Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

ޤާނޫނުގެ ހަތަރުބައިކުޅަ ތިންބައި ވާވެފައި އޮތްކަން އެނގި، އެންމެން ތިބީ އެ ވާހަކަ ނުދައްކާ: ހުސައިން

29 ނޮވެމްބަރު 2020 | އާދީއްތަ 10:15

ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ އިސްލާހުތަކެއްވެސް ހިމެނޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 29 ނޮވެމްބަރު 2020 | އާދީއްތަ 10:15
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގުރާމުގައި ހުސައިން މުޙައްމަދު ވާހަކަދައްކަވަނިކޮށް

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގުރާމުގައި ހުސައިން މުޙައްމަދު ވާހަކަދައްކަވަނިކޮށް

2015 ވަނަ އަހަރު އަމަލުކުރަން ފެށުނު ކުޅިވަރުގެ ޤާނޫނަކީ އިސްލާހުތަކެއް ބޭނުންވާ އަދި އެއީ އިސްލާހުގެންނަ ޖެހޭ ޤާނޫނެއްކަން ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކުންވެސް ގަބޫލުކުރާނެ ކަމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަން އަދި ތަޖުރިބާކާރު ކުޅިވަރު އެޑްމިނިސްޓްރޭޓަރު ހުސައިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކާއި ބެހޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ހުސައިން ވިދާޅުވީ ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް އިސްލާހުތައް ހުށަހެޅުމުން ކުޅިވަރު އެސޯސިއޭޝަންތަކުން ބަޔާން ނެރުނުތައް ފެނިގެންދިޔަ ކަމަށާއި، އެހެން ނަމަވެސް ކުޅިވަރުގެ ޤާނޫނަށް ފުރަތަމަ އަމަލުކުރަން ފެށިއިރުވެސް އެ ޤާނޫނު އިސްލާހުކުރަން ޖެހޭކަން ކުޅިވަރުގެ އާއިލާއިން ގަބޫލުކުރި ކަމަށެވެ.

ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުމަކީ ކުރަން ޖެހޭކަމެއް ނަމަވެސް، އެކިއެކި ސަބަބުތަކާއި ހުރެ އެ ވާހަކަ ދައްކަން ނުކެރިފައިވާ ކަމަށާއި، ނޫނީ އެ ވާހަކަ ދައްކަން ބޭނުން ނުވެފައިތިބި ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ އިސްލާހުތަކެއް ހިމެނޭ ކަމަށާއި، މުހިންމު ނޫން އިސްލާހުތަކެއް ޤާނޫނަށް ހުށަހަޅާފައިވީ ނަމަވެސް، ފުރަތަމަ ޤާނޫނަށް އަމަލު ކުރަން ފެށީވެސް އެއްޗަކަށް އެއްޗެއް ހަދާލައިގެން ކަމަށްވާއިރު، ޤާނޫނު އިސްލާހުކޮށް ބަދަލުތަކެއް ގެނައުމަކީ އޭރުވެސް ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރުގައި ހިމެނޭ އެންމެންވެސް ގަބޫލުކުރި ކަމެއް ކަމަށް ހުސައިން ވިދާޅުވިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރެއްވި ހުސެއިން ވިދާޅުވީ އިސްލާހުކުރަން ޖެހޭކަން އެނގޭ ޤާނޫނެއް ހިފައިގެން ތިބެތިބެ ބޮޑެތި މައްސަލަތަކެއް ފެންނަމުންދާ ކަމަށާއި، ޤާނޫނުގެ ހަތަރުބައިކުޅަ ތިންބައި ވާވެފައި އޮވެ، އެކަން އެނގޭއިރުވެސް އެ ވާހަކަ ނުދައްކާތިބުމުން މަޖިލިސް މެންބަރަކު ތެދުވެ ޤާނޫނަށް އިސްލާހުތަކެއް ހުށަހެޅުމުން އެ ބޭފުޅާގެ ފަހަތުން ނުހިގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް މައިގަނޑު ފަސް ބަޔަކަށް ބަހާލާފައިވާއިރު، އެ ފަސް ބައި ހިމެނޭ ގޮތަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ އިދާރާތަކެއް ޝާމިލުވާ ގޮތަށް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހުތައް ފާސްވުމުން ކުޅިވަރުގެ އެއް މުއައްސަސާ އާއި އަނެއް މުއައްސަސާގެ ފުށުއެރުން ނިމުމަކަށް އަންނާނެ ކަމަށާއި، ކުޅިވަރުގެ ހިންގުމުގެ ތެރެއިން އަންނަ ނުރަނގަޅު ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

މި އިސްލާހުތަކުގެ އިބުތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށާފައިވާއިރު، މަޖިލީގެ ގިނަ މެމްބަރުން ވަނީ އިސްލާހުތައް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިންސާފުވެރި ކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިޚާބެއް ބޭއްވުމުން ޖަމުޢިއްޔާއަކުން ރާއްޖެއާ މެދު ފިޔަވަޅެއް އަޅާނަމަ، އެފަދަ ޖަމުޢިއްޔާއެއްގައި ރާއްޖެ އޮތުން ރާއްޖޭގެ ޤާނޫނު އަސާސީންވެސް ހުއްދަ ނުކުރާނެ ކަމަށެވެ. އެހެންކަމުން ދެފުށް ފެންނަ އުސޫލުން އިންތިޚާބު ބާއްވައިގެން ކުށަކަށްވާނަމަ، އެ ޖަމާޢަތަކުން ރާއްޖެ ވަކިވާން ޖެހޭ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

24 މެއި 2025

ޤާނޫނުގެ އެންމެ މުހިންމު މަޤްސަދަކީ ކުޅިވަރު ލާމަރުކަޒު ކުރުން: ވަޒީރު ރާފިޢު

24 މެއި 2025
ޤާނޫނުގެ އެންމެ މުހިންމު މަޤްސަދަކީ ކުޅިވަރު ލާމަރުކަޒު ކުރުން: ވަޒީރު ރާފިޢު
11 ފެބުރުއަރީ 2025

ރެއާލާ ދެކޮޅަށް ޚާއްސަ ކަމެއް އޮތްކަން ސާބިތު ކޮށްދޭން ޖެހޭ: ގާޑިއޯލާ

11 ފެބުރުއަރީ 2025
ރެއާލާ ދެކޮޅަށް ޚާއްސަ ކަމެއް އޮތްކަން ސާބިތު ކޮށްދޭން ޖެހޭ: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް