ލޯކަލް ކައުންސިލް އިންތިހާބު

  • މާލޭގައި ހުރި ދެ ވޯޓް ފޮއްޓެއް އަދިވެސް ގުނައި ނުނިމޭ
  • އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް މައްސަލައެއް ދިމާވެ، ނަތީޖާތައް ލަސްވުން
  • ދިއްދޫ ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް
 
Writer Profile Picture
ހުސެން ފިޔާޒް
މާލޭގައި ހުރި ދެ ވޯޓް ފޮއްޓެއް އަދިވެސް ގުނައި ނުނިމޭ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގަިއި ބަހައްޓާފައިވާ ވޯޓް ފޮށިތަކުގެ ތެރެއިން މިހާތަނަށް ގުނައި ނުނިމި ހުރީ ކަލާފާނު ސްކޫލްގައި ބަހައްޓާފައި ހުރި، ގދ. ތިނަދޫ ވޯޓް ފޮއްޓާއި، ކުރީގެ އެމްއީއެސް ސްކޫލްގައި ބަހައްޓާފައި ހުރި އޭދަފުށީ ދާއިރާގެ ވޯޓް ފޮއްޓެވެ. 

 

7 މެއި 2017 | އާދީއްތަ 11:39
Writer Profile Picture
މުހައްމަދު ފަޒީން
އިލެކްޝަންސް ކޮމިޝަންގެ ސިސްޓަމަށް މައްސަލައެއް ދިމާވެ، ނަތީޖާތައް ލަސްވުން

ވޯޓް ގުނުން ލަސްވަނީ އިލެކްޝަންސް ކޮމިޝަނުގެ ސިސްޓަމަށް މައްސަލައެއް ދިމާވެ، ޓެލީ ކުރުމުގައި މައްސަލައެއް އުޅޭތީ ކަމަށް އިލެކްޝަންސް މިކޮމޝަނުގެ އޮފިޝަލުންނާ ހަވާލާދީ އޮބްޒާވަރުން މައުލޫމާތު ދޭ.

7 މެއި 2017 | އާދީއްތަ 08:55
Writer Profile Picture
އަޒުމޫން އަހުމަދު
ދިއްދޫ ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް

ހއ. ދިއްދޫ ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފި. އަތޮޅު ކައުންސިލްގެ ދިއްދޫ ދާއިރާގެ ގޮނޑިއާއި ދިއްދޫ ރަށު ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީ އިން.

އަތޮޅު ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ އަބްދުﷲ ސިރާޖު

ދިއްދޫ ރަށު ކައުންސިލް:

އަހުމަދު ފިރާގު

އަލީ ހާޝިމް

ޒުހުރާ

މޫސާ ލަތީފް

މުހައްމަދު ހާޝިމް

7 މެއި 2017 | އާދީއްތަ 08:14
Writer Profile Picture
އަޒުމޫން އަހުމަދު
ވެލިދޫ ކައުންސިލްގެ ތިން ގޮނޑި ވެސް އެމްޑީޕީ އަށް

ނ. ވެލިދޫ ކައުންސިލްގެ ތިން ގޮނޑި ވެސް އެމްޑީޕީން ކާމިޔާބު ކޮށްފި

ޖުމްލަ 10 ކެނޑިޑޭޓުން ވާދަކުރި

ކާމިޔާބު ކުރީ:

  • އާދަމް އަލިފުޅު
  • އަހުމަދު ޖައުފަރު
  • އަސްމާ ހުސެއިން
7 މެއި 2017 | އާދީއްތަ 08:10
Writer Profile Picture
އަޒުމޫން އަހުމަދު
އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން ކަށަވަރުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން ކަށަވަރުކޮށްފި

 

އައްޑޫ ސިޓީ ކައުންސިލްގެ ދާއިރާތައް ކާމިޔާބު ކުރެއްވި ކެނޑިޑޭޓުން:

  • ހުޅުދޫ ދާއިރާ އިބްރާހިމް ޝުކުރީ
  • ފޭދޫ ދާއިރާ އަލީ ފަހުމީ އަހުމަދު
  • މަރަދޫ ދާއިރާ ފައިސަލް އިބްރާހިމް
  • ހިތަދޫ އުތުރު ދާއިރާ އަބްދުﷲ ސާދިގު
  • ހިތަދޫ މެދު ދާއިރާ ޖަމްޝީދާ މުހައްމަދު
  • ހިތަދޫ ދެކުނު ދާއިރާ މުހައްމަދު ޔަސްރިފް
  • އައްޑޫ މީދޫ ދާއިރާ ހުސެއިން ހިޔާޒް
7 މެއި 2017 | އާދީއްތަ 04:44
Writer Profile Picture
އަޒުމޫން އަހުމަދު
މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީ އިން ކަށަވަރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީއިން ކަށަވަރުކޮށްފި.

