Raajje.mv

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ- ސިޔާސީ މަސްރަހު

24 ޖުލައި 2017
12497
ރައްޔިތުންގެ މަޖިލީީހުގެ އިދާރާގައި ތަޅު އަޅުވާފައި، މެންބަރުންނަށް ވެސް ނުވަދެވޭނެ ކަމަށް ބުނޭ

ރައްޔިތުންގެ މަޖިލީީހުގެ އިދާރާގައި ތަޅު އަޅުވާފައި، މެންބަރުންނަށް ވެސް ނުވަދެވޭނެ ކަމަށް ބުނޭ

24 ޖުލައި 2017 | 16:49

އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދަށް ވަރަށް ގިނަ އަދަދެެއްގެ ފުލުން ވަނީ ޖަމާވެފައި

އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން، މާފަންނު ކުނޫޒް ސަރަހައްދުގައި އޮްތް ޖަލްސާ އެތަނަށް ނުވަދެވޭގޮތަށް ބަންދު ކުރުމުން ފަހުން ވަނީ އެމްޑީޕީ އޮފީސް ހުންނަ ސަރަހައްދަ ބަދަލުކުރި ނަމަވެސް މިހާރު އެސަރަހައްދުވެސް ވަނީ ފުލުހުން ވަށާލާފައި، އަދި ފުލުހުންގެ އެހެން ޑިޕާޓްމެންޓްތަކުގެ ފުލުހުން ވެސް ވަނީ ނެރެފައިއެގޮތުން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ފުލުހުންވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން، އެ ސަރަހައްދުގައި އެއްވުން ބޭއްވިޔަ ނުދިނުމަށް މަސައްކަތްކުރަމުންދާފަދަ ގޮތަކަށް ފުލުހުންގެ ހަރަކާތްތައް ހުރިކަން ފާހަގަކުރެވޭ- ރިޕޯޓަރ ނާއިލް

24 ޖުލައި 2017 | 16:40

މަޖިލިސް އިދާރާ ބެލެހެއްޓުމަކީ ފުލުހުން ކުރަން ޖެހޭކަމެއް ނޫން

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލިސް އިދާރާ ބެލެހެއްޓުމަކީ ފުލުހުން ކުރަން ޖެހޭކަމެއް ނޫން، ފުލުހުން ކުރަން ނުޖެހޭ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ގަބ؟ޫލެއް ނުކުރަން، ރައްޔިތުން މަޖިލިސް މާނަމި ކުރަނީ ބޭރު ހަތަރު ފާރެއް ނޫން، މަޖިލީހުގެ މެންބަރުންވެސް އޭގައި ހިމެނޭ، މީ ރައްޔިތުންގެ މަންދޫބުން، މިއަދު އަޅުގަނޑުމެންނަށް މި ކުރި ގޯނާއާއި އަނިޔާއަކީ، ބަލައިގެނެވޭނޭކަމެއް ނޫން، އެބޭފުޅުން އަމިއްލައަށް ޖެހުނު މަޅިގައިދެން އެޅޭނީ ހުސް ޅަ އެއްޗެހި، މާދަންވެސް އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ،މިއަދު އެ ކުރީ ގޮތް ހުސްވެގެން ހެދުނު ކޮހެއް، އބޭފުޅުްނވެސް އަމިއްލައަށް ލަދުގަނަންނާނެ، މީ އެބޭފުޅުންވެސް އުއްމީދު ކުރާކަމެއްނޫން-ނާޒިމް

24 ޖުލައި 2017 | 16:32

ރިޒުގު ދެއްވަނީ ރައީސް ޔާމީނެއްނޫން

ގައުމެއްގެ ގަދަރު ހިފެހެއްޓުމުގައި ކުރީ ސަފުގައި ތިއްބަވާނީ ސަލާމަތީ ބާރުތައް، މަގާމުތަކަށް ވަޑައިގަގެން އެބޭފުޅުން މިއަދު ކަން ކުރައްވާގޮތާއި މެދު ހިތާމަކުރަން ، އެބޭފުޅުންނަށް ރިޒުގު ދެއްވަނީ ރައީސް ޔާމީނެއްނޫން

އިލެކްޝަންސް ކޮމިޝަނަކީ ގާނޫނު އަސާސީ މާނަކުރަން އޮތްތަނެއްނޫން، ކީއްވެގެންތޯ ސްޕްރީމްކޯޓަށް ވަޑައި ނުގަތީ، ތާ އަބަދު އެގޮތަށް މަގާމުތަކުގައި ތިއްބެވޭނޭކަމަށް އެބޭފުޅުންނަށް ހީވުމަކީ ކުއްހީއެއް،މަގާމުގައި ދެމި ތިބެވޭނީ ރައީސް ޔާމީންގެ ބްލެސިންގައި ކަމަށް ހީވުމަކީ ކުށްހީއެއް- އަމީތު

