'ލޫޓުވައިފި، ލޫޓުވައިފި' ބޮޑު އެއްވުން
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން އިންތިޒާމު ކޮށްގެން 'ލޫޓުވައިފި، ލޫޓުވައިފި' ބޮޑު އެއްވުމެއް 3 އޮކްޓޯބަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ލޫޓުވައިފި، ލޫޓުވައިފި ބޮޑު އެއްވުން
މި ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެންޕޭން ހިންގައި، ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވޭ: ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޭފުޅުން އިންޑިއާ އައުޓް ކެންޕޭން ހިންގައި، ދިވެހި ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ލޫޓުވައިފި އެއްވުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން، މާރިޔާ ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާއިރު، ސިފައިންނާ ފުލުހުންނަށް ޚާއްސަ އިސްކަމެއް ދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އަގުބޮޑުކޮށް ޑްރޯންތަކެއް ގަނެ، ދިވެހި ސިފައިންގެ ނާގާބިލް ބައެއްކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މީގެ ކުރިން މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކޮށްފައިވަނީ އިންޑިއާ އައުޓް ކެންޕޭން ހިންގައި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި އެ ދުވަހު ސިފައިންގެ ބޭފުޅުންނަކީ ގައްދާރުން ކަމަށް ހަދާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޑްރޯންގެ ފައިސާއަކީ އިސްރާފު ކަމަށާއި، ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް އެއަށްވުރެ މާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ސިފައިންނާ ފުލުހުންގެ ބޯހިޔާވަހިކަމާއި، ތަމްރީންތައް ކުރިއަށް ގެންދިއުމާއި، މިހާރު ހުރި މައްސަލަތައް ހައްލުކުރުން މުހިންމު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ސިފައިންގެ އަގު ވައްޓާލައި، ކުރިއަށް އިންޑިއާ އައުޓް ކެންޕޭން ވެސް މިއަދު ކަދުރު އަލީގެ ނަދުރަށް ހަދާފައިވާ ކަމަށެވެ. މިއަދު އިންޑިއާ އައުޓް ޓީޝާޓު ލީ މީހަކު ނެތް ކަމަށާއި، އެ ކެންޕޭން ހިންގި މީހަކު ވެސް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެމްޑީޕީ އިން ކުރިއަށް ގެންދާ މުޒާހަރާގައި އެޗްއާރުސީއެމްއިން މޮނިޓަރ ކުރަމުންނުދޭ
އެމްޑީޕީ އިން ކުރިއަށް ގެންދާ މުޒާހަރާގައި އެޗްއާރުސީއެމްއިން މޮނިޓަރ ކުރަމުންނުދޭމިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުމުން އެޗްއާރުސީއެމްގެ މީޑިއާއިން ފޯނަށް ޖަވާބެއް ނުދިން
ފުލުހުން މުޒާހަރާގައި ބޭނުން ކުރަމުންދާ އެލްއާރުއޭޑީ (LRAD) އަކީ ފުލުހުން ބޭނުން ކުރުމުގެ ހުއްދަ އޮތް ހަތިޔާރެއް ނޫން
ފުލުހުން މުޒާހަރާގައި ބޭނުން ކުރަމުންދާ އެލްއާރުއޭޑީ (LRAD) އަކީ ފުލުހުން ބޭނުން ކުރުމުގެ ހުއްދަ އޮތް ހަތިޔާރެއް ނޫންއެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވީ މިއީ އަނިޔާވެރި އަމަލެއް ކަމަށާއި، މުއިއްޒުގެ އެންގެވުމާއެކު މުޒާހަރާ މޮނިޓަރ ކުރަން އެޗްއާރުސީއެމް އިން ނުދާ ކަމަށް
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު އެމްއެންޑީއެފްގެ ސެކިއުރިޓީ ދޫކޮށްލައްވައިފި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު އެމްއެންޑީއެފްގެ ސެކިއުރިޓީ ދޫކޮށްލައްވައިފި

އާޓީފިޝިއަލް ބީޗަށް ދެވެން އޮތް މަގުތަށް ފުލުހުން ބަންދުކޮށްފި
އާޓީފިޝިއަލް ބީޗަށް ދެވެން އޮތް މަގުތަށް ފުލުހުން ބަންދުކޮށްފި
ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ފަހަތަށް ޖެހުމެއް ނެތި މުޒާހަރާ ކުރަމުން

އިދިކޮޅުން ފިލިކަމަށް ބުނާ ކުރީގެ ރައީސް ޞާލިހު މުޒާހަރާގެ ސަފުގެ ކުރީގައި
އިދިކޮޅުން ފިލިކަމަށް ބުނާ ކުރީގެ ރައީސް ޞާލިހު މުޒާހަރާގެ ސަފުގެ ކުރީގައި

އެމްޑީޕީ މެންބަރުން ނައްތާލައިގެން ނޫނީ ހަމަޖެހުމެއް ނެތް ކަމަށް މެންބަރު މުސްތަފާ ވިދާޅުވެއްޖެ
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "ހެޔޮ ނުވާނެ މި ރީނދޫ ބައިގަނޑު ގައުމުން ފުހެލައިގެން ނޫނީ ގައުމުގައި ހަމަޖެހުމެއް ގައުމަށް ކުރިއެރުމެއް ލިބޭކަށް ނެތް. މި ނުބައި ހަދާފަ ބޮޑުންތައް ފިލައިފި ވަން ތަނެއްވެސް ނޭނގޭ" ކަމަށެވެ.
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު ހައްޔަރުކޮށްފި
ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ހައްޔަރުކޮށްފި
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން 8 މީހަކު ހައްޔަރު ކޮށްފި
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން 8 މީހަކު ހައްޔަރު ކޮށްފި އެވެ.
އޭގެތެރޭގައި ކުރީގެ މަޖިލިސް މެންބަރުންނާއި ކައުންސިލް ތަކުގެ ރައީސުން ހިމެނެ އެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އެމްޑީޕީ އިން ގޮވާލައިފި
އެމްޑީޕީން ޑިމާންޑް ކުރަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އާންމުންގެ ހުރިހާ މެންބަރުން ވަގުތުން ދޫކޮށްލުމަށް.
ހައްޔަރުކުރި މީހުންގެ ސީދާ އަދަދާއި އައިޑެންޓިޓީ އަދި ކަށަވަރު ނުވާއިރު، އެނގިފައިވާ ގޮތުގައި މަދުވެގެން 6 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައި.
ޕާޓީން ޑިމާންޑް ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގައި ބައިވެރިވާ ހުރިހާ މުޒާހަރާވެރިން ޝަރުތުތަކާ ނުލައި ދޫކޮށްލުމަށް.
ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕަރ ސުޕްރޭ ޖަހަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ބުނެފި
ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕަރ ސުޕްރޭ ޖަހަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ބުނެފި
އާންމުންނަށް އަނިޔާކުރުމަށްފަހު ފުލުހުން ޑިފެންސަށް ކުޅެން ފަށައިފި
އެމްޑީޕީގެ ލޫޓުވައިފި އެއްވުމުގެ ބައިވެރިންނަށް އަނިޔާކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމަށްފަހު ފުލުހުން ޑިފެންސަށް ކުޅެން ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް މަޖީދީ މަގުން ކުރިއަށްދާން ފެށުމާއި ގުޅިގެން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދީފައިވާނެ ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅު އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަސެވެ. އެހެންކަމުން މި އަމަލުތައް ހިންގި ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންބުނެއެވެ.
މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް ހައްޔަރުކޮށްފި!
ބާރުގެ ބޭނުންކޮށް ކ. މާފުށި އުންސިލްގެ ރައީސް ހަސަން ސޮލާހް ހައްޔަރުކޮށްފި އެވެ.
މީގެ އިތުރުންވެސް މުޒާހަރާއިގެ އިތުރު 6 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.


އަނިޔާވެރިކަމާއެކު ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފި
އަނިޔާވެރިކަމާއެކު ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ފަށައިފި
ބައެއް މީހުން ހައްޔަރުކުރަމުންދަނީ ކަކުލުން ބޮލަށް ފައިން އެރުމަށްފަހު.
ލޫޓުވައިފި އެއްވުމުގައި ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ނުކުރުމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ގޮވާލައިފި
އެއްވުމުގައި ހުންނަވައި ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނިޝާން ވިދާޅުވީ ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް ކަމަށާއި، އެބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ.
''ދިވެހި ފުލުހުން މިހާރު ބޭނުންކުރަމުންދާ ހާލަތަކީ ގާނޫނާ ހިލާފު ހާލަތެއް. މިހާލަތުގެ ބޭނުން މިގޮތަކަށް ނުކުރެވޭނެ. ސީދާ ކަނޑައެޅިގެން ގާނޫނާ ހިލާފު. އެބޭފުޅުންނަށް ލިބިގެން ނުވާނެ މިގޮތަކަށް ގާނޫނުގެ އިހުތިޔާރުގެ ބޭނުން ހިފާކަށް. އެ ބާރަށް ފުލުހުންނަށް ލިބިގެންނުވާނެ.''
ނިޝާން ވިދާޅުވީ އެމްޑީޕީން އިސްވެ އޮވެ ކުރިއަށް ގެންދާ މި އެއްވުމަކީ ސުލްހަވެރި ސިޔާސީީ ހަރަކާތެއް ކަމަށާއި، ގާނޫނީ އިމުގެ ބޭރުން ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވަނީ ބާރުގެ ބޭނުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލައްވާފައެވެ.
ހުކުރު ދުވަހުގެ ރޭ 8:30 ގައި ފެށި ލޫޓުވައިފި އެއްވުމަށް ގިނަ ރައްޔިތުން އެއްވެފައިވާއިރު، ހުކުރު ދުވަހުގެ 9:45 ހާއިރު 5 ފަހަރު ފުލުހުން އާއްމުންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި، އެސަރަހައްދުން ނޫސްވެރިންނާ މީޑިއާ މީހުން ފޮނުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ނޭވާލާން އުދަނގޫވެ، ބައެއް މީހުން ސިއްހީ ފަރުވާ ހޯދާފައިވެއެވެ.
ނޫސްވެރިންނަށް މަންޒަރުތައް ދައްކާ ކަވަރު ކުރުމަށް ފުލުހުން ހުރަސް އަޅައި ޕެޕަރ ސުޕުރޭ ޖަހައިފި
ނޫސްވެރިންނަށް މަންޒަރުތައް ދައްކާ ކަވަރު ކުރުމަށް ފުލުހުން ހުރަސް އަޅައި ޕެޕަރ ސުޕުރޭ ޖަހައިފިފުލުހުން ދަނީ ގަސްދުގައި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސުޕުރޭ ޖަހަމުން
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ނަންބަރެއް
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ނަންބަރެއް ހަމަޖައްސައިފި.
އެމްޑީޕީ އިން ބުނީ ގާނޫނީ އެހީތެރިކަން ބޭނުންވާނަމަ 7341637 އަށް ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ކުރުމަށް އެދިފައި.
ފުލުހުން ޝީލްޑުން އާންމުން ގައިގައި ޖަހަނީ
ލޫޓުވަފި ލޫޓޫވައިފި އެއްވުމުގެ ބައިވެރިންނާއި ފުލުހުން ކުރިމަތިލައި ޝީލްޑުން އާންމުގެ ގައިގައި ޖަހަމުންދާ މަންޒަރު ފެނިއްޖެ. ފުލުހުންދަނީ އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހަމުން
ސުލްހަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި
ސުލްހަވެރި އެއްވުމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީ އިން ބުނެފި.އެމްޑީޕީ އިން ވަނީ ގާނޫނުއަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ގޮވާލާފައި
އެމްޑީޕީ އިން ބާއްވާ މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިން އެތަނުން ދިއުމަށް ފުލުހުން އިންޒާރު ދީފި
