Raajje.mv

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ

27 ފެބުރުއަރީ 2017
26871
މަޖިލީހުގެ ޖަލްސާކުރާ މާލަން

މަޖިލީހުގެ ޖަލްސާކުރާ މާލަން

27 ފެބުރުއަރީ 2017 | 13:39

ވޯޓަށް އެހުން

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅި ގަރާރު މަޖިލީހަށް ބަލައި ނުގަތުމަށް 38 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްފި، އެ ގަރާރު މަޖިލީޙަށް ބަލައިގަތުމަށް ވޯޓު ދެއްވީ 20 މެމްބަރުން. ވަކިގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ތިން މެމްބަރުން ތިއްބެވި.

އެވޯޓަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި.

27 ފެބުރުއަރީ 2017 | 11:54

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

މި ގަރާރަށް ވަރަށް ބޮޑަށް ތާއީދު ކުރަން. މިހާރު އޮފީހަށް ވަދެވެން އޮތީވެސް ޕީޕީއެމަށް ސޮއިކޮށްފަ. މޭޒުމަތީގައި އޮންނަނީ ޕީޕީއެމްގެ ފޯމް. މިއީ ކަންކަން ހުރި ހާލަތު މިހާރު.

27 ފެބުރުއަރީ 2017 | 11:50

ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

މިކަލަ ކިތައްމެ ގަރާރެއް މަޖިލީހަށް ވެއްދިޔަސް ފަރުވާލެއްނެތް. ރައީސް ޔާމީނަކީ މި ކަހަލަ ގަރާރުތަކަށް ޖެހިލުންވާނެ ބޭފުޅެއް ނޫން. ފ. އަތޮޅު ތަރައްގީއަށް ރައީސް ޔާމީން ކުރައްވާ ކަންކަން އެގޮތުގައި ކުރިއަށްދާނެ.

27 ފެބުރުއަރީ 2017 | 11:46

ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު

ވަކި ޕާޓީއަކަށް ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވައްދާކަމީ ހަގީގަތެއް. މިއީ ވަރަށް ހިތާމަކުރާކަމެެއް. އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ޕާޓީއަކަށް ވެއްދިގެންނުވާނެ. ސަރުކާރު ކުންފުނިތަކަށް މީހުން ވައްދަމުން ވައްދަމުންގޮސް މުވައްޒަފުން އިށީންނާނެ ތަނެއްވެސް ނެތް ސޮއި ކުރުމަށްފަހު ގެއަށް ދާ މުވައްޒަފުންވެސް އެބައުޅޭ. މިއީ ސިޔާސީ ބޭނުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް. މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެބައޮތް، ސަރުކާރަށް ނިސްބަތްވާ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައެއް. އެމްޕީއެލްއަށް އިންތިހާއަށް މުވައްޒަފުން ވައްދާ އެތަން ބޮއްސުންލާފައިވާތީ. މިއީ ކަންބޮޑުވާކަމެއް.

27 ފެބުރުއަރީ 2017 | 11:40

މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު

ޕީޕީއެމުން މަޖުބޫރު ކޮށްގެން ޕާޓީއަށް މެމްބަރުން އިތުރެއް ނުކުރަން. އަޅުގަނޑުމެން ބުނެގެނެއް ނޫން ރައްޔިތުން ޕީޕީއެމަށް ވަންނަނީ. ރައްޔިތުން ޕީޕީއެމަށް ރުހޭތީ، މި ސަރުކާރަށް ރުހޭތީ ވައްނަނީ.

27 ފެބުރުއަރީ 2017 | 11:37

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގައި އުޅޭ މުވައްޒަފުންނަށް ހިތްހަމަޖެހިގެން ވާޒީފާ އަދާކުރެވޭނެ މާހައުލެއް ނެތި ކިހިނެއްތީ މަސައްކަތް ކުރާނީ. ރާއްޖެ ތަރައްގީ ކުރާނީ. ދައުކަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދިޔަ ތަޖުރިބާ ހުރި ތައުލީމީ ބޭފުޅުން ވަޒީފާތަކުން ވަނީ ވަކިކޮށްފަ. މިސަރުކާރާ ފުކުރުތަފާތު ވުމުން ކަމަށްވާތީ. މިއީ ވަރަށް ދެރަކަމެއް.

27 ފެބުރުއަރީ 2017 | 11:31

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު

މިއަދު މިފެންނަ މަންޒަރަކީ އިދިކޮޅު ފަރާތްތަކުން ފަހަތުން ދުވެގެންވެސް އަތު ނުޖެހިގެން އުޅޭތަން. އެމްޑީޕީ ޗެއާރޕާސަން ވޯޓްގައި އަޅުގަނޑުގެ ދާއިރާގެ އެއްވެސް ރަށަކުން ވޯޓެއް ދީފައެއް ނުވޭ. މިއަދު ފެންނަމުންދާ މަންޒަރަކީ އެމްޑީޕީގެ އެންމެ ވަރުގަދަ ދާއިރާތަކުގެ ތާއީދު ނެތިގެންދާތަން.

27 ފެބުރުއަރީ 2017 | 11:26

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް

ޝަހުގެ އެލިސްޓަށް އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ވައްކަން ހިމަނާލި ނަމަ ރަނގަޅުވީސް. ޕީޕީއެމް އެތެރޭގައި އިންތިހާބެއް ބޭއްވިޔަސް މީހުންނެއް ނުވޭ. ވޯޓުވެސް ދެނީ ފުޓްބޯލަ މެޗަކުން ނިކުންނަ އަދަދެއް ސްކޯއެއް. ހޮސްޕިޓަލްގެ އެމްބިއުލެންސް ޑްރައިވަރު ޕީޕީއެމަށް ސޮއި ނުކުރުމުން ވަޒީފާއިން ކަނޑަލި، އެގޮތަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަޒީފާއިން ކަނޑާލާފަ. މުވައްޒަފުންނަށް ބިރު ދައްކަމުންދަނީ.

27 ފެބުރުއަރީ 2017 | 11:21

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

އަޅުގަނޑުމެންގެ ރައީސަކަށް ނެތް ތަރުކޭސް ކުޅޭނެ ވަގުތެއް. ޑައިވިނަށް ދާކަށް ވަގުތެއްނެތް. ރައީސް އުޅުއްވަނީ ރައްޔިތުންނަށް ތަރައްގީ ހޯދާދިނުމުގައި ބުރަކޮށް. އެކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެފެންނަނީ. ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ބަނދަރުތަކާއި ބިންތަކާއި އެކިއެކި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގާ ނިންމާފައިވޭ، މިހާރުވެސް އެދަނީ އެމަސައްކަތްތައް ކުރަމުން. ރައްޔިތުން ހިތުން ރުހުމުން ޕީޕީއެމަށް ވަންނަނީ.

27 ފެބުރުއަރީ 2017 | 11:16

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މިގަރާރަށް ވަރަށް ބޮޑަށް ތާއީދު ކުރަން. މިސަރުކާރަށް އެނގެންޖެހޭ ކަމަކީ ގަދަ ބާރުން ލޯތްބެއް ނުހީދޭނެކަން. ޖަލްސާއޮންނަތައް ވަށައިގެން ދާ ޖެހިނަމަވެސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ. ޖަލްސާގެ ދާގަނޑު މަތިން މީހުން ނިކުތީމަ ގޮނޑިޔާލާ ބިޑި އަޅުަން ދެން އަންގާތަން ފެންނާނީ. މިއީ ގަދަބާރު ސަރުކާރުން ހިންގާ ޖަރީމާއެއް.

