Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެފުރީން ކޮވިޑް-19ށް ޓެސްޓު ކުރުން

ޕްރިމިއާ ލީގުގެ ރެފުރީންވެސް ކޮރޯނާވައިރަހަށް ޓެސްޓު ކުރަނީ

މީގެ ކުރިން ޖުމްލަ 13 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 07:47
ޕްރިމިއާ ލީގުގެ ރެފުރީ މައިކަލް އޮލިވާ: ކޮންމެ ދެ ހަފުތާއަކުން ރެފުރީން ވައިރަހަށް ޓެސްޓު ކުރާނެ

ޕްރިމިއާ ލީގުގެ ރެފުރީ މައިކަލް އޮލިވާ: ކޮންމެ ދެ ހަފުތާއަކުން ރެފުރީން ވައިރަހަށް ޓެސްޓު ކުރާނެ

އިނގިރޭސި ޕްރިމިއާ ލީގުގެ ރެފުރީންވެސް ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޓެސްޓު ކުރަން ނިންމައިފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ލީގު އަލުން ފަށާއިރު، މި ހަފުތާގެ ތެރޭގައި ރެފުރީން ކޮވިޑް-19ށް ޓެސްޓު ކުރަން ފަށާނެ އެވެ. އަދި ކޮންމެ ދެ ހަފުތާއަކުން ރެފުރީން ވައިރަހަށް ޓެސްޓު ކުރާއިރު، އެއްވެސް ޓެސްޓެއްގެ ނަތީޖާ ހާމަނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޕްރިމިއާ ލީގުގެ ކްލަބުތަކުން ކުޅުންތެރިން ކޮންޓެކްޓް ވެވޭ ގޮތަށް ފަރިތަކުރަން ފާސްކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ވަނީ ކްލަބުތަކުން އެކުވެރިކަމުގެ މެޗުތައް ކުޅުމުގެ ހުއްދަ ވެސް ދީފައެވެ. އެހެންކަމުން ކޮވިޑް-19ށް ޓެސްޓުކުރާ ރެފުރީންނަށް އެކުވެރިކަމުގެ މެޗުތަކުގައި އިންސާފު ކުރެވޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޕްރިމިއާ ލީގުގެ ރެފުރީން ކޮވިޑް-19ށް ޓެސްޓު ކުރާއިރު، މީގެ ކުރިން ޕްރިމިއާ ލީގުން ވަނީ ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ހަ ބުރެއްގެ މަތިން ޓެސްޓު ކޮށްފައެވެ. މި ހަ ބުރުގައި ޖުމްލަ 6،274 ޓެސްޓު ވަނީ ކޮށްފައެވެ. އެއީ ފުރަތަމަ ބުރުގައި 748 މީހުންނާއި، ދެވަނަ ބުރުގައި 996 މީހުންނާއި، ތިންވަނަ ބުރުގައި 1،008 މީހުންނާއި، ހަތަރުވަނަ ބުރުގައި 1،130 މީހުންނާއި، ފަސްވަނަ ބުރުގައި 1،197 މީހުންގެ އިތުރުން ހަވަނަ ބުރުގައި 1،195 މީހުންނެވެ.

އެއާއެކު މިހާތަނަށް ޖުމްލަ 13 މީހަކު ވަނީ ޕްރިމިއާ ލީގުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު