Raajje.mv

އީރާން-އިޒްރޭލް ހަނގުރާމަ

އީރާނުން އިޒްރޭލަށް ހަމަލާދީފި.

01 އޮކްޓޯބަރު 2024
162122
މެދުއިރުމަތީގެ ހަމަނުޖެހުން

މެދުއިރުމަތީގެ ހަމަނުޖެހުން

17 އޯގަސްޓު 2024 | 11:38

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެތީ އީރާނުން އިޒްރޭލަށް ހަމަލާ ނުދިނުމަށް އެމެރިކާއިން އެދެފި

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެތީ އީރާނުން އިޒްރޭލަށް ހަމަލާ ނުދިނުމަށް އެމެރިކާއިން އެދިއްޖެ ކަމަށް ސީއެންއެން އިން ބުނޭ

16 އޯގަސްޓު 2024 | 19:02

އީރާނުގެ އަންޑަރ ގްރައުންޑް މިސައިލް ފެސިލިޓީއެއް ފެންނަ ވީޑިއޯއެއް އާއްމުކޮށްފި

އީރާނުގެ އަންޑަރ ގްރައުންޑް މިސައިލް ފެސިލިޓީއެއް ފެންނަ ވީޑިއޯ އެއް އާއްމުކޮށްފި

16 އޯގަސްޓު 2024 | 11:03

ހިޒްބުالله އިން ލުބުނާންގައި ޤާއިމްކޮށްފައި ހުރި ބިމުއަޑީގެ މިސައިލް ފެސިލީޓީއެއްގެ ޕްރޮމޯއެއް ފުރަތަމަ ފަހަރަށް ދައްކާލައިފި

ހިޒްބުالله ގެ އިންޒާރުތަކަށްވުރެ ބޮޑަށް މި ވީޑިއޯ އިން ބިރުވެރިކަން އުފައްދައިދޭ ކަމަށް އިޒްރޭލުން ބުނޭ

15 އޯގަސްޓު 2024 | 19:11

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމި ނިންމުން ތަންފީޒުކުރާނެ ކަމަށް ހިޒްބުاللهގެ ޑެޕިއުޓީ ޗީފް ބުނެފި

އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމުމެއް ނިންމާފައިވާ ކަމަށާއި އަދި މި ނިންމުން ތަންފީޒު ކުރާނެ ކަމަށް ހިޒްބުاللهގެ ޑެޕިއުޓީ ޗީފް ނައީމް ޤާސިމް ބުނެފި

14 އޯގަސްޓު 2024 | 14:18

އީރާނުން އެޤައުމުގެ ހުޅަނގު ފަރާތުގެ ވައިގެ ސަރަޙައްދު މިރޭ ބޭނުން ނުކުރުމަށް އެއަރލައިން ތަކަށް އިންޒާރު ދީފި

މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަޙައްދުގައި އަސްކަރީ ހަތިޔާރުތައް ބޭނުންކުރެވެމުން ދާނެތީ ކަމަށް އީރާނުން އަންގާފައިވޭ

14 އޯގަސްޓު 2024 | 13:52

އީރާނުގެ ބޭންކުތަކަށް ސައިބަރ އެޓޭކެއް ދީފި

އީރާންއިންޓްލް އިން ހާމަކުރި ގޮތުގައި، އީރާނުގެ ސެންޓްރަލް ބޭންކުގެ އިތުރުން ގިނަ ބޭންކުތަކަކަށް ނުރައްކާތެރި ސައިބަރ އެޓޭކެއް ދީފައިވޭ

ދިރާސާތަކުން ދައްކާ ގޮތުގައި، މިއީ މިހާތަނަށް އީރާނަށް އަމާޒުކުރެވުނު އެންމެ ނުރައްކާތެރި ސައިބަރ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށް ބެލެވޭ

14 އޯގަސްޓު 2024 | 08:24

ރަޝިޔާގެ އެންމެ ބޮޑު އަސްކަރީ މުދާ އުފުލާ މަތިންދާބޯޓު، އޭއެން-124، ތެހެރާނަށް ޖައްސައިފި

މީގެ މަދު މަސްތަކެއް ކުރިން، މި މަތިންދާބޯޓުން އީރާނަށް ޔާކް-130 ފައިޓަރ ޖެޓް ޑެލިވަރ ކޮށްދީފައިވޭ

13 އޯގަސްޓު 2024 | 20:06

ހަނގުރާމަ ހުއްޓާލުމާއި ހައްޔަރުގައި ތިބި މީހުން ދޫކޮށްލަން އެއްބަސްވެއްޖެނަމަ އީރާނުން އިޒްރޭލަށް ދޭން ބުނާ ހަމަލާ ހުއްޓާލާނެކަމަށް އުއްމީދުކުރެވޭ: ޖޯ ބައިޑްން

އިޒްރާއިލުން ފަލަސްތީނަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކާއި ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ވާސިލުވެވިއްޖެނަމަ، އިޒްރޭލަށް އަމާޒުކޮށް އީރާނުން ހަމަލާ ދޭން އުޅޭ އުޅުން ހުއްޓާލަން އެއްބަސްވާނެ ކަމަށް އުންމީދުކުރެވޭ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެއްޖެ

13 އޯގަސްޓު 2024 | 19:58

އިޒްރޭލުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް އެމެރިކާއިން ބޮޑު ހަތިޔާރު ޑީލްއަކަށް އެއްބަސްވެއްޖެ

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ހުއްދަދެއްވި ހަތިޔާރުގެ ވިޔަފާރީގެ މިޑީލްގައި ހިމެނެނީ އިޒްރޭލަށް 50 އެފް-15 ފައިޓަރ ޖެޓް، 32,000 އަށްވުރެ ގިނަ ޓޭންކް ރައުންޑް އަދި 50,000 މޯޓަރ ރައުންޑް ވިއްކުން

13 އޯގަސްޓު 2024 | 19:04

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓޯނީ ބްލިންކަން މިރޭ އިޒްރޭލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ފަސްކޮށްފި

އޭނާ މިހެން ނިންމާފައިވަނީ އިޒްރޭލުގެ 'ޙާލަތާ ގުޅޭގޮތުން ޔަޤީންކަން ނެތުމުގެ' ސަބަބުން ކަމަށް ފާހަގަކޮށްފައިވޭ

13 އޯގަސްޓު 2024 | 12:04

އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފިނަމަ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި

އީރާނުން އިޒްރޭލަށް ސީދާ ހަމަލާއެއް ދީފިނަމަ، އިޒްރޭލުން އީރާނަށް ހަމަލާ ދޭނެކަމަށް އެމެރިކާއަށާއި ޔޫރަޕުގެ ގިނަ ޤައުމުތަކަށް އިޒްރޭލުން އަންގައިފި

13 އޯގަސްޓު 2024 | 11:41

އީރާނާއި އިރާނުގެ ބައިވެރިން އިޒްރޭލަށް ދޭން ބުނާ ހަމަލާ ނުދިނުމަށް ގޮވާލި ގޮވާލުން އީރާނުން ބަލައެއް ނުގަތް

އީރާނުގެ ޚާރިޖިއްޔާ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، އިޒްރޭލަށް އަމާޒުކޮށް އީރާނުން ދޭން ބުނާ ހަމަލާތަކާ ގުޅޭގޮތުން ސުލްޙައަށް ގޮވާލައި ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތުން ކުރި އިލްތިމާސްތަކަކީ "ސިޔާސީ ބުރަދަނެއް ނެތް" އަދި "ބައިނަލްއަޤްވާމީ ޤާނޫނާ ފުށުއަރާ" އިލްތިމާސްތަކެއް

މި ސަބަބުތަކަށްޓަކައި އީރާނުން މި އިލްތިމާސްތައް ބަލައިނުގަތުމަށް ވަނީ ނިންމާފައި

އީރާނުން އިޒްރޭލަށް ދޭން ބުނާ ހަމަލާ އާ ގުޅިގެން އެމެރިކާ އިން ދަނީ ސަރަޙައްދުގައި އުފެދިފައިވާ ހަމަނުޖެހުން ހަމަޖެއްސުމަށް އީރާނަށް ބާރުއެޅުމަށާއި، ސުލްޙަ ކުރުމަށް މަސައްކަތްކޮށްދިނުމަށް ތުރުކީ ސަރުކާރުގައި އެދެމުން

