Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ބަޔާން: ދަނޑުވެރިކަން

ރިޔާސީ ބަޔާން: ދަނޑުވެރި ކަމަކީ ހުނަރާއި، ފަންނާއި، އެކި ފަރުމާތަކުން ބަރާވެފައިވާ ބައިނަލް އަގުވާމީ ޢިލްމީ ޞިނާޢަތެއް

ދަނޑުވެރިކަމަކީ އާމްދަނީއާ ތަނަވަސްކަން ހޯދާ ވަޞީލަތެއް

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2021 | އަންގާރަ 09:42
ކަރާ ދަނޑެއް - ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތި އިތުރުކޮށް، އެތެރެ ކުރެވޭ މިންވަރު ދައްކުރުން

ކަރާ ދަނޑެއް - ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތި އިތުރުކޮށް، އެތެރެ ކުރެވޭ މިންވަރު ދައްކުރުން

ވަޒަން ހަމަ، ޅެންބަހުރުވައިގެ ފުނުން ރާއްޖެ ސިފަކުރާ ވަކި ބަސްތަކެއް ހުރެއެވެ.

"ނޫކަނޑުތެރޭގައި ފެހިމުތް ތަކެއްހެން، ކުދިކުދި ޖަޒީރާ ވިދަމުން ދަނިއްޔޭ" އެބުނާ ފެހިމުތުގެ ކުލަ މިރަށްތަކަށް ގެނުވި ހައިޞިއްޔަތާ ދިވެހިން ވަތްކެއް ނުވާނެއެވެ. ދިވެހި ބިމުގެ ފެހިކަމާއި އާރޯކަން ދެމެހެއްޓޭ، މުޑުވަކަކީ ދިވެހި ދަނޑުވެރިންނާ އެވެރިންގެ ދަނޑުތަކެވެ.

2500 އަހަރު ފަހަނަ އަޅައިގޮސް، 3 ހާސް އަހަރަށް ފައިނަގަމުންދާ، ވަޒަންވެރިކަމުގެ ދިގު ތާރީޚެއް އަޅުގަނޑުމެންގެ އެބައޮތެވެ. މިދިގު ފުން މާޒީގައި، ދިވެހިން ދަނޑުވެރިކަން ނުކުރާ އެއްވެސް ޒަމާނެއް މާޒީވި ކަމުގައި ދެންނެވޭކަށެއް ނެތެވެ. ގަދީމީ އިރުގައި، ދަނޑުވެރިކަން އޮތީ ދުވަހުގެ ފުރާގު ހަމަކޮށް، ފުރާނަ މުއްތިކުރުމުގެ ހަނގުރާމައިގެ ގޮތުގައެވެ.

ގަސްގަހާގެއްސާއެކު އާއިލާތައް ހެދިބޮޑުވެ، މީސްގިނަވެ، ބައިބޯވަމުންދިޔަ ވަރަކަށް ދިވެހިން ބަރޯސާވާން ރާއްޖޭގައި އޭރު އޮންނަނީ ދެތަނެކެއެވެ. ބަނޑަށްޓަކާ ކަނޑު ނޫނީ ދަނޑެވެ.

އެޒަމާން ނިމި މިހާރު އައިސް މިތިބަ މިޒަމާނުގައި ދަނޑުވެރިކަމަކީ އާމްދަނީއާ ތަނަވަސްކަން ހޯދާ ވަޞީލަތެކެއެވެ. އިގްތިޞާދީ ވަކި ޞިނާޢަތެކެއެވެ. މިއަދު އެކި މީހުން ތިބީ އެކި ކަންކަމުގައެވެ. އެއް ބަޔަކު ތަކެތި އުފެއްދުމުން އަނެއް ބަޔަކު ސަޕްލައިކޮށް، އެހެން ބަޔަކު ވިއްކީމާ ދެންތިބި ބަޔަކު ގަނެ، އޭގެ ބޭނުންކުރުމެވެ. އެއީ މިހާރުގެ އިގްތިޞާދީ ސަރަކައިގެ ބުރު ހަމަވެ ވަށައިޖެހޭ ގޮތެވެ.

މިނިޒާމުގައި ހުންނަ ޖުމްލަ ދަތިތައް ނެތިކޮށް، ބުރޫ ފިލުވައި، އުޅާސް ނިއުޅައި ދިނުމަކީ، ސަރުކާރުން އަދާކުރަންޖެހޭ ދައުރެވެ.

ދަނޑުވެރިންގެ އުފެއްދުންތައް ރަނގަޅު އަގުގައި މާކެޓް ކުރެވޭނެ ދެމެހެއްޓެނިވި، އިތުބާރު ހުރި އިންތިޒާމެއް ނެތެއެވެ. 2021 ވަނަ އަހަރަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އެކަން ފާހަގަ ކުރެއްވިއެވެ. މި މޭރުމުން ރައީސް އިބްރާހިމް މުޙަންމަދު ޞާލިޙް ދެން ވިދާޅުވީ އެއާގުޅޭ ދެންއޮތް ދަތީގެ ވާހަކައެވެ. އެއީ ގަންނަން ބޭނުން ފަރާތްތަކަށް، އުފެއްދުންތައް ލިބޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު މިހާރު ނެތް ވާހަކައެވެ.

ތުރާތައް ފިލުވުމާއި، ދަތިތައް ފަސޭހަ ކުރުމާއި، ގޮންޖެހުންތައް ނައްތާލުމުގެ އަޑަކީ ޢާންމު އަޑެކެއެވެ. ކަންކަން ރޭވުމާއި، ފުޅާކޮށް ހަރުދަނާ ކުރުމުގެ ވާހަކަ އަކީ ހުރިހާ ބޭފުޅުން ވެސް ފަރިތަ، ދޫމަތީ ބަސްތަކެކެވެ.

ތަފާތަކީ ދަނޑުވެރިކަމުގެ މައުޟޫޢުގައި ހުރި ދަތިތަކުގެ ވާހަކަ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް ވިދާޅުވި ތަރުތީބުގެ ތަފާތު ކަމެވެ.

ރިޔާސީ ބަޔާނުގައި އެމަނިކުފާނު އެވާހަަކަ ވިދާޅުވީ އޭގެ ހައްލަށް ސަރުކާރުން އަޅުއްވަން ޖެހޭ ފިޔަވަޅު އެޅުއްވުމަށްފަހުއެވެ.

ތަފާތަކީ އެކަމަށްޓަކައި 100 އިންސައްތަ، ސަރުކާރު ހިއްޞާވާ ކުންފުންޏެއް އުފައްދަވައި އެމަަސައްކަތް ފެއްޓެވުމަށް ފަހުގައި އެ ވާހަކަ ވިދާޅުވި ވިދާޅުވުމެވެ.

ދަނޑުވެެރިންގެ އުފެއްދުންތައް ބާޒާރަށް ފޯރުކުރުމުގައި އެގްރޯ ނެޝަނަލް ކޯޕަރޭޝަން ފުޅާ ދައުރެއް އަދާ ކުރެއެވެ. އަދި މިކަން ފެއްޓެވީ މިދިޔަ ފުރަބަންދުގެ ދަތި ދުވަސްވަރުގައިކަން ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ކޮންޓްރެކްޓް ފާމިންގ އަކީ މުޅިން އަލަށް ރާއްޖޭގައި ފުޅާދާއިރާއެއްގެ ދަނޑުވެރިކަމަށް އަމާޒު ހިފޭ އިންގިލާބީ މަޝްރޫޢުއެކެވެ.

ދަނޑުވެރިކަމުގެ ރޮނގުން ފެހި ރެކޯރޑެއް އޮތް 45 ރަށެއްގެ ދަނޑުވެރިން މިހާރު ވަނީ ފާހަގަކުރެވިފައެވެ. އެފަރާތްތަކާއެކު ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ވެވޭ އެއްބަސްވުން ނިންމުމަށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އެދަނީ ތައްޔާރު ވަމުންނެވެ.

ދަނޑުވެރި ކަމަކީ ފައްކާ ވަމުން އަންނަ ޒަމާނުގެ ހުނަރާއި، ފަންނާއި، އެކި ފަރުމާތަކުން ބަރާވެފައިވާ ބައިނަލް އަގުވާމީ ޢިލްމީ ޞިނާޢަތެކެއެވެ. ތިމާވެއްޓާއި ޞިއްޙަތަށް ރައްކާތެރި އީޖާދުތަކުން އިޖާބަ ލިބެމުންދާ ވާދަވެރި ލާބަ ހުރި ވިޔަފާރިއެކެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އުފެއްދެވުމުގެ އަމާޒަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެތި އިތުރުކޮށް، އެތެރެ ކުރެވޭ މިންވަރު ދަށްކުރުމެވެ.

ރައީސް ޞާލިޙް ކުރިއަށް މިސްރާބު އެ ހިއްޕަވަނީ، ދަނޑުވެރިކަމުން، ކާބޯތަކެތީގެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ފެހިފެހި އާޒާދީގެ، ފަހިރާސްތާއިންނެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަހަރު ދެއްވި ރިޔާސީ ބަޔާނަކީ ނަތީޖާ ހާޞިލުކުރެވޭނެ ގިނަ އަމަލުތަކެއްގެ މައްޗަށް އަތުރާލެވުނު މަދު ބަސްތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

ރިޔާސީ ރޭސް: އެއް އަހުގެ ރޭހެއް!

05 ޖެނުއަރީ 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު