ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

76,903
  • އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ފިކުރަކަށް ތާއަބަދަށް ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ގަބޫލުކުރާކަށް ނުވާނެ - ނަޝީދު
  • ކެނޑިޑޭޓުންގެ ޗޮއިސްގެ ޒިންމާ ބޭނުން ވިޔަސް ނުނެގޭ - ނަޝީދު
  • އިންތިހާބަށް ވޯޓުލި މީހުންގެ އަދަދު މަދެއް ނޫން - ނަޝީދު
ފާތިމަތު އުދުމާ
 
އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ފިކުރަކަށް ތާއަބަދަށް ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ގަބޫލުކުރާކަށް ނުވާނެ - ނަޝީދު

އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ފިކުރަކަށް ތާއަބަދަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އަބަދަށް ލިބޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި މަގުބޫލުކަން ގެއްލިގެން ދިޔަ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތްތާގައި އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 15:04
ފާތިމަތު އުދުމާ
 
ކެނޑިޑޭޓުންގެ ޗޮއިސްގެ ޒިންމާ ބޭނުން ވިޔަސް ނުނެގޭ - ނަޝީދު

ކެންޑިޑޭޓުން ނިންމަނީ އެމްޑީޕީގެ ޕްރައިމަރީއިން ކަމަށާއި އެހެން ކަމުން ކެނޑިޑޭޓުންގެ ޗޮއިސް ރަނގަޅު ނޫން ޗޮއިސް އެކޭ ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ޒިންމާ ނަގަން ބޭނުން ވިޔަސް، ޕާޓީގެ ނިޒާމުގެ ތެރެއިން ޒިންމާ ނުނެގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 15:00
ފާތިމަތު އުދުމާ
 
އިންތިހާބަށް ވޯޓުލި މީހުންގެ އަދަދު މަދެއް ނޫން - ނަޝީދު

މިފަހަރުގެ އިންތިހާބުގައި މާލެ ސަރަހައްދުން ވޯޓު ދިން މީހުންގެ އަދަދު ދަށް ނޫން ކަމަށާއި ހާއްސަކޮށް މިފަދަ ބަލިމަޑު ކަމެއްގެ ތެރޭގައި މިއަދަދަށް މީހުން ނުކުމެ ވޯޓު ލުމަކީ ރަނގަޅު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:58
ފާތިމަތު އުދުމާ
 
މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ނުވުމުން ނިޒާމަށް ބަދަލުގެންނާކަށް މަސައްކަތެއް ނުކުރާނަން - ނަޝީދu

މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބު ނުކުރެވުމުން މިހާރުގެ ނިޒާމަށް ބަދަލުގެންނަން މަސައްކަތް ނުކުރާނެ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނަސްދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުން ވަނީ ތަރައްގީ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒު ނިޒާމުގެ ދަށުން ރާއްޖެ ތަރައްގީކުރުން ކަމަށް ފާހަގަކުރެއްވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:55
ފާތިމަތު އުދުމާ
 
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމުގެ އަސްލަކީ ކޮރަޕްޝަންގެ މައްސަލަތައް - ނަޝީދު

އެމްޑީޕީގެ ލީޑަރޝިޕާއި ޕާޓީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކަކީ ކޮރަޕްޝަންގެ ސަބަބުން އުފެދުފައިވާ މައްސަލަތަކެއް ކަމަށާއި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ކުރާ ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:51
ފާތިމަތު އުދުމާ
 
މާލޭގެ ނަތީޖާގައި ހައިރާންވާކަމެއް ނެތް - ނަޝީދު

މިފަހަރުގެ އިންތިހާބުގައި މާލޭގެ ގޮޑިތަކުން ނުކުތް ނަތީޖާތަކުގައި ހައިރާންވާން ފަދަ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:48
ފާތިމަތު އުދުމާ
 
މުއިއްޒު އަކީ ކުޅަދާނަ ކެނޑިޑޭޓެއް - ނަޝީދު

ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ޑރ. މުއިއްޒު އަކީ ކުޅަދާނަ މޮޅު އަދި ގާބިލު ކެނޑިޑޭޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި އެއާއިއެކު، އެމްޑީޕީ އިން ކުރިމަތިލި އަނަސް އަކީވެސް ކުޅަދާނަ ކެނޑިޑޭޓެއް ކަމަށާއި، ކުރިމަގު އޮތް ޒުވާނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:46
ފާތިމަތު އުދުމާ
 
މުޅި ރާއްޖޭގެ އިންތިހާބުން މޮޅުވެއްޖެ، މާލޭގެ އިންތިހާބުން ނާކާމިޔާބު ވެއްޖެ - ނަޝީދu

މިފަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީގެ ކޮމެޓީ އިންތިހާބުން މުޅި ރާއްޖެއިން އެމްޑީޕީ މޮޅުވެއްޖެ ކަމަށާއި މާލޭގެ އިންތިހާބުން ނާކާމިޔާބު ވެއްޖެކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިކަން ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 14:44
އާއިޝަތު ޝިއުރާ
 
މާލެ ސަރަހައްދުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިނަމަވެސް މިކަމުން ފިލާވަޅު ލިބިގަނެ ކަންކަން ރަނގަޅުކުރާނަން: ފައްޔާޒު
11 އޭޕްރިލް 2021 | އާދީއްތަ 08:11
އާއިޝަތު ޝިއުރާ
 
މިހާތަނަށް މުޅި ރާއްޖޭގެ ވަގުތީ ނަތީޖާ:

ގުނި ވޯޓު ފޮށި:146

އެމްޑީޕީ: 233 ގޮނޑި

އަދާލަތު: 4 ގޮނޑި

ޖޭޕީ: 6 ގޮނޑި

ޕީޕީއެމް: 106 ގޮނޑި

އެމްޑީއޭ: 13 ގޮނޑި

އަމިއްލަ ކެންޑިޑޭޓުން: 77 ގޮނޑި

11 އޭޕްރިލް 2021 | އާދީއްތަ 08:02
އާއިޝަތު ޝިއުރާ
 
ޑރ ވަހީދު މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ
11 އޭޕްރިލް 2021 | އާދީއްތަ 07:56
އާއިޝަތު ޝިއުރާ
 
ކައުންސިލް އިންތިޚާބަކީ ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ނަސްރެއް: ޑިފެންސް މިނިސްޓަރ
11 އޭޕްރިލް 2021 | އާދީއްތަ 06:47
އާއިޝަތު ޝިއުރާ
 
މިހާތަނަށް މުޅި ރާއްޖޭގެ ވަގުތީ ނަތީޖާ:

މިހާތަނަށް ރާއްޖެ އެމްވީ އަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު

ގުނި ވޯޓު ފޮށީގެ އަދަދު: 124

އެމްޑީޕީ:200 ގޮނޑި

ޕީޕީއެމް:96 ގޮނޑި

އެމްޑީއޭ: 8 ގޮނޑި

އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓުން: 68 ގޮނޑި

11 އޭޕްރިލް 2021 | އާދީއްތަ 03:04
އާއިޝަތު ޝިއުރާ
 
ފުރަތަމަ ފަހަރަށް ތިނަދޫ ކައުންސިލަށް ޕީޕީއެމް މެމްބަރުން

ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން އިންތިޚާބުވެއްޖެއެވެ.

ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވާފައެވެ.

11 އޭޕްރިލް 2021 | އާދީއްތަ 02:51
އާއިޝަތު ޝިއުރާ
 
ފުރަތަމަ ފަހަރަށް ތިނަދޫ ކައުންސިލަށް ޕީޕީއެމް މެމްބަރުން

ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން އިންތިޚާބުވެއްޖެއެވެ.

ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވާފައެވެ.

11 އޭޕްރިލް 2021 | އާދީއްތަ 02:51
އާއިޝަތު ޝިއުރާ
 
މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ޕީޕީއެމަށް

މާލޭގެ މޭޔަރުކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒް ކާމިޔާބު ކުރައްވާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތުވެސް ޕީޕީއެމްއިން ހޯދައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑި ނެގީ ޕީޕީއެމް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެ ނަތީޖާއާ އެކު، އެ ދާއިރާތަކުގެ ކެންޑިޑޭޓުން ވަނީ ޕީޕީއެމްގެ އޮފީހުގައި މިރޭ އުފާފާޅުކޮށްފަ އެވެ.

