ރައީސް ސޯލިޙުގެ 3 ވަނަ ރިޔާސީ ބަޔާން އިއްވެވުން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވެވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ނިމިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވެވުން
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ނިންމަވާލައްވައިފި
ދެން ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 0900 ގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި، ޖަލްސާ ނިންމަވާލެއްވި ނަމަވެސް، މަޖިލީހުގެ އާރކައިވް އަދި ލައިބްރަރީ ހުޅުވުން އޮންނާނެ

ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ޖަވާބު ދެއްވުމަށް ތައްޔާރުވުމަށް އެދިވަޑައިގެންފި
މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަން ފާހަގަ ކުރައްވައި މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވަނީ ރިޔާސީ ބަޔާނަށް މައިނޯރިޓީ ލީޑަރު ދެއްވާ ޖަވާބު ތައްޔާރު ކުރެއްވުމަށް އެދިވަޑައިގަންނަވާފައި،
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން އިހުތިޖާޖު ކުރަމުން ގެންދަނީ



ރާއްޖެ ތަރައްޤީ ކުރާނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން: ރައީސް
ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރާނީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ހެޔޮވެރިކަމުގެ އުޞޫލުން ކަމަށް، އަދި އެ އުސޫލުން ރާއްޖެ ކުރިއަރުވައި ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ޤާނޫނުތަކުގެ ބިލުތައް މިއަހަރުގެ ތެރޭގައިވެސް ހުށައަޅުއްވާނެކަން ރައީސް ފާހަގަ ކުރެއްވި،
ސަރކިޓް ކޯޓް ތަޢާރަފް ކުރުމާ ބެހޭ ބިލު މިއަހަރު މަޖިލީހަށް ހުށައަޅަނީ
ރައީސް ވިދާޅުވީ، ދައުލަތުގެ އެހެން ބާރުތަކު ގެ ނުފޫޒުން މިންޖުވެ، މައްސަލަތައް ނިންމުމުގެ މިނިވަންކަން ، އެންމެ މަތީ ކޯޓުން ފެށިގެން އެންމެ ދަށު ކޯޓާ ހަމައަށް، މިހާރު އެބައޮތް ކަމަށް، އަދި ޝަރުޢީ މަރުޙަލާ އަވަސްކޮށް، އިންޞާފު ލިބޭނެ އިންތިޒާމް ކަށަވަރު ކުރުމަށްޓަކައި، ސަރކިޓް ކޯޓް ތަޢާރަފް ކުރުމަށް ބޭނުންވާ ޤާނޫނުގެ ބިލު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށައަޅުއްވަން ޤަސްތު ކުރައްވާ ކަމަށް ރައީސް ވިދާޅުވި
ލ. ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ
ލ. ކަޅައިދޫގައި ހަދާ ރިހެބިލިޓޭޝަން މަރުކަޒުގައި ތަޢުލީމާއި ހުނަރުގެ މުހިންމު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ރައީސް ސޯލިޙު ވިދާޅުވި، ރައީސް ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް، ޑްރަގް އޮފެންޑާޒް ރިމާންޑް ސެންޓަރެއް ހެދުމަކީ، 2011 ވަނަ އަހަރު ޢަމަލުކުރަން ފެށި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުން ލާޒިމްކޮށްފައި އޮތް ކަމެއް ކަމަށް، އަދި 10 އަހަރަށް ފަހު، މާލެ އަތޮޅު ގުޅީފަޅުގައި އެމަރުކަޒު ޤާއިމުކޮށް، އެތަނުގައި ބައެއް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ރައީސް ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ފާހަގަ ކުރެއްވި
މިއީ ރައީސް ސޯލިޙުގެ 3 ވަނަ ރިޔާސީ ބަޔާން

މަތީ ތަޢުލީމާއި ތަމްރީނުގެ 770 ލޯނަށް ކުރިމަތިލުމަށް އަންނަ ހަފްތާގައި އިއުލާނު ކުރަނީ
އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން: ރައީސް
ތިމާވެށީގެ ދާއިރާއިން ކުރައްވަން ނިންމަވާފައިވާ މުހިއްމު ކަންކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން ކަމަށް،

އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފު ކުރަނީ
ރައީސް ވިދާޅުވީ، އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފު ކުރުމަށް ވެމްކޯއާ ޙަވާލު ކުރެވިފައިވާ ކަމަށް، އަދި އެކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް ތަރައްޤީ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި
މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މާލޭ ސަރަޙައްދުގައި ފަށަނީ

މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މި މަހު ބަޔަކާ ޙަވާލު ކުރަނީ
މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މި މަހު ބަޔަކާ ޙަވާލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވި،
އޭގެ އިތުރުން، ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ހުޅުވާލާފައިވާކަން ރައީސް ފާހަގަ ކުރެއްވި
އެންޓި- ޓްރެފިކިން އިން ޕާސަންސް އޮފީހެއް މިއަހަރު ޤާއިމު ކުރަނީ
އެންޓި- ޓްރެފިކިން އިން ޕާސަންސް އޮފީހެއް މިއަހަރު ޤާއިމު ކުރަން ނިންމަވާފައިވާކަން ދާދި ދެންމެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވަނީ އިއުލާނު ކުރައްވާފައި،

ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމްގައި 41000ށް ވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވޭ
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބޭރުގެ ސަފީރުން ބައިވެރިވެވަޑައިގެންފައިވޭ

މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަނީ
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ލޯކަލް ޕޮލިސިންގް ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އަދި މިހާރު އައްޑޫގައި ހަދަމުން އަންނަ، ނޭ ޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް ސެންޓަރވެސް، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެކަން ރައީސް ފާހަގަ ކުރެއްވި
ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ޚާއްސަ ޑިޕާރޓްމަންޓެއް ފުލުހުންގެ ޚިދުމަތަށް އިތުރު ކުރަނީ
މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވޭ: ރައީސް
ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ސޯލިޙު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތް ޕްރޮފެޝަނަލްކޮށް ، ނެއިބަރހުޑް ޕޮލިސިންގެ އުޞޫލުން ޚިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާފައި، އަދި އޭގެ ނަތީޖާވެސް ރަނގަޅުކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަމަށް،
ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން - ރެސިޑެންޓް" ސަފީރެއް އައްޔަނު ކުރައްވަނީ
ޚާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އެގޮތުން ފުރަތަމަ ފަހަރަށް ފަލަސްޠީނަށް "ނޮން - ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ޤަސްދު ކުރައްވާކަމަށް ރައީސް ވިދާޅުވި
ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ މިއަހަރު ޤާއިމު ކުރަން ފަށަނީ
ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިދިނުމަށްޓަކައި، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް، އަދި އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަ ކުރެއްވި
އޭގެ އިތުރުން، ފަޚުރުވެރިކަމާއެކު، ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި، މުޅިންއަލަށް އެލްޑަރލީ ވިލެޖެއް، އައްޑު އަތޮޅުގައި ޤާއިމްކުރުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެކަން ރައީސް ފާހަގަ ކުރެއްވި
މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ: ރައީސް
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ދީނުގެ ނަމުގައި، ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް، ޙައްޤުތަކުން މަޙްރޫމްކޮށް، މުޖްތަމަޢު ބައިބައިކުރުމަށް، އެއްވެސް ބަޔަކަށް މިފަސްގަނޑުގައި އެއްވެސް ފުރުޞަތެއް ނުދެވޭނެ ކަމަށް،
އޭގެ އިތުރުން، އަނިޔާ ލިބޭ ކޮންމެ މީހަކު އަނިޔާއިން ދުރުކޮށް، ރައްކާތެރި އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަކީ، ހެޔޮވެރިކަމުގެ އެންމެ މުހިންމު އަސާސް ކަމަށް ޤަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވި
ާ 45 ރަށެއް ގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމު ކުރުމަށް ތައްޔާރުވަނީ
ރައީސް ވިދާޅުވީ، ރާއްޖޭގައި މުޅިން އަލަށް ފަށާ ކޮންޓްރެކްޓް ފާމިންގ އުޞޫލުން ދަނޑުވެރިކަން ކުރަން ކަނޑައަޅާފައިވާ 45 ރަށެއް ގެ ދަނޑުވެރިންނާއެކު، ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި އެއްބަސްވުން ޤާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ފެށުމަށް، އެގްރޯ ކުންފުނިން މިހާރު ތައްޔާރުވަމުންދާ ކަމަށް ، އަދި އެކަމުގެ މަޤްސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވި
އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިގެން ދިޔައިރުވެސް، ވިންދު ޖަހަޖަހައި އޮތީ ދިވެހި މަސްވެރިކަން: ރައީސް
ިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެ: ރައީސް
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް، އެއާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭކަން ރައީސް ފާހަގަ ކުރެއްވި
ޚިދުމަތް ދެމުން މިއައީ، ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް: ރައީސް
ރައީސް ވިދާޅުވީ، ސަރުކާރުން ޚިދުމަތް ދެމުން އައިސްފައިވަނީ ސިވިލް ސަރވިސްގެ އެންމެ މުވައްޒަފެއްގެ މުސާރަވެސް އުނިނުކޮށް އަދި އެންމެ މުވައްޒަފަކުވެސް ވަޒީފާއިން ވަކިނުކޮށް ކަމަށް، އަދި އެތައް ދިވެހިންނެއްގެ ވަޒީފާ ސަލާމަތް ކުރައްވައި، ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަ ކުރެއްވި
ރައީސް ސޯލިޙު މިވަގުތު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ވާހަކަތައް ހިއްސާ ކުރައްވަމުން

ކޮވިޑުގެ މި ޙާލަތުގައި ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ލުއިކޮށްދީފައިވޭ
ރައީސް ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގައި ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަ ށް ވުރެ ބޮޑު ޢަދަދެއް ލުއިކޮށްދީފައިވާ ކަމަށް،
އޭގެ އިތުރުން، ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި.
އަދި ހައުސިންގ ލޯންތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވޭ
ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ: ރައީސް
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކޮވިޑް ވެކްސިން ޖަހައިދޭނީ މުޅިން ހިލޭ ކަމަށް، ރައީސް ވަނީ ވެކްސިން ޖެހުމަށް ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާފައި
ރައީސް ސޯލިޙުގެ ޝުކުރު ރާއްޖޭގެ ސިއްޙީ މަސައްކަތްތެރިންނަށް
ރައީސް ސޯލިޙު ގެންދަވަނީ ރާއްޖޭގެ ސިއްޙީ ޚިދުމަތްތެރިންނަށް ޝުކުރު އަދާ ކުރައްވަމުން، އެގޮތުން ރައީސް ވިދާޅުވީ، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ން ކުރި ބުރަ މަސައްކަތްތަކާއި، ޓެކް ނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރި ވާ ޞިއްޙީ ޚިދުމަތްތެރިންނާއި އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް
މިބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ: ރައީސް
ރައީސް މިވަގުތު ގެންދަވަނީ ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން
މިބައްޔަށް ފަރުވާކުރެވޭ ވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފެށިއްޖެ: ރައީސް
ރައީސް މިވަގުތު ގެންދަވަނީ ރާއްޖޭގެ ޙާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން
އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށް ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވަން ފައްޓަވައިފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފައްޓަވައިފި، އިދިކޮޅުން އިހުތިޖާޖު ކުރަމުން ދަނީ
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފައްޓަވައިފި، މިވަގުތު މަޖިލީހުގެ ރައީސް ގެންދަވަނީ މަޖިލީހާ ގުޅޭ ތަރީޚީ ވާހަކަތަކެއް ހިއްސާ ކޮށްދެއްވަމުން، އަދި އިދިކޮޅުން މިވަގުތު ގެންދަނީ އިހުތިޖާޖު ކުރަމުން
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް މަޖިލީހުގެ އިދާރާ ތައްޔާރުވެފައި، މިފަހަރު ތަފާތުވާނެ
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހުގެ ހެނދުނު 9 ޖަހާއިރު މަޖިލީހުގެ އިދާރާގައި އޮންނާނެ، އެކަމަށްޓަކައި މަޖިލީހުން ވަނީ ބޮޑެތި ތައްޔާރީތަކެއް ވެފައި.