އީރާން-އިޒްރޭލް ހަނގުރާމަ
އީރާނުން އިޒްރޭލަށް ހަމަލާދީފި.

މެދުއިރުމަތީގެ ހަމަނުޖެހުން
އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާގައި މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެއް
އެއީ ވެސްޓް ބޭންކުގައި ހުރި ފަލަސްތީނު ފިރިހެނެއް ކަމަށާއި އޭނާގެ ގަޔަށް އަމާޒުވެފައިވަނީ އިންޓަރސެޕްޓް ކުރެވުނު މިސައިލެއްގެ ބައެއްް ކަމަށް ވަނީ ކަށަވަރު ކުރެވިފައި.
އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2" އަށް އީރާނުން 40-60 މިލިއަން ޑޮލަރު ޚަރަދުކުރި
އީރާނުން އިޒްރޭލަށް ހަމަލާދިނުނަށް ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2" އަށް 40-60 މިލިއަން ޑޮލަރު ޚަރަދުވި ކަމަށް އީރާނުގެ މީޑިއާއިން ބުނޭ.

އީރާނުން އިޒްރޭލަށް ހަމަލާ ދިނުމާ ގުޅިގެން ތުރުކީގެ ރައީސް އީރާނަށް ތައުރީފްކުރައްވައިފި
އީރާނުން އިޒްރޭލަށް ހަމަލާދިނުމަކީ ބޮޑު ގޯހެއް: ނަތަންޔާހޫ
އީރާނުން އިޒްރޭލަށް މިރޭ ދިން މިސައިލް ހަމަލާއަކީ އީރާނުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، އީރާނުގެ ހަމަލާ ވަނީ ނާކާމިޔާބުވެފައި ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ.
ރަޝިއާ އިން އަބަދުވެސް އީރާނުގެ ދިފާއުގައި އެހީތެރިވާނެ: ޕުޓިން
ރަޝިއާ އިން އަބަދުވެސް އީރާނުގެ ދިފާއުގައި އެހީތެރިވާނެ ކަމަށާއި އީރާނަކީ މެދުއިރުމަތީގައި ގަދަ ކުރަމުން އަންނަ ބާރުވެރި ޤައުމެއް ކަމަށް ރަޝިއާގެ ރައީސް ވުލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެ.
މިއީ އަހަރެމެންނަށް ކުރެވޭނެ ކަންތައްތަކުގެ ތެރެއިން އަދި ކުޑަ މިންވަރެއް. ނަތަންޔާހޫ އިރާނާ ދެކޮޅަށް ހަނގުރާމައެއް ކުރުމާ މެދު ވިސްނައިގެން ނުވާނެ: އީރާނުގެ ރައީސް
.

އީރާނަށް ހަމަލާދިނުމަށް ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފި
އީރާނުން އިޒްރޭލަށް ހަމަލާ ދިނުމާ ގުޅިގެން، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެޤައުމަށް ހަމަލާ ދިނުމަށް ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ޖޯޑަން އިން އެމެރިކާއަށް ދީފި.
މާތްﷲގެ ވާގިފުޅާއެކު، ރެސިސްޓަންސް ފްރަންޓުން އިޒްރޭލަށް ދޭ ހަމަލާތައް އިތުރަށް ގަދަވެ، ވޭންދެނިވި ވެގެންދާނެ: އިސްލާމިކް ރިވޮލިއުޝަންގެ ލީޑަރު
މާތްﷲގެ އެހީފުޅާއެކު، ރެސިސްޓަންސް ފްރަންޓުން ޒައިއޮނިސްޓް ވެރިކަމުގެ ވަރުބަލިވެފައިވާ އަދި ފަނާވަމުންދާ ހަށިތަކަށް ދޭ ހަމަލާތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ގަދަވެ، ވޭންދެނިވި ވެގެންދާނެ ކަމަށް އިސްލާމިކް ރިވޮލިއުޝަންގެ ލީޑަރު ޚާމަނާއީ ވިދާޅުވެއްޖެ.
ހަމަލާދިން ސަރަހައްދުތައް އެންމެ ޒަމާނީ ވައިގެ ދިފާޢީ ބާރުތަކުން ރައްކާތެރިކުރެވިފައިވީ ނަމަވެސް، %90 މިސައިލްތައް އަމާޒުތަކަށް ކާމިޔާބުކަމާއެކު ޖެހުނު: އަލްގަސަމް ބްރިގޭޑްސްގެ ތަރުޖަމާނު
"މި އޮޕަރޭޝަން ކުރިއަށް ގެންދެވިފައިވަނީ ޤާނޫނީ ދިފާޢުގެ ޙައްޤުގެ ތެރެއިންނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައްޗަށް ބިނާކޮށް. އަދި ދުޝްމަނުންގެ އެއްވެސް ޢަމަލަކަށް ހަރުކަށި ޖަވާބުދެވޭނެ،"
އިޒްރޭލާ ދެކޮޅަށް މިއަދު ހިންގި އަސްކަރީ އޮޕަރޭޝަންގެ ނަމަކީ 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2' ކަމަށް އައި.އާރް.ޖީ.ސީ އިން އިޢުލާންކޮށްފި
އީރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން ފަލަސްތީނު ރައްޔިތުން އުފާ ފާޅުކުރަނީ:
އީރާނުން އިޒްރޭލަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ޖެހުނު ފުރަތަމަ ކްލޯޒް އަޕް ފުޓޭޖް:
އީރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން އިރާޤުގެ އެތައް ސަތޭކަ ރައްޔިތުން މަގުމައްޗަށް ނިކުމެ އުފާ ފާޅުކުރަނީ
މެދުއިރުމައްޗަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭނަން: އިޒްރޭލު
މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި މިރޭ އިޒްރޭލުގެ އެއަރ ފޯސް އިން ޙަރަކާތްތެރިވާނެ ކަމަށް ކަމަށް ސްކައި ނިއުސް އަރަބިއްޔާ އިން ރިޕޯޓުކުރޭ.
އީރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން އީރާނުގެ ރައްޔިތުން އުފާ ފާޅުކުރަނީ
އީރާނުގެ ހަމަލާތަކުގެ ބަދަލުގައި އިޒްރޭލުން ހަމަލާދީފިނަމަ އިޒްރޭލު "ފުނޑުފުނޑުކޮށްލާފަދަ" ހަމަލާތަކެއް ދޭނެ ކަމަށް އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް އިން އިންޒާރުދީފި
އިޒްރޭލުން ހިފާފައިވާ ޣައްޒާގެ ނެޓްޒަރިމް އެކްސިސް އަށްވެސް ވަނީ ހަމަލާދީފައި
މަދުވެގެން 90 އިންސައްތަ މިސައިލް އީރާނުގެ ޓާގެޓްތަކަށް އަމާޒުވެފައިވޭ
އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސް އިން ބުނާގޮތުގައި އީރާނުން އިޒްރޭލަށް ދިން ހަމަލާގެ 90 އިންސައްތަ ވަނީ އަމާޒުތަކަށް ކާމިޔާބު ކަމާއެކީގައި ވާސިލުވެފަ.
އިޒްރޭލުގެ އެތައް އެއަރބޭސްތަކަކަށާއި، ރާޑާރ ސައިޓްތަކަކަށާއި އަދި ރޭވުންތައް ރާވާ ސެންޓަރުތަކަކަށް ހަމަލާދީފައިވާ ކަމަށް ވެސް އައިއާރްޖީސީ އިން ބުނޭ.
އިޒްރޭލަށް ހަމަލާދިނުމަށް އީރާނުން ފައްތާޙް-1 ހައިޕަރސޮނިކް މިސައިލް ބޭނުންކޮށްފައިވޭ
މި މިސައިލްތަކަކީ ވައިގެ ދިފާޢީ ބާރުތަކުން ސަލާމަތްވުމަށްޓަކައި ދަތުރުކުރާ މަގު ބަދަލުކުރެވޭ ގޮތަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ، އަދި ވަރަށް ހަލުވި ސްޕީޑެއްގައި ދަތުރުކުރާ މިސައިލްތަކެއް.
މި މިސައިލްތަކުގެ އިޒްރޭލަށް ވާސިލުވުމަށް ހޭދަވާނީ އެންމެ 3 މިނެޓަށްވުރެ ކުރު މުއްދަތެއް.

