Raajje.mv

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

07 ފެބުރުއަރީ 2019
38726
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

07 ފެބުރުއަރީ 2019 | 06:00

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވައިފި

07 ފެބުރުއަރީ 2019 | 05:58

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަަވާލައްވައިފި. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާފައި.

07 ފެބުރުއަރީ 2019 | 05:55

ރައީސްގެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި

އަޅުގަނޑު މަގާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއް ނެތި ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ދިނުމަށްޓަކައި ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނެކަން މިއަދުވެސް އަޅުގަނޑު ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ޔަގީންކޮށް އަރުވަން. ގުދުރަތުގެ މަތިވެރތި ނިޔާގެ މަތިން މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ހައްގުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާއި މިވަގުތު ހަވާލުވެ ހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނަތް އަދާކުރުމުގައި އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲާގެ ހަޟްރަތުގައި އިބްތިހާލުވެ ދަންނަވަން. އެކަލާންގެ މަތިވެތި ރަހްމަތްފުޅާއެކު އެ ޒިންމާ ދަާކުރުމުގައި މި އިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަގީންކުރަން.- ރައީސް

07 ފެބުރުއަރީ 2019 | 05:52

މާލޭގެ ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިމާރާތެއް މާލޭގައި ނުހެދުމަށް ވަނީ ނިންމާފައި

މާލޭގައި ތޮއްޖެހުން ނައްތާލައި މާލޭއަކީ މާލޭގައި ދިރިއޫޅޭ މީހުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ހިތްފަސޭހަ އަމާން މާހައުލަކަށް ހެދުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. އެގޮތުން މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް އިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި. އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އަމާންކަމާއެކީގައި އުޅެވޭ ފަދަ ޖަޒީރާ މާހައުލަކަށް ބަދަލުކުރެވޭނެ. - ރައީސް

07 ފެބުރުއަރީ 2019 | 05:50

ބޯހިޔާވަހި ކަމުގެ އަގު ހެޔޮ ކުރުމަކީ މުހިއްމު އަމާޒެއް

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގަިއ ހިނގްާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ސށުން ހިންގުމަށްޓަކައި ނެޝަނަލް ހައުސިން ކޯޕަރޝޭޝަންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްތުކުރަން. އަޅުގަނޑުގެ އަމާޒަކީ މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށް ވުރެ ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.- ރައީސް

07 ފެބުރުއަރީ 2019 | 05:49

ރިޔާސީ ބަޔާން އިއްވެވުން ކުރިއަށްދަނީ

07 ފެބުރުއަރީ 2019 | 05:48

އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުން ބާރުވެރި ކުރުވާނެ

07 ފެބުރުއަރީ 2019 | 05:46

ފަސް އަހަރު ތެރޭގައި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރެވޭނެ

ގައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަނެމް މަތީގައި ހުއްޓަސް އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީނަށް ވަންނަ މިންވަރު އަދިވެސް އިތުރެއް ނުވޭ. ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުން ވެސް މަހްރޫމުވެފައި. އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެވިއްޔާ މި އަހަރުތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުތެރޭގައި ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި އެއް އުސޫލަތުން ހުރިހާ ރަށެގައި އެ ޚިދުމަތް ތައް ގާއިމުކުރެވިގެންދާނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:42

ނަފްސާނީ ދުޅަހެޔޮކަމުގެ ބިލް މި އަހަރު މަޖިލީހަށް ހުށައަޅާނެ

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް އުފައްދާ ނެޝަނަލް މެންޓަލް ހެލްތު ސެންޓަރު އިރާދަކުރެވިއްޔާ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ގާއިމުކުރެވި އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރަގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ގާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލް ވެސް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:41

ސިއްހީ ދާއިރާއަށްވެސް ހަރުދަނާ ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި

ސިއްހަތަށް ނުރަނގަޅު ކާބޯތަކެއްޗާއި ނުރަނގަޅު އާދަތަކުން ދިވެހިން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް. މިފަދަ ބަލިތަކަށް މީހާ ވާސިލުކުރާ އެކައްޗަކީ ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރާ ދުވަސްކަމަށްވާ މެއި މަހުގެ 31 ވަނަ ދުވަހު އަމަލުކުރަން ފެށުމުން ވަކިވަކިން ބިޑު، ސިނގިރޭޓް ސުއްޓާ ވިއްކުން މަނާވާނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:40

ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން ކުރިއަށްދަނީ

ރިޔާސީ ބަޔާން އިއްވުން

07 ފެބުރުއަރީ 2019 | 05:39

ސްޓޫޑަންޓް ލޯނުގެ އިންޓްރަސްޓް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު ވަނީ އިތުރުކޮށްފައި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން ސައްތައަށް ކުޑަކޮށް ލޯން ދައްކަންޖެހޭ މުއްދަތު މިހާރު ވާނީ 25 އިން ސައްތަ އިތުރުކޮށްދީފައި. މި ބަދަލު އައުމުން އެންމެ މަތިން ލޯނު ނަގާ ދަރިވަރުން މަހަކު ދައްކަންޖެހޭ އަދަދުން ގާތްގަނޑަކަށް 4000 ރުފިޔާ އުނިވެގެންދާނެ. މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް މި ދެންނެވި އިންޓްރެސްޓް ކުޑަ ލީން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުސަތުތަކަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:37

ފުރަތަމަ ޑިގްރީއަށް ހިލޭ ކިއެވޭ ގޮތް މިމަސް ނިމުމު ކުރިން ހަމަޖެހޭނެ

ތަރައްގީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ ގޮތް މި މަސް ނިމުގެ ކުރުިން ހަމަޖެހޭނެ. މި އަހަރުގެ ބަޖެޓުން ވެސް އެންމެ ބޮޑު ޕަސެންޓެއް ތައުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ ތާރީކުގައި ވެސް ބަޖެޓްގެ މިހާ މަތީ މިންވަރެއް ތައުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. - ރައީސް

07 ފެބުރުއަރީ 2019 | 05:36

އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށާނެ

ޓެކްސް ނިޒާޟު މިހާރަށް ވުރެ ފުރިހަމަކުރުމުގެ ގޮތުން އަޅުގަނޑު ގަދަދުކުރަނީ އަމްދނަި ލިބޭ ނިސްބަތަށް ބިނާކޮށް އިމްކަމް ޓެކްސް ނެގުމާބެހޭ ބިލެއް މިއަހަރު ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފަށޭނެ. އޭރުން އަޅުގަނޑުމެން މި އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެންފަށާނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:35

ދައުލަތުގެ ހިންގުމުގެ ހުރިހާ ކަމެއް މިސްރާބުކުރެވިފަ ވަނީ ރައްޔިތުންނަށްޓަކައި

07 ފެބުރުއަރީ 2019 | 05:32

އެއާޕޯރޓު ތަރައްޤީ ކުރުމުގެ މަޝްރޫއު ހަލުވިކމާއެކު ކުރިއަށްގެންދާނެ

ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް އެއާޕޯޓްގެ ޚިދުމަތްތައް ތަރައްގީނުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. އެއާޕޮޓްގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓާމިނަލް ހަދައިގެން ނޫނީ އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފޭކަށް ނެތް. އެހެންކަމުން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.- ރައީސް

07 ފެބުރުއަރީ 2019 | 05:30

ފަތުރުވެރިކަން ކުރިއެރުވުމަށް މިސަރުކަރުން ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވޭ

ައްޖޭގެ މުޅި އިގްތިސޯދުގެ 70 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަން މިދިޔަ އަހަރު ނިމުނުއިރު ތަފަތު މަންޒިލްތަކެއް ރާއްޖެއަށް 1.4 މިލިއަން ފަރުރުވެރިން ޒިޔާރަތްކުރި. މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި ހުރި 145 ރިސޯޓާއި 521 ގެސްޓްހައުސްގައި 44،860 އެނދު ހުރި. މި އަހަރު ތެރޭގައި އަލަށް ހުޅުވާ 20 ރިސޯޓާއެކު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށްވުރެ އިތުރުވެގެންދާނެ. އެ ރިސޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން. ދުނިޔޭގެ އިތުރު މާކެޓްތަކުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރޮށް މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، 2.5 ބިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މި ވަނީ އަމަޒު ހިފާފައި. - ރައީސް

07 ފެބުރުއަރީ 2019 | 05:29

މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެގޮތް ހަދަނީ

ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތައްކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލް ގާއިމުކުރުމަކީ މި ސަރުކަރުން އެންމެ އިސް އެއް ސިޔާސަތު އެ ގޮތުން މާލެއެކޭ އެއް އަގެއްގައި ރައްޖޭގެ ހުރިހާ ރަށެއގައި ވެސް އޭޕްރީލް މަހުން ފެށިގެން ކާޑު އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުން ވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:28

ޓެކްސް ރިފޯރމް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

ރާއްޖެ ތަރައްގީކޮށްދޭނެ މަޝްރޫއުތައް އަމިއްލަ ފަރާތްތަކުން ރާވަފައި ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވާނީ ގާއިމުކުރެވިފައި. ގައުމީ ތަރައްގީގައި އަމިއްލަ ފަރާތްޔަކުގެ ދަުރު ފުޅާކުރުމަށްޓަކައި އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށް ިދނުމަކީ މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް ޓެކްސް ނެގުމުގެ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.- ރައީސް

07 ފެބުރުއަރީ 2019 | 05:27

ކުންފުނިތަކާއި ވިޔަފާރީގެ ހިންގުން ހަރުދަނާ ކުރާނެ

ކޯޕަރޭޓް ގަވާނަންސްގެ އުސޫލުތަކާއި ޚިލާފުވުމުގެ ސަބަބުން ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިސްލާހުތަކަކަށް ބޭނުންވެފައި. އަތް ނުފޯރާ ވަރަށް ހަރަދުތައް މައްޗަށް ގޮސް އިންތިހާއަށް ދަރިނި އިތުރުވެ، މަޝްރޫއުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ހާލަތާއި ޚިދުމަތްތަކުގެ ފެންނަވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި. މި ސަރުކާރުގެ ވިސްނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެ ކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ އަދި ބޮޑެތި މަޝްރޫއތައް ހިންގާ ކުންފުނިތަކަކަށް ހެދުން.- ރައީސް

07 ފެބުރުއަރީ 2019 | 05:25

އަމާޒަކީ ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރުން

މިއަހަރު މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު. ސަރުކަރުން އަމާޒު ހިފާފައި ވަނީ އިގުތިސޯދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް އެއްބިލިއަން ޑޮލަރަށް އިތުރުކުރުން. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް އެކަން ހާސިލުކުރެވޭނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:24

މިއަދު މިނިވަން ސިޔާސީ ހަރަކާތްތަކަށް އަމާން މާހައުލެއް ތަނަވަސްވެއްޖެ

07 ފެބުރުއަރީ 2019 | 05:23

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވުން ކުރިއަށްދަނީ

ރިޔާސީ ބަޔާން އިއްވުން

07 ފެބުރުއަރީ 2019 | 05:22

އިތުރު 3 ޤައުމެއްގައި ރާއްޖޭގެ އެމްބަސީ ޤާއިމުކުރަނީ

ލާމެހިފައިވާ ކުޑަކުޑަ މުޖުތަމައަަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން ދެކުނު އެފްރިކާގަ އާއި އެމެރިކާގެ ވޮޝިންތަން އަދި ރަޝޘިއާގައި ދިވެހި އެމްބަސީއެއް ގާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއުމުކުރުމަށް ވަނީ ހަމަޖެހިފައި.- ރައީސް

07 ފެބުރުއަރީ 2019 | 05:21

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅެނީ

އަޅުގަނޑު މި މަގާމާ ހަވާލުވުމަށް ފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގުވާމީ އާއިލާގެ ލޯތްބާއި ރަހްމަތްތެރިކަން އަނބުރާ ލިބިފައި. އަޅުގަނޑުމެންގެ އިގްތިސޯދާއި ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް މިހާރު ވާނީ އެ ޖަމާއަތަށް ހުށަހަޅާފައި- ރައީސް

07 ފެބުރުއަރީ 2019 | 05:20

މަދަނީ އަދުލުގެ ނިޒާމް ހަރުދަނާ ކުރާނަން

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ވެސް ތަހުޒީބީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުސޫލަކަށް ބަދަލުކުރުމަށްޓަކައި މަދަނީ އިޖުރާއަތުގެ ބިލެއް އެކުލަވާލައި މި އަހަރުތެރޭގައި މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ގަސްދުކުރަން. -ރައީސް

07 ފެބުރުއަރީ 2019 | 05:19

އަންހެނަކަށް ވީތީ ކުރިމަތިވާ ހުރަސްތައް ނައްތާލާނަން

އަޅުުގަނޑުމެންގެ އަންހެން ކުދިން ބޮޑެތި ކުރަން ބޭނުންވަނީ ހަމަހަމަ ފުރުސަތު ފަހިވެފައިވާ މާހައުލެއްގައި. އިޖުތިމާއީ އަދި އިގްތިސޯދީ ބައިވެރިވުމާއި މާލީ ގޮތުން ބާރުވެރިކުރުވުމާއި އިންސާފު ލިބިދިނުމުގައި ވެސް އަންހެނުންނަށް ވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނަން. ރައީސް

07 ފެބުރުއަރީ 2019 | 05:18

މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީ ކުރެވިގެންދާނެ

ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިހްތިޔާރުތައް ލިބޭއިރު، މާލީ ބާރުވެރިކަމާއި މާލީ ފުދުންތެރިކަން ވެސް ލާމަރުކަޒީ ކުރެވިގެންދާނެ. ހަމައެއާއެކު ރަށު ތަރައްގީގައި އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތު ލިބިގެންދާނެ.- ރައީސް

07 ފެބުރުއަރީ 2019 | 05:17

ހިޔާނާތުގެ މައްސަލަތަކާއި މަރުގެ މައްސަލަތައް ބެލުމުގެ ބިލް އަވަހަށް ނިންމަވައި ދެއްވުން އެދެން

ރައްޔިތުންގެ މަޖިލީހަށް 14 ބިލެއް ހުށަހަޅައި އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 10 ބިލެއް އަޅުގަނޑު މިހާރު ތަސްދީގުކޮށްފިން. އަދި ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމުގެ ބިލު ވެސް ވީހާ އަވަހަކަށް ނިންމަވައި ދެއްވުމަށް އަޅުގަނޑު އެދެން. - ރައީސް

07 ފެބުރުއަރީ 2019 | 05:15

ކޮރަޕްޝަނާއި ފަސާދައަށް މިސަރުކާރުގައި އެއްވެސް ޖާގައެއް ނެތް

ދައުލަތުގެ ގާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ މަސައްކަތުގެ ދަށުން އަޅުގަނޑު މިހާރު ވާނީ މިވަގުތަށް އެންމެ ބޭނުންތެރި ގާނޫނުތަކުގެ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމާއި ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން ގާނޫނުލް އުގޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް މިހާރު އޮންނާނީ މި އިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި. ސަރުކާރުން މި ބިލް އެކުލަވާލާފައި ވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، އެ ކުށްކުރާ ހާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. - ރައީސް

07 ފެބުރުއަރީ 2019 | 05:13

ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންނަމުން

އަމާން ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު މި އަންނަނީ ގެންނަމުން. - ރައީސް

07 ފެބުރުއަރީ 2019 | 05:12

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ބޭރުގެ އެހީ ހޯދާނަން

ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަހްގީގުތައް ފަށާފައިވާއިރު ބޭރު ގައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން. ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ހިޔާނާތުގެ ހުރިހާ މައްސަލައެއްގެ ހަގީގަތާ ހަމައަށް ވާސިލުވެ އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.- ރައީސް

07 ފެބުރުއަރީ 2019 | 05:10

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގެ ވާހަކަފުޅު

އެ ހާލަތަށް ގައުމު ދިޔައިރު ކޮރަޕްޝަން ހުއްޓުވާނެ ގާނޫނުތަކާއި ގަވާއިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަހްގީގުކޮށް ދައުވާކުރާނެ އިދާރާތައް ވެސް ހުރީ އާންމު އުސޫލުން ހިނގަހިނގާ. ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ ހިޔާނާތާއި ފަސާދައިގެން ކުރިމަތީގައި އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. - ރައީސް

07 ފެބުރުއަރީ 2019 | 05:10

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގެ ވާހަކަފުޅު

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލިސްވެސް އޮތީ ގާނޫނު އަސާސީން މި މަޖިލީހަށް ހަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަ ނުދީ ކަސްތޮޅު އަޅުވާފައި. އެހެންކަމުން ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކުރަންޖެހޭ- ރައީސް

07 ފެބުރުއަރީ 2019 | 05:07

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގެ ވާހަކަފުޅު

އަޅުގަނޑު މިރާއްޖޭގެ ވެރިކަމާ ހަވާލުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި. އިޖުތިމާއީ ފޭރާން އޮތީ ވީދި ހަސްވެފައި. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި އިސްލާހަށް މަސައްކަތް ކުރި ގިނަ ބަޔަކު ތިބީ ނުހައްގު ހުކުމްތަކެއްގައި ކަސްތޮޅު އެޅުވިފައި- ރައީސް

07 ފެބުރުއަރީ 2019 | 05:05

މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަން ފައްޓަވައިފި

ޖަލްސާއަށް ވަޑައިގެންފައިވަނީ މަޖިލީހުގެ 67 މެމްބަރުން. 2019 ވަނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައީސް ސޯލިހަށް ދައުވަތު އަރުވައިފި.

07 ފެބުރުއަރީ 2019 | 05:02

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ ފެށިއްޖެ

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ ފައްޓަވައިފި. މި ޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދު ބައިވެރވިވެ ވަޑައިގެންފައިވޭ. ނަމަވެސް ކުރީގެ ރައީސް ޔާމީނު ޖަލްސާއަށް ހާޒިރުވެ ވަޑައިގެންފައެއް ނުވޭ.

07 ފެބުރުއަރީ 2019 | 04:51

ރައީސް ސޯލިހުވެސް ޖަލްސާއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އަނބިކަނބަލުން ފަޒްނާވެސް ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާއަށް ދަރުބާރުގެއަށް ވަޑައިގެންފި.

07 ފެބުރުއަރީ 2019 | 04:49

މަޖިލީހުގެ ރައީސް ޖަލްސާއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވަޑައިގެންފި. އެމަނިކުފާނަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މަރުހަބާ ދެންނެވި. ގިނަ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ހާޒިރުވެ ވަޑައިގެންފި.

07 ފެބުރުއަރީ 2019 | 04:36

ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާ 10:00 ގައި ފެށޭނެ

1 / 2