24 ޖުލައި 2017 | 16:25

ސްޕްރީމް ކޯޓްވެސް މިއަދު ލަދު ގަންނަންޖެހޭ

މަޖިޅިހުގެ ގޮނޑިގެއްލިއްޖެ ކަމުގެ ބާރު ކަނޑައެޅުމުގެ ބާރު އީސީއަށް ދީގެން އޮންނަށް ސްޕްރީމް ކޯޓް ލަދު ގަންނަށް ޖެހޭނެ،ސްޕްރީމް ކޯޓުން މިއަދު އެ މައްސަލަ ބަލައިގަނެފައި ވިޔަސް އަބަހަށް މިކަމަށް ގޮތެއް ކަނަޑައަޅަން އެބަ ޖެހޭ- ނާޒިމް

24 ޖުލައި 2017 | 16:18

ބޯ ކަނޑައިލިޔަސް ބޯ ގުދެއް ނުކުރާނަން

މިފަދަ ގާނޫނީ އަމުރުތަކަށް ތަބާވުމް އޭގެ ގެއްލުން ލިބެނީ އާދައިގެ ވަކި ވަކި ފުލުހުންނަށް، އެގޮތަށް އަންނަ ޣައިރު ގާނޫނީ އަމުރުތަކަށް ތާބަނުވުމަށް އަޅުގަނޑުމެން މި ގޮވާލަނީ.ބޯ ކަނޑަލިޔަސް ބޯ ގުދެއް ނުކުރާނަން-އަމީތު

24 ޖުލައި 2017 | 16:12

މުޅިދުނިޔެ މިއަދު މި ސަރުކާރަށް މަލާމަތްކުރަނީ

އަޅުގަނޑުމެންގެ ސިކުނޑީގައި މިހުރި ވިސްނުން ބަދަލެއް ނުވާނެ، ގާނޫނު ތަކަށް ބަދަލުވެސް ގެނެވޭނެ، މަޖިލީހަކުން ގޮނޑިއެއް މިގޮތަކަށް ގޮނޑިއެއް ގެއްލުވައެއް ނުލެވޭނެ- ނާޒިމް

24 ޖުލައި 2017 | 16:03

އިދާރީ މުއައްޒަފުންނަށްވެސް ކުނޫޒަށް ނުވަދެވޭ

އެއްވެސް އާއްމުންގެ މީހަކު ކުނޫޒަށް ނުވަދެވޭ، އަދި އެތަނުގެ އިދާރީ މުއައްޒަފުންނަށްވެސް ކުނޫޒަށް ނުވަދެވޭގޮތަށް ވަނީ ބަންދުކޮށްފައި-ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު

މާފްންނު މެރީ ބްރައުން ހުންނަ ސަރަހައްދުގައި ހުރި ޕެލެޓްތަކެއްގައި ރޯކޮށްލާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައި

24 ޖުލައި 2017 | 16:00

ކުނޫޒް ސަރަހައްދު އެސްއޯ ފުލުހުން ވަށާލައިފި

ކުނޫޒު ހިމެނޭ ސަރަހައްދުގައި މިވަގުތު ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން

24 ޖުލައި 2017 | 12:32

ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ކުނޫޒްގައި

ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ކުނޫޒްގައި ފަށައިފި. މި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދޭނެ

24 ޖުލައި 2017 | 10:24

އަޅުގަނޑުމެން މަޖިލީހުން ނެރުނީ އަނިޔާކޮށްގެން: އިބޫ

ސިފައިންނާއި ފުލުހުން ވެގެން ރައްޔިތުންގެ މަޖިލީހުން މަމްބަރުން މަޖިލީހުން ނެރެފައިވަނީ ވަރަށް ބޮޑަށް އަނިޔާ ކޮށްގެން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. އިބޫ ވިދާޅުވީ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ އިދާރާއިން ނެރުމުގެ ގާނޫނީ އެއްވެސް ހަމައެއް ނެތް. މިއަދު ފުލުހުންނާއި ސިފައިން ވަނީ މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ.

24 ޖުލައި 2017 | 10:16

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުރިހާ މުވައްޒަފުންނެރެ މަޖިލީހުގެ އިދާރާ ބަންދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނެރެ، މަޖިލީހުގެ އިދާރާ ބަންދު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ.

24 ޖުލައި 2017 | 09:58

މަޖިލީހުގެ އިދާރާއަށް ވަނީ ސިފައިން އެދިގެން : ޕޮލިސް

މަޖިލީހުގެ އިދާރާއަށް ވަދެ މަޖިލީހުގެ މެމްބަރުން ނެރުނީ ސިފައިންގެ އެދުމުގެ މަތިން ކަމަށް ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވެއްޖެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ.

24 ޖުލައި 2017 | 09:45

މެމްބަރު އަމީތު އާއި ވައްޑެ ހައްޔަރު ކޮށްފި

މަޖިލީހުގެ އިދާރާއަށް ފުލުހުންވަދެ ބައެއް މެމްބަރުން ނެރުމަށްފަހު، މެމްބަރު މުހައްމަދު އަމީތު އާއި މުހައްމަދު ވަހީދު އިބްރާހީމް ފުލުހުން ހައްޔަރު ކޮށްފި.

24 ޖުލައި 2017 | 09:43

މަޖިލީހުން މެމްބަރުން ބޭރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއިން ބޭރުކުރުން

24 ޖުލައި 2017 | 09:38

މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއް ސިފައިން ރައިޓްގިޔަރުގައި ވަދެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގިނަ އަދަދެއްގެ ސިފައިން ރައިޓްގިޔަރުގައި ވަދެއްޖެ. މެމްބަރުން ނެރުމުގައި ސިފައިންވެސް ދަނީ ހަރަކާތްތެރިވަމުން.

24 ޖުލައި 2017 | 09:32

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ މެމްބަރުން ނެރުން

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފުލުހުން ވަދެ މެމްބަރުން ނެރުން

24 ޖުލައި 2017 | 09:28

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަނުން

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަނުން

24 ޖުލައި 2017 | 09:25

ފުލުހުން މަޖިލިސް ތެރެއަށްވަދެ މެމްބަރުން ނެރުން

މަޖިލީހުގެ އިދާރާއަށް ފުލުހުންވަދެ މެމްބަރުން ނެރެނީ

24 ޖުލައި 2017 | 09:22

މަޖިލީހުގެ ބައެއް މެމްބަރުންނަށް އަނިޔާވުން

ފުލުހުން ޕެޕެރ ސްޕްރޭ ޖެހުމާއި އަމަލުކުރި ގޮތުން ގިނަ މެމްބަރުންނަށް ވަނީ އަނިޔާ ވެފަ.

24 ޖުލައި 2017 | 09:20

މަޖިލީހުގެ އިދާރާގައި ތިއްބެވި ބައެއް މެމްބަރުން ފުލުހުން ވަދެ ނެރެފި

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝަހިދާއި އީވާ އަބްދުﷲ މަޖިލީހުން ނެރެފައިވާ ކަމުގެ މައުލޫމާތު މިވަނީ ލިބިފަ.

24 ޖުލައި 2017 | 09:17

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަނުމުން ސިފައިން މިވަނީ ފުލުހުން ނެރެފަ

މަޖިލީހުގެ އިދާރާއަށް ފުލުހުން ވަނުމުން މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިން މިވަނީ ފުލުހުން މަޖިލީހުގެ އިދާރާއިން ނެރެފަ.

24 ޖުލައި 2017 | 09:15

މަޖިލިސް ތެރެއަށް ފުލުހުން ވަދެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ފުލުހުން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، މަޖިލީހަށް ވަދެ މެމްބަރުން ހައްޔަރުކުރުމާއި މަޖިލިސް ހިންގުމަށް ހުރަސް އެޅުމަކީ ޣައިރު ގާނޫނީ އަމަލެއް.

24 ޖުލައި 2017 | 08:59

މެމްބަރު ފައިސަލް ނަސީމް ހޮސްޕިޓަލަށް ގެންގޮސްފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަނިކޮށް ފުލުހުން ހުރަސް އެޅުމާއި، ޕެޕަރ ސްޕްރޭ ޖެހުމާއި ގުޅިގެން ބައެއް މެމްބަރުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ. އެގޮތުން މިވަގުތު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ފާރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފަ. ފައިސަލް ނަސީމް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބޭ.

24 ޖުލައި 2017 | 08:49

މަޖިލީހުގެ ބައެއް މެމްބަރުންނަށް އަނިޔާވުން

މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނިކޮށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ބައެއް މެމްބަރުން މަގުމައްޗަށް ވެއްޓީ ބައެއް މެމްބަރުންނަށް ވަނީ އަނިޔާ ވެފަ. ނަމަވެސް ފުލުހުންގެ ހުރަސްތައް ގިރާކުރުމަށްފަހު މެމްބަރުންވަނީ މަޖިލީހުގެ އިދާރާއަށް ވަދެ ވަޑައިގަންނަވާފަ.

24 ޖުލައި 2017 | 08:44

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވަދެވަޑައިގަންނަވައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވައިފި. އަދި މިހާރު މަޖިލިސް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ގޮތެއް ހޯދުމަށް.

24 ޖުލައި 2017 | 08:43

މެމްބަރުން މަޖިލީހުގެ ތެރެއަށް ވަދެއްޖެ

މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަދެއްޖެ. މަޖިލީސް ތެރޭގައިވެސް ޕެޕާސްޕްރޭ ޖަހާފައިވާކަމަށް މެމްބަރު ރޮޒެއިނާ ވިދާޅުވި. ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ އަމީން އާންމާއި ބައްދަލުކޮށް ޖަލްސާ ފެއްޓެވުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް

24 ޖުލައި 2017 | 08:16

ފުލުހުން މަގު ދޫކޮށް ހިނގައްޖެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަނިކޮށް، ފުލުހުން މަގު ބަންދު ކުރުމަށްފަހު، މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ. މަޖިލިސް މެމްބަރުން މިހާރު ހިންގަވަމުން ގެންދަވަނީ މަޖިލީހާ ދިމާލަށް.

24 ޖުލައި 2017 | 08:04

މިސަރުކާރަކީ ކޮރަޕްޝަނާއި ވައްކަން ކުރަމުންދާ ސަރުކާރެއް: އަލީ އާޒިމް

މެމްބަރު އަލީ އާޒިމް: މިސަރުކާރަކީ ކޮރަޕްޝަނާއި ވައްކަން ކުރަމުންދާ ސަރުކާރެއް ކަމަށާއި މިސަރުކާރު ހިމާޔަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނާއެކު އަޚުގަނޑުމެންނާއެކު ކުރިއަށް ދިއުމަށް ގޮވާލަން. ސީލްޑްތައް ބަހައްޓާފަ އަޅުގަނޑުމެންނާއެކު ކުރިއަށް ދިއުމަށް ތަކުރާރުކޮށް ގޮވާލަން. ޣައިރު ގާނޫނީ އަމުރުތަކަށްތަބާވާ ފުލުހުންނާ މެދު ފިޔަވަޅު އަޅާނަން:

24 ޖުލައި 2017 | 07:59

ޤައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ތަކުރާރުކޮށް މެމްބަރުން ގޮވާލައްވައިފި

ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ދަނީ ތަކުރާރުކޮށް ގޮވާލައްވަމުން. ފުލުހުންގެ އަމަލުތައް ހުރި ގޮތުން ބައެއް އާއްމު ރައްޔިތުންނަށް ދަނީ އަނިޔާވަމުން. ޕެޕަރ ސްޕްރޭވެސް ވަނީ ޖަހާފައި.

24 ޖުލައި 2017 | 07:55

މެމްބަރުން މިހާރު ތިބީ ހިސޯރުކޮށްފަ: މަޖިލިސް މެމްބަރު އިބްރާހީމް ހަސަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މ. ކުނުޒުން ނިކުމެވަޑައިގެން މަޖިލީހަށް ވަޑައިގަންނަވަމުންދަނިކޮށް، ކުނޫޒު ސަރަހައްދުން މެމްބަރުން ހިސޯރުކޮށްފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހީމް ހަސަން ވިދާޅުވެއްޖެ.

24 ޖުލައި 2017 | 07:50

ރޮޒެއިނާގެ ޓުވީޓު

މީޑިއާއަށް ނުވަދެވިއްޖެނަމަ ފޭސްބުކް ލައިވްކޮށްގެން ވެސް ރައްޔިތުންނަށް މިއަދު ހިންގާ ކަންތައްތައް ހިއްސާ ކޮށްދޭނެކަމަށް ވަނީ ވިދާޅުވެފައި