ހިޒްބުﷲގެ ލީޑަރު ނަސްރުﷲ އަވަހާރަކޮށްލުމަށް ބޭނުންކުރެވުނު ޖެޓުތައް ފުރި ވައިގެ ބަނދަރުވެސް ވަނީ ސުންނާފަތިކޮށްލާފައި
ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމަށް އިޒްރޭލުން ބޭނުންކުރި ޖެޓުތައް ފުރި ވައިގެ ބަނދަރުވެސް ވަނީ އީރާނުގެ މިސައިލް ހަމަލާތަކުން ސުންނާފަތިކޮށްލާފައިކަމަށް ރިޕޯޓުތައް ބުނޭ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން މިސައިލްތައް ހުުއްޓުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި
އިޒްރޭލުގެ ވައިގެ ދިފާއީ ބާރުތަކުން އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާ ދިފާއުކުރުމަށް ކުރި މަސައްކަތް ވަނީ ނާކާބިޔާބު ވެފައި ކަމަށް އީރާނުގެ ނިއުސް އެޖެންސީތަކުން ރިޕޯޓުކުރޭ.
އީރާނުން އިޒްރޭލަށް ހަމަލާ ދީފި
އީރާނުން އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފި ކަމަށް އިޒްރޭލް މީޑިއާ އިން ރިޕޯޓްކޮށްފި
އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރުތައް ދޮގުކޮށްފި
ހަނގުރާމައިގައި ބޭނުންކުރުމަށް އިރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ޚަބަރުތައް އިރާނުން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ދޮގުކޮށްފި.
އިޒްރޭލުން އީރާނުގެ ޓޭންކަރުތަކަށް އަމާޒުކޮށް ކަނޑުމަތީ ހަނގުރާމައެއް ފަށައިފި
ރަތްކަނޑާއި މެޑިޓެރޭނިއަން ކަނޑުން ދަތުރުކުރި އީރާނުގެ 14 ބޯޓަކަށް އިޒްރޭލުން ސިއްރުން ހަމަލާތަކެއް ދީފައިވޭ.
މި ހަމަލާތަކުގެ ފަހަތުގައި އިޒްރޭލް އޮތްކަން އީރާނަށް ހާމަވުމާއެކު، އީރާނުން ވަނީ އިޒްރޭލްގެ 12 ބޯޓަކަށް ހަމަލާ ދީފަ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި އީރާނުން އިޒްރޭލުގެ 5 ވަނަ ޓޭންކަރަށް ހަމަލާދިނުމުން މި ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލުން އެދިފައިވޭ.

އީރާނުން އަސްކަރީ އައު ޓޭންކެއް ދައްކާލައިފި
ސޮލެއިމާނީ 1402 ޓޭންކުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނިފައިވެއެވެ. މީގެ ތެރޭގައި އެޑްވާންސްޑް ޑިޖިޓަލް ޑޭޝްބޯޑުތަކާއި، ލޭޒަރ ޖެމިންގ ސިސްޓަމްތަކާއި، އަދި ހަމަލާތަކުގެ އިންޒާރުދޭ ސިސްޓަމްތައް ހިމެނެއެވެ. މި ޚާއްޞަ ސިފަތަކަކީ މި ޓޭންކުގެ އޮޕަރޭޝަނަލް ޤާބިލުކަން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުކޮށްދޭ ސިފަތަކެއް.
އީރާނުން މި ޓޭންކުތައް އެހެން ޤައުމުތަކަށް އެކްސްޕޯޓާނެކަމަށް ލަފާކުރެވޭ.
މި ޓޭންކުތަކުގެ އެކްސްޕޯޓް އަގަކީ ޔުނިޓަކަށް 2.5 މިލިއަން އެމެރިކާ ޑޮލަރުކަމަށް ލަފާކުރެވޭ.