27 ފެބުރުއަރީ 2017 | 11:12

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

މުޅީ ރާއްޖެއިން މިފެންނަނީ ރައީސް ޔާމިން ގެންނެވި ތަރައްގީ. އެހެންވީމާ ރައްޔިތުން މިސަރުކާރަށް ތާއީދު ކުރާނެ. ސަރުކާރު ހިންގާ ޕާޓިއަށް ސޮއިވެސް ކުރާނެ. ރައްޔިތުންނަށް ވަޒީފާލިބި ތަރައްގީ ލިބޭތީ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފަ. އިދިކޮޅު ފަރާތްތަކަށް ހަޖަމެއް ނުވާނެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ތިޔަބޭފުޅުންނާ ވާދަ ކުރައްވާފަ. ވައުދުތައް ވެވަޑައިގެން. އެވައުދުތައް ފުއްދަމުން ރައީސް ޔާމީން އެގެންދަވަނީ.

27 ފެބުރުއަރީ 2017 | 11:11

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ

މުޅީ ރާއްޖެއިން މިފެންނަނީ ރައީސް ޔާމިން ގެންނެވި ތަރައްގީ. އެހެންވީމާ ރައްޔިތުން މިސަރުކާރަށް ތާއީދު ކުރާނެ. ސަރުކާރު ހިންގާ ޕާޓިއަށް ސޮއިވެސް ކުރާނެ. ރައްޔިތުންނަށް ވަޒީފާލިބި ތަރައްގީ ލިބޭތީ ރައްޔިތުން ތިބީ ހިތްހަމަ ޖެހިފަ. އިދިކޮޅު ފަރާތްތަކަށް ހަޖަމެއް ނުވާނެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ތިޔަބޭފުޅުންނާ ވާދަ ކުރައްވާފަ. ވައުދުތައް ވެވަޑައިގެން. އެވައުދުތައް ފުއްދަމުން ރައީސް ޔާމީން އެގެންދަވަނީ.

27 ފެބުރުއަރީ 2017 | 10:25

މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން ހިނގައިފި

މުހައްމަދު އިސްލާމާއީލް ވާހަކަ ދައްކަވަމުން ދަނިކޮށް މަޖިލީޙުގެ ޖަލްސާކުރާ މާލަމުގައި އަޑުގަދަވެ، ހަމަނުޖެހުން ހިނގުމުން މަޖިލީހުގެ ލައިވް ފީޑް ކަނޑާލައިފި.

27 ފެބުރުއަރީ 2017 | 10:22

ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

މި ސަރުކާރުން ކަންކަން ކުރަނީ ރަނގަޅަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް. ރައީސް ނަޝީދުގެ ސަރުކާރުން ރައްޔިތުންވީ އަނިޔާ. އެހެންވީމާ ރައްޔިތުން ޕީޕީއެމަށް ވަންނާނެ. ހުރިހާ އަނިޔާވެރި އަމަލެއް ހިންގާފައިވަނީ އެމްޑީޕީގެ ސަރުކާރުން.

27 ފެބުރުއަރީ 2017 | 10:18

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު

ފުލުހުންނާ ސިފައިން ބޭނުންކޮށްގެން ބަޣާވާތެއް ހިންގާ މުޅި ރާއްޖެ މިވަނީ ހަލާކުކޮށްފަ. ރާއްޖެ ޓީވީ ރޯކޮށްލުމާއި ފެންފޯއްރުއްތަށް ކެނޑިއިރު ވީކަމެއް ނެތް. ސިޔާސީ ބޭފުޅުންނަށް ހުކުމް ކޮށް، އަނިޔާ ކުރަމުން އެދަނީ. ޒިނޭގެ ތުހުމަތު ކުރެވޭ ފަނޑިޔާރަކު މުޅި ޖުޑިޝަރީގެ ފަނޑިޔާރުންގެ އިސްބޭފުޅަކަށް މިވަނި ހަމަޖައްސާފަ. ފަޅުތަކާއި ރަށްތަށް ވިއްކަމުން އެދަނީ ރައްޔިތުންނަށް ވާނުވާވެސް އަންގާނުލާ. އެ ހުރިހާ ކަމެއް މިސަރުކާރުން އެދަނީ ކުރަމުން. މިއީ ވަރަށް އަނިޔާވެރި ސަރުކާރެއް.