24 ޖުލައި 2017 | 07:46

އެސްއޯ ފުލުހުން ހުރަސް އެޅުން

މެމްބަރުުން ކުނޫޒުން ނިކުތުމަށް އެސްއޯ ފުލުހުން ހުރަސް އަޅައިފި

24 ޖުލައި 2017 | 07:30

ކުނޫޒު ސަރަހައްދަށް އެސްއޯ ފުލުހުން ހަރަކާތްތެރިވާން ފަށައިފި

24 ޖުލައި 2017 | 07:28

މަޖިލީހުގައި ތަޅުއެޅުވުން

މިއަދު 12:45 ގައި މަޖިލީހަށް ވަނުމަށް ދާނަން. މަސީހަށް މަޖިލީހަށް ވަދެވޭނަމަ މެމްބަރުންނަށްވެސް ވަދެވޭނެ. މިއަދު މަޖިލީހަށް ނުވަދެވޭނަމަ ގާނޫނު އަސާސީން މަޖިލީހުގެ ބާބު ފޮހެވިގެންދާނެ. މަސީހާއި ދެކޮޅަށް ވޯޓު ނުނަގާ ދެން މަޖިލީހުގައި އިތުރު މަސައްކަތެއް ނުކުރެވޭނެ. މިއަދު މަޖިލީހަށް ދާނީ ވާޖިބު އަދާކުރުމަށް. އެކަކަށްވެސް ހުރަހެއް ނޭޅޭނެ: މެމްބަރު ރޮޒެއިނާ އާދަމް

24 ޖުލައި 2017 | 06:31

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން

24 ޖުލައި 2017 | 05:50

ޕާކިސްތާނުގެ ބޮޑުވަޒީރު ވަޑައިގަންނަވާއިރު، އެގައުމުގެ އެހީގައި އެޅި މަޖިލިސް އިމާރާތް ތަޅު އަޅުވާފަ!

ރައްޔިތުުންގެ މަޖިލިސް އިދާރާ އަޅާފައިވަނީ ޕާކިސްތާން ސަރުކާރުގެ އެހީގައި، މިނިވަން ދުވަސް ފާހަގަކުރުމަށް އެގައުމުގެ ބޮޑުވަޒީރު ވަޑައިގަންނަވާއިރު، މަޖިލީހުގެ އިދާރާގައި މިވަނީ ތަޅު އަޅުވައި، ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.

24 ޖުލައި 2017 | 05:30

މިއަށްވުރެ ބޮޑަށް ގާނޫނުއަސާސީއާ ހިލާފެއް ނުވެވޭނެ: އަލީ ޒާހިރު

ގާނޫނު ހަދާ މަޖިލީހުގައި ތަޅު އެޅުވުމާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަޑައި ނުގެންނެވޭނެ ގޮތަށް ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއަށްވުރެ ބޮޑަށް ގާނޫނުއަސާސީއާ ހިލާފެއް ނުވެވޭނެ.

މިއަދަކީ ރަސްމީ ދުވަހެއް، ހަފްތާގެ ހޯމަ ދުވަސް. ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ ދުވަހައާއި އަންގާރަ ދުވަހުގެ އިތުރުން ބުދަ ދުވަހު.

24 ޖުލައި 2017 | 05:24

މަޖިލީހުގައި ތަޅު އެޅުވި އޮފިސަރުން އެ ކުރީ ވަރަށް ބޮޑު ކުށެއް: ދިޔާނާ ސައީދު

މަޖިލީހުގައި ތަޅު އެޅުވި އޮފިސަރުންގެ ތަފްސީލު ފައިލްކުރަންޖެހޭ ކަމަށާއި އެއީ ވަރަށް ބޮޑު ކުށެއް ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅވެއްޖެ.

"ސުޕީރިއާ އޯޑާރސް" އަކީ ގާނޫނު ބަލައިގަންނަ ދިފާއެއް ނޫން ކަމަށް ދިޔާނާ ވިދާޅުވި.

24 ޖުލައި 2017 | 05:20

މަޖިލީހުގައި ތަޅު އެޅުވުމާއި ގުޅިގެން އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފްގެ ފާޑު ވިދާޅުވުން ރައީސް ޔާމީނަށް

ބަލިވަން ފެށީމައި ބޯޅަ ކިހިއްޔަށް ޖަހައިގެން ގެއަށް ދިއުން ކަހަލަ ކަމެއް ތިކޮށްލީ: ހަސަން ލަތީފް

24 ޖުލައި 2017 | 05:19

ސުޕްރީމް ކޯޓް ތަޅު އެޅުވުމާއި، މަޖިލިސް ތަޅުއެޅުވުމުގައި ތަފާތެއް ނެތް: މައުމޫން ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެ ކޯޓުން ނުވަދެވޭ ގޮތް ހެދުމާއި، ރައްޔިތުންގެ މަޖިލިސް މެންބަރުން މަޖިލީހަށް ވަނުން މަނާކުރުމުގައި ތަފާތެއް ނެތް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ.

1 / 2