މެދުކެނޑުމަކަށްފަހު ނަތަންޔާހޫ އާ ދެކޮޅަށް މީހާތަނަށް ކުރެވޭ އެންމެ ބޮޑު މުޒާހަރާ ފަށައިފި
ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުން ލަސްކުރަމުން ދާތީ، އިޒްރޭލުގެ 100،000ށް ވުރެ ގިނަ ރައްޔިތުން ދަނީ މުޒާހަރާ ކުރަމުން.
މިދިޔަ ހަފްތާގައި އެތައް ހަމަލާތަކެއް އަމާޒުވެފައިވާ ތެޔޮޓޭންކަރެއްގައި ބޮން ހަރުކުރާ ވީޑިއޯއެއް ޔަމަނުގެ ހޫތީން އާއްމުކޮށްފި
ސައޫނިއަން ނަމަކަށް ކިޔާ މި ތެޔޮޓޭންކަރުގައި ބޮން ހަރުކުރާތަން ދައްކާލުމަށްފަހު ވީޑިއޯއިން ދެން ފެންނަނީ ތެޔޮޓޭންކަރު ގޮވާ މައްޒަރު.
"އެއަށްފަހު، ﷲ އަކްބަރު، މަރު އެމެރިކާއަށް، މަރު އިސްރާއީލަށް، ލަޢުނަތް ޔަހޫދީންނަށް، ނަޞްރު އިސްލާމްދީނަށް" ގޮވާ އަޑު އިވޭ.
އީރާނުގެ ވިސްނުން ހުންނަ ގޮތް ދެނެގަތުމަކީ ވަރަށް ދަތިކަމެއް: އެމެރިކާ
އީރާނުގެ ވިސްނުން ހުންނަ ގޮތް ދެނެގަތުމަކީ ވަރަށް ދަތިކަމެއް ކަމަށް ވައިޓްހައުސް ނެޝަނަލް ސެކިއުރިޓީގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެއްޖެ.
ފޮކްސް ނިއުސްއަށް ދިން އިންޓަރވިއު އެއްގައި އޭނާ ވިދާޅުވީ އީރާނުން އިޒްރޭލާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދިނުމުގެ އިހްތިމާލު އޮތްކަމަށް ބަލައި، އެފަދަ ހާލަތަކަށް ތައްޔާރުވެ ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް.
ސެޕްޓެމްބަރު 1ން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އީރާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުވުމަށް ހުރިހާ އެއަރލައިންތަކަކަށް އީރާނުން އިންޒާރުދީފި
ސެޕްޓެމްބަރު 1ން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އީރާނުގެ ބައެއް ވައިގެ ސަރަހައްދުތަކުން ދަތުރުކުރާއިރު ސަމާލުވުމަށް ހުރިހާ އެއަރލައިންތަކަށް އީރާނުން އިންޒާރުދީފި

ހިޒްބުالله އިން އިޒްރޭލަށް މިއަދު ދިން ހަމަލާގެ މައުލޫމާތު މާކުރިން ލިބިފައިވާކަމަށް އެމެރިކާއިން ބުނެފި
ހިޒްބުالله އިން އާދިއްތަ ދުވަހު އިޒްރޭލަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު މާކުރިން ލިބިފައިވާކަމަށް ވައިޓްހައުސް އިން ބުނެފި
އިޒްރޭލުގެ ހަމަލާތަކުން އާއްމު އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިއްޖެނަމަ ހަރުކަށި ބަދަލެއް ދޭނެ ކަމަށް ހިޒްބުالله އިން ބުނެފި
އާދިއްތަ ދުވަހު އިޒްރޭލުން ދޭންފެށި ހަމަލާތަކުން އާއްމު އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިއްޖެނަމަ ހަރުކަށި ބަދަލެއް ދޭނެ ކަމަށް ހިޒްބުالله އިން ބުނެފި
ތެލް އަވީވްގައި ހުރި އިޒްރޭލުގެ މައި 2 ތަނަކަށް ހަމަލާ ދީފި ކަމަށް ހިޒްބުالله އިން ބުނެފި
ހަމަލާތަކުގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ހިޒްބުالله އިން ބުނޭ
ހަމަލާދިން ތަންތަނުގެ ތެރޭގައި މޮއްސަދު ހެޑްކުއާޓަރާއި، ޓެލް އަވީވްގެ އުތުރުގައި ހުންނަ ޔުނިޓް 8200 ގެ ގްލިލޮޓް ބޭސް ހިމެނޭ ކަމަށް އިޒްރޭލުގެ މީޑިއާ އިން ބުނޭ
ހިޒްބުالله އިން އިޒްރޭލަށް 320ށް ވުރެ ގިނަ ރޮކެޓު ފޮނުވާލައިފި
ބަދަލުހިފުމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުން އިޒްރޭލުގެ އުތުރުން 11 އަސްކަރީ ސަރަހައްދަކަށް 320ށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފި ކަމަށް ހިޒްބުالله އިން ބުނެފި
ހިޒްބުاللهގެ މި ހަމަލާއަށްފަހު އިޒްރޭލުގެ ހުރިހާ ޔުނިވަރސިޓީ ތަކާއި ފްލައިޓުތައް ކެންސަލް ވެފައިވާކަމަށް ރިޕޯޓުތައް ބުނޭ
ނަމަވެސް، އިޒްރޭލުގެ ނޫހެއް ކަމަށްވާ ޗެނަލް 12 އިން ރިޕޯޓުކުރާ ގޮތުގައި، ހިޒްބުالله އިން މިއަދު އިޒްރޭލަށް 6،000 ރޮކެޓާއި ޑްރޯން ހަމަލާ ދޭން ބޭނުންވި

