Raajje.mv

އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލު-އީރާން ހަނގުރާމަ - އެންމެ ފަހުގެ މައުލޫމާތު

14 ޖޫން 2025
277520
އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލް-އީރާން ހަނގުރާމަ

24 ޖޫން 2025 | 08:05

އިސްރާއީލުގެ އުތުރު ސަރަޙައްދުގައި މިސައިލް އިންޒާރެއް

އިސްރާއީލުގެ އުތުރު ސަރަޙައްދުގައި މިސައިލް އިންޒާރެއް ދީފި

24 ޖޫން 2025 | 06:14

ހަނގުރާމަ ހުއްޓާލަންވީ އެއްބަސްވުމާ ޚިލާފު ނުވާތި: ޓްރަމްޕް

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުގެ ދެ މެދުގައި ވެވުނު އެއްބަސްވުމާ ޚިލާފު ނުވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް އެދިވަޑައިގެންފި އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

އޭގެ ފަހުން ބުދަ ދުވަހު ވަނީ ހަނގުރާމަ ހުއްޓާލުމަށް ދެ

ޤައުމުން ވެސް އެއްބަސްވެފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށިފައިވާ ކަމަށެވެ.

އަދި އެދިވަޑައިގެންނެވީ އެއްވެސް ފަރާތަކުން އެ އެއްބަސްވުމާ ޚިލާފު ނުވުމަށެވެ.

24 ޖޫން 2025 | 06:10

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ

އިސްރާއީލް އާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ އެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިސްރާއީލް އިން އިސްވެ އީރާނަށް ދިން ހަމަލާއާ ގުޅިގެން، އީރާން އިން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ގާތް ގަނޑަކަށް ދެ ހަފުތާގެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލަން، ބުދަ ދުވަހު ދެ ޤައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ. އީރާންގެ ރަސްމީ ޓީވީ އިން ވެސް ވަނީ އެކަން އިއުލާން ކޮށްފަ އެވެ.

24 ޖޫން 2025 | 01:44

އިރާގުގެ އިމާމް ޢަލީ އަސްކަރީ މަރުކަޒަށް ހަމަލާ ދީފި: ރިޕޯޓު

އަލް ސުމަރިއްޔާ ޓީވީ ނެޓްވަރކުން ބުނާ ގޮތުގައި، އިރާގުގައި ހުންނަ އިމާމް ޢަލީ އަސްކަރީ މަރުކަޒުގެ ރާޑަރަށް ހަމަލާ ދީފިއެވެ.

ބަޣްދާދުގައި ހުންނަ މި ޓެލެވިޜަން ޗެނަލުން މި ހަމަލާ ދިން ފަރާތެއް ބަޔާންކޮށްފައެއް ނުވެއެވެ.

އިމާމް ޢަލީ އަސްކަރީ މަރުކަޒު ހުންނަނީ އިރާގުގެ ދީ ގާރު ގަވަރނޯރޭޓުގައެވެ. އަދި އެ ސަރަޙައްދުގެ ވެރިކަން ކުރާ ރަށް ކަމުގައިވާ ނަސިރިއްޔާގެ ދެކުނު-ހުޅަނގު ފަރާތުގައެވެ.

24 ޖޫން 2025 | 01:39

އިރާޤުގެ ބަލަދު އަސްކަރީ މަރުކަޒަށް ހަމަލާއެއް ދީފިކަމަށް ރިޕޯޓުކުރެވޭ

ކުރުދިސްތާން24 ނިއުސް ޗެނަލްގެ ބަޣްދާދުގައި ހުރި ނޫސްވެރިޔާ ދީފައިވާ މަޢުލޫމާތަށް ބިނާކޮށް، އެ ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާޤުގެ ބަލަދު އަސްކަރީ މަރުކަޒަށް ހަމަލާއެއް ދީފިއެވެ.

އިރާޤުގެ ވެރިރަށް ބަޣްދާދުގެ އުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (62 މޭލު) ދުރުގައި އޮންނަ ސަލާހުއްދީން ޕްރޮވިންސްގައި ހުންނަ މި މަރުކަޒަށް ދިން ހަމަލާގައި މީހުންނަށް ގެއްލުން ލިބުނު ކަމުގެ ނުވަތަ ތަނަށް ގެއްލުން ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ވަގުތުން ލިބިފައެއް ނުވެއެވެ.

މީގެ ކުރިން އީރާނުގެ ތަސްނިމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު އަސްކަރީ މަރުކަޒުގެ ގޮތުގައި އިރާޤުގައި ބޭނުންކުރެވުނު މި މަރުކަޒުގެ ތެރޭގައި ދެ ގޮވުމެއްގެ އަޑު އިވިފައިވެއެވެ.

23 ޖޫން 2025 | 21:07

ޔޫއޭއީ، ބަހްރެއިން، ކުވެއިތުގެ ވައިގެ ސަރަހައްދު ހުޅުވާލައިފި

އީރާނުގެ މިސައިލް ހަމަލާ އާ ގުޅިގެން ރައްކައުތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދު ކުރި ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހަައްދު އަލުން ހުޅުވާލައިފި ކަމަށް އެ ގައުމުތަކުން ބުނެފިއެވެ.

23 ޖޫން 2025 | 20:26

ކުވެއިތުގެ ވައިގެ ސަރަޙައްދު އަލުން ހުޅުވައިފި

ކުވެއިތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވަނީ، ކުޑަ ވަގުތުކޮޅަކަށް ބަންދުކުރުމަށްފަހު އެ ޤައުމުގެ ވައިގެ ސަރަޙައްދު އަލުން ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ކުވެއިތު އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްތައް އާންމު ޙާލަތަށް އައިސްފައިވާ ކަމަށެވެ.

23 ޖޫން 2025 | 20:06

ޤަތަރުން ބުނަނީ އީރާނުގެ ހަމަލާއަށްފަހު ސަލާމަތީ ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް

ޤަތަރުގެ ދާޚިލީ ކަންކަމާބެހޭ މިނިސްޓްރީން ބުނެފައިވަނީ އީރާނުގެ ހަމަލާއާ ގުޅިގެން "ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް" ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބާރުއަޅާފައިވަނީ "ސައްހަ ނޫން މަޢުލޫމާތު ނުފެތުރުން މުހިންމުކަމަށެވެ".

އެ މިނިސްޓްރީން ޤައުމުގެ ރައްޔިތުންނަށް ގޮވާލާފައިވަނީ "ރަސްމީ ފަރާތްތަކުން ނެރެފައި ނުވާ އެއްވެސް މަޢުލޫމާތެއް ހިއްސާ ކުރުމުން ނުވަތަ އަލުން ޕޯސްޓް ކުރުމުން ދުރުހެލި ވުމަށެވެ".

މިނިސްޓްރީން ޔަގީންކަން ދީފައި ވަނީ "ރައްޔިތުންނާއި ގައުމުގައި ދިރިއުޅޭ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އާންމު ދިރިއުޅުމުގެ ކަންކަން އާންމު ހާލަތެއް ގައި ބެހެއްޓުމަށް ޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ" ކަމަށެވެ.

23 ޖޫން 2025 | 20:00

ޚާމަނާއީ ވިދާޅުވަނީ އިރާނުން އެއްވެސް ފަރާތެއްގެ އަނިޔާވެރިކަން ޤަބޫލެއް ނުކުރާނެ ކަމަށް

އިރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތު ﷲ އަލީ ޚާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓުން ކުރެއްވި މެސެޖެއްގައި ވިދާޅުވަނީ، އިރާނުން އެއްވެސް ފަރާތަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށާއި، އެއްވެސް ޙާލަތެއްގައި އެއްވެސް ފަރާތެއްގެ އަނިޔާވެރި ކަމެއް ޤަބޫލެއް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތެއްގެ އަނިޔާވެރިކަމަކަށް ބޯ ނުލަނބާނަމެވެ؛ މިއީ އިރާނުން ގަބޫލު ކުރާ ހަމައެވެ."

23 ޖޫން 2025 | 19:26

އެއަރ އިންޑިއާއިން ގަލްފް ސަރަޙައްދުގެ މަތިން ދަތުރުކުރާ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފި

އެއަރ އިންޑިއާއިން ވަނީ ގަލްފް ސަރަޙައްދުގެ މަތިން ދަތުރުކުރާ އެ ކުންފުނީގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައެވެ.

23 ޖޫން 2025 | 18:47

ގަލްފް އެއަރގެ ޖީއެފް145 މާލެއިން ބަޙްރެއިނަށް ދަތުރުކުރަމުންދިޔަ ފްލައިޓްގެ މިސްރާބު ބަދަލުކޮށްފި

ގަލްފް އެއަރގެ ޖީއެފް145 މާލެއިން ބަޙްރެއިނަށް ދަތުރުކުރަމުންދިޔަ ފްލައިޓް އޮމާނުގެ މަސްކަޓަށް މިސްރާބު ބަދަލުކޮށްފިއެވެ.

23 ޖޫން 2025 | 18:45

ޕަރތު އިން ލަންޑަނަށް ދަތުރުކުރަމުންދިޔަ ކަންޓާސް ފްލައިޓް QFA9 ރާއްޖެމަތިން ދަތުރުކުރުމަށްފަހު މިސްރާބު ބަދަލުކޮށްފި

ޕަރތު އިން ލަންޑަނަށް ދަތުރުކުރަމުންދިޔަ ކަންޓާސް ފްލައިޓް QFA9 ވަނީ ދިވެހިރާއްޖޭގެ މަތިން ދަތުރުކުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި  ދަތުރުގެ މިސްރާބު ވަނީ ބަދަލުކޮށްފައެވެ.

23 ޖޫން 2025 | 18:36

ކުވެއިތު، ބަޙްރެއިން، ޤަތަރު، ޔޫއޭއީ: ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާއިރު ގަލްފުގެ ޤައުމުތަކުން އެއްފަހަރާ އެއަރސްޕޭސް ބަންދުކުރަން ފަށައިފި

ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާއިރު ގަލްފުގެ ޤައުމުތަކުން އެއްފަހަރާ އެއަރސްޕޭސް ބަންދުކުރަން ފަށައިފިއެވެ.

މިކަން ކުރަމުންދަނީ ސަރަޙައްދުގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުން ދާތީއެވެ.

23 ޖޫން 2025 | 17:59

އީރާނުން ޤަތަރަށް މިސައިލް ހަމަލާ ދިނުމާ ގުޅިގެން ބަޙްރައިނުގައި އެއަރ ސައިރަންގެ އަޑު

އީރާނުން ޤަތަރަށް މިސައިލް ހަމަލާ ދިނުމާ ގުޅިގެން ބަޙްރައިނުގައި އެއަރ ސައިރަން އިއްވައިފިއެވެ

ބަޙްރައިނަކީ އެމެރިކާގެ ފަސްވަނަ ފްލީޓް ހިންގާ ޤައުމެވެ. މި ފްލީޓް ޢަރަބި ކަނޑާއި، ރަތް ކަނޑާއި، އިންޑިއާ ކަނޑުގައި ހަރަކާތްތެރިވެއެވެ.

23 ޖޫން 2025 | 17:40

އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާ ދޯހާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ބުނެފައިވަނީ، މި ޢަމަލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ޙައްޤު ރައްކާތެރިކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

23 ޖޫން 2025 | 17:25

ޤަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު އެއަރބޭސްއަށް ހަމަލާތަކެއް އަމާޒުވެ، އޭގެ އަސަރު ކުރިކަން ކަށަވަރުވެއްޖެ

އިރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އަށް ނިސްބަތްކޮށް އަލް-މަޔާދީން ނިއުސްއިން ރިޕޯޓުކުރި ގޮތުގައި ޤަތަރުގައި ހުންނަ އެމެރިކާގެ އަލް-އުދައިދު އެއަރބޭސްއަށް ހަމަލާތަކެއް އަމާޒުވެ، އޭގެ އަސަރު ކުރިކަން ކަށަވަރުވެއްޖެ

އަލް-ޤުދުސް ނިއުސްގެ ފުޓޭޖުން ދައްކާ ގޮތުގައި އެ ސަރަހައްދުން ދުން އަރާ މަންޒަރު ފެނެއެވެ. އަދި ގިނަބަޔަކު އެކަން ބަލަން ތިބިކަމަށް ރިިޕޯޓްތައް ބުނެއެވެ.

23 ޖޫން 2025 | 17:20

ޔޫއޭއީގެ ވައިގެ ސަރަޙައްދު ބަންދުކޮށްފި

ޔޫއޭއީގެ ވައިގެ ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ. މިކަން އެނގެނީ މަތިންދާބޯޓުތަކުގެ ދަތުރުތަކުގެ މަގުތަކަށާއި، އެއަރ ޓްރެފިކް ކޮންޓްރޯލްގެ އަޑުއެހުންތަކަށް ބަލާއިރުއެވެ.

23 ޖޫން 2025 | 16:50

ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް 6 މިސައިލް ހަމަލާތަކެއް ދީފި

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފިއެވެ.

ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް 6 މިސައިލް ހަމަލާދިފައިވެއެވެ. މިއާއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވެއެވެ.

މި ހަމަލާ ދީފައިވަނީ އެމެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ދިން ހަމަލާގެ ބަދަލުގައި ދިން ހަމަލާއެކެވެ.

އީރާނުގެ ދައުލަތުގެ މީޑއާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ މިއީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ފެށި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގެ ނަމަކީ "އޮޕަރޭޝަން ބައްޝާރަތް އަލް-ފަތް" ކަމަށެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައިވާއިރު، އެ ސަރަހައްދުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އެހެން އަސްކަރީ ބޭސްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.

އެގޮތުން ޔޫއޭއީ އަދި އިރާގުން އަންނަނީ ހާލަތު ގާތުން ބަލަމުންނެވެ. މީގެ އިތުރުން އެލާޓަށް ގެނެސް ސައުދީގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ހަމަލާތަކާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރުކޮޅެއްގެ ތެރޭގައި ނެޝަނަލް ސެކިއުރިޓީ ޓީމާއި ވައިޓް ހައުސްގައި ބައްދަލުކުރައްވާނެއެވެ.

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް ދިން ހަމަލާގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.

23 ޖޫން 2025 | 16:46

އެމެރިކާގެ ހަމަލާތަކަށް "ޖަވާބު ނުދީ ދޫކޮށްނުލާނެ" ކަމަށް އީރާނުގެ ސިފައިންގެ އެންމެ އިސްވެރިޔާ ވިދާޅުވެއްޖެ

އީރާނުގެ ސިފައިންގެ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސަވީ ހޯމަ ދުވަހު އިންޒާރު ވިދާޅުވީ، އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ތަންތަނަށް ދިން ހަމަލާތަކަށް ތެހެރާނުން ޖަވާބުދޭނެ ކަމަށެވެ.

➤ އިސްރާއީލަށް ޖަވާބުދޭނީ "އެމެރިކާގެ ހަމަލާތަކާ އެއްވަރުގެ މިންވަރަކަށް" ކަމަށެވެ. އަދި "ނަތަންޔާހޫއަށް ދޭ އަދަބު ފުރިހަމަ ބާރުގަދަކަމާއެކު ކުރިއަށް ގެންދާނީ އޭނާ ނިކަމެތިކަމަށް ވައްޓާލެވެންދެން" ކަމަށް މޫސަވީ ވަޢުދުވެވަޑައިގަތެވެ.

➤ "ލިބުނު ގެއްލުމުގެ މިންވަރު އެއްކިބާކޮށް ބަލާއިރު، މި ކުށުގެ ޒާތަށް ބަލާފައި މިކަމަށް ޖަވާބު ނުދީ ދޫކޮށްނުލާނަން" ކަމަށް މޫސަވީ ރެކޯޑުކުރެވިފައިވާ ތަޤްރީރެއްގައި ވިދާޅުވިއެވެ.

➤ "ޓްރަމްޕްގެ މި ޢަމަލަކީ އޭނާގެ ނާއިބު ބާރު ކަމުގައިވާ ޒިއޯނިސްޓް ވެރިކަން، ޚާއްޞަކޮށް ނަތަންޔާހޫ އަމިއްލައަށް ސަލާމަތްކުރުމަށް ކުރި މާޔޫސްކަމުގެ ޢަމަލެކެވެ."

➤ "ނަތަންޔާހޫ ބަލިވެ ދެރަވުމުގެ ނިޝާންތައް ޓްރަމްޕަށް ފެނުމުން، މި ޙާލަތުގެ ބޭނުން ހިފައި އޭނާއަށް ނުފޫޒު ފޯރުވުމަށް ޓްރަމްޕް ނިންމެވިއެވެ.

23 ޖޫން 2025 | 16:38

ސީރިއާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފި

ސީރިއާގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާއެއް ދީފައިވާ ކަމަށް ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވޯކް (ސީޖީޓީއެން) އިން ހާމަކޮށްފައިވެއެވެ.

23 ޖޫން 2025 | 16:28

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަ ނުދީ ހެފެހެއްޓުމަށް އެމެރިކާގެ ރައީސް ގޮވާލައްވައިފި

މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލިއްޖެ ނަމަ އެމެރިކާގެ ދުޝްމަނުން، އޭގެ ފައިދާ ނަގާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި

23 ޖޫން 2025 | 16:02

ޤަތަރުގައި ތިބި ޒިޔާރަތްތެރިންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަގުތީގޮތުން އެ ޤައުމުގެ މަތީ ސަރަޙައްދު ބަންދުކޮށްފި

ޤަތަރުގެ ފޮރިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޤަތަރުގައި ތިބި ޒިޔާރަތްތެރިންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ވަގުތީގޮތުން އެ ޤައުމުގެ މަތީ ސަރަޙައްދު ބަންދުކޮށްފައެވެ.

23 ޖޫން 2025 | 14:27

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ބަދަލުހިފުމާމެދު އީރާނަށް އިންޒާރުދެއްވައިފި

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، ޑޭވިޑް ލެމީ ވަނީ އީރާނުގެ ފޮރިން މިނިސްޓަރާ ސީދާ ވާހަކަ ދައްކަވާފައިވާކަން ކަށަވަރުކު ކޮށްދެއްވާފައެވެ. އަދި ސަރަޙައްދުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާ ބެހޭ ސާފު މެސެޖެއް ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އީރާނަށް ދެންނެވީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީގެން ނުވަތަ މުހިންމު ކަނޑުދަތުރުފަތުރުގެ މަގެއްކަމުގައިވާ ސްޓްރެއިޓް އޮފް ހޯމޫޒް ބަންދުކޮށްގެން ބަދަލުހިފުމަކީ ނުހަނު ބޮޑު ކާރިސާ އަކަށް ވެގެންދާނެ ކަމެއްކަމަށް،" ޔޫކޭގެ ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ވަނީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ދުރުހެލިވާން މަސައްކަތްކޮށްފައެވެ. އިއްޔެ އިނގިރޭސި ބޮޑުވަޒީރު ކީއަރ ސްޓާމަރ ވިދާޅުވީ، އިނގިރޭސިވިލާތުން މި އަސްކަރީ ޢަމަލުގައި ބައިވެރިވެފައި ނުވާކަމަށާއި، އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމުގެ މުހިންމުކަމަށް ބާރުއަޅުއްވާކަމަށެވެ.

23 ޖޫން 2025 | 13:09

"އީރާނުން އެންމެ ފަހު ވަގުތާ ޖެހެންދެން ހަނގުރާމަ ކުރާނަން" ސަރުކާރުގެ އިސް އޮފިޝަލް

އީރާނުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ސަޢީދު ޚަތީބް ޒާދާ ވިދާޅުވެފައި ވަނީ، ހަނގުރާމަ އަށް ހޭދަވާނެ ކޮންމެ މުއްދަތަކަށް ހަނގުރާމަ ކުރުމަށް އީރާނުން ތައްޔާރަށް ތިބިކަމަށެވެ.

އަލްޖަޒީރާ އަށް ދެއްވި އިންޓަވިއު އެއް ގައި އޭނާ ވިދާޅުވީ، އިސްރާއީލުގެ "ބޭއަދަބީ އަދި ނުރައްކާތެރި.. ޢަމަލުތައް" ހުއްޓުވުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚަތީބްޒާދާ އިތުރަށް ވިދާޅުވީ، ޖޫން 13 ގައި ފެށުނު އިސްރާއީލުގެ "އަނިޔާވެރި" އަދި "ހަމަލާ ދިނުމަށް އެއްވެސް ސަބަބެއް ނެތް" ހަމަ އެއް ނެތް" ހަމަލާ ތަކަށް "ޖަވާބު ދިނުމަށް" އެ ޤައުމުން ވަރަށް ބޮޑަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާނަން،" އޭނާ ވިދާޅުވިއެވެ. އަދި އީރާނުން އިރާޤާއެކު 1980-1988 ގައި ކުރި ހަނގުރާމައަކީ އެ ޤައުމު ދިފާޢު ކުރުމަށް ކުރާނެ ކަންތައްތަކުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން އެންމެ ފަހު ވަގުތާ ހަމަ އަށް ދިއުމަށް ތައްޔާރަށް މިތިބީ."

22 ޖޫން 2025 | 03:43

އެމެރިކާގެ ހަމަލާ އާ ގުޅިގެން ސަރަހައްދީ ހަނގުރާމަ އެއްގެ ބިރު ބޮޑު: ތަޖުރިބާކާރު

އެމެރިކާ އިން ކުއްލި ގޮތަކަށް އިސްރާއީލަށް ދިން ހަމަލާ އާ ގުޅިގެން ސަރަހައްދުގައި ތިބި އީރާނުގެ އެކުވެރިންނާއި ޕްރޮކްސީތަކުން ތެހެރާނުން ހަމަލާދިނުމުގެ އިޝާރާތަކަށް އިންތިޒާރު ނުކޮށްފާނެ' ކަމަށް ތަޖުރިބާކާރަކު ބުނެފިއެވެ.

އޮސްޓްރޭލިއާގެ ޑީކިން ޔުނިވަރސިޓީގެ މިޑްލް އީސްޓް ސްޓަޑީޒް ފޯރަމްގެ ޑައިރެކްޓަރ ޝަހްރާމް އަކްބަރްޒާދެހް ބުނެފައިވަނީ އެމެރިކާގެ ހަމަލާތަކާ ގުޅިގެން ސަރަޙައްދީ ހަނގުރާމައެއްގެ "ވަރަށް ބޮޑު ކަންބޮޑުވުމެއް" އޮތް ކަމަށެވެ.

އޭނާ އަލްޖަޒީރާ އަށް ބުނެފައިވަނީ، އީރާނުން މި ހަމަލާގެ ބަދަލު ހިފުމުގެ ޙައްޤު އޮތްކަން ސާފުކޮށް ބުނެފައިވީ ނަމަވެސް، ސަރަޙައްދުގައި ތިބި އެ ޤައުމުގެ އެކުވެރިން ރަސްމީ އަމުރަކަށް އިންތިޒާރު ނުކޮށްފާނެ ކަމަށެވެ.

އޭގެ މާނައަކީ އީރާނުގެ އިޝާރާތެއް ނެތް ނަަމަވެސް ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ހަމަލާތައް އައުމުގެ ފުރުސަތު ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

22 ޖޫން 2025 | 03:38

ހޫތީން ބުނަނީ އެމެރިކާ 'ޒިންމާ އުފުލަންޖެހޭނެ' ކަމަށް

އީރާނަށް އެމެރިކާ އިން ދިން ހަމަލާ އާ ގުޅިގެން ޔަމަނުގެ ހޫތީ ޖަމާއަތުގެ ސިޔާސީ ބިއުރޯގެ މެންބަރެއް ކަމަށްވާ ހިޒާމް އަލް-އަސަދު ވަނީ ސޯޝަލް މީޑިއާގައި ކުރު އިންޒާރެއް އެމެރިކާއަށް ދީފައެވެ.

"ވޮޝިންގްޓަނުން އޭގެ ޒިންމާ އުފުލަން ޖެހޭނެ" އޭނާ ބުނެފައިވެއެވެ.

21 ޖޫން 2025 | 15:43

އިސްރާއީލުގެ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް އީރާނުގެ މިސައިލް ހަމަލާ އަކުން ގޮއްވާލައިފި

އިސްރާއީލުގެ ވައިޒްމަން އިންސްޓިޓިއުޓް އޮފް ސައިންސް އީރާނުގެ މިސައިލް ހަމަލާ އަކުން ގޮއްވާލައިފިއެވެ.

މިި ހަމަލާގައި މުޅި އިމާރާތުގެ ރޯވެ އިމާރާތް ވަނީ މުޅިން ހަލާކުވެފައެވެ.

ސީދާ ހަމަލާ އެރި ވަގުތު ޤައުމުގެ 'ޓެކްނޮލޮޖީގެ ނާރެސް' ގެ ގޮޮތުގައި ސިފަ ކުރާ މި ތަނުގެ ތެރޭގައި ގިނަ ބަޔަކު ތިބި ކަމަށް ވެއެވެ.

[އީރާނުގެ] މިސައިލްތަކުން 'އިސްރާއީލުގެ ސައިންސްގެ އަގުހުރި މުދާ' ގެ އެތައް ދުވަހެއްގެ ދިރާސާތައް އެއްކޮށް ފުހެލައިފި — ވައިނެޓްނިއުސް

ވައިޒްމަންގެ ރައީސް ބުނެފައިވަނީ އަލުން ބަލުން ޖެހޭނީ މަސައްކަތް ފަށަން ކަމަށެވެ.

އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) ގެ 'ޓެކްނޮލޮޖީގެ ނާރެސް' އަށް ލިބުނު ގެއްލުން އަންދާޒާކުރެވެނީ '500 މިލިއަން ޑޮލަރު' ވަރު ވާނެ ކަމަށެވެ.

21 ޖޫން 2025 | 15:17

އިރާނުގެ ރައީސް ޕެޒެޝްކިއަން އިސްރާއީލުގެ ހަމަލާއަށްފަހު ސަރުކާރުގެ ބްރޯޑްކާސްޓިންގ މައި އިމާރާތައް ލިބުނު ގެއްލުން ބައްލަވާލައްވައިފި

އިރާނުގެ ރައީސް ޕެޒެޝްކިއަން އިސްރާއީލުގެ ހަމަލާއަށްފަހު ސަރުކާރުގެ ބްރޯޑްކާސްޓިންގ މައި އިމާރާތައް ލިބުނު ގެއްލުން ބައްލަވާލައްވައިފިއެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިންގގެ އިސްވެރިޔާ ރައީސް އަރިހުގައި ހުންނަވާ މަންޒަރު ފެނެއެވެ.

އިމާރާތުގެ ފާރުތައް ވެއްޓި ކުޑަދޮރުތަކާއި، ފުނޑުފުނޑުވެފައިވާ ބިއްލޫރިތައް ހުރިހާ ތަނެއްގައި ފެތުރިފައި ހުންނަ ތަން ފެނެއެވެ.

21 ޖޫން 2025 | 15:12

އީރާން މީހަކު އިސްރާއީލުގެ މޮސާޑަށް ޖާސޫސް ކުރިކަމަށް އިއުތިރާފުވާ މަންޒަރު ދައްކައިފި

އީރާނުގެ ވަޒީފާ ނެތް މީހަކު މޮސާޑަށް ޖާސޫސް ކުރިކަމަށް އިއުތިރާފުވާ މަންޒަރު ދައްކައިފި އެވެ.

"އަޅުގަނޑު ފުރާޅު މަތިން އެންޓި-އެއަރ ކްރާފްޓް ބަޑިތަކުގެ ފޮޓޯ ނަގަން"

"އަޅުގަނޑު އާއިލާއަށް އާމްދަނީ ހޯދަން ކުރި މަސައްކަތެއް އެއީ"

އީރާނުގެ އިސްވެރިން ޖުލައި 1 ގެ ނިޔަލަށް މޮސާޑަށް މަސައްކަތްކުރި ފަރާތްތަކަށް މާފު ލިބިގަތުމަށް އަމިއްލަ އަށް އިއުތިރާފުވުމަށް ފުރުސަތު ވަނީ ދީފައި.

21 ޖޫން 2025 | 13:26

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި މަދުވެގެން 40 ޑްރޯން ވަނީ ވައްޓާލެވިފައި

އިސްރާއީލުގެ އެއަރ ފޯސްއިން ހޮނިހިރު ވިލޭރެ ގާތްގަނޑަކަށް 40 ޑްރޯން ވައްޓާލި ކަމަށް އެ ޤައުމުގެ ސިފައިން ބުނެފައިވެއެވެ. އަދި އީރާނަށް ދެކޮޅަށް ހަމަލާ ފެށި ފަހުން، ގާތްގަނޑަކަށް ހުރިހާ ޑްރޯނެއް ވެސް ވައްޓާލެވިފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

"ރޭގަނޑު، އެއަރ ފޯސްއިން އީރާނުން އިސްރާއީލުގެ ސަރަޙައްދަށް ފޮނުވި ގާތްގަނޑަކަށް 40 ޕައިލެޓުން ނުލާ އުދުހޭ އުޅަނދު (ޑްރޯން) ވައްޓާލެވުނު،" އެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"މި އަދަދު އޮޕަރޭޝަން ފެށުނީއްސުރެ ވައްޓާލެވުނު 470 އަށް ވުރެ ގިނަ ޕައިލެޓުން ނުލާ އުދުހޭ އުޅަނދުތަކުގެ އަދަދާ އެއްކޮށްލުމުން، 99 އިންސައްތަ ކާމިޔާބު ރޭޓެއް ހާސިލުކުރެވިފައިވާކަން ދައްކުވައިދެއެވެ."

21 ޖޫން 2025 | 13:22

އީރާނުގެ ޚޫޒިސްތާނުގައި އިވުނު ގޮވުމުގެ އަޑުތައް: ރިޕިޕޯޓުތައް

ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިރާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައި އޮންނަ ޚޫޒިސްތާން ޕްރޮވިންސްގެ އަހްވާޒް ސިޓީއާއި އެ ސިޓީގެ ބަނދަރުގައި ގޮވުމުގެ އަޑުތަކެއް އިވިފައިވެއެވެ.

ފާރްސް ނިއުސް އެޖެންސީން ބުނެފައިވަނީ އެ ސަރަޙައްދުތަކުގައި ވައިގެ ދިފާޢީ ނިޒާމުތައް އެކްޓިވޭޓް ކުރެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ އިސްރާއީލުގެ ސިފައިން އިރާނުގެ ދެކުނު ހުޅަނގު ސަރަޙައްދުގައި ހުރި "އަސްކަރީ އިންފްރާސްޓްރަކްޗަރ" އަށް ހަމަލާދެމުންދާކަމަށް ބުނި ވަގުތާ ކައިރި ދަނޑިވަޅެއްގައެވެ.

21 ޖޫން 2025 | 11:01

"ބޫމް ބޫމް ތެލް އަވީވް" ލަވައަށް އެތައް މިލިއަން ވިއުސް

ބޫމް ބޫމް ތެލް އަވީވް" ލަވަ އަށް މިލިއަނަކަށް ވުރެ ގިނަ ވިއުސް 24 ގަޑިއިރު ތެރޭގައި ލިބިއްޖެއެވެ.

"ބޫމް ބޫމް ތެލް އަވީވް" މި ނަމުގައި 2025 ޖޫން 20 ގައި ޔޫޓިއުބް އަށް ފުރަތަމަ އަޕްލޯޑް ކުރި ލަވައިގެ ހަލުވި ރިދަމާއި، ކުލަގަދަ ވީޑިއޯއާއެކު، ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އަވަހަށް މަޤްބޫލުކަން އޮތީ ހޯދާފައެވެ.

އެހެން ނަމަވެސް އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާއެކު އީރާނުން ބަދަލު ހިފުމުގެ ހަމަލާތައް ތެލް އަވީވް އަށް އަމާޒުވެ ތެލް އަވީވްގެ މަންޒަރުތައް ކުރީގެ ލަވައިގެ މަންޒަރުތަކާ މުޅިން ތަފާތު ކޮށް ފެންނަން ފެށިއެވެ. މިސައިލުގެ އަލިފާނުގެ ކުލަވަރުތަކާއި، ބޯ ދުމާއި، ސައިރެންގެ އަޑުފައްގަނޑާއި ފުނޑުފުނޑުވަމުން ދިޔަ އިމާރާތްތަކުގެ މަންޒަރުތަކުން މުޅި ސިޓީގެ މަލަމަތި ބަދަލުވެގެން ދިޔައެވެ.

އެއާއެކު "ބޫމް ބޫމް ތެލް އަވީވް" ލަވައިގެ މުޅިން އައު ވާޝަން އެއް ސޯޝަލް މީޑިއާ ގައި ހަލުއި ކަމާއެކު ދައުރުވާން ފެށިއިރު އެ ލަވައިގައި ފެންނަނީ ތެލް އަވީވް އުފާވެރި ދިރިއުޅުމާ ކުލަތައް މުޅިން ބަދަލުވެ ބިރުވެރި ޝަހަރަކަށް ބަދަލު ވެފައިވާ މަންޒަރެވެ.

