 2026 | 04:55

އީރާނަށް އަލުން ދޭ ހަމަލާއެއް ކުރީގެ ހަމަލާތަކަށްވުރެ ފަސް ގުނަ ވަރުގަދަ ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނަށް އެމެރިކާއިން އަލުން ދޭ ހަމަލާއެއް، ކުރިން ދީފައިވާ ހަމަލާތަކަށްވުރެ ފަސް ގުނަ ބޮޑުވެދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ނަމަވެސް، ޚަލީޖީ ގައުމުތަކުން ބޭނުންވަނީ ހަނގުރާމަ ފުޅާކުރުމުގެ ބަދަލުގައި މިހާރު އޮތް އަސްކަރީ އުސޫލުތައް ދެމެހެއްޓުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ވޮޝިންޓަން ޖާނަލް ޕްރައިމްޓައިމް" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުން ވޮޝިންޓަނާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވެނެޒުއޭލާ އާއި އީރާނުގެ މައްޗަށް ކުރި ހޯދާފައިވާ ކަމަށާއި އީރާނުގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންނާއި، އެންޓި-އެއަރކްރާފްޓް ނިޒާމުތަކުގެ އިތުރުން ހުރިހާ ވަސީލަތްތަކެއް ނައްތާލައި އެ ގައުމުގެ ލީޑަރުން ވެސް ނައްތާލާފައިވާ ކަމަށެވެ. އަދި އީރާނުން ބޭނުންވަނީ އެއްބަސްވުމެއް ގާއިމުކުރަން ނަމަވެސް، އެމީހުން އެ ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި އާންމުކޮށް ނުދައްކަނީ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނުގެ 'ޕިކްއެކްސް މައުންޓަން' ގައި ކަމެއް ކުރަން އުޅޭނަމަ، އެމެރިކާއިން އެތަނަށް ހަމަލާދޭން ޖެހިދާނެ ނަމަވެސް މިހާތަނަށް އެފަދަ ކަމެއް ފެންނާކަށް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

"އެންމެ މުހިންމު ކަމަކީ، އީރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުދެވޭނެކަން. ސަބަބަކީ އެމީހުން އެ ހަތިޔާރުގެ ބޭނުން ކުރާނެތީ." ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

10 ނޮވެމްބަރު 2026 | 04:50

އީރާނަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް އެމެރިކާއިން އަލަށް އުފެއްދި ޓާސްކް ފޯހަށް ކާމިޔާބު ހޯދޭނެކަމާމެދު ސުވާލު އުފެދިއްޖެ

އީރާނަށް ހަތިޔާރު ފޯރުކޮށްދޭ މަގުތައް ބަންދުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އަލަށް އުފެއްދި ޓާސްކް ފޯހަށް، އީރާނާ އަވަށްޓެރި ގައުމުތަކުގެ އެއްބާރުލުން ނުލިބި އެ ގައުމުގެ ބޯޑަރުތައް ފުރިހަމައަށް ބަންދު ނުކުރެވޭނެ ކަމަށް މުހައްލިލުން އަލްޖަޒީރާއަށް ބުނެފި އެވެ. އަދި މި އޮޕަރޭޝަނުގެ ސަބަބުން ސަރަހައްދީ ހަނގުރާމަ ފުޅާވެގެން ދިއުމުގެ ބިރު އޮތް ކަމުގެ އިންޒާރު ވެސް މުހައްލިލުން ވަނީ ދީފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ އާދީއްތަ ދުވަހު "ޓާސްކް ފޯސް އަޔަން ގޭޓް" އިއުލާން ކުރަމުން ބުނީ، މި ޓާސްކް ފޯހުގެ މައިގަނޑު މަގްސަދަކީ އީރާނުގެ އެއްގަމު ބޯޑަރުތަކާއި ކެސްޕިއަން ކަނޑު ހުރަސްކޮށް އީރާނަށް އެތެރެކުރާ ކުރިއަރާފައިވާ ހަތިޔާރާއި، މަދަނީ އަދި އަސްކަރީ ކަންކަމުގައި ބޭނުންކުރެވޭ ޓެކްނޮލޮޖީގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތަކެތި އީރާނަށް ގެންދިއުން ހުއްޓުވުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އަލަށް އުފެއްދި މި ޓާސްކް ފޯހާއި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގާ ބްލޮކޭޑް ނުވަތަ ބަންދުކުރުމުގެ ސިޔާސަތުގެ ސަބަބުން، ބޭރު ދުނިޔެއާއި އީރާނާ އޮތް ގުޅުން ގާތްގަނޑަކަށް މުޅިން ކެނޑިފައިވާ ކަމަށެވެ.

ނަމަވެސް ކިންގްސް ކޮލެޖް ލަންޑަންގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ އެންޑްރިއަސް ކްރީގް ވިދާޅުވީ، މަދު މީސްކޮޅެއްގެ މައްޗަށް އެކުލެވޭ މި ޔުނިޓަކީ އީރާނުގެ ބޯޑަރުތައް އަމަލީ ގޮތުން ބަލަހައްޓާނެ ބައެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ޔުނިޓުން މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ ޖާސޫސީ މައުލޫމާތު އެއްކޮށް ކޯޑިނޭޓް ކުރުން ކަމަށެވެ.

އޭނާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެންމެ 20 މީހުންގެ މައްޗަށް އެކުލެވޭ ޓީމަކަށް އެތައް ހާސް ކިލޯމީޓަރެއްގެ ދިގު ބޯޑަރެއް ނުބެލެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން، ކެސްޕިއަން ކަނޑަށް އެމެރިކާގެ އަސްކަރިއްޔާއަށް ވަދެވޭނެ މަގެއް ނެތުމާއި، އީރާނުގެ އެއްގަމު ސަރަހައްދުގައި އެމެރިކާގެ ސިފައިން ހަރަކާތްތެރި ނުވާތީ، މި ޓާސްކް ފޯހުގެ ނަތީޖާއާ މެދު އެހެން މުހައްލިލުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތަކުގެ އުސޫލުތައް ތަންފީޒުކުރުމަށް ސެންޓްކޮމްއިން ހިންގަމުންދާ އޮޕަރޭޝަންތަކެއް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އާންމުކޮށްފައިވާ ވީޑިއޯއަކުން ނަގާފައިވާ މި ފޮޓޯއިން ފެންނަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތަކުގެ އުސޫލުތައް ތަންފީޒުކުރުމަށް ސެންޓްކޮމްއިން ހިންގަމުންދާ އޮޕަރޭޝަންތަކެއް

10 ނޮވެމްބަރު 2026 | 04:47

ހަނގުރާމަ ނިމުމަކަށް އައުމުގެ ނިޝާންތައް ފެންނަމުންދާކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، އީރާނުން ވަރުގަދަ ރައްދެއް ދީފި

އީރާނާއެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ދެކޮޅަށް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރެޒާއީ ވަނީ އޭގެ ކުޑަވަގުތުކޮޅެއް ފަހުން ރައްދު ދެއްވާފަ އެވެ.

ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ހަނގުރާމަ ނިމުމަކަށް އައުމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުން ކަމަށާއި ގަބޫލުކުރާ ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި މިކަން ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި އީރާނުން އެމެރިކާއާ ވާހަކަދައްކަމުން ދަނީ ވަރަށް އަދަބުވެރިކަމާއެކު ކަމަށާއި އަސްކަރީ ގޮތުން ބަލާއިރު އީރާނުގެ ބާރު މިހާރު ވަނީ މުޅިން ކެނޑިފައިވާއިރު، އީރާނުގެ އަވަށްޓެރި ގައުމުތަކުގެ އެދުމުގެ މަތިން އެމެރިކާއިން މިހާރު ކަންކަން ބަލަހައްޓަމުން ދަނީ މިހާރު އޮތް ގޮތަށް ބޭއްވުމަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރެޒާއީ ރައްދު ދެއްވާ ވިދާޅުވީ "ޚިޔާލީ މަޝްވަރާތަކާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުން ހުއްޓާލާ. ހުޅަނގު އޭޝިއާގެ އައު ނިޒާމަށް އިންކާރުކުރުން ހުއްޓާލާ. އީރާނުން ތަކުރާރުކޮށް ހުށަހަޅާފައިވާ ހަތް ޝަރުތަށް ބޯލަނބައި، އަމާންދޭންވީ ވަގުތު ޖެހިއްޖެ." އެވެ. 

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީ

10 ނޮވެމްބަރު 2026 | 04:42

ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ރިޔާޟަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ދެ މިސައިލެއް ގޮއްވާލައިފި

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލެއް، އެ ގައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ މައުލޫމާތު ދެއްވާފައިވަނީ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެކްސް މެދުވެރިކޮށް ކުރެއްވި އިއުލާނެއްގަ އެވެ.

ތުރުކީ އަލް މާލިކީ

ތުރުކީ އަލް މާލިކީ

10 ނޮވެމްބަރު 2026 | 04:40

އީރާނުން ވާހަކަދައްކަނީ ވަރަށް އަދަބުވެރިކަމާއެކު، ނަމަވެސް އެމެރިކާ އޮތީ ހަމަލާދޭން ތައްޔާރަށް: ޓްރަމްޕް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ނަމަވެސް، ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އިތުރު ހަމަލާތަކެއް ދިނުމަށް އެމެރިކާގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމުގެ އިންޒާރު ވެސް ރައީސް ޓްރަމްޕް ވަނީ ދެއްވާފަ އެވެ.

އެގޮތުން މި ހަނގުރާމަ ނިމުމަކަށް އައުމުގެ ނިޝާންތައް މިހާރު ދަނީ ފެންނަމުން ކަމަށާއި ގަބޫލުކުރާ ގޮތުގައި ވަރަށް އަވަސް މުސްތަގުބަލެއްގައި މިކަން ނިމުމަކަށް އަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އީރާނުން އެމެރިކާއާ ވާހަކަދައްކަމުން ދަނީ ވަރަށް އަދަބުވެރިކަމާއެކު ކަމަށާއި އަސްކަރީ ގޮތުން ބަލާއިރު އީރާނުގެ ބާރު މިހާރު ވަނީ މުޅިން ކެނޑިފައިވާއިރު، އީރާނުގެ އަވަށްޓެރި ގައުމުތަކުގެ އެދުމުގެ މަތިން އެމެރިކާއިން މިހާރު ކަންކަން ބަލަހައްޓަމުން ދަނީ މިހާރު އޮތް ގޮތަށް ބޭއްވުމަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ނަމަވެސް ކޮންމެފަދަ ހާލަތަކަށް ވެސް ތައްޔާރުވުމުގެ ގޮތުން، މަތިންދާބޯޓު އުފުލާ ތިން ވަނަ މަނަވަރެއް މިހާރު އެ ސަރަހައްދައް ފޮނުވާފައިވާ ކަމަށާއި ހުރިހާ މަނަވަރުތަކެއް ވެސް އޮތީ ހަމަލާދޭން ތައްޔާރަށް ނަމަވެސް، އުންމީދު ކުރަނީ އެ މަނަވަރުތަކުގެ ބޭނުން ކުރަން ނުޖެހުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

"އަޅުގަނޑު އެއްވެސް ކަމަކަށް ޔަގީން ކަމެއް ނުދެން. ނަމަވެސް އަލުން ހަމަލާދޭން ޖެހިއްޖެ ހާލަތެއްގައި، އަޅުގަނޑުމެން މިތިބީ ހަތިޔާރުތައް ތައްޔާރުކޮށް، ހަމަލާދޭން ފުރިހަމައަށް ތައްޔާރުވެގެން. އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ. އެއީ އެއްވެސް މަޝްވަރާއެއް ކުރެވޭނެ ކަމެއް ނޫން." ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ. 

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- 9 ނޮވެމްބަރު 2026

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް- 9 ނޮވެމްބަރު 2026

09 ނޮވެމްބަރު 2026 | 14:45

އެމެރިކާގ "ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް" އެއަރކްރާފްޓް ކެރިއަރުގެ ސްޓްރައިކް ގްރޫޕަށް، މި މަހުގެ މެދުތެރެއަށް ވުރެ ކުރިން މެދުއިރުމައްޗަށް ފޯރާނެ ކަމަށް ނުބެލެވޭ

އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ތިއޮޑޯ ރޫޒަވެލްޓް" އެއަރކްރާފްޓް ކެރިއަރުގެ ސްޓްރައިކް ގްރޫޕަށް، މި ނޮވެމްބަރު މަހުގެ މެދުތެރެއަށް ވުރެ ކުރިން މެދުއިރުމައްޗަށް ފޯރާނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދީފިއެވެ.

