Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކް
ހެލެން މެކްރޮރީ މަރުވުން

ހެރީ ޕޮޓާ ސިލްސިލާގެ ނާސިސާ މަލްފޯއީ މަރުވެއްޖެ

ހެލެންގެ މަގުބޫލު ރޯލުތަކުގެ ތެރޭގައި ހެރީޕޮޓާގެ ނާސިސާ މަލްފޯއީ އާއި ޕީކީ ބްލައިންޑާސް ގެ ޕޮލީ ހިމެނޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 06:28
ހެލެން މެކްރޮރީ 'ހެރީ ޕޮޓާ' ގެ މަންޒަރެއްގައި

ހެލެން މެކްރޮރީ 'ހެރީ ޕޮޓާ' ގެ މަންޒަރެއްގައި

'ހެރީ ޕޮޓާ'ގެ ނާސިސާ މަލްފޯއީގެ ރޯލު ކުޅުނު މަޝްހޫރު ފިލްމީތަރި ހެލެން މެކްރޮރީ މަރުވެއްޖެއެވެ.

ކެންސަރު ބައްޔަށް ދުވަސްތަކެއް ވަންދެން ސިއްރުން ފަރުވާ ހޯދަމުން ދިޔަ ހެލެން މަރުވިއިރު އޭނާގެ އުމުރުން ވީ 52 އަހަރެވެ. އޭނާ މަރުވީ އޭޕްރީލް 16 ވީ ހުކުރުދުވަހުއެވެ. ހެލެން މަރުވިކަން ހާމަކުރަމުން، އޭނާގެ ފިރިމިހާ އަދި އެކްޓަރު ޑެމިއަން ލުވިސް ބުނީ، ހެލެން ދުނިޔެ ދޫކުރިއިރު، ގާތުގައި އެކުވެރީންނާއި އާއިލާގެ މީހުން ތިބިކަމަށެވެ.

ހެލެންއާއި ޑެމިއަން ކައިވެނިކުރީ 2007 ވަނަ އަހަރުގައެވެ. ދެމީހުންގެ ކައިވެންޏަށް ދެކުދިން ލިބިފައިވާއިރު، ދޮށީ އަންހެން ދަރިފުޅުގެ އުމުރުން މިހާރު 14 އަހަރެވެ. ހަގު ފިރިހެން ދަރިފުޅަށް އަދި ވީ 13 އަހަރެވެ.

ހެލެން މަރުވުމުގެ ހިތާމައިގައި ބައިވެރިވެ، ހެރީ ޕޮޓާގެ ވާހަކަ ލިޔުނު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ އިތުރުން ގިނަ އަދަދެއްގެ ފަންނާނުން އޭނާގެ ހަނދާން އާކޮށްފައިވެއެވެ. މީގެ އިތުރުން ހެރީ ޕޮޓާގެ ވިޒާޑިން ވޯލްޑް މީޑިއާ ގްރޫޕުން ވެސް އޭނާގެ ހަނދާން އާކޮށްފައިވެއެވެ.

ފިލްމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ހެލެންގެ އަގުވަޒަންކުރުމުގެ ގޮތުން 2017 ވަނަ އަހަރު އޯޑަރ އޮފް ބްރިޓިޝް އެމްޕައަރ (އޯބީއީ) އެވޯޑު ދީފައިވެއެވެ. އެނާ އެންމެ ބޮޑަށް އާންމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ހެރީ ޕޮޓާ ފިލްމުގެ ނާސިސާ މަލްފޯއީގެ ރޯލާއި، ބީބީސީގެ ކްރައިމް ޑްރާމާ ޕީކީ ބްލައިންޑާސްގެ ޕޮލީގެ ރޯލުންނެވެ.

ހެލެން މެކްރޮރީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ހެރީ ޕޮޓާ" ގައި ޑަމްބްލްޑޯގެ ރޯލު ކުޅުނު އެކްޓަރު މައިކަލް ގެމްބޯން 82 އަހަރުގައި މަރުވެއްޖެ

"ހެރީ ޕޮޓާ" ގައި ޑަމްބްލްޑޯގެ ރޯލު ކުޅުނު އެކްޓަރު މައިކަލް ގެމްބޯން 82 އަހަރުގައި މަރުވެއްޖެ

29 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު