ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

  • ރައީސް ނަޝީދު ދަތުރުކުރެއްވި ފްލައިޓް ޖަރުމަނުވިލާތުގައި ލޭންޑްކޮށްފި
  • ރައީސް ނަޝީދު މާދަމާ ހެނދުނުގެ ވަގުތެއްގައި ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވާނެ
  • ރައީސް ނަޝީދު އިތުރު ފަރުވާއަށް މިމަހު 13ގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވަނީ
 
Writer Profile Picture
އިސްމާއިލް އާޒިމް
ރައީސް ނަޝީދު ދަތުރުކުރެއްވި ފްލައިޓް ޖަރުމަނުވިލާތުގައި ލޭންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަނަށް ދަތުރު ކުރެއްވި އެއާރ އެންބިއުލާންސްގެ ޚަރަދު ހަމަޖައްސާފައި ވަނީ ޖަރުމަނު ވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ބޭރަށް ފުރާ ވަޑައިގެންނެވީ، ބުރާސްފަތި ދުވަހުގެ ހެނދުނެވެ.

13 މެއި 2021 | ބުރާސްފަތި 21:30
Writer Profile Picture
ޝިއުނާ ސޯލިހް
ރައީސް ނަޝީދު މާދަމާ ހެނދުނުގެ ވަގުތެއްގައި ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވާނެ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިލެއްވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް މާދަމާ (މެިއ 13)ވަނަ ދުަހުގެ ހެނދުނު ޖަރުމަންވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް އާއިލާއިން ބުނެފިއެވެ.

އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި، ދިޔާތަކެއްޗާއި، ބައެއް ޚާއްސަ ކެއުންތައް ފަރީކުޅުއްވުމުގެ ހުއްދަ ޑޮކްޓަރުން މިހާރު ދެއްވާފައިވާ ކަމަށްވެސް އާއިލާއިން ބުނެއެވެ.

12 މެއި 2021 | ބުދަ 14:13
Writer Profile Picture
އިސްމާއިލް އާޒިމް
ރައީސް ނަޝީދު އިތުރު ފަރުވާއަށް މިމަހު 13ގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑަިއގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ރައިީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ، ރައީސް ނަޝީދަށް ލިބިލެއްވި އަނިޔާއަށް އިތުރު ފަރުވާ ހޯއްދެވުމަށް މި މަހުގެ 13 ވަނަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. އެމަނިކުފާނުގެ ހާލުކޮޅު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި، އަންގާރަ ދުވަހު އެނދުން ފައިބާ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގެން އިންނަވާ ކަމުގައެވެ. ހަމައެއާއެކު ޑޮކްޓަރުންގެ ހުއްދައާއެކު މިހާރު ދިޔާތަކެތި ބައްލަވާ ކަމަށް ޑރ. ނާޝިދު ވިދާޅުވިއެވެ.

11 މެއި 2021 | އަންގާރަ 19:40
Writer Profile Picture
އިސްމާއިލް އާޒިމް
މިވަގުތު ފޯކަސްހުރީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެއްކާ ޤަރީނާއާއެކު ޝަރީޢަތައް ހުށަހަޅާ އިންސާފު ހޯދުން

މިވަގުތު ފުލުހުންގެ ތަޙުޤީޤުގެ ޕްރައިމަރީ ފޯކަސްހުރީ ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހެއްކާ ޤަރީނާއާއެކު ޝަރީޢަތައް ދަޢުވާކުރަން ހުށަހަޅާ އަދުލު އިންސާރު ޤާއިމުކުރުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އަމާޒަށް ވާސިލުވުމަށް ތަޙުޤީޤަށް ބުރޫނާރާނެވަރަށް ދެފުށްފެންނަގޮތައް މަޢުލޫމާތު ވަގުތުން ވަގުތައް ހާމަކުރަމުންދާނެކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

11 މެއި 2021 | އަންގާރަ 17:40
Writer Profile Picture
އިސްމާއިލް އާޒިމް
ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް އަދި ނޭންގޭ!

ޖިނާއީ މައްސަލަތަކުގައި ދައުވާ ހުށަހަޅަން ވަކި ޓައިމްފްރޭމްތަކެއް ދީފައިވާކަން ވަނީ ފުލުހުން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މުއްދަތު އިތުރުކުރާނަމަ އެކަންވެސް ކުރާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ. ހައްޔަރުގައި ތިބި މީހުންނަށް ގޮތް ނިންމުމުގައި މިކަންކަމަށް ރިޢާޔަތްކުރާނެކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

މި މައްސަލައަކީ ވަރަށް ގިނަ ކަންކަން ބަލާ ގިނަ ހޯދުންތައް ހޯދަންޖެހޭ މައްސަލައެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ކަޑަތުކުރަމުން މިދަނީ ތަޙުޤީޤުގެ "އަރލީ ސްޓޭޖްތައް"ކަމުން ހައްޔަރުކުރެވިފައިވާ މީހުންގެ މައްޗަށް ދަޢުވާކުރެވޭނެ ދުވަހެއް ނޭންގޭކަމަށް ފުލުހުން ބުނެއެވެ.

11 މެއި 2021 | އަންގާރަ 17:34
Writer Profile Picture
އިސްމާއިލް އާޒިމް
ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުންކުރަމުން

ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ދަނީ ބޭނުންކުރަމުންކަމަށް ފުލުހުން ބުނެފިއެވެ. ތަހުޤީޤަށް ބޭނުންވާ ހުރިހާ ވަސީލަތެއް ބޭނުންކުރެވޭނެ އިންތިޒާމު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލްކުރުމާއި ނިރުބަވެރި ޙަމަލާގެ ތަޙުޤީޤުކުރުމަށް ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓްތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ.

11 މެއި 2021 | އަންގާރަ 17:24
Writer Profile Picture
އިސްމާއިލް އާޒިމް
ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް ތަފްސީލީގިތެއްގައި ހާމަކުރަމުން ދާނަން: އޭސީޕީ ރިޔާޒް

ތަހުގީގާއި ގުޅިގެން ހޯދޭ ހޯދުންތައް އެކަށީގެންވާ ގޮތުގައި ތަފްސީލުކޮށް ހާމަކުރަމުންދާނެކަމަށް އޭސީޕީ ރިޔާޒު ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އެކި އޭންގަލްތަކުން ދަނީ ބަލަމުންނެވެ. އެގޮތުން ރައީސް ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ގަޑި އަދުހަމްއަށް އެނގުނު ގޮތް މިބަލަމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.

11 މެއި 2021 | އަންގާރަ 17:12
Writer Profile Picture
އިސްމާއިލް އާޒިމް
ރޭޒާފުއްތައް ފަދަ ކަމާ ގުޅުން ހުރި އެއްޗެއް ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް އެދިއްޖެ

ގޮއްވާލި ސަރަހައްދުން ވިއްސައިގެން ދިޔަ ރޭޒާ ފުށްތައްފަދަ ކަމާ ގުޅުން ހުރި އެއްޗެއް ފެނިއްޖެނަމަ ފުލުހުން ގާއިމްކޮށްފައިވާ ހޮޓްލައިން 9704000ށް ގުޅައިދިނުމަށް ވަނީ އެދިފައެވެ. މިހާތަނަށް ތަހުގީގު ކުރަމުންދާއިރު ބޮމާ ގުޅޭ ގޮތުން ހިންގަންޖެހޭ ބައެއް ޓެކްނިކަލް އިތުރު އެވެލުއޭޝަން ހެދުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތަށް ލިބެމުންދާ އިތުރު މައުލޫމާތުގެ މައްޗަށް ތަހުގީގު އިތުރަށް ފުޅާ ކޮށް މި މައްސަލާގެ ތަހުގީގަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

11 މެއި 2021 | އަންގާރަ 17:10
Writer Profile Picture
އިސްމާއިލް އާޒިމް
މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ވަނީ ހައްޔަރުކޮށްފައި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ދިނުމުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އިތުރު ބަޔަކުވެސް މިކަން ހިންގުމުގައި އުޅޭކަމަށް ބެލެވި "ޕާސަން އޮފް އިންޓްރެސްޓް"ގެ ގޮތުގައި އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުންވަނީ މިވަގުތައް މި މައްސަލައިގައި ތަހުޤީޤަށް ހައްޔަރުކުރަން ޖެހޭ އެންމެން ވަނީ ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

11 މެއި 2021 | އަންގާރަ 17:06
Writer Profile Picture
އިސްމާއިލް އާޒިމް
ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން އަދި އިނގިފައެއް ނެތް

ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން އަދި ނޭނގޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށްދިން ނިރުބަވެރި ހަމަލާއާއި އެމްއެމްޕީއާރްސީ ކޮރަޕްޝަން ކޭސްއާއި ގުޅުން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންވަނީ ފުލުހުން ތަހުޤީޤުކުރާ އިތުރު މައްސަލައަކާއި މި ކޭސްއާއި ގުޅުން ހުރިކަން ކަނޑައެޅިފައިނުވާކަމަށެވެ.

11 މެއި 2021 | އަންގާރަ 16:56
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދު ހުޅުވާލައިފި

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެތަން ހުޅުވާލީ އެސަރަހައްދުން އެކަމާ ގުޅުންހުރި ހުރިހާ އެއްޗެއް ނަގާފައި ކަމަށާއި، އަދިވެސް އެތާ ގެއަކުން ވެސް އެއާ ގުޅުންހުރި އެއްޗެއް ފެނިއްޖެ ނަމަ އެންގުމަށް އެދިފައިވެއެވެ.

11 މެއި 2021 | އަންގާރަ 16:42
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި

11 މެއި 2021 | އަންގާރަ 16:40
Writer Profile Picture
ލައިޝާ އަހްމަދު
ބިހުރޯޒު މިސްކިތުން ނުރައްކާ ޒާތުގެ އެއްޗެއް ނުފެނޭ: އެމްއެންޑީއެފް

ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ވަނީ ބަލައި ފާސްކޮށްފައި. އަދި އެތަން ކްލިއަރ ކޮށްފައިވާއިރު، ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނޭ

11 މެއި 2021 | އަންގާރަ 00:05
Writer Profile Picture
ޝުރުފާ މުހައްމަދު
އެމްޑީޕީއަކީ އަމާންކަމަށް ލޯބިކުރާ ޕާޓީއެއް: ރައީސް

ޓެރަރިސްޓުންގެ ބޭނުމަކީ އަމަންއަމާންކަން ނަގާލުން، ސުލްހަ ގެއްލުވާލުން، އެކަމަކު އެމްޑީޕީން އަދި ސަރުކާރުން އެކަން އެހެން ކުރަން ފުރުސަތު ނުދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި، ބޭނުންވަނީ ހަމަޖެހުމާއި ސުލްހަމަސަލަސް ކަން ކަމަށާއި، އަނެކާގެ ފުރާނައަށް އިހްތިރާމް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ.

9 މެއި 2021 | އާދީއްތަ 22:02
Writer Profile Picture
ޝުރުފާ މުހައްމަދު
މި މައްސަލައިގައި ޝަރީއަތަށް ދާނީ ސީދާ ޕީޖީ: ރައީސް

މި ތަހުގީގަށް ޕީޖީގެ އެއްބާރުލުން ވަރަށް ފުރިހަމަ ކަމަށާއި، މިހާރު ވެސް ވަނީ ވަކި ޓީމެއް އެކުލަވާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ވަރަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

9 މެއި 2021 | އާދީއްތަ 22:00
Writer Profile Picture
ޝުރުފާ މުހައްމަދު
މިވަގުތުގެ އަމާޒަކީ އެކަންކުރި މީހުން ހޯދައި އިންސާފު ހޯދުން: ރައީސް

ޔޫއެންއޯޑީސީއާއި ލަންޑަންގެ މާހިރުން ވެސް މިހާރު ދަނީ ތަހުގީގަށް އެހީތެރިވަމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހިނގި ރޭ އަވަށްޓެރި ގައުމުތަކުން ވެސް އެހީވާން ބޭނުންވާކަން ހާމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި، އައިއީޑީއާ ގުޅޭ މުހިންމުކަންތައްތަކެއް މިހާރު ވެސް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

މައުލޫމާތުތައް ލިބޭ ވަރަކުން އެ މައުލޫމާތުތައް ރައީސްއަށާއި 241 ކޮމިޓީއަށް ފުލުހުން ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

9 މެއި 2021 | އާދީއްތަ 21:59
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދުގެ ހިއްވަރަށް ކުޑަވެސް ބަދަލެއް ނާދޭ: ރައީސް

މިއަދު މެންދުރު ރައީސް ނަޝީދާ ބައްދަލުވި ކަމަށާއި، އެމަނިކުފާނާއި ދެކެވުނު ވާހަކަތަކުން އެމަނިކުފާނުގެ އަޒުމާއި ހިއްވަރަށް ކުޑަވެސް ބަދަލެއް ނާންނަކަން ޔަގީން ވި ކަމަށް ރައީސް ވިދާޅުވިއެވެ.

9 މެއި 2021 | އާދީއްތަ 21:56
Writer Profile Picture
ޝުރުފާ މުހައްމަދު
އެމްޑީޕީގެ ގައުމީ މަޖިލިސް ފަށައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިސް ފަށައިފި.

މި މަޖިލީހުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ބޭއްވި ގައުމީ މަޖިލިސް - ރާއްޖެއެމްވީ
9 މެއި 2021 | އާދީއްތަ 21:55
Writer Profile Picture
ޝުރުފާ މުހައްމަދު
ހަމަލާއާ ކައިރިކޮށް ސިމްތަކާއި ފޯނުތައް ގަނެފައިވޭ

އެ ހުރިހާ ފޯނުތަކާއި، ސިމްތަކުގެ ރިކޯޑުތައް ބަލާއިރު މިއީ ސީދާ ހަމަލާއަށް ވީ ތައްޔާރީތަކެއްކަން އެނގެން އެބަހުރި. ހަމަލާގެ ފަހުން ކޮށްފައިވާ ކޯލްތަކާއި އެ ހުރިހާ އެއްޗެއްގެ އެނަލަސިސް އެއް ހަދަމުންދަނީ

9 މެއި 2021 | އާދީއްތަ 16:35
Writer Profile Picture
ޝުރުފާ މުހައްމަދު
ގޮއްވާލި މީހުން އެކަނި ހޯދާފަ ހުއްޓާ ނުލާނަން: ސީޕީ

ސީޕީ ވިދާޅުވީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ހަމައެކަނި އެމީހުން ހައްޔަރުކޮށްފައި ހުއްޓާނުލާނެ ކަމަށާއި، އެކަން ރޭވުމުގައި ހަރަކާތްތެރިވި މީހުން ވެސް ހައްޔަރުކުރާނެ ކަމަށެވެ.

9 މެއި 2021 | އާދީއްތަ 16:28
Writer Profile Picture
ޝުރުފާ މުހައްމަދު
މީހާ ނޭނގޭ ގޮތަށް ހަދަން ތުނބުޅި ބާލާ ސިފަ އޮޅުވާލަން މަސައްކަތްކޮށްފައިވޭ

އޭނަގެ ތުނބުޅި ބަލައި ސިފަ އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި، އެކަމަށް ބޭނުންކުރި އެއްޗެހިވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނިއެވެ.

9 މެއި 2021 | އާދީއްތަ 16:27
Writer Profile Picture
ޝުރުފާ މުހައްމަދު
ގޮއްވާލި މީހުންނަށް ހިއްވަރުދޭ ގޮތަށް ވާހަކަދައްކާ މީހުންނަށް ފިޔަވަޅު އަޅާނަން

ބައެއް ނޫސްތަކުގެ ކޮމެންޓުތަކާއި ސޯޝަލް މީޑިއާގައި ވެސް އެމީހުންނަށް ހިއްވަރުދީ ވާހަކަދައްކާކަން ފާހަގަވޭ. އެއީ ގާނޫނީ ކުށެއް އަދި އެކަމަށް ގާނޫނީ ވިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.

9 މެއި 2021 | އާދީއްތަ 16:25
Writer Profile Picture
ޝުރުފާ މުހައްމަދު
އައިއީޑީގައި ބޭނުންކުރި ރިމޯޓާއި އެތަކެތި ފުލުހުންނަށް ލިބިފައިވޭ

ބޭނުންކޮށްފައި ވަނީ އާންމުކޮށް ގަންނަން ވެސް ލިބޭ ތަކެތި. އައިއީޑީގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ބެޓަރިއާއި ރޭޒަރ ފުށް ފަދަ ތަކެތި އެ ސަރަހައްދުން ވަނީ ފެނިފައި

ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
9 މެއި 2021 | އާދީއްތަ 16:22
Writer Profile Picture
ޝުރުފާ މުހައްމަދު
މިކަމުގައި ހައްޔަރުކުރި މުޖާހުއާއެކު ފަހުން އޭނަ ދިޔަތަން ކެމެރާތަކުން ފެނޭ

ގޮއްވާލުމަށް ފަހު ދުވެފަ އޭނާ ވަކި ހިސާބަކަށް ގޮސް. ޗާންދަނީ މަގުން މަސްޖިދުލް ޖަލާލުއްދީންއަށް ދިޔަ. އެތަނުން އަމީނީމަގަށް ގޮސް އެމަގުގައި އިން ޕާކަށް ދިޔަ. އެ ޕާކުގައި މުޖާހު އިން. އޭގެ ފަހުން އެ ދެމީހުން އަމަލުތައް ވެސް ސީސީޓީވީ ކެމެރާތަކުން ފެންނަން އެބަހުރި.

އޭނަ އެތަންތަނަށް ދުވަމުން ދިޔަ އިރު ދިޔައީ ފޯނުން ވާހަކަދައްކަމުން.

ރައީސް ނަޝީދަށް ދިން ހަމަލާ - ޕޮލިސް
9 މެއި 2021 | އާދީއްތަ 16:21
Writer Profile Picture
ޝުރުފާ މުހައްމަދު
އޭނަ އަތުގައި ރިމޯޓެއް އޮތްކަން ވީޑިއޯއިން ފެނޭ

އެ ވީޑިއޯގައި އޭނާއަތުން ރިމޯޓެއް ފެނޭ. އަދި އެހެން މިހުންނާ ހިލާފަށް އޭނަ ވަރަށް ބޮޑަށް އެކަމަށް ތައްޔާރަށް ހުރިކަން ފާހަގަވި.

9 މެއި 2021 | އާދީއްތަ 16:19