Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރު ދިރާސާއެއް ކުރުން

ސްޕޯޓްސް ކޯޕަރޭޝަނުން ގައުމީ ފެންވަރުގެ ކުޅިވަރު ދިރާސާއެއް

މިއީ ކުޅިވަރުގެ ދާއިރާއިން ގައުމީ ފެންވަރެއްގައި ކުރެވޭ ފުރަތަމަ ދިރާސާ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 08:02
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން ގައުމީ ފެންވަރުގެ ކުޅިވަރުގެ ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މައުރޫފް އަޙްމަދު (މާއްޓޭ) ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގައުމީ ފެންވަރެއްގައި ކުޅިވަރުގެ ދިރާސާއެއް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ މި ދާއިރާއިން ގައުމީ ފެންވަރެއްގައި ކުރެވޭ ފުރަތަމަ ދިރާސާއަށް ވެގެންދާނެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްޕޯޓްސް މާކެޓިންގ އެންޑް ސްޕޮންސާޝިޕުން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ފާސް ހާސިލްކޮށްފައިވާ މާއްޓޭ ވިދާޅުވީ ކުޅިވަރަކީ ޕިރަމިޑެއްގެ ގޮތުގައި ވަށައިޖެހިގެން އޮންނަ އެއްޗެއް ކަމަށާއި، އެހެން ކަމުން ކުޅިވަރާ ގުޅުން ހުރި ހުރިހާ ދާއިރާތަކެއް ވެސް ގުޅިލާމެހިގެންދާން ޖެހޭ ކަމަށެވެ.

މާއްޓޭ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ހެދުމަށް ނިންމާފައިވާ "ސްޕޯޓްސް ޑިމާންޑް އެންޑް ސްޕްލައި" ދިރާސާގެ ސަބަބުން ކުޅިވަރާ ބެހޭ ވުޒާރާއަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި، ކުޅިވަރާ ބެހޭ ވަޒީރު ބޭނުންވާ ޕޮލިސީތައް ތަންފީޒު ކުރުމަށް މި ދިރާސާއިން މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ކުޅިވަރު ކުޅޭ ކުލަބުތަކުގެ އެންމެ ބޮޑު ސްޕޮންސަރަކަށް ޒަމާނުއްސުރެން ވެފައިވަނީ ސަރުކާރު ކަމަށާއި، އެހެން އެކަން އޮތުމުން ކުލަބުތައް ވަކިބަޔަކަށް ބަރާސޯވެ، އަމިއްލަ ފައިމަތީގައި ތެދުވުމަށް ހުރަސްއެޅޭ ކަމަށް މާއްޓޭ ވިދާޅުވިއެވެ.

އެކި ކުޅިވަރުތަކާއި ކުޅިވަރު ކުލަބުތައް ސްޕޮންސާ ކުރާ ފަރާތްތަކުންވެސް އެކަން ކުރަނީ ސްޕޮންސާ ކުރާ ފަރާތުގެ ޕްރޮޑަކްޓަށް މަންފާއެއް ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެކަން ކުރަމުން އަންނަނީ ކުޅިވަރަކަށް އެހީއެއް ދިނުމުގެ ނިޔަތުގައި އެ ކުންފުންޏެއްގެ ސީއެސްއާރް ޕްރޮގްރާމުގެ ތެރެއިން ކަމަށްވީ ނަމަވެސް، ދުނިޔޭގައި ކުޅިވަރަށް ކުރާ ސްޕޮންސަރަކީ ދެ ފަރާތަށްވެސް އެތައް މަންފާއަކާއި، ފައިދާއެއް އެކަމުން ލިބިގެންދާ ކަމެއް ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ ކުޅިވަރުން މަންފާ އާއި ނަފާ ހޯދުމަށް އޮތް ފާލަމެއް ކަމަށާއި، ކުލަބުތަކާއި ސަރުކާރަށްވެސް ފައިސާ ހޯދައިދިނުމަށް އޮތް މުހިންމު ޓޫލެއް ކަމަށް މާއްޓޭ ވިދާޅުވިއެވެ.

މާއްޓޭ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ކުޅިވަރުގެ ވަސީލަތް ގާއިމުކުރުމަށް ސްޕޯޓްސް ކޯޕަރޭޝަނުން ގައިޑްލައިނެއް ހަދާފައިވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަނުން ގައުމީ ފެންވަރުގެ ކުޅިވަރުގެ ދިރާސާއެއް ކުރުމަށް ތައްޔާރުވަމުންދާއިރު، ކުޅިވަރުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި، ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީނު ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބުތަކާއި އެސޯސިއޭޝަންތަކަށް ބޭނުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުންވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު