ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

1,244,631
ވަގުތުން
  • އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަަހައްދުތަކުން 1000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި
  • ޣައްޒާގެ އިންސާނީ ހާލަތު ދަނީ ފެއިލްވަމުން - ރެޑްކްރޮސް ކޮމިޓީގެ ރައީސް
  • އިސްރާއީލުން ޣައްޒާ އަށް އެއްގަމުމަގުން ދޭ ހަމަލާތައް ފުޅާކުރާތީ ޣައްޒާގެ ދެކުނަށް ދާން އާންމުންނަށް އަންގައިފި
 
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަަހައްދުތަކުން 1000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަަހައްދުތަކުން 1000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކޮށްފައި ވަނީ 1030 މީހުންނެވެ. މީގެ އިތުރުން ޣައްޒާގެ ހުޅަނގު އައްސޭރިން އިސްރާއިލް ސިފައިން 23 މީހުން ހައްޔަރުކޮށްފައިވެއެވެ. މި އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އިސްރާއ

29 އޮކްޓޯބަރ 2023 | އާދީއްތަ 14:29
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާގެ އިންސާނީ ހާލަތު ދަނީ ފެއިލްވަމުން - ރެޑްކްރޮސް ކޮމިޓީގެ ރައީސް

ޣައްޒާގެ އިންސާނީ ހާލަތު ދަނީ ފެއިލްވަމުންކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ރައީސް ވިދާޅުވެއްޖެއެވެ.

އޭނާ ވަނީ ވަގުތުން ވަގުތަށް ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ އިންސާނީ ހާލަތު އިންތިހާ އަށް ދަށްވެގެން ދިއުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 14:18
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އިސްރާއީލުން ޣައްޒާ އަށް އެއްގަމުމަގުން ދޭ ހަމަލާތައް ފުޅާކުރާތީ ޣައްޒާގެ ދެކުނަށް ދާން އާންމުންނަށް އަންގައިފި

އިސްރާއީލުން ޣައްޒާ އަށް އެއްގަމުމަގުން ދޭ ހަމަލާތައް ފުޅާކުރާތީ ޣައްޒާގެ ދެކުނަށް ދާން އާންމުންނަށް އިސްރާއީލުގެ ޑިފެންސް ފޯސް އިން އަންގައިފިއެވެ.

ދެކުނުގެ ސަރަހައްދުތަކަށް ޣައްޒާގެ އާއްމުން ދިއުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އެންގި ނަމަވެސް ހަމަލާދެމުންދާ އިރު ދެކުނުގެ ހިސާބުތަކަށް ވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. ހުކުރު ދުވަހުން ފެށިގެން ޣައްޒާގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް އެއްކޮށް ކެނޑިފައެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 14:14
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އިސްރާއީލުން ޣައްޒާ އަށް އެއްގަމުމަގުން ދޭ ހަމަލާތައް ފުޅާކުރާތީ ޣައްޒާގެ ދެކުނަށް ދާން އާންމުންނަށް އަންގައިފި

އިސްރާއީލުން ޣައްޒާ އަށް އެއްގަމުމަގުން ދޭ ހަމަލާތައް ފުޅާކުރާތީ ޣައްޒާގެ ދެކުނަށް ދާން އާންމުންނަށް އިސްރާއީލުގެ ޑިފެންސް ފޯސް އިން އަންގައިފިއެވެ.

ދެކުނުގެ ސަރަހައްދުތަކަށް ޣައްޒާގެ އާއްމުން ދިއުމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން އެންގި ނަމަވެސް ހަމަލާދެމުންދާ އިރު ދެކުނުގެ ހިސާބުތަކަށް ވެސް އިސްރާއީލުން ދަނީ ހަމަލާދެމުންނެވެ. ހުކުރު ދުވަހުން ފެށިގެން ޣައްޒާގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް އެއްކޮށް ކެނޑިފައެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 14:14
Writer Profile Picture
އަހްމަދު ދާއޫދު
ހަމާސް ބަލިކުރުމަކީ އިޒްރޭލަށް "އެކްސިސްޓެންޝަލް ޓެސްޓެއް" ކަމަށް ނަތަންޔާހޫ ބުނޭ: އޭއެފްޕީ

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް ބަލިކުރުމަކީ އިސްރާއީލަށް އޮތް "ދެމިއޮތުމުގެ އިމްތިހާނެއް" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އޭއެފްޕީގެ ރިޕޯޓުގައި ވަނީ ބުދަ ދުވަހު ބޭރުގެ ސަފީރުންނާ އެކު ބޭއްވި ބްރީފިންގައި ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ހަވާލާ ދީފަ އެވެ.

"ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ އަމާޒުތަކަށް ބޮން އެޅުމުގެ މަސައްކަތް ފުރިހަމަ ބާރާއި އެކު ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި،" އޭއެފްޕީން ލިޔެފައިވެ އެވެ. ހަމާސްގެ ޓެރަރިޒަމްގެ ގާބިލްކަން ނިކަމެތިކޮށް، ހަނގުރާމަ ކުރުމުގައި ދެމިތިބުމުގެ ވިސްނުން ގެއްލުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޣައްޒާގައި ހަމާސް ޖަމާއަތާއި އެ ޖަމާއަތުގެ ބައިވެރިންނާ ދެކޮޅަށް ހިންގަމުންދާ އިސްރާއީލުގެ އަސްކަރީ ކެމްޕޭނަކީ އެ ގައުމުގެ ދެމިއޮތުމަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި ނަތަންޔާހޫ ސިފަކުރެއްވި އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ދެ ހަފުތާއެއްހާ ދުވަސް ވަންދެން ހިނގި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގޮވާލާ ގޮވާލުންތަކަށް ބާރު އެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 13:52
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާގެ އާއްމުންނަށް އަނެއްކާވެސް ހިތާމަވެރި ރެއެއް : ހަމަލާތައް ހުއްޓާ ނުލާ

ހޮނިހިރު ދުވަހުގެ ރޭ ވެސް އިސްރާއީލުން މެދު ނުކެނޑި ބާރުގަދަ ހަމަލާތަކެއް ފަލަސްތީނަށް އަމާޒުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ވެސް ޣައްޒާގެ އާއްމުންގެ އެތައް ބަޔަކު ހޭދަކުރީ ގާތްތިމާގެ މީހުން މަރުވުމުގެ ހިތާމައިގައެވެ. ވައިގެ މަގުން އިސްރާއީލުން ވަނީ ފަލަސްތީނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ސީއެންއެންގެ ވީޑިއޯއަކުން އެނގޭ ގޮތުން މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނެއެވެ. އަދި ޣައްޒާގެ އެތައް އާއްމުންނެއް ވަނީ ރޭގެ ހަމަލާތަކާއި ގުޅިގެން އަލް އަޤްސާ މާރޓީސް ހޮސްޕިޓަލް ކައިރިއަށް ޖަމާ ވާން ފަށާފައެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 04:30
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ހައްޔަރީން ދޫކޮށްލުން : އިސްރާއީލަށް ނިސްބަތްވާ މީހުންގެ އާއިލާތަކުގެ ޕްރެޝަރ އިސްރާއީލަށް

އިސްރާއީލުން ހައްޔަރުކޮށްފައިވާ މީހުން އަނބުރާ ގައުމަށް ގެންދިއުމާއި މެދު އިސްރާއީލުން އެކަށީގެންވާ އިޖާބައެއް ނުދޭތީ އެ ފަރާތްތަކުގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އަދި ހައްޔަރުކޮށްފައިވާ މީހުން ބައިތިއްބާފައި ތިބި ސަރަހައްދުތަކަށް ވެސް އިސްރާއީލުން ހަމަލާދެމުންދާތީ އެކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބަދަލުކުރުމާއި މެދު ފެހި ސިގްނަލްއެއް ދީފައެއް ނުވެއެވެ. މީގެ ކުރިން ހަމާސް އިން ހައްޔަރު ކުރި މީހުން ދޫކޮށްލަން ހުށަހެޅި ނަމަވެސް އެކަމަށް ވެސް އިސްރާއީލުން އިޖާބަ ދީފައެއް ނުވެއެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 03:56
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާގައި ތާށިވެފައި ތިބި ޢާއްމުންގެ އަދަދު 2 މިލިއަނަށް ވުރެ ގިނަ

ޣައްޒާގައި ތާށިވެފައި ތިބި ޢާއްމުންގެ އަދަދު 2 މިލިއަނަށް ވުރެ ގިނަ ކަމަށް އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް (އައިސީއާރްސީ) އިން ބުނެފިއެވެ. އައިސީއާރްސީ އިން ވަނީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ ވަގުތުން ހަރަކާތްތެރިވާން ޖެހޭ ކަމަށް ބުނެފައެވެ. އަދި ސިއްޙީ ފަރުވާ އާއި ފެނާއި ކަރަންޓު ވަގުތުން ވަގުތަށް އިއާދަކޮށްދިނުމަށް ވަނީ ގޮވާލާފައެެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 03:45
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އިސްރާއީލުން ތުރުކީގައި ތިބި އެ ޤައުމުގެ ޑިޕްލޮމެންޓުން އަނބުރާ ގެންދަން ފަށައިފި

އިސްރާއީލުން ތުރުކީގައި ތިބި އެ ޤައުމުގެ ޑިޕްލޮމެންޓުން އަނބުރާ ގެންދަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލްގައި ތިބި ހުރިހާ ޑިޕްލޮމެޓިކް ސްޓާފުން ތުރުކީ އިން ވަނީ އަނބުރާ ޤައުމަށް ގެންދަން ފަށާފައެވެ. މިއީ އިސްރާއީލުން ޢައްޒާ އަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ތުރުކީ އިން އަޅާފައިވާ ފިޔަވަޅެކެވެ. އިސްރާއީލްގެ ފޮރިން މިނިސްޓަރ އެލީ ކޮހެން ވަނީ އެ ދެ ޤައުމުގެ ގުޅުން ރީއިވަލުއޭޓްކުރަން ޖެހޭ ކަމަށް ބުނެފައެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 02:46
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޢައްޒާ ބޯޑަރ ކައިރިން ފައިޓަރ ޖެޓްގެ އަޑު އިވޭ - ރިޕޯޓަރެއް

ޢައްޒާ ބޯޑަރ ކައިރިން ފައިޓަރ ޖެޓްގެ އަޑު އިވެމުންދާ ކަމަށް އެ ސަރަހައްދުގެ މަންޒަރުތައް ކަވަރކުރަމުންދާ ސީއެންއެންގެ ނޫސްވެރިއެއް ބުނެފިއެވެ. ސީއެންއެންގެ ނޫސްވެރިޔާ ނިކް ރޮބަރޓްސަން އާއި ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައިވާ ގޮތުން ޢައްޒާ އަށް ހަމަލާ ދެމުންދާ އަޑުފަތްގަނޑު އެ ސަރަހައްދުން ވަނީ އިވިފައެވެ. މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިވުނު އެންމެ ބާރު އަޑުފަތްގަނޑުކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ސީއެންއެންގެ ނޫސްވެރި އެއް
29 އޮކްޓޯބަރ 2023 | އާދީއްތަ 02:40
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލާ އެކު ގައިދީން ބަދަލުކުރަން ތައްޔާރު: ޣައްޒާގައި ހުންނަ ހަމާސްގެ ވެރިޔާ

އިސްރާއީލާ އެކު ގައިދީން ބަދަލުކުރަން "ވަގުތުން" ތައްޔާރަށް ހުންނެވި ކަމަށް ޣައްޒާގައި ހުންނަވާ ހަމާސްގެ ވެރިޔާ ވިދާޅުވެއްޖެ ކަމަށް އޭއެފްޕީ އިން ރިޕޯޓްކޮށްފިއެވެ.

29 އޮކްޓޯބަރ 2023 | އާދީއްތަ 00:07
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާ ހަނގުރާމަ އަކީ ދިގު އަދި އުނދަގޫ ހަނގުރާމައަކަށް ވާނެ : ނަތަންޔާހޫ

ޣައްޒާ ހަނގުރާމަ އަކީ ދިގު އަދި އުނދަގޫ ހަނގުރާމައަކަށް ވާނެ ކަމަށް އިސްރާއިލްގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ ކަމަށް އޭއެފްޕީ އިން ދާދިދެންމެ ރިޕޯޓްކޮށްފިއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 23:55
Writer Profile Picture
އަހްމަދު ދާއޫދު
ޓްރަކް އިންސްޕެކްޝަން ޕްރޮސީޖާތައް ހިމެނޭ "އިސްރާއީލުގެ ހުރަސްތަކުގެ ސަބަބުން" ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅޭ ކަމަށް މިސުރުން ބުނެފި

ރަފާ ކްރޮސިންއަށް ހަގީގަތުގައި ވަނުމުގެ ކުރިން 100 ކިލޯމީޓަރު (62 މޭލު) ދުރުމިނުގައި އުޅަނދު މަޑުކޮށް ރަފާ ކްރޮސިންއަށް ދިއުމުގެ ކުރިން އިޒްރޭލުގެ ނިޓްޒާނާ ކްރޮސިންގައި ޓްރަކްތައް އިންސްޕެކްޓް ކުރަން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަބުން އެހީ ލިބުން ވަރަށް ބޮޑަށް ލަސްވާ ކަމަށް މިސުރުގެ ޚާރުޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވި އެވެ.

ހަމަނުޖެހުންތަކުގެ ކުރިން ގާތްގަނޑަކަށް 500 އެއްހާ އެހީދޭ ޓްރަކްތައް ޣައްޒާއަށް ކޮންމެ ދުވަހަކު އެތެރެވަމުން ދިޔައެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާއި އޭގެ ފަހުން އިސްރާއީލުން ޣައްޒާއަށް ދިން ބޮމުގެ ހަމަލާތަކަށްފަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ވަދެފައިވަނީ އެންމެ 12 ޓްރަކް ކަމަށް ގުޓެރޭޒް ހުކުރު ދުވަހު ވަނީ ވިދާޅުވެފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 23:39
Writer Profile Picture
އާއިޝަތު ޝިއުރާ
މިހާރު ކުރިޔަށް މިދަނީ އިސްރާއީލު މިނިވަންކުރުމުގެ ދެވަނަ ހަނގުރާމަ: ނަތަންޔާހޫ
28 އޮކްޓޯބަރ 2023 | ހޮނިހިރު 23:08
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިނިވަންކުރާނަމަ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލާނެކަމަށް އެޖަމާއަތުން ބުނެފި

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މިނިވަންކުރާނަމަ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލާނެކަމަށް އެޖަމާއަތުން ބުނެފިއެވެ.

ހަމާސް އިން މީގެކުރިންވެސް ބުނަމުން އައިސްފައިވަނީ މިހެންނެވެ. ނަމަވެސް މިހާތަނަށް 4 އަސީރުން މިނިވަންކޮށްފައިވާއިރު ހަމާސްއިން ބުނެފައިވަނީ 50 އަސީރުން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވެފައިވާކަމަށެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 23:06
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ އިސްރާއީލުގައި މުޒާހަރާކުރަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ހަމާސް އާއެކު އަސީރުން މިނިވަންކުރުމުގެ ވާހަކަތައް ފެށުމަށް ގޮވާލާ ތެލް އަވީވުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 21:48
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު އެދަނީ ހަނގުރާމައިގެ އައު ހަރުފަތަކަށް: އިސްރާއީލު އަސްކަރިއްޔާ

އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކަކީ އެކި ސްޓޭޖްތަކަށް ބަހާލާފައިވާ ހަމަލާތަކެއްކަމަށާއި މިހާރު އިސްރާއީލުގެ އަސްކަރިއްޔާ އިން އެދަނީ ހަނގުރާމައިގެ ދެން އޮތް ސްޓޭޖަށް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފު ބުނެފިއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 21:25
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އެތެރެއިން ލިބެމުންދާ ޚަބަރުތައް ވަރަށް ބޮޑަށް މަދުވެއްޖެ

ޣައްޒާގެ އެތެރެއިން ލިބެމުންދާ ޚަބަރުތައް ވަރަށް ބޮޑަށް މަދުވެއްޖެއެވެ.

ޣައްޒާއަށް ރޭގައި އިސްރާއީލުން ދިން ހަމަލާތަކާއެކު މުވާސަލާތީ ގުޅުމާއި އިންޓަރނެޓްގެ ޚިދުމަތް ކެނޑިފައިވާއިރު ޣައްޒާގެ އެތެރޭގައި ހިނގާ އެއްވެސް ކަމެއް މިވަގުތު އެނގޭކަށް ނެތެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 09:51
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ހުކުރު ދުވަހުގެ ރޭ ދިން ހަމަލާތަކަކީ އެއްގަމު މަގުން ޣައްޒާއަށް އެރުމުގެ ފެށުން: އެމެރިކާގެ އޮފިޝަލެއް

އިސްރާއީލުން ހުކުރު ދުވަހުގެ ރޭ ޣައްޒާއަށް އެއްގަމުމަގުންނާއި ވައިގެ މަގުން ދިން ހަމަލާތަކަކީ ޣައްޒާއަށް އެތެރެވުމަށް އިސްރާއީލު އަސްކަރިއްޔާއިން ކުރާ މަސައްކަތުގެ ފެށުންކަމަށް އެމެރިކާގެ އޮފިޝަލަކު ބުނެފިއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ޣައްޒާއަށް އެއްގަމު މަގުން އެރުމުގެ އޮޕަރޭޝަން ފުޅާކޮށްފައިވާކަމަށެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 05:46
Writer Profile Picture
އާއިޝަތު ޝިއުރާ
މުއާމަލާތްކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ހާސްކަމެއްގެ ތެރޭގައި

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކާއި މުއާމަލާތްކުރެވޭނެ ގޮތެއް ނެތުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ހާސްކަމެއް އުފެދިފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގެ ކޮރަސްޕޮންޑެންޓް ބުނީ މީހުން ތިބީ ވަރަށް ބޮޑަށް ބިރު ގަނެފައިކަމަށާއި އެކި ތަންތަނުގައި މީހުން ތިބިއިރު ވާނުވާ ނޭންގޭތީ ވަރަށް ބޮޑަށް އާންމުން ހާސްވެފައިވާކަމަށެވެ.

އެކަކު އަނެކަކަށް ގުޅައިގެން މީހުންގެ ހާލަތު ހުރި ގޮތް ބެލޭނެ ގޮތެއް ނެތްކަމަށާއި ޒަޚަމްވެފައިވާ މީހުން އަތްދަނޑިމައްޗަށް ލައިގެން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަމުންދާކަމަށް ރިޕޯޓަރ ބުނެފައިވެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 04:44
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާއަށް މިރޭ ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ "ވައިޓް ފޮސްފަރަސް" ބޭނުންކުރާކަމަށް ރިޕޯޓްތައް ބުނެފި
28 އޮކްޓޯބަރ 2023 | ހޮނިހިރު 04:15
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގައި ތިބި އެހީދޭ ގިނަ ޖަމާއަތްތަކާއި ގުޅުން ކެނޑިއްޖެ

ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުގެ މުވައްޒަފުންނާއި ގުޅުން ކެނޑިފައިވާކަމަށް އެޖަމާއަތްތަކުން ބުނެފިއެވެ.