12 އޯގަސްޓު 2024 | 20:10

އިޒްރޭލު އަސްކަރިއްޔާ އޮތީ ހުރިހާ ގޮތަކުން ވެސް ތައްޔާރަށް: އައިޑީއެފްގެ ތަރުޖަމާނު

އީރާނުން ދީފާނެ ހަމަލާއަކަށް އިޒްރޭލު އޮތީ ހުރިހާ ގޮތަކުންވެސް ތައްޔާރަށް ކަމަށް އިސްރާއިލް ޑިފެންސް ފޯސަސްގެ ތަރުޖަމާނު ވިދާޅުވެއްޖެ

ނަމަވެސް ހޯމްފްރޮންޓް ކޮމާންޑުން ދީފައިވާ އިރުޝާދަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ފާހަގަކޮށްފައިވޭ

12 އޯގަސްޓު 2024 | 20:03

ބައިނަލްއަޤްވާމީ ސުލްޙަ ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އީރާނުގެ ރައީސް އާ މަޝްވަރާކުރައްވައިފި

އިތުބާރު ހުރި މަސްދަރުތަކުން ސްކައި ނިއުސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ބައިނަލްއަޤްވާމީ ސުލްޙަ ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އީރާނުގެ ރައީސް އާ 30 މިނެޓުގެ ފޯނު ކޯލެއްގައި މަޝްވަރާކުރައްވައިފި

12 އޯގަސްޓު 2024 | 19:53

ހިޒްބުاللهގެ އަސްކަރީ މީޑިއާއިން ވީޑިއޯއެއް އާއްމުކޮށްފި

މި ވީޑިއޯ އިން ފެންނަނީ އިސްލާމިކް ރެސިސްޓަންސްއިން އިސްރާއިލް ޑިފެންސް ފޯސަސްގެ އަލް-ސަމްމަޤާ އަދި ރަމްޔާ ސައިޓުގައި ހުރި ޖާސޫސީ އާލާތްތަކަށް އަމާޒުކޮށް ހަމަލާދޭ މަންޒަރު

12 އޯގަސްޓު 2024 | 19:47

އީރާނާ ދެކޮޅަށް ބޭރުގެ 53 އިންޓެލިޖެންސް ސަރވިސް އަކުން ގަވާއިދުން މަސައްކަތްކުރަމުންދޭ

ބޭރުގެ ފަންސާސް ތިން އިންޓެލިޖެންސް ސަރވިސް އަކުން 'ސިސްޓަމެޓިކްކޮށް' އީރާނާ ދެކޮޅަށް މަސައްކަތްކުރަމުންދާކަމަށް އިންޓެލިޖެންސް މިނިސްޓަރު ޚަތީބު މަޖިލީހުގެ ނެޝަނަލް ސެކިއުރިޓީ ކޮމިޝަނުގެ މެންބަރުންނަށް ވިދާޅުވެފައިވާކަމަށް އެ ކޮމިޝަނުގެ ސްޕޯކްސްޕަރސަން ވިދާޅުވެއްޖެ

12 އޯގަސްޓު 2024 | 17:21

އިޒްރޭލު އަސްކަރިއްޔާ މިމަހު ފުރަތަމަ ފަހަރަށް ހައި އެލަރޓަށް

މިއީ އީރާނާއި ހިޒްބުﷲ އިން އިޒްރޭލަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމަށް ރާވަމުންދާކަމުގެ އިންޒާރު ލިބުމާ ގުޅިގެންކަމަށް ރިޕޯޓްތައް ބުނޭ

12 އޯގަސްޓު 2024 | 16:54

ކުރިއަށް އޮތް 24 ގަޑީއިރު ތެރޭގައި އީރާނުން އިޒްރޭލަށް ހަމަލާދޭނެ ކަމަށް ލަފާކުރެވޭ

ކުރިއަށް އޮތް 24 ގަޑީއިރު ތެރޭގައި އީރާނުން އިޒްރޭލަށް ހަމަލާދޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފޮކްސް ނިއުސް އިން ބުނެފި

އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އީރާނުން ދަނީ ސިފައިންގެ ބޮޑު އޮޕަރޭޝަނަކަށް ތައްޔާރުވަމުން

12 އޯގަސްޓު 2024 | 10:42

އީރާނުން އިޒްރޭލަށް ދޭން އުޅޭ ހަމަލާ ވަގުތުން ހުއްޓާލުމަށް ގޮވާލާ ފްރާންސާއި، ޖަރުމަނާއި އިނގިރޭސިވިލާތުން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރެފި

މެދުއިރުމަތީގައި ސުލްޙައާއި ހަމަޖެހުން ގެއްލުވާލުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއްގެ ޒިންމާ އީރާނުން ނަގަންޖެހޭނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވޭ

މެދުއިރުމަތީގައި އިތުރު ހަމަނުޖެހުމާއި ހަލަބޮލިކަން އުފެދުމަކީ އެއްވެސް ޤައުމަކަށް މަންފާއެއް ލިބޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވޭ

12 އޯގަސްޓު 2024 | 05:23

އެމެރިކާއިން މެދުއިރުމައްޗަށް ގައިޑެޑް މިސައިލް ސަބްމެރީން ފޮނުވަނީ

ނިއުކްލިއަރ ހަކަތަ އިން އޮޕަރޭޓް ކުރާ ޔޫއެސްއެސް ޖޯޖިއާ ގެ ނަންދީފައިވާ އެމެރިކާގެ ސަބްމެރީންއެއް

ޕެންޓަގަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެސްއެސް އަބްރަހަމް ލިންކަން މެދުއިރުމައްޗަށް ފޮނުވުން އަވަސް ކުރުމަށް ޕެންޓަގަން އަށް އެމެރިކާގެ ދިފާއީ ވަޒީރު އަންގަވާފައިވާކަމަށް

ދިފާއީ ވަޒީރު އޮސްޓިން ވަނީ އިޒްރޭލު ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އެމެރިކާ އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި

11 އޯގަސްޓު 2024 | 21:13

އަޒަރުބައިޖާނާއި ޖޯޖިއާ ގައި ތިބި އިޒްރޭލު ސިފައިން ވަގުތުން ފުރައިގެން ދިއުމަށް އަންގައިފި

އަޒަރުބައިޖާން އަދި ޖޯޖިއާގައި ދާއިމީކޮށް ނުވަތަ ވަގުތީގޮތުން ތިބި ހުރިހާ އިޒްރޭލު ސިފައިންނަށް ވަގުތުން އިޒްރޭލަށް އެނބުރި އައުމަށް އިޒްރޭލު ޑިފެންސް ފޯސް އިން އަމުރުކޮށްފި

11 އޯގަސްޓު 2024 | 21:06

ހިޒްބުالله އިން އިޒްރޭލަށް އޯގަސްޓް 12 ވަނަ ދުވަހު ހަމަލާއެއް ދޭނެ، އޭގެ ގަޑި އިރުތަކެއްގެ ފަހުން އީރާނުން ހަމަލާދޭނެ ކަމަށް ލަފާކުރެވޭ

އިޒްރޭލުގެ އިންޓެލިޖެންސް އިން ލަފާ ގޮތުގައި ހިޒްބުالله އިން އޯގަސްޓް 12 ވަނަ ދުވަހު ހަމަލާއެއް ދޭނެ ކަމަށާއި އަދި އޭގެ ގަޑިއިރުތަކެއް ފަހުން އީރާނުން ހަމަލާއެއް ދޭނެ ކަމަށް ސީއެންއެން އިން ބުނޭ

11 އޯގަސްޓު 2024 | 18:53

އީރާނުން އެޤައުމުގެ ވައިގެ ސަރަޙައްދު ބަންދުކުރަނީ

ވައިގެ ސަރަޙައްދު ބަންދުކޮށްފައިވަނީ އޯގަސްޓު 13 އަދި 14 ވަނަ ދުވަހުގެ ހަވީރު 17:00ން 18:00 (ޔޫޓީސީ) އަށް

11 އޯގަސްޓު 2024 | 18:06

ހިޒްބުالله އިން ވީޑިއޯއެއް އާއްމުކޮށްފި

"މާތްﷲގެ އިޒުނަފުޅާއެކު، ސިފައިންނަކީ ރައްޔިތުންގެ ކިއްލާތަކެކެވެ. ވެރިންގެ ޒީނަތްތެރިކަމެވެ. ދީނުގެ ބާރެވެ. އަދި ރައްކާތެރިކަމަށް އޮތް މަގުތަކެކެވެ. ސިފައިން ނެތި މުޖުތަމަޢެއް ދެމިއެއް ނޯންނާނެއެވެ."- ހިޒްބުالله

11 އޯގަސްޓު 2024 | 14:50

އީރާނުގެ ސިޔާދަތާއި ސަލާމަތްތެރިކަން ޙިމާޔަތްކުރުމަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ވޮންގް ޔީ ވިދާޅުވީ ޙަމާސްގެ އިސްވެރިޔާ ހަނިއްޔާ ޝަހީދުކޮށްލި ހާދިސާ އަކީ ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަށް ސީދާ ހުރަސްއެޅި، އަދި މުޅި ސަރަޙައްދުގެ ސުލްޙަވެރިކަމާއި ހަމަޖެހުމަށް ނޭދެވޭ އަސަރުކުރި ކަމެއްކަމުގަ

މީގެއިތުރުން، ޗައިނާއިން އީރާނާއެކު ބަދަހި ގުޅުމެއް ދެމެހެއްޓުމަށް އަބަދުވެސް ތައްޔާރަށް ހުރިކަން އޭނާ ފަހަގަކުރެއްވި

11 އޯގަސްޓު 2024 | 13:35

އީރާނުން އިޒްރޭލަށް ދޭން އުޅޭ ހަމަލާ އޮތީ ދިނުމުގެ މަގުމަތީގައި: އައި.އާރް.ޖީ.ސީ

އީރާނުން އިޒްރޭލަށް ދޭން އުޅޭ ހަމަލާ އޮތީ ދިނުމުގެ މަގުމަތީގައި ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އެންމެ އިސް ކޮމާންޑަރު ވިދާޅުވެއްޖެ

11 އޯގަސްޓު 2024 | 13:25

އީރާނުންނާއި ހިޒްބުالله އިން އިޒްރޭލަށް ދެމުންދާ އިންޒާރުތައް ޖަރުމަނުގެ ޗާންސެލަރ ކުށްވެރިކޮށްފި

އީރާނުން ބަދަލުހިފުމުގެ ނުރައްކާތެރި ރޫހު ހުއްޓުވަންޖެހޭ ކަމަށް ވިދާޅުވި

މިހާރު މިވަނީ ހަނގުރާމަ ހުއްޓާލުމަށާއި ބަންދުކުރެވިފައިވާ މީހުން ދޫކޮށްލުމަށް އެއްބަސްވުމަކަށް އައުމުގެ ވަގުތު އައިސްފަ ކަމަށް ވެސް ވިދާޅުވި

10 އޯގަސްޓު 2024 | 21:05

އީރާނުން އިޒްރޭލަށް ދޭ ހަމަލާތައް 3 ނުވަތަ 4 ދުވަހަށް ދެމިގެން ހިނގައިދާނެ

އީރާނުން އިޒްރޭލާ ދެކޮޅަށް ދޭ ހަމަލާތައް 3 ނުވަތަ 4 ދުވަހަށް ދެމިގެންދާނެ ކަމަށް އިރާނުގެ ޕާލިމެންޓުގެ ޤައުމީ ސަލާމަތީ ކޮމިޝަނުގެ މެންބަރު އަޙްމަދު ބަޚްޝައިޝް އަރްދެސްތާނީ ވިދާޅުވެއްޖެ

އިތުރަށް އޭނާ ވިދާޅުވި ގޮތުގައި، އީރާނުން ވަނީ މިފަދަ ހަމަލާއެއްގެ ނަތީޖާއަށް ޔަޤީނުންވެސް ތައްޔާރުވެފައިވާ ކަމަށާއި، އޭގެ ފަހުން ކުރިމަތިވެދާނެ ކަންކަމަށްވެސް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް

10 އޯގަސްޓު 2024 | 20:57

އެމެރިކާ، އިނގިރޭސިވިލާތް، ފްރާންސް އަދި އެތައް ޢަރަބި ޤައުމުތަކަކުން އީރާނުގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން އިޒްރޭލު ދިފާއުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަނީ

"އެކްސިއޯސް" އިން ރިޕޯޓުކުރާ ގޮތުގައި އެމެރިކާ، އިޒްރޭލު، އިނގިރޭސިވިލާތް، ފްރާންސް އަދި އެތައް ޢަރަބި ޤައުމުތަކެއް ހިޒްބުއްލާ އަދި އީރާނުގެ ފަރާތުން އަތުވެދާނެ ހަމަލާއަކުން އިޒްރޭލު ދިފާޢުކުރުމަށް ތައްޔާރުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރަމުން

10 އޯގަސްޓު 2024 | 20:45

ޖޯޑަންގެ އިންޒާރެއް އީރާން އަށާއި އިޒްރޭލަށް

ޖޯޑަންގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ އަމާޒެއް (އަސްކަރީ އުޅަނދެއް) ބަޑިޖަހާ ވައްޓާލާނެކަމަށް އީރާނަށާއި އިޒްރޭލަށް އަންގައިފި ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

10 އޯގަސްޓު 2024 | 12:34

ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އިޒްރޭލަށް ދެނީ

އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓު ކުރާ ގޮތުގައި، އީރާނުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން، ޖޯޑަންގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ އިޒްރޭލަށް ލިބިދާނެ ކަމަށް ބެލެވޭ

މި ނިންމުމަކީ ސަލާމަތީ މަސްލަހަތުތަކަށާއި އެމެރިކާއާއެކު އޮތް އިއްތިހާދަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް އެ ޗެނަލުން ފާހަގަކޮށްފައިވޭ

ނަމަވެސް، ޖޯޑަންގެ ވައިގެ ސަރަޙައްދުގައި މިސައިލްތަކާއި ޑްރޯންތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އިޒްރޭލަށް ދީފައެއް ނުވޭ

10 އޯގަސްޓު 2024 | 04:19

އިޒްރޭލު ރައްޔިތުންނަށް މަރުގެ އިންޒާރު ދޭ މެސެޖުތަކެއް

އިޒްރޭލުގެ ރައްޔިތުންނަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމީހުން ވަޅުލެވޭނެ ކަމަށް ބުނެ މެސެޖުތަކެއް ލިބެމުންދާކަން ޔަނެޓް ނިއުސް އިން ރިޕޯޓުކޮށްފައިވޭ

މި މެސެޖުތަކުގައި މެސެޖު ފޮނުވޭ ފަރާތްތަކުގެ ފުރިހަމަ ނަމާއި ދިރިއުޅޭ ސިޓީ ފަދަ އަމިއްލަ މަޢުލޫމާތުތައް ހިމެނޭ

ފުލުހުން ވަނީ މި މެސެޖުތަކުގެ އަސްލު ދެނެގަތުމަށް ތަޙުޤީޤު ކުރިއަށްގެންދާ ކަމަށް އިޢުލާނުކޮށްފަ

އަދި މިއީ ހަނގުރާމައިގެ ވަގުތު ބިރުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ޤަޞްދުގައި ފޮނުވާފައިވާ މެސެޖުތަކެއް ކަމަށް ފުލުހުން ދެކޭކަމަށް ބަޔާންކޮށްފައިވޭ

09 އޯގަސްޓު 2024 | 14:07

އިޒްރޭލުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ރަޝިއާ އިން އަންގައިފި

ރަޝިއާ އިން މިރޭން ފެށިގެން އެޤައުމުގެ އެއަރލައިންތަކަށް އިޒްރޭލުގެ ވައިގެ ސަރަޙައްދު ބޭނުންކުރުން މަނާކޮށް ނޯޓަމް (ނޯޓިސް ޓު އެއާމިޝަންސް) އެއް ނެރެފި

09 އޯގަސްޓު 2024 | 06:52

އިޒްރޭލު ދިފާއު ކުރަން އެމެރިކާ އިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފި

އެމެރިކާ އިން އިޒްރޭލަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންދޭ

މި ކުއްލި ހާލަތުގެ ޝިޕްމަންޓްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ރިޕޯޓުތައް ބުނޭ

އެމެރިކާގެ ހަތިޔާރާއި އަސްކަރީ އާލާތްތައް ގަތުމަށް އެމެރިކާ އިން އިޒްރޭލަށް 3.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި

08 އޯގަސްޓު 2024 | 18:34

އެމެރިކާ އިން އީރާނަށް ހަރުކަށި އިންޒާރެއް ދީފި

އިޒްރޭލާ ދެކޮޅަށް ހަމަލާއެއް ދީފިނަމަ، އީރާނުގެ އަލަށް އުފެދިފައިވާ ސަރުކާރާއި ޤައުމުގެ އިޤްތިޞާދަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ

08 އޯގަސްޓު 2024 | 14:04

އިޒްރޭލުން ވަގުތީ ޓެންޓުސިޓީ ތައް ޤާއިމްކުރަން ފަށައިފި

އިޒްރޭލުގެ އުތުރުން ގިނަ އަދަދެއްގެ ރައްޔިތުން ހުސްކުރަން ޖެހިދާނެކަމަށް، ނެގެވް ސަހަރާގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭނެ ޓެންޓުސިޓީ ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

07 އޯގަސްޓު 2024 | 18:40

އީރާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ހުރިހާ އެއާލައިނަކަށް އަންގައިފި

މާދަމާ އީރާނުގެ ވައިގެ ވަކި ސަރަހައްދުތަކަކުން ދަތުރުފަތުރު ނުކުރުމަށް އެ ޤައުމުގެ އޮފިޝަލުން އަންގައިފި

މިއީ އެ ވަގުތު އީރާނުގެ ހަނގުރާމަވެރި ބާރުތަކުން ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދާނެތީ ކަމަށް މިސްރުގެ މީޑިއާއިން ބުނޭ

07 އޯގަސްޓު 2024 | 15:41

އިޒްރޭލު ދިފާއު ކުރަން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތައް ފޮނުވައިފި

އިޒްރޭލު ދިފާއުކުރުމަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް މެދުއިރުމައްޗަށް ފޮނުވައިފި

ޔޫއެސްއެސް ތިއޯޑޯ ރޫޒްވެލްޓްގެ އެއަރ ވިންގުން ގާތްގަނޑަކަށް، ބާރަ F/A-18E ސުޕަރ ހޯނެޓް އަދި E-2D ހޯކްއައި އެއް މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްއަކަށް ފޮނުވާފައިވޭ

މި މަރުކަޒަކީ ޤަތަރުގެ އަލް އުދައިދު ކަމަށް ލަފާކުރެވޭ

މި ފައިޓަރ ޖެޓްތަކަކީ ވީއެފްއޭ-25، ވީއެފްއޭ-34، ނުވަތަ ވީއެފްއޭ-211 ގެ ތެރެއިން ކޮންމެވެސް އެއް ސްކޮޑްރަންއަކަށް ނިސްބަތްވާ މަތިންދާބޯޓުތަކެއް

އެމެރިކާގެ އެއަރ ފޯސްގެ އެފް-22 ރެޕްޓަރ ޖެޓުތަކެއް ޔޫ.އެސް ސެންޓްރަލް ކޮމާންޑްގެ ޒިންމާގެ ދަށުގައިވާ ސަރަޙައްދަށް ޖައްސައިފި

07 އޯގަސްޓު 2024 | 13:05

އީރާނުގެ އަސްކަރީ ގާބިލްކަން ވަރުގަދަ ކުރަނީ

އިޒްރޭލާ ދެކޮޅަށް އީރާނަށް ހަތިޔާރު ފޯރުކޮށްދޭން ގަސްތުކުރާ ކަމަށް އޯއައިސީ ގެ ބައްދަލުވުމުގައި ޕާކިސްތާނުން އިޢުލާނުކޮށްފި