އެމްޑީޕީއަށް ކަށަވަރު ނުވެ މިހާތަނަށް އޮތީ ހެންވޭރު އުތުރު ދާއިރާ. އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހަމްޒާ ހަސަން ވަނީ ދެން ވާދަ ކުރެއްވި ޑީއާރްޕީގެ ކެނޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާނު ކުރައްވާފަ.

އެމްޑީޕީއިން ކާމިޔާބު ކުރި ދާއިރާތަކާއި ކެނޑިޑޭޓުން:

  • ހުޅުހެންވޭރު ދާއިރާ އާދަމް ޝަރީފް
  • މެދުހެންވޭރު ދާއިރާ އަހުމަދު ނިޔާޒު
  • ހެންވޭރު ދެކުނު ދާއިރާ އިބްރާހިމް މަނިކު
  • ގަލޮޅު އުތުރު ދާއިރާ ސިފާ މުހައްމަދު
  • ގަލޮޅު ދެކުނު ދާއިރާ ޝާހީމް މަހްމޫދު
  • މައްޗަންގޯޅީ އުތުރު ދާއިރާ މުހައްމަދު ރަޝީދު
  • މައްޗަންގޯޅީ ދެކުނު ދާއިރާ އަހްމަދު ޟަމީރު
  • މާފަންނު އުތުރު ދާއިރާ މުހައްމަދު ފަޒީން
  • މާފަންނު ހުޅަނގު ދާއިރާ ޝަމާއު ޝަރީފް
  • މާފަންނު މެދު ދާއިރާ އަޒްރާ މޫސާ
  • މާފަންނު ދެކުނު ދާއިރާ ހުސެއިން ޝަރީފް
  • ވިލިމާލޭ ދާއިރާ ހަމްނާ ވަހީދު
7 މެއި 2017 | އާދީއްތަ 04:13
Writer Profile Picture
އަޒުމޫން އަހުމަދު
މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ މުހައްމަދު ރަޝީދު ކާމިޔާބު ކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅީ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ މުހައްމަދު ރަޝީދު(ބޯދިގު) ކާމިޔާބު ކުރައްވައިފި.

މުހައްމަދު ރަޝީދަކީ މިދިޔަ ދައުރުގައި ވެސް މާލޭ ސިޓީ ކައުންސިލްގެ މެންބަރެއް.

މުހައްމަދު ރަޝީދާ ވާދަކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ޣާނިމް އަބްދުލްޣަފޫރް.

7 މެއި 2017 | އާދީއްތަ 03:37
Writer Profile Picture
އަޒުމޫން އަހުމަދު
އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުﷲ ސާދިގު ކާމިޔާބު ކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަބްދުﷲ ސާދިގު(ސޯބެ) ކާމިޔާބު ކުރައްވައިފި

ފެށުނީއްސުރެ ސޯބެ އަކީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރެއް އަދި ފާއިތުވި ދެ ދައުރުގައި ސޯބެ އަކީ އައްޑޫ ސިޓީގެ މޭޔަރު.

ސޯބެ މިހާރު ގެންދަވަނީ ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރައްވަމުން

7 މެއި 2017 | އާދީއްތަ 03:28
Writer Profile Picture
އަޒުމޫން އަހުމަދު
މާލޭ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި އެމްޑީޕީގެ ޝަމާއު ކާމިޔާބު ކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ޝަމާއު ޝަރީފް ކާމިޔާބު ކުރައްވައިފި.

ހަތަރު ފޮށީގެ ވޯޓް ގުނައި ނިމުނު އިރު ޝަމާއު އަށް 1065 ވޯޓް ވަނީ ލިބިފަ

ޕީޕީއެމްގެ ކެނޑިޑޭޓް އާމިނަތު ޝުހުދާ އަށް ލިބިފައިވަނީ 515 ވޯޓް

7 މެއި 2017 | އާދީއްތަ 03:22
Writer Profile Picture
އަޒުމޫން އަހުމަދު
ވިލިމާލޭ ދާއިރާ އެމްޑީޕީން ކާމިޔާބުކުރުމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ބަލި ގަބޫލުކުރައްވައިފި

ވިލިމާލޭ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރުމުން، ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ބަލި ގަބޫލުކުރައްވައިފި.

 

7 މެއި 2017 | އާދީއްތަ 03:15
Writer Profile Picture
އަޒުމޫން އަހުމަދު
ވިލިމާލޭ އެމްޑީޕީގެ ކެނޑިޑޭޓް ހަމްނާ ގޮނޑި ކާމިޔާބު ކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް ހަމްނާ ވަހީދު ކާމިޔާބު ކުރައްވައިފި. ޕީޕީއެމްގެ ފަރާތުން ނިކުތް ކެނޑިޑޭޓް، އަމްޝާދު ވަނީ ހަމްނާ އަށް މަރުހަބާ ކިޔާފަ. 

7 މެއި 2017 | އާދީއްތަ 02:49
Writer Profile Picture
ހުސެން ފިޔާޒް
މާފުށީ ޖަލުގެ ވޯޓް ފޮށި އަދިވެސް ބަންދެއް ނުކުރޭ

މާފުށީ ޖަލުގައި ބަހައްޓާފައިވާ ވޯޓް ފޮށި އަދިވެސް ބަންދު ނުކުރާ ކަމަށާއި ވޯޓްލުން މިހާރު ވެސް ކުރިއަށް ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި. ނަމަވެސް އެ ކޮމިޝަނުން ކުރިން ބުނެފައިވަނީ މާލޭގައި ހުރި ބައެއް ފޮށިތައް ފިޔަވައި، އެހެން ހުރިހާ ފޮއްޓެއް ބަންދުކޮށްފައިވާ ކަމަށް. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކްރަމް ވިދާޅުވީ މާފުށީ ވޯޓް ފޮއްޓަކީ އެންމެ ގިނަ ދާއިރާއެއްގެ މީހުން އެއް ފޮއްޓަކަށް ވޯޓްލާ ދާއިރާ ކަމަށް. އެ ފޮއްޓަށް ވޯޓްލުމަށް 187 ދާއިރާއެއްގެ މީހުން ރަޖިިސްޓްރީކޮށްފައިވާ ކަމަށް އަކްރަމް ވިދާޅުވި. 

ޖަލުގައި ވޯޓްލާން ގެންދަނީ ފަހަރަކު ދެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި
 

ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ޖަލުގައި ހުރި ވޯޓް ފޮށި ބަންދުކުރާނީ މިރޭ ދަންވަރު 12:00 ގައި. 

އަކްރަމް ވިދާޅުވި ގޮތުގައި މާފުށީ ޖަލުގެ ވޯޓް ފޮއްޓަށް ވޯޓް ލުމަށް 1136 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް. އޭގެ ތެރެއިން މިރޭ 9:00 ހާއިރަށް ވޯޓް ލާފައިވަނީ 434 މީހުން ކަމަށް އޭނާ ވިދާޅވި . 

މާފުށީ ޖަލުގެ ވޯޓް ފޮށި ބަންދުނުކޮށް ކުރިއަށް ގެންދާތީ، މާފުށީގައި ބަހައްޓާފައިވާ އެހެން ފޮށިތައް ގުނުން، ކެންޑިޑޭޓުން ވަނީ ހުއްޓުވައި، އިލެކްޝަނަށް ޝަކުވާ ހުށަވެސް އަޅާފައި. 

ނަމަވެސް އެ ޝަކުވާއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އަކްރަމް ވިދާޅުވި

7 މެއި 2017 | އާދީއްތަ 02:20
Writer Profile Picture
ހުސެން ފިޔާޒް
ގަޑި ބަދަލުކުރިކަން ގެޒެޓްކުރީ ވޯޓް ލައި ނިމުނު ފަހުން

ވޯޓްލާ ގަޑި ބަދަލުކުރިކަން އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރީ، ވޯޓް ފޮށިތައް ބަނޑުކުރަން ކަނޑައަޅާފައި އޮތް ގަޑިކަމުގައިވާ ރޭގަނޑު 8:00 ގެ ފަހުން. ތިރީގައި މިވަނީ ގެޒެޓްކުރި އިއުލާން

 

ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގޮސް ކިޔުގައި ތިބި ރައްޔިތުންގެ އަދަދު ގިނަވުމުންނާއި، ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ޕާޓިތަކުން ވަގުތު އިތުރުކޮށްދިނުމަށް މިކޮމިޝަނުގައި އެދެމުންދާތީއެވެ.

