ކޮވިޑް-19: އެންމެ ފަހުގެ

17,827,452
  • ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން އައިސޮލޭޓްކުރި ތިން މީހުންގެ ފަރާތުން އެކަމުގެ އަލާމާތެއް މިހާރު ނުފެނޭ: މިނިސްޓަރ
  • ފާއިތުވެ ދިޔަ 24 ގަޑިއިރު 700 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފިން: ހެލްތު މިނިސްޓަރ
  • ކުއްޖަކަށް އަރިދަފުސް ރޯގާ ޖެހިފައިވާނަމަ، ސްކޫލަށް ނުފޮނުވަން އިލްތިމާސް ކޮށްފި
 
Writer Profile Picture
ދާނިޝް ނިޡާމް
ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން އައިސޮލޭޓްކުރި ތިން މީހުންގެ ފަރާތުން އެކަމުގެ އަލާމާތެއް މިހާރު ނުފެނޭ: މިނިސްޓަރ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވިގެން ރާއްޖެއިން މިހާތަނަށް އެކަހެރި ކުރި އެއްވެސް މީހެއްގެ ފަރާތުން އެ ވައިރަހުގެ އަލަމަތެއް މިހާރު ނުފެންނަ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޗައިނާއަށް ދަތުރުކުރުމަށްފަހު މާލެ އައިސް ބަލީގެ އަލާމާތްތައް ފެނުނު 20 އަހަރުގެ ޒުވާނާގެ ގައިންވެސް އެ އަލާމާތްތައް މިހާރު ނުފެންނަކަމަށެވެ. އަދި އޭނާގެ ހާލު ރަނަގަޅުކަމަށާއި އެންމެ ފަހުން ސަސްޕެކްޓް ކުރެވުނު ދެމީހުންގެ ފަރާތުންވެސް އަލާމާތް ފެންނަން ނެތްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 21:58
Writer Profile Picture
ޒިހްނަތު ހަސަން
ފާއިތުވެ ދިޔަ 24 ގަޑިއިރު 700 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފިން: ހެލްތު މިނިސްޓަރ

މިހާރު ހެލްތު މިނިސްޓްރީގައި ކުރިޔަށްދާ ޕްރެސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެތެރޭގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސްއަށް ސްކްރީން ކުރެވިފައިވާކަމަށެވެ. އަދި މީގެ ކުރިން 400 މީހުން ސްކްރީންކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 21:24
Writer Profile Picture
ޒިހްނަތު ހަސަން
ކުއްޖަކަށް އަރިދަފުސް ރޯގާ ޖެހިފައިވާނަމަ، ސްކޫލަށް ނުފޮނުވަން އިލްތިމާސް ކޮށްފި

މިހާރު ހެލްތު މިނިސްޓްރީގައި ކުރިޔަށްދާ ޕްރެސް ކޮންފަރެންސްގައި އައިޖީއއެމްއެޗްގެ ޑޮކްޓަރު ވިދާޅުވީ އަރިދަފުސް ރޯގާ ދަރިވަރަކަށް ޖެހިފައިވާނަމަ، ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެ ދަރިވަރަކު ސްކޫލަށް ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގައި އަދި ސްކޫލްތައް ބަންދުކުރާ ޙާލަތައް ނުދާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 21:21
Writer Profile Picture
ޒިހްނަތު ހަސަން
ނޮވެލް ކޮރޯނާވައިރަސްއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުން 21:00 ގައި

ނޮވެލް ކޮރޯނާވައިރަސްއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރުމަށް މިނިސްޓްރީ އޮފް ހެލުތުން ބާއްވާ ޕްރެސްކޮންފަރެންސް ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެއެވެ. މި ޕްރެސް ރާއްޖެޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 20:54
Writer Profile Picture
ޒިހްނަތު ހަސަން
ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް، މާސްކް އަޅަންޖެހެނީ ކޮން ފަރާތްތަކަކުން؟

* ރޯގާޖެހި ކެއްސާ، ނޭވާކުރުވެ ނޭވާލާން އުންދަގޫ ފަރާތްތައް

* ނޮވެލް ކޮރޯނާވައިރަސްގެ އަލާމާތްތައްހުރި ފަރާތްތަކާއި ގާތްކޮށް އުޅޭ މީހުން

* ޞިއްޙީ ދާއިރާގެ ބޭފުޅުންގެ ތެރެއިން، ނޮވެލް ކޮރޯނާވައިރަސްގެ ޢަލާމާތްތައްހުރި ފަރާތްތަކައް ފަރުވާދިނުމުގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ބޭފުޅުން

