މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ- ސިޔާސީ މަސްރަހު
ރައްޔިތުންގެ މަޖިލީީހުގެ އިދާރާގައި ތަޅު އަޅުވާފައި، މެންބަރުންނަށް ވެސް ނުވަދެވޭނެ ކަމަށް ބުނޭ
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާއި ބަންޑަރަ ނައިބު އަނިލް އިއްޔެ ސުޕްރީމް ކޯޓަށް ވަޑައިގެންނެވި: އަލީ ޒާހިރު
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމާއި ބަންޑާރަ ނައިބު އަނިލް އިއްޔެ ސުޕްރީމް ކޯޓަށް ވަޑާއިގެންނެވި. މިއީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ހިންގަމުންދާ އަމަލެއް. ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ.
މޭޖަރ ޖެނެރަލް ޝިޔާމު ހަމަމަގަށް އެޅުވުމަށް ސިފައިންނަށް ގޮވާލަން: އަލީ ޒާހިރު
ރައްޔިތުންގެ މަންދޫބުން މަޖިލިސް ކުރާ ގެޔަށް ނުވެއްދުމަކީ ރައްޔިތުން ހިސޯރުކުރުން: ނާދިރާ
ރައްޔިތުންގެ މަންދޫބުންނަށް މަޖިލިސް ގެޔަށް ނުވަދެވޭ ގޮތަށް ތަޅު އެޅުވުމަކީ ރައްޔިތުން ހިސޯރު ކުރުން ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެ.
މަޖިލިސް ތަޅު އެޅުވުމަކީ ރައީސް ޔާމީންގެ ޚުދުމުޚުތާރުކަމުގެ އަލިގަދަ ހެއްކެއް: އީވާ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލިސް ތަޅު އެޅުވުމަކީ ގާނޫނު އަސީސާއާއި ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް، އަދި އެކަމަކީ ރައީސް ޔާމީންގެ ޚުދުމުޚުތާރު ކަމުގެ އަލިގަދަ ހެއްކެއް ކަމަށް.
މަޖިލިސް އިދާރާގައި ތަޅުއަޅުވާ، ގާނޫނު އަސާސީއާ ޚިލާފް ނުވުމަށް މަހުލޫފް ގޮވާލައްވައިފި
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ ގާނޫނު އަސާސީއާ ޚިލާފް ނުވުމަށް ގޮވާލައްވާފަ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމަންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު 10:30 ގައި އޮންނާނެ ކަމަށް އެފާރަތުން ވަނީ މައުލޫމާތު ދީފަ. އެ ބައްދަލުވުން ބާއްވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި. މިއަދުގެ ހަރަކާތްތައް އެނގިގެންދާނީ އެ ބައްދަލުވުމަށް ފަހު.
މަޖިލިސް އިދާރާގައި ތަޅު އަޅުވާފައިވަތީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރުން
މަޖިލިސް އިދާރާގައި ތަޅު އަޅުވާފައިވަތީ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި.
ޝާހިދު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ފުރުސަތު މެންބަރުންނަށް ދޭންޖެހޭ ކަމަށް.
ގޮނޑިި ގެއްލުނު ކަމަށް ކަނޑައެޅި މެންބަރުންގެ ނަން ބޯޑް ނެގުމަށް އަންގައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ނަން ބޯޑް މަޖިލީހުގެ ޗެމްބަރުގެ މޭޒުކޮޅުތައް މަތިން ނެގުމަށް އަންގައިފި ކަމަށް މައުލޫމާތު ލިބިއްޖެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ.
ޕީޕީއެމްގެ ދަފްތަރުން، މެންބަރު އިލްހާމާއި، މެންބަރު ސިނާނާއި، މެންބަރު އަމީތާއި، މެންބަރު ވަހީދާއި، މެންބަރު ލަތީފް އަދި މެންބަރު ސައުދުގެ ނަން އުނިކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ސިޓީއެއް ފޮނުވި.
އެ ސިޓީގެ ޖަވާބުގައި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. މެންބަރުން ބުނާ ގޮތުގައި އެ ސިޓީގައި މަޖިލީހުގެ ނައިބު ރައީސަށް ސޮއިނުކުރެވޭނެ. އިދާރީ އެފަދަ ސިޓީތަކުގައި ސޮއިކުރެވޭނީ މަޖިލީހުގެ އަމީންއާންމަށް ކަމަށް މެންބަރުން ބުނޭ
މަޖިލީހުގެ އިދާރާގައި ތަޅު އަޅުވައިފި، މެންބަރުންނަށް ވެސް ނުވަދެވޭނެ!
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ނުވަދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތަޅު އަޅުވައިފި.
އާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މަޖިލިސް މެންބަރުންނަށް ވަދެވޭނެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ- ސިޔާސީ މަސްރަހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، އެ މައްސަލަ ބާތިލްކޮށް، ހަ މެންބަރެއްގެ ގޮނޑި ގެއްލުވާލުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާއްވަން ތާވަލްކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް މިއަދު ޖަލްސާ ނުބާއްވަން ނިންމައި، ދެން ޖަލްސާއެއް ބާއްވާނީ ޖުލައި 31 ގައި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ދަށުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންއާއި، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ މެންބަރު ކަމުގެ ގޮނޑި އެވެ.
އެ ހަ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ބައި-އިލެކްޝަން ބާއްވަން ނިންމާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ގާނޫނު އަސާސީގައި ވަކިގޮތެއް ބަޔާންކޮށްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނަށް މެންބަރުންގެ ގޮނޑި އެގޮތަށް ގެއްލުވާ ނުލެވޭނެ ކަމަށެވެ.