އެގޮތުން ފަލަސްތީން ރެޑް ކްރެސެންޓް، ޑޮކްޓާސް ވިތައުޓް ބޯރޑަސް، އެކްޝަން އެއިޑް ޔޫކޭ ފަދަ ތަންތަނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސްވެސް ވަނީ ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނާއި ގުޅުން ކެނޑިފައިވާކަން ހާމަކޮށް ބަލި މީހުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:55
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ތިން ސަރަހައްދެއްގައި އަންނަނީ ބަދަލުކުރަމުން

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމާސްގެ އަލް ޤައްސާމް ބްރިގޭޑް އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ތިން ސަރަހައްދެއްގައި އަންނަނީ ހިނގަމުންނެވެ.

މީގެކުޑަވަގުތުކޮޅެއް ކުރިން ހަމަލާތައް މެދުކެނޑުނުނަމަވެސް މިހާރު އަނެއްކާ ބޯޑަރު ސަރަަހައްދުގައި ވަރުގަދަ ހަމަލާތައް ދެމުންދާކަމަށް ބުނެފައިވެއެވެ.

އެގޮތުން ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ބުނެފައިވެއެވެ. ހަމާސްއާ ހަވާލާދީ ބުނެފައިވަނީ ބޯޑަރު ސަރަހައްދުގައި ތިން ދިމާލެއްގައި ހަމަލާތައް ކުރިޔަށްދާކަމަށެވެ. އެއީ އިރުމަތީ ސަރަހައްދާއި ޣައްޒާ ސިޓީގެ އިރުމައްޗާއި ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަހައްދެވެ.

ހަމަލާތައް ވަރަށް ވަރުގަދަކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:48
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލާއެކު އެއްވެސް މަޝްވަރާއެއް ކުރިޔަށްނުދާކަމަށް ހަމާސް އިން ބުނެފި

ހަނގުރާމަ ހުއްޓާލުމަށާއި ޖަލުގައި ތިބި މީހުން ދޫކޮށްލުމާއި ގުޅޭގޮތުން އިސްރާއީލާ އެކު އެއްވެސް މަޝްވަރާއެއް މިހާރު ކުރިޔަށްނުދާކަމަށް ހަމާސްގެ ސްޕޯކްސްމަން އުސާމާ ހަމްދާން ބުނެފިއެވެ.

އެފަދަ ވާހަކަތަކެއް ކުރިން ދެކެވުނު ކަމަށާއި ނަމަވެސް ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަވުމާއެކު މިހާރު ވާހަކަތައް ކުރިޔަށްނުދާކަމަށް ވަނީ ބުނެފައެވެ.

ހަމްދާން އިތުރަށް ބުނީ އިސްރާއީލުގެ ސިފައިންގެ ފައުޖުތައް އަންނަނީ ޣައްޒާގެ ބޯޑަރު ސަރަަހައްދާ އެކި ދިމަދިމާލުން ކައިރިވަމުންނެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:44
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ދެކުނު ސިޓީ ސައިރަންގެ އަޑުން ގުގުމާލާފައި

އިސްރާއީލުން ދެމުންދާ ހަމަލާތައް މިރޭ ވަރުގަދަވެފައިވާއިރު އިސްރާއީލުގެ ދެކުނުގައި އޮންނަ ސިޓީއެއްކަމުގައިވާ އެޝްކެލޮން އަށް އަމާޒުކޮށް އަންނަ ރޮކެޓް ހަމާލަތަކުގެ ސަބަބުން ސައިރަންގެ އަޑު ގަދަވެފައިވާކަމަށް އެސިޓީގައި ހުންނަ ބީބީސީގެ ރިޕޯޓަރ ބުނެފިއެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެހެން ރޭ ތަކާއި ޚިލާފަށް މިރޭ އެޝްކެލޮން އިން ހަނގުރާމަ މަތީ ބޯޓުތައް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެޝްކެލޮންގެ ހޮޓެލެއްގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އެތަނުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:41