11 އޭޕްރިލް 2021 | އާދީއްތަ 02:38
އާއިޝަތު ޝިއުރާ
 
އަނަސް ބަލި ގަބޫލުކުރައްވާ މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ

މާލެ ސިޓީ މޭޔަރ ކަމަށް އެމްޑީޕީން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

11 އޭޕްރިލް 2021 | އާދީއްތަ 00:01
އާއިޝަތު ޝިއުރާ
 
އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އިންތިޚާބުގައި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ނެގުނީ ހަތް ގޮނޑި އެވެ. ދެން ކާމިޔާބު ހޯދީ އިދިކޮޅު ޕީޕީއެމުން ތިން ގޮނޑި އަދި އަމިއްލަ ތިން ކެންޑިޑޭޓެކެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:49
އާއިޝަތު ޝިއުރާ
 
އަޅުގަނޑުމެންވާނީ ޒިންމާދާރު ތެދުވެރި ބަޔަކަށް: މުއިއްޒު

ކައުންސިލު ވެގެންދާނީ ޒިންމާދާރު ތެދުވެރި ކައުންސިލަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:44
އާއިޝަތު ޝިއުރާ
 
ފެނިގެންދާނީ ނަތީޖާ ނެރެދޭ ، ތަރައްޤީގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް ގެންދާ ކައުންސިލެއް: މުއިއްޒު

ކުރިޔަށް އޮތްތަނުގައި ފެނިގެންދާނީ ނަތީޖާ ނެރެދޭ، ތަރައްގީގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް ގެންދާނެ ކައުންސިލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:41
އާއިޝަތު ޝިއުރާ
 
ޓީމެއްގެ ގޮތުގައި ހުރިހާ ކައުންސިލަރުންނާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެން: މުއިއްޒު

ޓީމެއްގެ ގޮތުގައި ހުރިހާ ކައުންސިލަރުންނާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންގެ ލާބަޔާއި މަންފާހުރި ގޮތްތަކަށް މަސައްކަތްކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:40
އާއިޝަތު ޝިއުރާ
 
ރައްޔިތުންގެ ބަހަށް އަމާނާތްތެރިވާނަން: މުއިއްޒު

ރައްޔިތުންގެ ބަހަށް އަމާނާތްތެރިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ރައްޔިތުން ބުނާ ވާހަކައަކީ ހަމަހަމަކަން ގާއިމުކޮށްދެއްވާށޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:38
އާއިޝަތު ޝިއުރާ
 
ރައީސް ޔާމީނަށް އިންސާފު ގާއިމުކޮށްދެއްވާ: މުއިއްޒު

އިންތިޚާބުން މާލޭ ރައްޔިތުން ބުނެދިން ވާހަކައަކީ ރައީސް ޔާމީން މިނިވަންކުރާށޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ގެންދަވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:36
އާއިޝަތު ޝިއުރާ
 
މާލެ ސިޓީ މޭޔަރުކަން ކާމިޔާބުކުރެއްވި ޕީޕީއެމް ކެންޑިޑޭޓް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިޔަށްދަނީ

މުއިއްޒު ވާހަކަދައްކަވަމުން ވަނީ މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި.

މާލޭގެ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު އިންތިޚާބަށް ކުރިމަތިލީ- މުއިއްޒު

10 އޭޕްރިލް 2021 | ހޮނިހިރު 23:34
އާއިޝަތު ޝިއުރާ
 
މާފަންނު ސްޓޭޑިއަމްގައި ހުރި ފުވައްމުލަކުގެ ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިންމައިފި

މާފަންނު ސްޓޭޑިއަމްގައި ހުރި ފުވައްމުލަކުގެ ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިންމައިފިއެވެ. މާފަންނު ސްޓޭޑިއަމްގައި ފުވައްމުލަކުގެ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިހުރިއެވެ.

10 އޭޕްރިލް 2021 | ހޮނިހިރު 23:30