މި މަނަވަރު އެ ސަރަހައްދަށް ފޮނުވަނީ، މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ޔޫއެސްއެސް ޖޯޖް ވޮޝިންޓަން" މަނަވަރުގެ ބަދަލުގަ އެވެ. މީގެ އިތުރުން، އެމެރިކާގެ 13 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓާއި "މޭކިން އައިލެންޑް" އެމްފިބިއަސް ރެޑީ ގްރޫޕް މި މަހުގެ ފަހުކޮޅު މެދުއިރުމައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ އަސްކަރީ ބާރުތައް މިގޮތަށް ރުކުރުވާލުމާ ގުޅިގެން، އީރާނަށް އިތުރު ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ ބިރުވެރިކަން މެދުއިރުމަތީގެ ސަރަހައްދުގައި ވަނީ ބޮޑުވެފަ އެވެ.

ކަނޑާއި އެއްގަމުގައި އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ މި މެރިން ޔުނިޓުގައި 2،200 އަށް ވުރެ ގިނަ މެރިން ސިފައިންނާއި ފަޅުވެރިން ހިމެނެ އެވެ. މި ލަޝްކަރު އެކުލެވިގެންވަނީ އެއްގަމާއި، ވައިގެ މަގުން އަދި ލޮޖިސްޓިކްސްގެ ގޮތުން ހަނގުރާމަ ކުރުމުގެ ހުނަރު ލިބިފައިވާ ފައުޖުތަކުގެ މައްޗަށެވެ. މި ލަޝްކަރުގެ ގާބިލުކަން ހުރި ކަންތައްތަކުގެ ތެރޭގައި ކުއްލި ހަމަލާތައް ދިނުމާއި، ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ބަލައި ފާސްކުރުމުގެ އިތުރުން، އުޅަނދުފަހަރުގެ ކޮންޓްރޯލް އަތުލައި އެ ތަކެތި ހިފެހެއްޓުން ހިމެނެ އެވެ.

2023 ވަނަ އަހަރު އިރާގުގެ އަލް-ފައު ސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާގެ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް 13 ގެ ސިފައިން

2023 ވަނަ އަހަރު އިރާގުގެ އަލް-ފައު ސަރަހައްދުގައި ހަރަކާތްތެރިވި އެމެރިކާގެ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް 13 ގެ ސިފައިން

09 ނޮވެމްބަރު 2026 | 14:41

ފާއިތުވި 10 ދުވަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި 11 ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް އީރާނުގެ ކަނޑުގެ ސިފައިން ބުނެފި

އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ކަނޑުގެ ސިފައިން ވަނީ ހަކަތަ އުފުލާ 11 ޓޭންކަރެއް "ނުކުޅެދޭ ހާލަތަށް" ގެނެސް، އެ އުޅަނދުފަހަރުގެ ނެވިގޭޝަން ނިޒާމުތައް ހަލާކުކޮށްލާފަ އެވެ. ނަމަވެސް، މި ހަމަލާތައް ދިނުމުގައި ބޭނުންކުރި އުސޫލުތަކުގެ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ކުރާ ބައެއް އުޅަނދުފަހަރުގައި ވަނީ އަލިފާން ރޯވެފަ އެވެ. މީގެ ތެރޭގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ތިން ހާދިސާއެއް ހިމެނޭއިރު، އެ ދުވަހު ތެޔޮ ޓޭންކަރުތަކުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި، ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ ކަމަށް އީރާނުން ދައުވާކުރެ އެވެ.

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، މިހާތަނަށް ކަނޑުދަތުރުފަތުރު ކުރާ މަދުވެގެން 25 ފަޅުވެރިން މަރުވެފައިވާ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ވަނީ ރެކޯޑްކޮށްފަ އެވެ.

އީރާނުގެ ބަންދަރު އައްބާސް ކައިރީގައިވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ

އީރާނުގެ ބަންދަރު އައްބާސް ކައިރީގައިވާ ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރަނީ

09 ނޮވެމްބަރު 2026 | 14:39

އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން އައު ހަމަލާތަކެއް ދީފާނެކަމަށް ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިންޒާރު ދެއްވައިފި

ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ އިބްރާހީމް ކަލިން ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، މިހާރު ހުށަހެޅިފައިވާ އެއްބަސްވުމަކީ ދެ ފަރާތަށް ވެސް އިންސާފުވެރި އެއްބަސްވުމެއް ކަމަށެވެ.

ތުރުކީގެ ތިންކް ޓޭންކެއް ކަމަށްވާ އޯއާރްއެސްއޭއެމް އާއި އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އަންކާރާގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ކަލިން ވިދާޅުވީ، އީރާނުގެ މައްސަލައަކީ މުޅި ސަރަހައްދަށާއި އެންމެހައި ފަރާތްތަކަށް ނުހަނު ނާޒުކު މައްސަލައެއް ކަމަށެވެ. އަދި އެމެރިކާއިން އެކަނި ނުވަތަ އިސްރާއީލާ ގުޅިގެން އީރާނަށް ދީފާނެ އިތުރު ހަމަލާއެއް ހުއްޓުވުމަށް މި ދުވަސްވަރު ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކަލިން ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އީރާނަށް ހަމަލާ ނުދިނުމަށް އުރުދުޣާން ބާރުއެޅުއްވި ކަމަށާއި، އެމެރިކާއިން އެކަނި ނުވަތަ އިސްރާއީލާ ގުޅިގެން އަލުން އީރާނަށް ހަމަލާދީފިނަމަ، މަސްލަހަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ދާއިރާއެއްގެ ތެރެއަށް ކަންކަން އަނބުރާ ހިނގައިދާނެ ކަމަށް ކަލިން ފާހަގަކުރެއްވި އެވެ.

ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ އިބްރާހީމް ކަލިން

ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސް އޯގަނައިޒޭޝަންގެ ވެރިޔާ އިބްރާހީމް ކަލިން

09 ނޮވެމްބަރު 2026 | 14:35

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޔަމަނުގެ ހަ ސަރަހައްދަކަށް އަމާޒުކޮށް 91 ވައިގެ ހަމަލާ ދީފައިވާ ކަމަށް ހޫޘީން ބުނެފި

ހޫޘީ ހަނގުރާމަވެރިންގެ އަސްކަރީ ތަރުޖަމާނު ޔަހުޔާ ސަރީ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހު ޔަމަނުގެ ހަނގުރާމަ އަލުން ވަރުގަދަވި ފަހުން، ހޫޘީންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކުގެ ޖުމްލަ އަދަދު މިހާރު ވަނީ 4,460 އަށް އަރާފައި ކަމަށެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީ ސަންޢާގައި ވާހަކަދައްކަވަނީ

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީ ސަންޢާގައި ވާހަކަދައްކަވަނީ

09 ނޮވެމްބަރު 2026 | 14:33

އީރާނަށް ދޭ ހަމަލާތަކުގެ އައު ރާޅެއް ހުއްޓުވުމަށްޓަކައި ޑިޕްލޮމެސީގެ ބޭނުންކުރުމަށް ތުރުކީގެ ރައީސް އުރުދުޣާން ގޮވާލައްވައިފި

ރައީސް އުރުދުޣާން ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް އަމާޒުކޮށްދޭ އައު ހަމަލާތަކެއް ފެންނަން ބޭނުންފުޅުނުވާ ކަމަށާއި، މިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ދާދިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

ރައީސް އުރުދުޣާން ވިދާޅުވީ، މިފަދަ މައްސަލަތަކަށް އޮތް ހައްލަކީ ވާހަކަދެއްކުމާއި ޑިޕްލޮމެސީގެ މަގު އިޚްތިޔާރުކުރުން ކަމަށް ކޮންމެ ފުރުސަތެއްގައި ވެސް ތުރުކީން ބާރުއަޅަމުންދާ ކަމަށެވެ. ނަމަވެސް، ހިތާމައަކީ މަސްރަހު އަނެއްކާ ވެސް ނުރައްކާތެރި މިސްރާބަކަށް ބަދަލުވަމުންދާ މަންޒަރު ފެންނަމުންދިޔުން ކަމަށާއި، އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނަށް އަމާޒުކޮށް ދޭ އެއްވެސް އައު ހަމަލާއެއްގެ ސަބަބުން މުޅި ސަރަހައްދު އިތުރު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދިއުމަކީ ތުރުކީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

09 ނޮވެމްބަރު 2026 | 14:30

އެމެރިކާއާއެކު އޮތް އޮތުން ނިމުމަކަށް ގެނައުމަށް އީރާނުގެ އެންމެ މަތީ ވެރިޔާ އަމުރުކުރައްވައިފި

އެމެރިކާއާއެކު އޮތް "ހަނގުރާމައެއް ނޫން، އަދި ސުލްހައެއް ވެސް ނޫން" ފަދަ ހާލަތު ނިމުމަކަށް ގެނައުމަށް، އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އައު އިރުޝާދުތަކެއް ދެއްވާފައިވާ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާން ވިދާޅުވީ ހަނގުރާމައެއް ނޫން އަދި ސުލްހައެއް ވެސް ނެތް މި ހާލަތު ނިމުމަކަށް ގެނައުމަށް އެންމެ މަތީ ވެރިޔާ އަމުރުކުރައްވާފައިވާ ކަމަށެވެ.