20 ޖޫން 2025 | 15:25

އީރާނުގެ ޑްރޯން އަކަށް އިސްރާއީލުން ހަމަލާދީ ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ އެއް

އަލްޖަޒީރާ އިން ވެރިފައި ކޮށްފައިވާ، އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފުޓޭޖަކުން ދައްކައިދެނީ އިސްރާއީލުގެ އެފް-16 އަކުން އީރާނުގެ ޝާހިދް-136 ޑްރޯނެއް ދެކުނު ސީރިއާގެ މަތިން ހަމަލާދީ ވައްޓާލާ މަންޒަރެވެ.

ފުރަތަމަ ފޭސްބުކުގައި ޕޯސްޓްކުރެވުނު މި ކްލިޕްގެ ބައެއް އެކްސް ގައި ހިއްސާކުރެވިފައިވެއެވެ. މި ކްލިޕުން ދައްކައިދެނީ ފައިޓަރ ޖެޓުން އެ ޑްރޯން ހަލާކުކޮށްލުމާ އެކު ބޮޑު އަލިފާންގަނޑެއް އުފެދޭ މަންޒަރެވެ.

މި ހާދިސާ ހިނގާފައިވަނީ ސީރިއާގެ ދެކުނު ހުޅަނގު ސަރަޙައްދުގެ ބޯޑަރާ ކައިރި، ދަރާ ސަރަޙައްދުގެ އުޑުމަތީގައެވެ.

20 ޖޫން 2025 | 15:19

އިސްރާއީލުގެ ހައިފާ އަށް އީރާނުން ދިން ހަމަލާގެ ނުރައްކާ ފެންނަ ވީޑިއޯ އެއް

އުތުރު އިސްރާއީލުގެ ހައިފާ ސިޓީ އަށް އިރާނުން ފޮނުވާލި މިސައިލް ހަމަލާ އެއް އެރުމުގެ ނަތީޖާ ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެއެވެ:

20 ޖޫން 2025 | 15:13

އިރާނުގެ ފޮރިން މިނިސްޓަރާއެކު ޔޫރަޕުގެ މަޝްވަރާތައް ޖެނީވާގައި ފެށިއްޖެކަމަށް އޭއެފްޕީން ރިޕޯޓުކޮށްފި

އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޫރަޕުގެ ފޮރިން މިނިސްޓަރުންނާއި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީއާ ދެމެދު ޑިޕްލޮމެޓިކް މަޝްވަރާތައް ފެށިއްޖެއެވެ.

މީގެ ކުރިން، ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވަނީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގައި ތަޤުރީރެއް ދެއްވުމަށްފަހު އަރަޤްޗީ ޖެނީވާގައި ބައްދަލުވުން ބޭއްވޭ ތަނަށް ވަޑައިގެންފައިވާ ކަމަށެވެ.

ޔޫކޭ، ޖަރުމަނު، ފްރާންސް އަދި ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމެޓުން ސުވިޓްޒަލޭންޑުގައި އަރަޤްޗީއާ ބައްދަލު ކުރައްވަނީ އިރާނު-އިސްރާއީލު ހަނގުރާމަ ހައްލުކުރުމަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގެ އުއްމީދުގައެވެ.

20 ޖޫން 2025 | 15:11

އދ. ގެ ސަލާމަތީ މަޖިހިހުން އިރާން-އިސްރާއީލު ހަނގުރާމައާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ޖެނީވާގައި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްދާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ މެންބަރުން ނިއު ޔޯކުގައި އިސްރާއީލް-އީރާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރަމުން ދެއެވެ.

20 ޖޫން 2025 | 15:09

ޔޫކޭއިން އިރާނުގައި ހުރި އެމްބަސީގެ މުވައްޒަފުން އަނބުރާ ގެންދާ ކަމަށް ފޮރިން އޮފީހުން ބުނެފި

ޔޫކޭއިން ބުނެފައިވަނީ މިހާރުގެ ސަލާމަތީ ހާލަތަށް ބަލައި، ތެހެރާނުގައި ހުރި އެ ގައުމުގެ އެމްބަސީގެ މުވައްޒަފުން އަނބުރާ ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން ވަނީ ރައްކައުތެރި ކަމުގެ ފިޔަވަޅެއްޅެއްގެ ގޮތުން އިރާނުގައި ތިބި އަޅުގަނޑުމެންގެ މުވައްޒަފުން ވަގުތީގޮތުން އަނބުރާ ގެނެސްފައެވެ،" ޔޫކޭގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ބަޔާނެއްގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ އެމްބަސީ ދުރުން މަސައްކަތްކުރުން ކުރިއަށް ގެންދަމުންނެވެ."

މި ހަފުތާގެ ކުރީކޮޅު، ޔޫޅު، ޔޫކޭއިން ބުނެފައިވަނީ ސަލާމަތީ ކަންބޮޑުވުންތަކަށް ބަލައި، އިސްރާއީލުގައ ހުރި އެމްބަސީ އަދި ކޮންސިއުލޭޓުގެ މުވައްޒަފުންގެ ޢާއިލާތައް ވަގުތީގޮތުން އަނބުރާ ގެންދާ ކަމަށެވެ.

20 ޖޫން 2025 | 13:40

ޓްރަމްޕް އުޅުއްވީ 'އިސްރާއީލު ލައްވައި ހަޑި މަސައްކަތް ކުރުވައި، އީރާނުގެ ވެރިކަން ކިހާ މިންވަރަކަށް ބަލިކަށިކުރެވޭތޯ ބަލަން'

ޤަތަރު ޔުނިވަރސިޓީގެ ގަލްފު ޕޮލިސީ އާ ބެހޭ އެސޯސިއޭޓް ޕްރޮފެސަރ ލުސިއާނޯ ޒަކާރާ ވިދާޅުވާ ގޮތުގައި މިއަދު ޖެނީވާ ގައި އަރާޤްޗީއާ ބައްދަލުކުރާ ޔޫރަޕުގެ އޮފިޝަލުންނަށް އޮތީ މަދު އޮޕްޝަން ތަކެކެވެ.