މިގޮތުން، 08:00 ގައި ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރާނީ 18:00 ގައެވެ. އަދި 08:00 ޖެހުމަށްފަހު ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ 20:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

 

7 މެއި 2017 | އާދީއްތަ 02:15
Writer Profile Picture
ހުސެން ފިޔާޒް
ކަރަންޓް ކެނޑުން

ރ. ވާދޫ އާއި އިންނަމާދޫން ކަރަންޓް ކެނޑިއްޖެ. ވާދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެރަށުން ކަރަންޓް ދިޔައީ އަށް މިނެޓަށް އަދި އިންނަމާދޫން ކަރަންޓް ދިޔައީ ތިން މިނެޓަށް

7 މެއި 2017 | އާދީއްތަ 01:57
Writer Profile Picture
ހުސެން ފިޔާޒް
ކޮލަމާފުށީގައި ވޯޓް ގުނަ ފަށައިފި

ޕީޕީއެމުން އަދި އެމްޑީޕީން އަށް މީހުން ވެއްދުމަށް ފަހު، ކޮލަމާފުށީގައި ވޯޓް ނުގަން ފަށައިފި 

7 މެއި 2017 | އާދީއްތަ 01:45
Writer Profile Picture
އަޒުމޫން އަހުމަދު
އައްޑޫ ސިޓީ، މާލެ-3 ވޯޓް ފޮށި ނަތީޖާ

 އައްޑޫ ސިޓީ، މާލެ-3 ވޯޓް ފޮށި ނަތީޖާ

1. ހުސެއިން ހިޔާޒް (އެމްޑީޕީ): 174

2. އިބްރާހިމް ޖަމާލް (އަމިއްލަ): 79

3. އާދަމް ޝަމްއޫން އިސްމާއިލް (ޕީޕީއެމް): 55

ބާތިލް: 1

7 މެއި 2017 | އާދީއްތަ 01:35
Writer Profile Picture
ހުސެން ފިޔާޒް
ވޯޓް މަރުކަޒަށް ބަޔަކު ވަދެގަތުމުން ކޮލަމާފުށީގައި ވޯޓް ގުނުން ހުއްޓިފައި.

ވޯޓް މަރުކަޒަށް ބަޔަކު ވަދެގަތުމުން ކޮލަމާފުށީގައި ވޯޓް ގުނުން ހުއްޓިފައި.  މައްސަލަ ހައްލުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން. 

 

 

7 މެއި 2017 | އާދީއްތަ 01:32
Writer Profile Picture
ހުސެން ފިޔާޒް
މާލޭގެ ދެތިން ވޯޓް ފޮށި ފިޔަވައި އެހެން ވޯޓް ފޮށިތައް ބަންދުކޮށްފި

މާލޭގައި ބަހައްޓާފައިވާ ބައެއް ފޮށިތައް ފިޔަވައި، ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ފޮއްޓެއް، މިހާރު ބަންދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެ. ބަންދު ނުކޮށް މިހާރު ހުރި ވޯޓް ފޮށީގެ އަދަދެއް ހާމަ ނުކުރައްވާއިރު، 8:00 ގައި ބަންދުކުރީ ކިތައް ފޮށި ކަމެއް އަދި، 6:00 ގައި ބަންދުކުރީ ކިތައް ވޯޓް ފޮށި ކަމެއް އަކްރަމް ވިދާޅެއް ނުވޭ. 

 

7 މެއި 2017 | އާދީއްތަ 01:06
Writer Profile Picture
އަޒުމޫން އަހުމަދު
ފުވައްމުލަކު ދެކުނު ދާއިރާ  R03  ފޮށީގެ ނަތީޖާ

ފުވައްމުލަކު ދެކުނު ދާއިރާގެ  R03  ފޮށީގެ ނަތީޖާ

1. އަބްދުﷲ ފަލާހު ޝަރީފް އެމްޑީޕީ: 201

2. އަލީ ޝަޒީމް މުހައްމަދު ޕީޕީއެމް: 166

ބާތިލް: 13

7 މެއި 2017 | އާދީއްތަ 01:03
Writer Profile Picture
ހުސެން ފިޔާޒް
ވޯޓް މަރުކަޒުތަކުގައި އެމަޖެންސީ ލައިޓް ހިފައިގެން

ބައެއް ވޯޓް މަރުކަޒުތަކުގައި އޮބްޒާވަރުން  ތިބީ އެނަޖީ ލައިޓް ހިފައިގެން 

7 މެއި 2017 | އާދީއްތަ 00:52
Writer Profile Picture
އަޒުމޫން އަހުމަދު
ފުވައްމުލަކު އުތުރު ދާއިރާ ނަތީޖާ

ފުވައްމުލަކު އުތުރު ދާއިރާގެ  R01  ފޮށީގެ ނަތީޖާ

1. އާމިނަތު ޒުހުދާ އެމްޑީޕީ: 239

2. ހަސަން އަތީގު ޖޭޕީ: 2

3. ހަމަދު އަބްދުﷲ ޕީޕީއެމް: 235

 

7 މެއި 2017 | އާދީއްތަ 00:46
Writer Profile Picture
ހުސެން ފިޔާޒް
ގަލޮޅު އުތުރު ދާއިރާގެ ވޯޓް ގުނަމުން ދަނީ އަނދިރީގައި

ގަލޮޅު ދަނޑުގައި ހުރި ގަލޮޅު އުތުރު ދާއިރާގެ ވޯޓް ފޮށި ގުނަމުން ދަނީ އަނދިރީގައި 

7 މެއި 2017 | އާދީއްތަ 00:42
Writer Profile Picture
އަޒުމޫން އަހުމަދު
ހިތަދޫ ދެކުނު ދާއިރާ- ޝަރަފުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ތިން ވަނަ ފޮށީގެ ނަތީޖާ

1. އަމިއްލަ ކެނޑިޑޭޓް: 28

2. އަމިއްލަ ކެނޑީޑޭޓް: 9

3. އެމްޑީޕީ ކެނޑިޑޭޓް: 218

4. ޕީޕީއެމް ކެނޑިޑޭޓް: 48

ބާތިލް: 4

ޖުމްލަ: 307

އެމްޑީޕީ ކެނޑިޑޭޓަކީ މުހައްމަދު ޔަސްރިފް

ޕީޕީއެމް ކެނޑިޑޓަކީ ހަސަން ނައީމް

އަމިއްލަ ގޮތުން ހުސެއިން މަމްދޫހު

އަމިއްލަ ގޮތުން މުހައްމަދު އާމިރު

7 މެއި 2017 | އާދީއްތަ 00:37
Writer Profile Picture
އަޒުމޫން އަހުމަދު
ގަލޮޅު ދެކުނު ދާއިރާ ތިން ނަމްބަރު ފޮށި

1. އެމްޑީޕީ ކެނޑިޑޭޓް: 206

2. ޕީޕީއެމް ކެނޑިޑޭޓް: 158

ބާތިލް: 4

ޖުމްލަ: 368

އެމްޑީޕީ ކެނޑިޑޭޓަކީ ޝާހީން މަހްމޫދު

ޕީޕީއެމް ކެނޑިޑޭޓަކީ އަހުމަދު އިމްތިޔާޒް

7 މެއި 2017 | އާދީއްތަ 00:22
Writer Profile Picture
އަޒުމޫން އަހުމަދު
ހިތަދޫ ދެކުނު ދާއިރާ- ޝަރަފުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށީގެ ނަތީޖާ

1. އަމިއްލަ ކެނޑިޑޭޓް: 38

2. އަމިއްލަ ކެނޑީޑޭޓް: 5

3. އެމްޑީޕީ ކެނޑިޑޭޓް: 201

4. ޕީޕީއެމް ކެނޑިޑޭޓް: 35

ބާތިލް: 4

ޖުމްލަ: 283

އެމްޑީޕީ ކެނޑިޑޭޓަކީ މުހައްމަދު ޔަސްރިފް

ޕީޕީއެމް ކެނޑިޑޓަކީ ހަސަން ނައީމް

އަމިއްލަ ގޮތުން ހުސެއިން މަމްދޫހު

އަމިއްލަ ގޮތުން މުހައްމަދު އާމިރު

 

7 މެއި 2017 | އާދީއްތަ 00:20