އެމެރިކާއިން އީރާނަށް ފުރިހަމަ ހަމަލާތަކެއް ދީފާނެ ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތަކާ ގުޅިގެން، އީރާނުން މިހާރު ވަނީ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން ރައީސް ޕެޒެޝްކިއާން އިތުރަށް ވިދާޅުވީ، އިއްޒަތާއި ގަދަރާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސް، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދިދާނެ ކަމަށެވެ.

ބައިރޫތުގައި ބޭއްވި އެއްވުމެއްގެ ތެރެއިން، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ތަސްވީރެއް ހިފައިގެން ހުރި ސަޕޯޓަރެއް

ބައިރޫތުގައި ބޭއްވި އެއްވުމެއްގެ ތެރެއިން، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ތަސްވީރެއް ހިފައިގެން ހުރި ސަޕޯޓަރެއް

09 ނޮވެމްބަރު 2026 | 14:27

ޔަމަނުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެ ޤައުމުގެ އާންމު ރައްޔިތުން މަރަމުންދާތީ، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ އެކަން ކުށްވެރިކުރައްވައިފި

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ޔަމަނުގެ އާންމު ރައްޔިތުން މަރަމުންދާ ދިޔުން، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ކުށްވެރިކުރައްވައިފި އެވެ.

އިސްމާއީލް ބަގާއީ ވިދާޅުވީ، ހޫތީންނަށް އީރާނުން ދޭ އެއްބާރުލުމަކީ އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބޭނުން ނޫން ކަމަށާއި، އެއީ ޔަމަނާ މެދު އޮތް އިޚްލާސްތެރި ކަންބޮޑުވުމާއި، ބުއްދިވެރި ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އީރާނުން ވެފައިވާ އިގުރާރެއްގެ ދަށުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޔަމަނުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމާއި، މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވާ ރޯޑްމެޕެއް ތަންފީޒުކުރުން ކަމަށް ބަގާއީ ވިދާޅުވި އެވެ.

މީގެއިތުރުން ބަގާއީ ވިދާޅުވީ، ޔަމަނުގެ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި އަސާސީ ޚިދުމަތްތައް ދޭ ތަންތަނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޔަމަނާ ދެކޮޅަށް އަޅާފައިވާ ބޭއިންސާފު ހުރަސްތައް ނައްތާލައި، އަމިއްލަ މުސްތަގުބަލު ކަނޑައެޅުމަށް ޔަމަނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް އިހުތިރާމް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާރުކޮށްފައިވާ ތާއިޒް ސިޓީގައި ކައްކާ ގޭސް ފުޅިތައް ފުރުމަށްޓަކައި ޔަމަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ކިއޫ ހަދައިފި

ހިސާރުކޮށްފައިވާ ތާއިޒް ސިޓީގައި ކައްކާ ގޭސް ފުޅިތައް ފުރުމަށްޓަކައި ޔަމަނުގެ ގިނަ އަދަދެއްގެ ރައްޔިތުން ކިއޫ ހަދައިފި

09 ނޮވެމްބަރު 2026 | 10:01

އެމެރިކާއިން ދާދިފަހުން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ބޭސް އުފައްދާ 23 ކުންފުންޏަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އީރާނުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ހަމަލާތަކުގައި ބޭސް އުފައްދާ 15 ކުންފުންޏަކަށާއި، ބޭސް ފޯރުކޮށްދޭ 8 ކުންފުންޏަކަށް ވަނީ ގެއްލުން ލިބިފަ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، އީރާނުގައި ބޭނުންކުރާ ޒަރޫރީ ބޭހުގެ 700 އެއްހައި ބާވަތުގެ ތެރެއިން 37 ބާވަތެއްގެ ބޭސް ފޯރުކޮށްދިނުމުގައި މިހާރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާގެ މި ހަމަލާތަކުގެ ސަބަބުން ބޭސް އުފެއްދުމުގެ މަސައްކަތަށް ބުރޫއަރައި، ބޭސް ތައްޔާރުކުރުމަށް ބޭނުންވާ ރޯ މެޓީރިއަލް ނުވަތަ ކާނާގެ ބާވަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާން އަށް ހަމަލާ ދީފައިވާ މަންޒަރެއް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އީރާން އަށް ހަމަލާ ދީފައިވާ މަންޒަރެއް