*ޢާންމު ފަރާތްތަކުގެ ތެރެއިން ނޮވެލް ކޮރޯނާވައިރަސްގެ ޢާލާމާތްތައް ނުހުންނަ މީހުން މާސްކް އެޅުން މުހިންމެއް ނޫން

މަސްދަރު: ޑަބްލިއުއެޗްއޯ/އެޗްޕީއޭ

1 ފެބްރުއަރީ 2020 | ހޮނިހިރު 20:52
Writer Profile Picture
ޒިހްނަތު ހަސަން
ނޮވެލް ކޮރޯނާވައިރަސް ފެތުރޭ ގޮތްތައް

ނޮވެލް ކޮރޯނާވައިރަސް ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގައި ކުލައާއެކު ވައިރަސް ހަށިގަނޑުން ނިކުމެއެވެ. ބަލިމީހާ މިގޮތައް ކެއްސާއިރު، 3 ފޫޓު ކައިރީގައި ހުރި މީހެއްގެ އަނގަޔަށް، ނޭފަތައް ނުވަތަ ލޮލަށް މި ހިނގައްޖެނަމަ އެމީހަަކަށް މިބަލި ޖެހިދާނެއެވެ. އެހެންކަމުން ކެއްސާ ކިނބިހި އަޅާނަމަ އެހެން މީހުންގެ ސަލާމަތައްޓަކައި ފޭސް މާސްކް އެޅިދާނެއެެވެ.

މަސްދަރު: އެޗްޕީއޭ

1 ފެބްރުއަރީ 2020 | ހޮނިހިރު 20:47
Writer Profile Picture
ޒިހްނަތު ހަސަން
އަރިދަފުސް ރޯގާ ޖެހިފައިވާ ކޮންމެ މިހަކީ ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ނޫން: ޑރ މުހައްމަދު އަލީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެތެރަހަށީގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ކޮރޯނާވައިރަސްގައި ފެންނަ އަލާމާތްތަކަކީ އަދައިގެ ރޯގާއެއްގައި ފެންނަ އަލާމާތްތަކެއްކަމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ލުއި ކަންތައްތަކެއް އެބަހުރިކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، ރޯގާއެއް ޖެހިފައިވާ ކޮންމެ މީހަކީ ކޮރޯނާވައިރަސްގެ ބަލި ޖެހިފައިވާ މީހެއް ނޫންކަމަށާއި، ވައިރަސް އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ބެލެވޭނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.

މިހާރަކަށް އައިސް ވަރަށް ގިަނއިން އަޅުގަނޑުމެންނަށް ހީވޭ ކޮންމެ ރޯގާއަކީީވެސް ކޮރޯނާވައިރަސް އޭ. ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުންނޭ މި އަލާމާތްތައް މި ފެންނަނީ. އެކަމަކު ކޭސްއެއް ސަސްޕެކްޓް ކުރަމަށް އެންމެ މުހިންމު ކަމަކަމަށް ބެލެވޭނީ ޗައިނާއަށް ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ހުރުން. އެ ކްރައިޓީރިއާއަށް ނުފެތެންޏާ ސަސްޕެކްޓެއް ނުވެސްކުރެވޭނެ.
ޑރ މުހައްމަދު އަލީ
1 ފެބްރުއަރީ 2020 | ހޮނިހިރު 20:37
Writer Profile Picture
ޒިހްނަތު ހަސަން
އަލާމަތްތައް ނުފެންނަނަމަ، ޗައިނާއިން އަންނަ ދިވެހިން އައިސޮލޭޓް ކުރުމުގެ ވިސްނުމެއްނެތް!

ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން މައުލޫމާތު ދިނުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޗައިނާއިން އަންނަ ދިވެހިން އައިސޮލޭޓް ކުރަން ނިންމި ފަހުން އައީ ވަރަށް މަދު ބަޔަކު ކަމަށެވެ.

އެފަރާތްތަކުގެ ތެރޭގައިވެސް ގިނައީ ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ކަމަށާއި، އެމީހުން އައިސޮލޭޓްކުރުމަށް ވުރެ ބޮޑަށް ބާރުއަޅަނީ ހޯމް އައިސޮލޭޝަންއަށް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

(އައިސޮލޭޓް ކުރަން ނިންމި ފަހުން) ވަރަށް މަދު ބަޔަކު އައީވެސް. އޭގެ ތެރޭގައިވެސް ހުންނާނެ ކޮމްޕްލީޓްލީ އޭސިމްޕްޓޮމަޓިކް މީސްމީހުން. އެހެން ވެއްޖެއްޔާމުން އަޅުގަނޑުމެން އަނެއްކާވެސް މިއެދެނީ، އެބޭފުޅާ ހޯމް އައިސޮލޭޝަން އެންވަޔަރަމަންޓެއްގަ ތިބެން.
ޑރ. އިބްރާޙިމް އަފްޒަލް
1 ފެބްރުއަރީ 2020 | ހޮނިހިރު 20:35
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާ ވައިރަސްއާއި ގުޅިގެން އެމެރިކާއާއި އޮސްޓްރޭލިޔާއިން ވެސް ޓްރެވެލް އެޑްވައިޒަރީ ނެރެފި

އޮސްޓްރޭލިޔާއިން ޢާންމުކުރި ޓްރެވެލް އެޑްވައިޒަރީގައި ވަނީ ފަހުގެ ތާރީޚެއްގައި ޗައިނާއަށް ދަތުރުކޮށްފައިވާ އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެޤައުމަށް އެތެރެވިޔަ ނުދޭނެކަމަށެވެ. އަދި އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައިވަނީ ޗައިނާ މީހުންނަށާއި، ކޮރޯނާ ވައިރަސް ފެނުނު ފަހުން ޗައިނާައަށް އެކި ބޭނުންތަކުގައި ޒިޔާރާތްކޮށްފައިވާ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އެމެރިކާއަށް ވަނުމުގެ ފުރުޞަތު ނުދޭނެކަމަށެވެ.

ދާދި ފަހުން ރަޝިޔާ، ޖަޕާން، ޕާކިސްތާން އަދި އިޓަލީންވެސް ވަނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހުން އެޤައުމުތަކަށް އެތެރެވުމުގެ ހުއްދަ ނުދޭނެކަން އަންގާ އިޢުލާންކޮށްފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 20:34
Writer Profile Picture
ޒިހްނަތު ހަސަން
ވުހާން ސިޓިގައި ތިބި ބަންގްލަދޭޝް މީހުން އަނބުރާ ޤައުމަށް ގެންގޮސްފި

ބަންގްލަދޭޝްގެ ދައުލަތުގެ މީޑިއާއިން ޚަބަރުފަތުރާގޮތުގައި، ވުހާން ސިޓީގައި ތިބި ބަންގްލަދޭޝްގެ 316 ރައްޔިތުން ބަންގްލަދޭޝަށް ގެންދިޔައީ ޗާޓަރު ފްލައިޓެއްގައެވެ. މީގެތެރޭގައި 15 ކުޑަކުދިންވެސް ހިމެނެއެވެ. ބަންގްލަދޭޝަށް ގެންދިޔަ ހުރިހައި އެންމެން ދެ ހަފުތާވަންދެން ކަރަންޓީންކޮށްފައި ބައިތިއްބާނެކަމަށް ބަންގްލަދޭޝްގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ. 316 މީހުންގެ ތެރެއިން 7 މީހުންގެ ގައިން ކޮރޯނާވައިރަސްގެ ބައެއް ޢަލާމާތްތައް ފެންނާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށް ޚަބަރު ލިބެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 15:21
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްއާއި ގުޅިގެން، ވިއެޓްނާމުން ޗައިނާއަށް ކުރާ ވައިގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި

ވިއެޓްނާމްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، އެޤައުމުން ޗައިނާއަށް ވައިގެ ދަތުރުތައް މެދުކަނޑާލީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުންކަމަށެެވެ. ވިއެޓްނާމްގެ ޤައުމީ އެއަރލައިނުގެ އިތުރުން، ޗައިނާއަށް ދަތުރުކުރާ އެޤައުމުގެ ހުރިހައި ޕްރައިވެޓް އެއަރލައިންތައްވެސް ދަތުރުކުރުން މެދުކަނޑާލަން އޭވިއޭޝަން އޮތޯރިޓީން ވަނީ ސަރކިއުލަރއެއް ނެރެފައެވެ. ޗައިނާއަށް ކުރާ ސީދާ ދަތުރުތައް މެދުކަނޑާލިނަމަވެސް، ދަތުރުތައް އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 15:14
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސްގެ ބަލިމަޑުކާމާއި ގުޅިގެން ޗައިނާއިން އީޔޫގެ އެހީއަށް އެދިއްޖެ

ޗައިނާގެ ބޮޑުވަޒީރު ވަނީ ވިލާތު އިއްތިހާދުގެ މެންބަރު ޤައުމުތަކުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް އެދިފައެވެ. މިދަނޑިވަޅުގައި މާސްކާއި، ބައެއް އެމަރޖެންސި ޕްރޮކިއުރމެންޓް ސަޕްލައި ޗައިނާއަށް ބޭނުންވެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 14:05
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާ ނޫން އެހެން ޤައުމުތަކުން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޢަދަދު

ތައިލޭންޑް: 19 މީހުން

ޖަޕާން: 16 މީހުން

ސިންގަޕޫރ: 13 މީހުން

ޓައިވާން: 10 މީހުން

އޮސްޓްރޭލިޔާ: 9 މީހުން

މެލޭޝިޔާ: 8 މީހުން

ސައުތު ކޮރެއާ: 7 މީހުން

ފްރާންސް: 6 މީހުން

އެމެރިކާ: 6 މީހުން

ޖަރުމަން: 5 މީހުން

ވިއެޓްނާމް: 5 މީހުން

ޔުނައިޓެޑް އެރެބް އެމިރޭޓްސް: 4 މީހުން

ކެނެޑާ: 3 މީހުން

އިޓަލީ: 2 މީހުން

ރަޝިޔާ: 2 މީހުން

އިގިރޭސިވިލާތް: 2 މީހުން

ކެމްބޯޑިއާ: 1

ސްޕެއިން: 1

ފިންލޭންޑް: 1

ސްވިޑަން: 1

އިންޑިއާ: 1

ނޭޕާލް: 1

ފިލިޕީންސް: 1

ސްރީލަންކާ: 1

1 ފެބްރުއަރީ 2020 | ހޮނިހިރު 13:45
Writer Profile Picture
ޒިހްނަތު ހަސަން
ނޮވެލް ކޮރޯނާވައިރަސްގައި މަރުވި މީހުންގެ ޢަދަދު 259 އަށް އަރައިފި

ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 259 އަށް އަަރައިފިއެވެ. ޗައިނާގެ ޞިއްޙީ އޮފިޝަލުން ބުނާ ގޮތުގައި ޗައިނާ ގަޑިން މިއަދު މެންދުރު 12:00 އާއި ހަމަޔަށް އައިއިރު މިބަލީގައި މަރުވި މީހުންގެ ޢަދަދަކީ 259 އެކެވެ. އަދި މިހާތަނަށް މި ބަލީގެ އިންފެކްޝަން ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11،791 އެވެ. މި ބަލީގެ އަލާމަތްތައް ފެންނަ 102،000 މީހުން މިހާރުވެސް ކަރަންޓީން ކޮށް ފަރުވާދެމުންދާކަމަށް ޚަބަރުލިބެއެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 13:19
Writer Profile Picture
ޒިހްނަތު ހަސަން
ކުއާންތާސް އެއަރލައިނުން ޗައިނާއަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލައިފި
null
1 ފެބްރުއަރީ 2020 | ހޮނިހިރު 13:12
Writer Profile Picture
ޒިހްނަތު ހަސަން
އިގިރޭސި ވިލާތުން ވެސް ކޮރޯނާވައިރަސް ފެނިއްޖެ

ކޮރޯނާވައިރަސް ޖެހިފައިވާ ދެމީހުން އިނގިރޭސިވިލާތުން ފެނިފައިވާކަމަށް އެޤައުމުން ކަށަވަރުކޮށްދީފިއެވެ.

މިދެމީހުންނަކީ، ޔޯކްގެ ސްޓެއި ސިޓި އެޕަރޓްމަންޓް ހޮޓަލުގައި ތިބި ޗައިނާގެ އެއްއާއިލާއަކަށް ނިޞްބަތްވާ ދެމީހުންކަމަށް އޮފިޝަލުން ބުނެއެވެ. އެދެމީހުން ތިބި އެޕާޓްމަންޓް ބަންދު ކުރިނަމަވެސް އާދައިގެ މަތިން ހޮޓަލުގެ އޮޕަރޭޝަންސްތައް ކުރިޔަށްގެންދާ ކަމަށް ޚަބަރު ލިބެއެވެ. ކަމާބެހޭ މާހިރުންގެ އެހީގައި މިދެމީހުންނަށް ފަރުވާދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 13:09
Writer Profile Picture
ލައިޝާ އަހްމަދު
އެންމެ ފަހުގެ ކްރައިޓީރިއާއިން ކޮރޯނާއަށް ޝައްކު ކުރާ މިންގަނޑުތައް
  1. އެޑްމިޓް ކުރަންޖެހޭ ޙާލަތުގައި ހުރި ނޭވާލާ ނިޒާމުގެ ބައްޔެއް ހުރި މީހަކު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާއަށް ގޮސްފައިވުން
  2. އެމީހަކީ ހެލްތު ކެއަރ ވޯކަރަކަށް ވެފައި ނުވަތަ ނުރައްކާތެރި ބަލިތަކަށް ފަރުވާދޭ ތަނެއްގައި އުޅޭ މީހަކަށްވެފައި ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާއަށް ގޮސް، އެޑްމިޓް ކުރާ ޙާލުގައި އޭނާގެ ބަލި ޙާލަތު ހުރުން
  3. އެޑްމިޓް ކުރަން ނުޖެހޭ ޙާލަތުގައި ހުރި ނަމަވެސް ބަލީގެ އަލާމަތްތައް ހުރުން، އެފަދަ މީހަކު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާގެ މަސް ވިއްކާ ތަނަކަށް ގޮސްފައިވުން، ނުވަތަ އޭނާއަށް އެނގިގެން ކޮރޯނާ ވައިރަސް ހުރި މީހަކާ 3 ފޫޓް ކައިރިއަށް ގޮސްފައިވުން،
  4. ކޮރޯނާއަށް ކަށަވަރު ކުރެވޭ މީހަކަށް ފަރުވާ ދެވުނު ހޮސްޕިޓަލަކަށް ޥޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ގޮސްފައިވުން، އަދި ބަލީގެ އަލާމަތްތައް ފެނުން،
  5. ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ޗައިނާގެ ހޫބޭއަށް ގޮސްފައިވުން ، މި ކްރައިޓީރިއާގައި އަލާމާތެއް ހުރިތޯވެސް ނުބަލާނެ، މި ކްރައިޓީރިއާއަށް ފެތޭނަމަ ޓެސްޓް ކުރާނެ،
1 ފެބްރުއަރީ 2020 | ހޮނިހިރު 12:59
Writer Profile Picture
ޒިހްނަތު ހަސަން
2021 އަށް ކޮރޯނާވައިރަސް ވެކްސިން އުފެއްދިދާނެކަމުގެ އުންމީދު ބޮޑު: ޕެސްޓަރ އިންސްޓިޓިއުޓް

ކޮރޯނާވައިރަސްއަށް ވެކްސިންއެއް އުފެއްދުމަށް، އެކަމަށް ބޭނުންވާ ޚާއްޞަ ޓާސްފޯރސްއެއް އެކުލަވާލާފައިވާ ކަމަށް ފްރާންސްގެ ޕެސްޓަރ އިންސްޓިޓިއުޓުން ބުނެފިއެވެ. އެތާނގެ ސައިންޓެފިކް ޑައިރެކްޓަރ ކްރިސްޓޮފަރ ޑެ'އެންފަރޓް ވިދާޅުވީ، 20 މަސް ދުވަހުގެ ތެރޭގައި މި ވެކްސިން އުފައްދާ ބާޒާރަށް ނެރެވޭވަރުވާނެކަމަށެެވެ. އަދި މިހާރު ރޭވިފައިވާ ގޮތައް ކަންކަން ކުރިޔަށްދާނަމަ، އަންނަ އޯގަސްޓްމަހުގެ ތެރޭގައި އަޖުމަ ބެލުމުގެ މަސައްކަތް ފެށޭވަރުވާނެކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:53
Writer Profile Picture
ޒިހްނަތު ހަސަން
އިންޑިއާއިން މާސްކް އެކްސްޕޯޓް ކުރުން ހުއްޓާލައިފި

ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އިންޑިއާއިން އެހެން ޤައުމުތަކަށް މާސްކް ވިއްކުން ހުއްޓާލައިފިއެވެ. ރައްކާތެރިވުމަށް ބޭނުންކުރާ "ފޭޝަލް މާސްކް" އާއި އެ އުފައްދަން ބޭނުންކުރާ ފޮތި އެކްސްޕޯޓްކުރުން ހުއްޓާލިކަން އިންޑިއާއިން އިޢުލާން ކުރީ އިއްޔެއެވެ. އެހެންނަމަވެސް ހުއްޓާލީ ކޮން ސަބަބަކާހުރެކަމަށް އެޤައުމުން ހާމަަކޮށްފައެއްނުވެއެވެ. އިންޑިއާއިންވެސް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާ އެކަކު ފެނިފައެވެ. އޭނާއަކީ ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ވޫހާން ސިޓީގެ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލު ކުރަމުން އައި ދަރިވަރެކެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:44
Writer Profile Picture
ލައިޝާ އަހްމަދު
ސީޑީސީ އެމެރިކަން ގައިޑްލައިނުން ބުނާ ގޮތުންނަމަ، މާސްކް އަޅަން ޖެހޭ ފަރާތްތައް
  1. ބަލިމީހުން
  2. ބަލީގެ އަލާމާތެއް ފެނުމުން
  3. ބަލި މީހުންގެ ކައިރީގައި އުޅޭ މީހުން
  4. ބަލި މީހުންނަށް ފަރުވާދޭ ޞިއްޙީ އެހީތެރިން (ސްޕެސިފިކް މާސްކެެއް)
  5. ބޮޑެތި ބަލިތައް ތަޙައްމަލު ކުރާ މީހުން، އެހެން މީހުންގެ ތެރެއަށް ދާއިރު
1 ފެބްރުއަރީ 2020 | ހޮނިހިރު 12:44
Writer Profile Picture
ލައިޝާ އަހްމަދު
ކޮރޯނާ ވައިރަސް ދެނެގަތުމުގައި ރާއްޖެއިން އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް

ކޮރޯނާ ވައިރަސް ދެނެގަތުމުގައި ރާއްޖެއިން އަމަލުކުރަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް، އެހެން ޤައުމަކަށް ދަތުރުކޮށްފައި ވުން އަދި ޑަބްލިއުއެޗްއޯ ގެ ކްރައިޓީރިއާގައި ހިމަނާފައެއް ނުވޭ، ހިމަނާފައިވަނީ ހަމަ އެކަނި ޗައިނާއަށް ދަތުރުކޮށްފައިވުން، އެހެން ޤައުމެއް ކްރައިޓީރިއާގައި ހިމަނައިފިނަމަ ރާއްޖެއިންވެސް އެގޮތަށް އަމަލު ކުރާނެ- ޑރ މުހައްމަދު އަލީ

1 ފެބްރުއަރީ 2020 | ހޮނިހިރު 12:37
Writer Profile Picture
ޒިހްނަތު ހަސަން
ކޯރޯނާވައިރަސް އަށް ފަރުވާދޭ "ފީލްޑް ހޮސްޕިޓަލް" އެއް ޗައިނާއަށް ދޭން ބޭނުންވާކަން ޕާކިސްތާނުން ހާމަކޮަށްފި

ޗައިނާ ރައްޔިތުން މިހާރު ތަޙައްމަލުކުރަމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމަށް އެހީތެރިވެދިނުމުގެ ގޮތުން "ފީލްޑް ހޮސްޕިޓަލް" އެއްގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާކަމަށް ޕާކިސްތާނުން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ޔީއަށް ފޯނުން ގުޅުއްވާ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ޤުރައިޝީ ވިދާޅުވީ، ފީލްޑް ހޮސްޕިޓަލް އެއްގެ އެހީތެރިކަން ދޭން ޕާކިސްތާނު ސަރުކާރުން ބޭނުންވާކަމަށެވެ. އަދި ކޮރޯނާވައިރަސްއަށް ފަރުވާސޭ ޓީމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުގެ ޑޮކްޓަރުންގެ ގުރޫޕެއްވެސް ފޮނުވާނެކަމުގެ ޔަޤީންކަން ޤުރައިޝީ ދެއްވިއެވެ. ޤުރައިޝީ ވިދާޅުވީ ޕާކިސްތާނުގައި ތިބި ޗައިނާގެ ދަރިވަރުންނަށް މިދަނޑިވަޅުގައި ދެވެން އޮތް ހުރިހައި އެހީތެރިކަމެއް ވެދެއްވާނެކަމަށެވެ.

1 ފެބްރުއަރީ 2020 | ހޮނިހިރު 12:35
Writer Profile Picture
ލައިޝާ އަހްމަދު
ވަރަށް އާދައިގެ ކަންކަމުން ކޮރޯނާ ވައިރަސްއިން ދުރުހެލި ވެވިދާނެ

ޑރ މުހައްމަދު އަލީ ވިދާޅުވީ ރޯގާއެއް ޖެހި ކެއްސަން ފެށުމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް، އެ ބޭނުންކުރާ ޓިޝޫއެއް ވަގުތުން އެއްލާލުމަށް ނުވަތަ "ޑިސްޕޯސްކުރުމަށް"ވެސް ޑޮކްޓަރ ވަނީ އިލްތިމާސްކޮށްފަ، ޑރ ވިދާޅުވީ މިގޮތަށް އަމަލު ބެހެއްޓުމަށްފަހު އާދައިގެ ސައިބޯނިން އަތް ދޮވެލުމުންވެސް ވައިރަސް އިން ރައްކާތެރި ވާނެކަމަށް

1 ފެބްރުއަރީ 2020 | ހޮނިހިރު 12:32
Writer Profile Picture
ލައިޝާ އަހްމަދު
ރާއްޖޭގައި ކޮރޯނާގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް

ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ކޮންފާރމްޑް ކޭސް އެއްވެސް އަދި ސީރިއަސް ކޭސް އެއްވެސް ނެތް، އެފަދަ ކޭސް އެއް އޮންނަމަ ފަސޭހައިން ފެތުރިގެން ހިނގައިދާނެ، މައިލްޑް ސިމްޕްޓޮމްސް އަދި ސީރިއަސް ސިމްޕްޓޮމްސްގައި ބަލި ފެތުރޭނެ މިންވަރު ވަރަށް ބޮޑަށް ތަފާތުވޭ، މިހާރު ހުރީ ހަމައެކަނި ކޮރޯނާ ވައިރަސްއަށް ޝައްކުވާ ކޭސްއެއް، ކޮންޓެކްޓް ޓްރޭސިންގ ގައިޑްލައިންއަކަށްވެސް ނުފެތޭ މި ކޭސްއެއް، ނަަމަވެސް ކޮންފާރމް ވެއްޖެ ނަމަ ހަމަ އިންނަ ޕްރޮޓޮކޯލްގެ ދަށުން ކުރިއަށްދާނެ،- ޑރ މޫސާ ހުސައިން

1 ފެބްރުއަރީ 2020 | ހޮނިހިރު 12:24
Writer Profile Picture
ލައިޝާ އަހްމަދު
ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ ފަރުވާއެެއް އަދި ނެތް

ކޮރޯނާ ވައިރަސްއަށް ވަކި ޚާއްސަ (ސްޕެސިފިކް ޓްރީޓްމަންޓް) އެއް ނެތް، ނަމަވެސް ސަޕޯޓިވް ޓްރީޓްމަންޓް ދީގެން މީހުން ރަނގަޅުވޭ، އެހެންވީމާ އެއް ގައިޑްލައިންއެއް ފޮލޯ ކޮށްގެން މި ޓްރީޓް ކުރަނީ، މިސާލަކަށް ނިއުމޯނިއާ ކަހަލަ ބައްޔެއް ނަމަވެސް ހަމަ އިންފުލުއެންޒާގަ މެނޭޖް ކުރާ ގޮތަށް މެނޭޖް ކުރާނީ، ރާއްޖޭގައިވެސް މި ބައްޔަށް ދޭ ފަރުވައަކީ ޗައިނާގައިވެސް އެހެން ޤައުމުތަކުގައިވެސް ބަލި ދެނެގަނެ ދޭ ފަރުވާ - ޑރ މޫސާ ހުސައިން

1 ފެބްރުއަރީ 2020 | ހޮނިހިރު 12:19