27 ފެބުރުއަރީ 2017 | 10:01

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ

މިއީ ވަރަށް ތާރީހީ ދުވަހެއް. އިދިކޮޅު އެމްޑީޕީން ގަބޫލު ކޮށްފި. އެންމެ ވަރުގަދަ އަދި ގުނަ މެމްބަރުން ތިބީ ޕީޕީއެމްގަ ކަމަށް އެމްޑީޕީން ގަބޫލް ކޮށްފި. އަޅުގަނޑުމެންގެ ޕާޓިއަކީ ހުޅުވިފައިވާ ޕާޓީއެއް. މެޑަމް ފާތުން އަކީ ލާމަސީލު ނަމޫނާއެއް. ހިތްވަރުގަދަ ކެރޭ ކަނބަލެއް. މިސަރަހައްދުގަ ވެސް ނެތް އެވަރުގެ ފަސްޓްލޭޑީއެއް. ކޮށްޓެއްގައި ޖަލްސާ ބާއްވަނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ. އާރޓިފިޝަލް ބީޗްކައިރީ ކޮށްޓެއްގެ ތެރޭގައި ޖަލްސާ ބާއްވަމުންދަނީ އެމްޑީޕީން.

27 ފެބުރުއަރީ 2017 | 09:53

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

މަޖުބޫރުކޮށްގެން ސިޔާސީ ޕާޓީއަށް މެމްބަރުން ވެއްދުމަކީ ވަރަށް ދެރަކަމެއް. އެކަން އެއްވެސް ބަޔަކު އެއްވެސް ސިޔާސީ ޕާޓިއަކުން ކޮށްގެން ނުވާނެ. މި މަޖިލީހުގެ މެމްބަރުންވެސް ހީވަނީ އެހެންފަދަ ކަމެއްހެން. ޒުވާބުކޮށް އެކަކު އަނެކަކު ގަޔައް އަތްލާ ހިސާބަށް ކަންކަން އެބަދޭ. މިއީ ވަރަށް ހިތާމަހުރި ކަމެއް.

27 ފެބުރުއަރީ 2017 | 09:50

މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު

މިސަރުކާރުން އަދި ޕީޕީއެމުން މަޖުބޫރު ކޮށްގެން ރައްޔިތުން ޕީޕީއެމަށް ނުވައްދާނެ، ރައްޔިތުން ހިތުން ރުހުމުން ޕީޕީއެމަށް ވަނުމަކީ އެއީ ސަރުޚާރުގެ އަދި ޕީޕީއެމްގެ މައްސަލައެއް ނޫން. ރައްޔިތުން ޕީޕީއެމަށް ސޮއިކުރަނީ އެ މީހުން ބޭނުންވެގެން. މަޖުބުރު ކޮށްގެންނެއް ނޫން.

27 ފެބުރުއަރީ 2017 | 09:48

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

މިސަރުކާރުން ދަނީ އިންތިހާއަށް ވަޒީފާއަށް ބިރު ދައްކަމުން. ރައްޔިތުންނަށް ބިރު ދައްކަމުން. މިއީ ސަރުކާރަށް ތާއިދު ނެތީމާ، ތާއީދު އޮތްކަން ދައްކަން ކުރާމެއް. ނުރުހިއްޖިއްޔާ ވަޒީފާ ބަދަލުކޮށްފާނެ، ވަޒީފާއެއް މީހަކަށް ދޭން ބޭނުމިއްޔާ އަލަށް މަގާމެއް އުފައްދާފަނަމަވެސް ވަޒީފަ ދީފާނެ. ނުރުހެއްޏާ ވަޒީފާއިން ކަނޑާލަފާނެ. ޖަލްސާތައްވެސް ބާއްވަނީ ވެސް މުވައްޒަފުންނަށް އެޖަލްސާއަށް ދިއުމަށް މަޖުބުރު ކޮށްގެން.

27 ފެބުރުއަރީ 2017 | 09:47

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

މިސަރުކާރުން ދަނީ އިންތިހާއަށް ވަޒީފާއަށް ބިރު ދައްކަމުން. ރައްޔިތުންނަށް ބިރު ދައްކަމުން. މިއީ ސަރުކާރަށް ތާއިދު ނެތީމާ، ތާއީދު އޮތްކަން ދައްކަން ކުރާމެއް. ނުރުހިއްޖިއްޔާ ވަޒީފާ ބަދަލުކޮށްފާނެ، ވަޒީފާއެއް މީހަކަށް ދޭން ބޭނުމިއްޔާ އަލަށް މަގާމެއް އުފައްދާފަނަމަވެސް ވަޒީފަ ދީފާނެ. ނުރުހެއްޏާ ވަޒީފާއިން ކަނޑާލަފާނެ. ޖަލްސާތައްވެސް ބާއްވަނީ ވެސް މުވައްޒަފުންނަށް އެޖަލްސާއަށް ދިއުމަށް މަޖުބުރު ކޮށްގެން.

27 ފެބުރުއަރީ 2017 | 09:44

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދުދީދީ

މިގަރާރަށް ތާއީދު ކުރަން. ރައީސް ޔާމީން ގެންދަވަނީ އިންތިހާއަށް ރައްޔިތުންނަށް ބިރު ދައްކަމުން. އިސްލާމްދީނާ ހިލާފު ގިނަ ވާހަކަފުޅުތައް ވެސް ދައްކަވަމުން. ޕީޕީއެމްގެ ރައީސް އެކަހެރިކޮށްފަ، މަޖިލީހުގެ ޕީޕީއެމް މެމްބަރުންނަށް އެވަނީ ބިރު ދައްކާފަ. ޕީޕީއެމް މަޖިލީސް މެމްބަރުން ތިބީ ރައީސް ޔާމީން ކޯފާވެދާނެ ވާހަކައެއް ދެއްކިދާނެ ކަމަށްޓަކައި ބިރުން.

27 ފެބުރުއަރީ 2017 | 09:40

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު

މިއީ އެމްޑީޕީ މިކިޔާ ބައިގަނޑު މަޖިލީހަށް ހުށަހަޅައިގެން އުޅޭ ބޮޑު ޖޯކެއް. ޕީޕީއެމަށް މެމްބަރުން ވަންނަނީ ރުހުމުން. ރައްޔިތުން މިހާރުވެސް ބުނަމުންއެދަނީ މިހުރިއްޔޭ ފޯމުތައް. ރައްޔިތުން ތިބީ ޕީޕީއެމަށް ވަންނަން ކެތްމަދުވެފަ. ރައްޔިތުންނަށް އެނގޭ މިސަރުކާރުން ރާއްޖެ ތަރައްގީ ކުރަމުންދާކަން. އެއޮޓީ ބްރިޖް ކުރިއަތް އޮތްތާނގައި ރައްޔިތުން ހުޅުލެއަށް ދާނީ ހިނގާލާފަ.

27 ފެބުރުއަރީ 2017 | 09:35

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކޮންމެ ދުވަހަކު އެތައްހާސް މެމްބަރުން ސޮއި ކުރާ ކަމަށްބުނާއިރު، މެމްބަރުންގެ އަދަދެއް ވެސް ނޭނގޭ. މިފެންނަނީ މަޖުބޫރު ކޮށްގެން މެމްބަރުން އިތުރުކުރާތަން. މިސަރުކާރު ފެއިލްވެފައިވާކަން ވަރަށް ސާފުކޮށް ފެނޭ.

27 ފެބުރުއަރީ 2017 | 09:32

އައްޑޫ މީދޫ ދާއީރާގެ މެމްބަރު ރޮޒައިނާ އާދަމް

މިނިވަން މުއައްސާތައް ސަރުކާރުގެ މުށުތެރެއަށްލާ، ސުޕްރީޕްކޯޓު ވެސް މުށުތެރެއަށްލައިގެން ވެސް ނުފުދިގެން އުޅޭތަން މިފެންނަނީ. ޖަލްސާއެއް ބޭއްވިޔަސް ސަރުކާރުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބައިވެރިވުމަށް މަޖުބޫރުކޮށް، ނުވިތާކަށް ސަރުކާރުން ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާތަން. ޖަލްސާ ކުރާތަނުގެ ވަށައިގެން ދާޖަހައިގެން ބޭއްވިއިރުވެސް ވީކަމެއް ނެތް.

މިއީ މިނިވަންކަން އޮތް ރާއްޖެއެއް ނޫން. ރައްޔިތުން ތިބީ އަޅުވެތިކަމެއްގަ.

27 ފެބުރުއަރީ 2017 | 09:26

ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު

މި ސަރުކާރުން ގެންދަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން. އެހެންވީމާ ރައްޔިތުން ޕީޕީއެމަށް ވަންނާނެ. އެމްޑީޕީން މެމްބަރުން ވެސް މަދުވާނެ. އެއީ ސަރުކާރުން މަޖުބޫރުކޮށްގެން ވާކަމެއް ނޫން. ރައްޔިތުން ގަބޫލް ކުރޭ މިސަރުކާރު. ޕީޕީއެމަށް ރައްޔިތުންނަށް ވަންނަނީ އެމީހުން ބޭނުންވާތީ. ތަރައްގީ ބޭނުންވާތީ.

މިސަރުކާރުންވަނީ ގިނަ ވަޒީފާތައް ޒުވާނުންނަށް ހޯދާދީފަ. ގިނަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތައް އެކި ރަށްރަށުގައި ދަނީ ހިންގަމުން. ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގނަ ކަންކަން މިސަރުކާރުން ދަނީ ކުރަމުން. މެޑަމް ފާތުން އަކީ މި ސަރަހައްދުގައި ހުރި އެންމެ ކުޅަދާނަ އެންމެ ހީވާގި ބޭފުޅާ.

27 ފެބުރުއަރީ 2017 | 09:20

ގަރާރު ހުށަހެޅުން

ފާލާހު: މިގަރާރަކީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން، ޕީޕީއެމްއަށް ސޮއި ކުރުވުމާއި ޕީޕީއެމްއިން ބާއްވާ ޖަލްސާތަކާއި އިވެންޓްތަކުގައި އެ މުވައްޒަފުން ބައިވެރިވުމަށް މަޖުބޫރު ކުރުވާތީ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހަޅާ ގަރާރެއް.

މި ގަރާރުގެ މަގްސަދަކީ، ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުގެ އިސްވެރިން ހިންގަމުންދާ ގާނޫނާ ހިލާފު އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާވެސް ހިލާހު ކަމެއް ކަމަށްވާތީ އެކަން ހުއްޓުވުން.

27 ފެބުރުއަރީ 2017 | 09:15

ޖަލްސާ ފެށުން

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު.

އިބްތިދާއީ ބަހުސް ކުރުމަށްޓަކައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހަށަހަޅުއްވާ ގަރާރު އެށަހެޅުން. ގަރާރު ހުށަހަޅުއްވާ ދެއްވީ ފަލާހް.

27 ފެބުރުއަރީ 2017 | 09:08

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއަށް މަޖުބޫރުކޮށްގެން މެމްބަރުން އިތުރު ކުރަމުންދާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމެވެ.

އެގަރާރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ.

މި ގަރާރުގެ އިތުރުން އިތުރު ކަމެއް ކަމޖިލީޙުގައި މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައެއް ނުވެއެވެ.

05 ފެބުރުއަރީ 2017 | 21:44

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