09 ނޮވެމްބަރު 2026 | 09:59

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމާ ގުޅޭގޮތުން ރިޕޯޓުކުރަމުންދާ ވާހަކަތައް ގަތަރުން ދޮގުކޮށްފި

އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމާއި، ހިފަހައްޓާފައިވާ އެ ގައުމުގެ ފައިސާ ދޫކޮށްލުމާ ގުޅޭގޮތުން މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތަކަކީ މުޅިން ދޮގު ޚަބަރުތަކެއް ކަމަށް ގަތަރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ގަތަރުގެ އެ އިސް އޮފިޝަލް ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތަފުސީލު ކަމަށް ބުނެ އިންޓަނެޓުގައި ފެތުރެމުންދާ ރިޕޯޓުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމާއި، ޔަމަނުގެ މައްސަލައިގައި ކުރިއަށްދާ މެދުވެރިއެއްގެ ދައުރާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތައް އެ އޮފިޝަލް ވަނީ ދޮގުކުރައްވާފަ އެވެ.

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް-ޘާނީ

ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް-ޘާނީ

09 ނޮވެމްބަރު 2026 | 09:53

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަށް މަޝްވަރާކުރަނީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ކުރިއަށްދާ މަޝްވަރާތަކުގައި ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާކަން އެ ގައުމުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވައިފި އެވެ.މުންދާ ހަނގުރާމަ 

ގަތަރުގެ އިސް އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތައް އަދިވެސް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، މި މަޝްވަރާތަކުގެ ތަފްސީލުތައް ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ފަތުރަމުންދާ ރިޕޯޓުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެ އޮފިޝަލް ވަނީ އެ ރިޕޯޓުތައް ދޮގުކުރައްވާފަ އެވެ.

އިރާނުގެ ތެހެރާނުގައި ހުންނަ އެމެރިކާގެ ކުރީގެ އެމްބަސީ ކައިރީގައި އިރާނާއި އެމެރިކާގެ މަޝްވަރާ މޭޒު ދައްކުވައިދޭ އެމެރިކާއާ ދެކޮޅު ފާރުގެ ކުރެހުމެއްގެ ކުރިމަތިން އިރާނުގެ އަންހެނަކު ހިނގާފައި ދަނީ- 1 ނޮވެމްބަރު 2026

އިރާނުގެ ތެހެރާނުގައި ހުންނަ އެމެރިކާގެ ކުރީގެ އެމްބަސީ ކައިރީގައި އިރާނާއި އެމެރިކާގެ މަޝްވަރާ މޭޒު ދައްކުވައިދޭ އެމެރިކާއާ ދެކޮޅު ފާރުގެ ކުރެހުމެއްގެ ކުރިމަތިން އިރާނުގެ އަންހެނަކު ހިނގާފައި ދަނީ- 1 ނޮވެމްބަރު 2026

09 ނޮވެމްބަރު 2026 | 06:40

އިސްރާއީލަށް ދެމުންދާ އަސްކަރީ އެހީ ކަނޑާލުމަށް ޓްރަމްޕްގެ ނިންމެވުމަކީ މާ ބޮޑު ކަމެއް ނޫން: އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް

މި އަހަރުގެ ފަހުން އިސްރާއީލަށް އަހަރަކު ދެމުންދާ 4 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެފައިވާ ވައުދުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ބިންދާނުލެވޭނެ ގުޅުމަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން ޑީސީގައި ބޭއްވި "ޖޫވިޝް ފެޑަރޭޝަންސް އޮފް ނޯތު އެމެރިކާ" ގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕޮމްޕެއޯ ވިދާޅުވީ، އެމެރިކާއިން އެ ފައިސާ ފޯރުކޮށްދިނުމަށްވުރެ، އެމެރިކާއާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުމުގެ ބާވަތް މާ މުހިންމު ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވައިޓް ހައުސްގައި މަސައްކަތް ކުރިއިރު ލިބުނު އަމިއްލަ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ޕޮމްޕެއޯ ވިދާޅުވީ، ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުމަކީ ވަރަށް ފުން، ބަދަހި އަދި ބިންދާނުލެވޭނެ ފަދަ ވަރުގަދަ ގުޅުމެއް ކަމަށެވެ.