އިޒްރޭލަށް ހަމަލާދިނުމަށް ތައްޔާރުވުމަށްޓަކައި އިރާނުން ވަނީ ރަޝިޔާގެ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަށް އެދިފަ ކަމަށް ނިއުޔޯކްޓައިމްސް އިން ބުނޭ

އީރާނަށް ޒަމާނީ ރާޑާ އަދި ވައިގެ ދިފާއީ އާލާތްތައް ފޯރުކޮށްދޭން ފަށައިފިކަން ރަޝިއާގެ އޮފިޝަލުން ކަށަވަރުކޮށްދީފި

އިރާނުގެ އޮފިޝަލުން ދަނީ މިސައިލް އަދި ޑްރޯން ހަމަލާތައް ދިނުމަށްޓަކައި އިރާޤާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް، އެ ދެ ޤައުމުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުން ކަމަށް ރިޕޯޓުތައް ބުނޭ

ރަޝިޔާއިން 'އިސްކަންދަރު' މިސައިލްތައް އީރާނަށް ފޮނުވައިފި ކަމަށް ރިޕޯޓުތައް ބުނޭ

މިއަދު މި މިސައިލްތައް އީރާނަށް ފޯރުކޮށްދެވިފައިވާކަން ޔަގީންކުރެވިފައިވޭ

އީރާނުގެ ޑިފެންސް ވަރުގަދަ ކުރުމުގެ ގޮތުން، ރަޝިޔާއިން އެ ޤައުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ރާޑާ ސިސްޓަމްތަކާއި އިންޓަރސެޕްޓަރ މިސައިލްތައް ފޯރުކޮށްދީފި

07 އޯގަސްޓު 2024 | 12:56

އިޒްރޭލާއި ލުބްނާނުގައި ތިބި އެހެން ގައުމުތަކުގެ މީހުން ބާލަނީ

އިޒްރޭލުގައި ދިރިއުޅޭ ކެނެޑާ ޑިޕްލޮމެޓުންގެ ޢާއިލާތައް ވީހާވެސް އަވަހަކަށް އަނބުރާ އެ ޤައުމަށް ގެނައުމަށް ކެނެޑާ އިން ނިންމައިފި

ޕޮލެންޑުން އިޒްރޭލުގައި ތިބި އެ ޤައުމުގެ ރައްޔިތުން އަނބުރާ ގެންނަނީ

އެއަރ ފްރާންސްއިން ލުބުނާނަށް އަދި ލުބުނާނުން ފްރާންސަށް ކުރާ ދަތުރުތައް ހުއްޓާލާފައިވާ މުއްދަތު 8 އޯގަސްޓް އާ ހަމައަށް އިތުރުކޮށްފި

ތެލް އަވީވްގައި ހުންނަ ބެން-ގޫރިއަން އެއަރޕޯޓު މިވަގުތު ހުސްވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައި

ބައެއް އެއަރލައިންތަކުން ވަނީ އިޒްރޭލަށް ކުރާ ހުރިހާ ދަތުރެއް އަންނަ އަހަރުގެ ނިޔަލަށް ވަގުތީގޮތުން މެދުކަނޑާލާފަ

ލުބުނާނުގައި ހުރި އދ. ގެ ޖަމިއްޔާތަކުން، ލުބުނާނުން އެ ޖަމިއްޔާތަކުގެ އޮފިޝަލުންގެ އާއިލާތައް ގެންނަނީ

ލުބުނާނުގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އެޤައުމުން ބޭލުމަށްޓަކައި 1،000ށް ވުރެ ގިނަ އިނގިރޭސި ސިފައިން ތައްޔާރީ ހާލަތުގައި ބައިތިއްބަނީ

މިސްރުން ވަނީ 8 އޮގަސްޓްގެ 0100-0400 އާ ދެމެދު އީރާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އެ ޤައުމުގެ އެއާލައިންތަކަށް އަންގާފަ

2 / 2