އަލްޖަޒީރާ އަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އޮކްޓޯބަރުގައި މުއްދަތު ހަމަވާ 2015 ގެ ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން ލުއިކޮށްދީފައިވާ އދ. ގެ ދަތިކުރުންތައް އަލުން ތަންފީޒު ކުރަން ޖެހޭނެތީ، އީރާނަށް އެއްވެސް ބާވަތެއްގެ ޕްރެޝަރެއް ކުރުމަށް ޔޫރަޕުގެ ގައުމުތަކަށް އޮތީ ކުރު މުއްދަތެކެވެ.

"އެމީހުން އަމިއްލަ އަށް އޮގަސްޓު މެދުތެރޭގެ ސުންގަޑިއެއް ކަނޑައަޅާފައިވަނީ މި މެކޭނިޒަމް ތަންފީޒު ކުރާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް،" ޒަކާރާ ވިދާޅުވިއެވެ. "މިއީ [އެމީހުންނަށް] ވަރަށް ކުރު މުއްދަތެއް، ނުފޫޒެއް ފޯރުވުމަށް... ކަމެއް ކުރުމަށް،" އޭނާ އިތުރު ކުރެއްވިއެވެ.

ޒަކާރާ ވިދާޅުވި ގޮތުގައި "މިހާރު އެމީހުންނަށް ކުރެވޭނެ ކަމަކީ" އީރާން "ކުޑަކޮށް ޓެންޝަން ދަށްކޮށް އަދި އެމެރިކާއާއެކު އަލުން އިށީނދެ ވާހަކަ ދައްކަން އެއްބަސް ކުރުވުން، ނަމަވެސް އެއީ އަރާޤްޗީ ވިދާޅުވާ ގޮތުން ހަމަލާތައް ދެމުން ދަނިކޮށް އީރާނުން ކުރާނެ ކަމެއް ނޫނެވެ.

"އެހެންވީމާ ޓްރަމްޕް ވެސް އިސްރާއީލަށް އީރާނާ ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާލުމަށް ޕްރެޝަރު ނުކުރާހާ ހިނދަކު، މި މަޝްވަރާ ދުވަހަކު ވެސް ނުހިނގާނެ،" އޭނާ ވިދާޅުވިއެވެ. އަދި ދެން އަޅާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމުމަށް އަމިއްލަފުޅަށް ދެ ހަފްތާގެ މުއްދަތެއް ކަނޑައެޅުމުން، އެމެރިކާގެ ރައީސް "އިސްރާއީލަށް އެ ވިދާޅުވަނީ، 'އޯކޭ، ކުރެވެން އޮތްހާ ކަމެއް ކުރާށޭ، ދެން އަހަރެން ގޮތެއް ނިންމާނަމޭ'" އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ: "އަޅުގަނޑު ހިތުން އޭނާ ވަގުތު ހޯއްދަވަން މަސައްކަތް ކުރައްވަނީ، ކަންތައްތައް ހިނގާގޮތް ބައްލަވަން؛ އޭނާ ނިންމަވާފައި ވަނީ އިސްރާއީލު ލައްވައި ހަޑި މަސައްކަތް ކުރުވަން، އީރާނުގެ ވެރިކަން ބަލިކަށި ކުރުމުގައި އިސްރާއީލަށް ކިހާ ހިސާބަކަށް ދެވޭތޯ ބަލަން."

20 ޖޫން 2025 | 12:55

އީރާނުން އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށައިފި

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވަނީ އެ ޤައުމުގެ ދިފާޢީ ނިޒާމުތަކުން މިސައިލްތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަށް ރައްކާތެރި ސަރަޙައްދުތަކަށް ވަނުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ މުޅި ޤައުމުގައި އެއަރ ރެއިޑް ސައިރަންތައް އިވެމުންދާ ކަމަށެވެ.

20 ޖޫން 2025 | 12:54

މަދަނީ ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ސަޢޫދީ ރެގިއުލޭޓަރު ބުނެފި

ސަޢޫދީ އަރަބިއްޔާގެ ނިއުކްލިއަރ އަދި ރޭޑިއޮލޮޖިކަލް ރެގިއުލޭޓަރީ ކޮމިޝަނުން ބުނެފައިވަނީ މަދަނީ ނިއުކްލިއަރ ތަންތަނަށް އަސްކަރީ ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

މިއީ، އިސްރާއީލުން އީރާނުގެ އެކި ނިއުކްލިއަރ ތަންތަނަށް ހަމަލާދިނުމަށްފަހު، ބުރާސްފަތި ދުވަހު ޚޮންދާބް ހެވީ ވޯޓަރ ރިސާރޗް ރިއެކްޓަރަށް ދިން ހަމަލާތަކާ ގުޅިގެން ދީފައިވާ ބަޔާނެކެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީން ބުނެފައިވަނީ މި ހަމަލާތަކުން އެ ތަނުގެ މުހިންމު އިމާރާތްތަކަށް ގެއްލުން ލިބުނު ނަމަވެނު ނަމަވެސް، އެ ތަނަކީ އަދިވެސް އިމާރާތްކުރަމުންދާ ތަނަކަށްވެފައި، އެއްވެސް ނިއުކްލިއަރ މެޓީރިއަލްއެއް ނެތުމާއެކު، ރޭޑިއޮލޮޖިކަލް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

1 / 3