ޕޮމްޕެއޯ އިތުރަށް ވިދާޅުވީ، އެމެރިކާއިން އެ ވަކި އެހީއެއް ފޯރުކޮށްދިން ކަމުގައިވިޔަސް ނުވަތަ ނުދިން ކަމުގައިވިޔަސް، ދެ ގައުމުގެ މެދުގައި އޮތް ފުން ގުޅުން ދެމިއޮންނާނެ ކަމަށެވެ. އަދި ގިނަ އެހީތަކެއް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމަށާއި، މިއީ ހަމައެކަނި އިސްރާއީލަށް ނޫން ކަމަށާއި، އެމެރިކާއަށް ވެސް ތާރީޚީ ގޮތުން މުހިންމު ބައިވެރިވުމެއް ކަމަށެވެ. 

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ

09 ނޮވެމްބަރު 2026 | 06:37

ހުރްމުޒް ކަނޑުއޮޅީގެ ދެކުނު މަގުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ހިމާޔަތުގައި ތެޔޮ އުފުލުން މުޅިން ހުއްޓުވައިފިން: އީރާނުގެ އައިއާރްޖީސީ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީ އޮފިޝަލަކު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ދެކުނު މަގުން އެމެރިކާގެ ކަނޑުގެ ސިފައިންގެ ހިމާޔަތުގައި އުޅަނދުފަހަރުން އުޅަނދުފަހަރަށް ތެޔޮ ބަދަލުކޮށްގެން ކުރިއަށްގެންދާ ތެޔޮ އުފުލުމުގެ މަސައްކަތްތައް މިހާރު މުޅިން ހުއްޓުވާފައިވާ ކަމަށެވެ.

ނަން ހާމަކޮށްފައިނުވާ އެ އޮފިޝަލާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުރްމުޒް ކަނޑުއޮޅީގެ ދެކުނު ފަރާތުގެ ހިލަތަކުގައި ހަރުކޮށްފައިވާ އެމެރިކާގެ ނެވިގޭޝަން ނިޒާމުތައް ސުންނާފަތިކޮށްލުމާ ގުޅިގެން، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ގަވާއިދާ ހިލާފު އެއްވެސް އުޅަނދަކަށް އެ ސަރަހައްދަށް ވަދެވިފައެއް ނުވެ އެވެ. އަދި މީގެ ސަބަބުން އެ މަގުން ކުރިއަށްގެންދާ ތެޔޮ ވަގަށް ބޭރުކުރުމުގެ ހުރިހާ ހަރަކާތްތަކެއް މުޅިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެމެރިކާ އާއި އިސްރާއީލުން ހަނގުރާމަ ފެށުމާ ގުޅިގެން އީރާނުން ވަނީ އެ ކަނޑުގެ ސަރަހައްދު ބަންދުކޮށް، އުޅަނދުފަހަރު ދަތުރުކުރަންވާނީ އީރާނުން ކަނޑައަޅާފައިވާ ވަކި މަގަކުން ކަމަށް ބުނެފަ އެވެ. ނަމަވެސް ގަލްފުގެ ގައުމުތަކުން އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު އުޅަނދުފަހަރުން އުޅަނދުފަހަރަށް ތެޔޮ ބަދަލުކޮށްގެން ބޭރުކުރަމުންދާތީ، އީރާނުން ދަނީ އެއީ ގަވާއިދާ ހިލާފު އުޅަނދުފަހަރު ކަމަށް ބުނެ އެފަދަ އުޅަނދުތަކަށް ހަމަލާދެމުންނެވެ.

މިފަދަ ހަމަލާތައް މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފަ އެވެ.

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ ހުރިހާ އުޅަނދުފަހަރަކުން، އީރާނުގެ ލާރަކް އައިލެންޑް ކައިރިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަނޑައަޅާފައިވާ ހާއްސަ މަގަކުން ދަތުރުކުރުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އަންގާފައި

ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ ހުރިހާ އުޅަނދުފަހަރަކުން، އީރާނުގެ ލާރަކް އައިލެންޑް ކައިރިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަނޑައަޅާފައިވާ ހާއްސަ މަގަކުން ދަތުރުކުރުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އަންގާފައި

1 / 25