އެމްޑީޕީ އިން ބާއްވާ މުޒާހަރާ ކަވަރު ކުރަމުންދާ ނޫސްވެރިން އެތަނުން ދިއުމަށް ފުލުހުން އިންޒާރު ދީފި
ފުލުހުން ވަނީ އަޑުގަދަކުރަ ބޭނުންކޮށް ނޫސްވެރިން އެސަރަހައްދުން ދިއުމަށް ގޮވާލާ އިންޒާރު ދީފައި. ފުލުލުހުން ވަނީ މުޒާހަރާ ކަވަރުކުރަމުންދާ ނޫސްވެރިންނަށް އެ ފުރުސަތު ދޭނެކަމަށް ކުރިން ބުނެފައި، ނަމަވެސް ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ނޫސްވެރިއަކަށް ބަލާނުލާ އަނިޔާކުރަމުން.
ފުލުހުން ބޭނުންކުރަމުންދަނީ ގާނޫނާ ހިލާފު ހާލަތެއް - ވަކީލު ނިޝާން
ފުލުހުން ބޭނުންކުރަމުންދަނީ ގާނޫނާ ހިލާފު ހާލަތެއް ކަމަށް ގާނޫނީ ވަކީލު ނިޝާން ވިދާޅުވެއްޖެ.
އޭނާ ވިދާޅުވީ އެމްޑީޕީ އިން ކުރިއަށް ގެންދަނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށާއި، ފުލުހުންނަށް ޣައިރު ގާނޫނީ އަމުރަށް ތަބާވާން ނުޖެހޭނެ ކަަމަށް ނިޝާން ވިދާޅުވި.
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފި އަދި އިންޒާރުދީ އެސަރަހައްދު ދޫކޮށް ދިއުމަށް ދަނީ އިންޒާރުދެމުން
މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރަން ފަށައިފި އަދި އިންޒާރުދީ އެސަރަހައްދު ދޫކޮށް ދިއުމަށް ދަނީ އިންޒާރުދެމުން
ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހާފައި. ޕެޕަރ ސުޕްރޭ ޖަހާފައިވަނީ އިންޒާރު ދިނުމަކާއި ނުލާ
އިންޒާރު ދިނުމެއް ނެތި ފުލުހުން ލޫޓުވައިފި އެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހައިފި
އިންޒާރު ދިނުމެއް ނެތި ފުލުހުން ލޫޓުވައިފި އެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސުޕްރޭ ޖަހައިފިފުލުހުން ދަނީ މުޒާހަރާ ކަވަރުކުރަމުންދާ ނޫސްވެރިންނަށް އަމާޒުކޮށް ވެސް ޕެޕަރ ސުޕުރޭ ޖަހަމުން
މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފައި
ލޫޓުވައިފި ލޫޓުވައިފި ހަރަކާތުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައިފި
ލޫޓުވައިފި ލޫޓުވައިފި ހަރަކާތުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައިފި. ފުލުހުން ކުރިން އޮތީ މަގުތަކަށް ނުކުމެ އެއްވުން ކުރިއަށް ގެންދެވޭނެ ކަމަށް. ނަމަވެސް އާޓީފިޝިއަލް ބީޗުން ނުކުތުމާއެކު ފުލުހުން ވަނީ ބައިވެރިންނަށް ހުރަސް އަޅަން ފަށާފައި
ލޫޓޫވައިފި ލޫޓޫވައިފި ހަރަކާތުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ
ލޫޓޫވައިފި ލޫޓޫވައިފި ހަރަކާތުގެ ބައިވެރިން މަގުތަކަށް ނުކުމެއްޖެ
ބައިވެރިންގެ މިސްރާބު މިހާރު ހުރީ ފުލުހުން ދީފައިވާ ހުއްދައާއެކު މުޒާހަރާ ހިނގާލުމެއްގެ ގޮތުގައި ކުރިއަށް ގެންދާން
މަޓޭގެ ޑިމާންޑްތަކެއް ރައީސް މުޢިއްޒަށް!
ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުން
ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލައި އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސް އެޅުން ހުއްޓާލައި ކުރިއަށް އޮތް ފަސް ހަފްތާތެރޭ ކުންފުނިތަކަށް ދިނުން
ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތައް އިއާދަކޮށް ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުން
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުން

އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް
އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިޔަށް ގެންދާ ބޮޑު އެއްވުން "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަކީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން ބާއްވާ އެއްވުމުގެ ފެށުން ކަމަށް ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީލް ވިދާޅުވެއްޖެ

އެމްޑީޕީއަކީ ބުނަންޖެހޭ އެއްޗެއް ބުނެ އަޑު އުފުލަން ކެރޭނެ ޕާޓީ - ޝާހިދު
"އަޅުގަނޑުމެންނަކީ ސުލްހަވެރި ސިޔާސީ ހަރަކާތް މެދުވެރިކޮށް އިސްލާހީ ބަދަލު ދިވެހިރާއްޖެއަށް ގެނައި ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ގެނައި އިސްލާހީ ބަދަލުތައް އޮޔާލާ ދޫކޮށްލާ ފުޑުފުޑުކޮށްލާއިރު ބަލަހައްޓާގެން ތިބޭނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ބުނަންޖެހޭ އެއްޗެއް ބުނެ، އަޑު އުފުލަން ކެރޭނެ ޕާޓީ. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ހެޔޮ ގޮތް ގެނައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް މިހާތަނަށް ވެސްވަމުންދާ ޕާޓީ" - އަބްދުﷲ ޝާހިދު

ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެޑައިގެންނެވި ޕީއެންސީގެ ޖަލްސާއަށް މަޖުބޫރުކޮށްގެން އެއްކުރި މީހުންނަށްވުރެ ގިނައިން އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް މީހުން އެއްވެއްޖެ
ބުދަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ސަރުކާރުގެ މުވައްޒަފުންނާއި މަޖުބޫރުކޮށްގެން އެއްކުރި މީހުންނަށްވުރެ ގިނައިން އެމްޑީޕީގެ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް މީހުން އެއްވެއްޖެ އެވެ.
އެމްޑީޕީގެ ބޮޑު އެއްވުމަށް އަތޮޅުތެރޭގެ އެކި ރަށްރަށުން ކަނޑުމަގުންނާއި ވައިގެ މަގުންވެސް ވަނީ މާލެ ޖަމާވެފަ އެވެ. މި އެއްވުން ފެށެން ވަގުތު ކުޑަތަންވީ ވަރަށް ސަރުކާރާއި ސިފައިންނާއި ފުލުހުން ވަނީ އޮފް ޑިއުޓީގައި ތިބީ މުވައްޒަފުންވެސް ޑިއުޓިއަށް ނެރެ ހަރަކާތްތެރިވާން ފަށައިފަ އެވެ.

ޖުމްހޫރީ މައިދާނާއި އޯކިޑް މަގުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުން
މާލޭގެ ޖުމްހޫރީ މައިދާނާއި އޯކިޑް މަގުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާ ފަށައިފި
އެމްޑީޕީގެ ބޮޑު އެއްވުން އަރޓިފިޝިއަލް ބީޗުގައި ފަށައިފި އެވެ.
"ލޫޓުވައިފި ލޫޓުވައިފި" ނަމުގައި އެމްޑީޕިން ކުރިއަށްގެންދާ މުޒާހަރާ ފެށިގެން ކުރިއަަށް ދާއިރު އަރޓިފިޝިއަލް ބީޗު ވަނީ އެއްކޮށް ފުރިފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެސަރަހައްދަށް އަދިވެސް އަންނަނީ މީހުން ޖަމާވަމުންނެވެ.



"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯން މާލެ ކައިރީގައި ދުއްވާތާ އެއްތައް ގަޑި އިރެއް
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯން އެއް މާލެ މަތިން ދުއްވަމުންދާ އިރު، މާލެ ކައިރީގައި ޑްރޯން އެނބުރޭތާ އެތައް އިރެއްވަނީ ވެފައި.

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުމަށް މީހުން ޖަމާވާން ފަށައިފި
އެމްޑީޕީގެ ބޮޑު އެއްވުމަށް އަރޓިފިޝިއަލް ބީޗަށް މިހުން މިހާރުވަނީ ޖަމާވާން ފަށައިފަ އެވެ.
8:30 ގައި ފަށަން ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ ކަމަށް އެމްޑިޕީން ބުނެ އެވެ. އެގޮތުން އަތޮޅުތެރެއިންވެސް އެކި ރަށްރަށުން މާލެއަށް ވަނީ މީހުން ޖަމާވެފަ އެވެ.



އެމްޑީޕީގެ އެއްވުމާއި ގުޅޭގޮތުން ބިރުދެއްކުމާއި ނުބައިމީސްކުރުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލް އިން ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ގޮވާލައިފި
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއާއި ގުޅޭގޮތުން ބިރުދެއްކުމާއި ނުބައިމީސްކުރުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލް އިން ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ގޮވާލައިފި އެވެ.
މާލެ ސިޓި ކައުންސިލުން ބުނީ، ޚިޔާލު ފައުޅުކުރުމާއި، މުޒާހަރާ ކުރުމާއި، ސުލްޙަވެރި ސިޔާސީ: ޙަރަކާތަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދފައިވާ އަސާސީ "ޙައްޤުތަކެއް ކަމަށެވެ.
އެ ބަޔާނުގައި ސިޓީ ކައުންސިލުން ބުނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގައި ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމާ ގުޅިގެން ސަރުކާރު ހިންގާ ޕާޓީގެ އިސް އޮފިޝަލުން ގެންދަނީ އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރޭ ގޮތަށް ވާހަކަދައްކަމުން ކަމަށެވެ.
އަދި ފުލުހުން މެދުވެރިކޮށް އިންޒާރުދެމުންދާ ކަމަށާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނޭހެން އެއްވުމުގައި ބައިވެރިނުވާން އަންގަމުން ދާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯން އެއް މާލެ މަތިން ދުއްވަން ފަށައިފި
އެމްޑީޕީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު މުޒާހަރާއާ ދިމާކޮށް އެމްއެންޑީއެފްގެ ޑްރޯންތައް މާލެ މަތިން ދުއްވަން ފަށައިފި އެވެ.
އިދިކޮޅު މުޒާހަރާ ފެށެން ކުޑަތަން ވެފައި ވަނިކޮށް އެމްއެންޑީއެފްގެ ޑްރޯން މާލެ މަތިން ދުއްވަމުންދާ ސަބަބެއް ސިފައިން ބުނެފައެއް ނުވެ އެވެ.
ޓްރެކިން ސައިޓުތަކުން ދައްކާ ގޮތުގައި މާފަރު އެއާޕޯޓުގައި ހުންނަ ޑްރޯން ބޭސް އިން މިއަދު ހަވީރު ފުރި ސިފައިންގެ ޑްރޯން އެއް މިހާރު ދަނީ މާލެ މަތީ ދުއްވަމުންނެވެ.

"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ އާއި ގޫޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެމްޑީޕީން ނަމްބަރެއް!
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅޭނެ ނަމްބަރެއް އެމްޑީޕީން ހިއްސާކޮށްފި އެވެ.
އެމްޑީޕީން ބުނީ 7341637 ފޯނު ނަމްބަރަށް ގުޅައިގެންނާއި ވައިބަރ ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް އެހީތެރިކަމަށް އެދެވޭނެ ކަމަށެވެ.
ފޯނު ނަމްބަރު: 7341637

"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުން ބާއްވަން ވަގުތު ކުޑަތަން ވާވަރަކަށް އަރޓިފިޝިއަލް ބީޗު ކައިރީ ފުލުހުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުން
"ލޫޓުވައިފި ލޫޓުވައިފި" ބޮޑު އެއްވުން ބާއްވަން ވަގުތު ކުޑަތަން ވާވަރަކަށް އަރޓިފިޝިއަލް ބީޗު ކައިރީ ފުލުހުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
އެމްޑީޕީގެ ބޮޑު އެއްވުން މިރޭ 8:30 ގައި ފަށަން ތައްޔާރު ވެފައިވާއިރު އަތޮޅުތެރޭގެ އެކި ރައްރަށުގެ ރައްޔިތުން އަންނަނީ މާލެ ޖަމާވަމުންނެވެ.
މީގެ އިތުރުން ފުލުހުންގެ "އޮޕަރޭޝަނަކަށް" މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ. ފުލުހުންގެ އޮޕަރޭޝަނަކަށް އާއްމު ސަރަހައްދުތަކެއް ބަންދުވާނެ ކަމަށް ކުއްލިއަކަށް ބުނި ނަމަވެސް، ބަންދުވާނީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ބަންދުވާނެ ގަޑިތަކެއް ވެސް ނުބުނެ އެވެ.



ފުލުހުންގެ މާލެ އޭރިއާގެ ކޮމާންޑަރު ކުއްލިއަކަށް ބަދަލުކޮށްފި
އެމްޑީޕީން މިރޭ މާލޭގައި ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން ތައްޔާރުވަމުން ދަނިކޮށް، މާލޭ އޭރިއާގެ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުﷲ، އެ މަގާމުން ވަކިކޮށް، އާ މީހަކު އައްޔަންކޮށްފި އެވެ.
މާލެ ޕޮލިސްގެ ހެޑް ކަމަށް ހަމަޖެއްސެވީ އޭސީޕީ އަބްދުﷲ ޝަރީފް އެވެ.
މި ބަދަލު ގެނައިކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް ޞުލްޙަވެރި އިހުތިޖާޖާ މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް - ސަވާދު
ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް ޞުލްޙަވެރި އިހުތިޖާޖާ މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް.
މަގަށް ނިކުމެ ޖަމާޢަތްހަދާ އިހުތިޖާޖުކޮށް ރައްޔިތުންގެ ހިތްހަނމަނުޖެހުން ފާޅުކުރަމަކީވެސް އަސާސީ ޙައްޤެއް.
މަގަށް ނިކުންނަނީ ބިނާކުރަނިވި މަޝްވަރާގެ ޖާގަ ނެތުނީމަ
ފުލުހުން މަގުތައް ބަންދުކުރަނީ އެއްބަސްވިގޮތާއި ހިލާފަށް
ލޫޓުވައިފި އެއްވުމާއި ގުޅިގެން ޓްރެފިކް ބަންދުކޮށް މަގުތައް ބަންދުކުރަނީ އެމްޑީޕީއާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފަށް ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވެއްޖެ
އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ "ފުލުހުން އެމްޑީޕީއާއެކު ބޭއްވި ބައްދަލުވުމުގައި އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވާފައި އޮތީ މިރޭގެ ބައްދަލުވުމަށް އާޓިފިޝަލް ބީޗަށް އަންނަން އެއްވެސް މީހަކަށް ހުރަސް ނާޅާނެކަމަށް، މިހާރު ފުލުހުން ތިޔަ އެއްބަސްވީގޮތާއި ޚިލާފްވަނީ" ކަމަށެވެ.