އޮގަސްޓު 22 ގެ ކުރިން މިސައިލް ފޮނުވާނެ ކަމަށް އަންގާ، އީރާނުން އެ ޤައުމުގެ އިރުމަތީ ސަރަހައްދައް އިންޒާރެއް ނެރެފި.
އޮގަސްޓު 22 ގެ ކުރިން މިސައިލް ފޮނުވާނެ ކަމަށް އަންގާ، އީރާނުން އެ ޤައުމުގެ އިރުމަތީ ސަރަހައްދައް އިންޒާރެއް ނެރެފި ކަމަށް ރިޕޯޓުތައް ބުނޭ
ލުބުނާނުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ހިޒްބުاللهގެ ބާރުގެދަށުގައިވާ ބާލްބެކް ސަރަހައްދުން ބާރުގަދަ ގޮވުމުގެ އަޑެއް އިވިއްޖެ
ލުބުނާނުގެ އިރުމަތީ ސަރަޙައްދުގައި އޮންނަ ހިޒްބުاللهގެ ބާރުގެދަށުގައި އޮންނަ ބާލްބެކް ސަރަހައްދުން ބާރުގަދަ ގޮވުމުގެ އަޑެއް އިވިއްޖެ ކަމަށް ރިޕޯޓްތައް ބުނޭ
ގޮވުމުގެ އަޑަކީ އިޒްރޭލުން ލުބުނާނުގެ ބާލްބެކް ސަރަޙައްދަށް ދިން ވައިގެ ހަމަލާއެއް ކަމަށް ބުނޭ
ހިޒްބުالله އިން ހުޅަނގު ގަލީލީ ސަރަހައްދަށް 80 ރޮކެޓު ފޮނުވާލައިފި
މި ހަމަލާގައި އެތައް ތަނަކަށް ގެއްލުން ވެފައިވާކަމަށް ރިޕޯޓުތައް ބުނޭ
ހިޒްބުالله އިން އިޒްރޭލަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
ހިޒްބުالله އިން އިޒްރޭލަށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި

ތެލް އަވީވް އިން ބާރުގަދަ ގޮވުމެއްގެ އަޑު އިވިއްޖެ
އިޒްރޭލްގެ ވެރިރަށް ތެލް އަވީވް އިން ބާރުގަދަ ގޮވުމެއްގެ އަޑު އިވިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި
އެމެރިކާގެ ޚާރިޖީ ވަޒީރު އިޒްރޭލަށް ވަޑައިގެންފި
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އިޒްރޭލުގެ ވެރިރަށް ތެލް އަވީވަށް ވަޑައިގެންފި
ހިޒްބުﷲގެ ޖާސޫސީ ޑްރޯން އަކުން ސަލާމަތީ ފިޔަވަޅުތައް ފޫއަޅުވާލައި، ނަތަންޔާހޫގެ ގެކޮޅުގެ މަންޒަރުތައް ކާމިޔާބު ކަމާއެކީ ރެކޯޑްކޮށްފި
ހިޒްބުﷲގެ ޖާސޫސީ ޑްރޯން އަކުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެކޮޅުގެ މަންޒަރުތައް ކާމިޔާބުކަމާއެކީ ރެކޯޑްކޮށްފި ކަމަށް އިޒްރޭލުގެ ނޫހެއް ކަމުގައިވާ އިސްރާއިލް ހަޔޯމް އިން ބުނެފި
ޑޮރޯން އޮޕަރޭޓް ކުރި ވަގުތު ނަތަންޔާހޫ ގެކޮޅުގައި ނެތްކަމަށް ރިޕޯޓުތައް ބުނޭ
