Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަސް އަލް ކައިމާ ހާފް މެރަތަން

ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް ޖިނާނީ މުގުރާލައިފި

މަރީގެ ރެކޯޑް ޖިނާނީ މުގުރާލީ 20:34 މިނެޓުން ދުވެގެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ފެބުރުއަރީ 2020 | ހުކުރު 13:48
ޑރ. އައިޝަތު ޖިނާނީ އިބްރާހިމް

ޑރ. އައިޝަތު ޖިނާނީ އިބްރާހިމް

ޔޫއޭއީގައި ކުރިއަށްދިޔަ ރަސް އަލް ކައިމާ ހާފް މެރަތަންގެ އަންހެނުންގެ ފަސް ކިލޯމީޓަރު ދުވުމުން އެއްވަނަ ހޯދައި އެ އިވެންޓުގެ ރާއްޖޭގެ ގައުމީ ރެކޯޑް ޑރ. އައިޝަތު ޖިނާނީ އިބްރާހިމް (އީނު) ހުކުރު ދުވަހު މުގުރާލައިފިއެވެ.

ޔޫއޭއީގައި އޮތް ހާފް މެރެތަންގައި ދުވެ ފަސް ކިލޯމީޓަރުގެ ރާއްޖޭގެ ގައުމީ ރެކޯޑް ޖިނާނީ މުގުރާލިއިރު، އޭނާ ދުވަން ނުކުމެފައިވަނީ މީގެ ފަސް މަސް ކުރިންނެވެ.

2017 ވަނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭހުގައި މަރިޔަމް އަބްދުލްކަރީމް (މަރީ) ހެދި ރެކޯޑް ޖިނާނީ މުގުރާލީ ހުކުރު ދުވަހުގެ ރޭހުގައި 20:34 މިނެޓުން ރޭސް ނިންމައިގެންނެވެ. މިއީ މަރީގެ ޓައިމިން އަށްވުރެ 14 ސުކުންތު އަވަސް ޓައިމިން އެކެވެ.

ހުކުރު ދުވަހުގެ ރޭހުގައި އަންހެނުންގެ ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް އުމުރުން 32 އަހަރުގެ ޖިނާނީ މުގުރާލިއިރު، އޭނާ ވަނީ މި އިވެންޓުން އެއްވަނަވެސް ހޯދާފައެވެ. އަދި ވަނީ ވަނީ މުޅި ރޭހުން ދެ ޖިންސު އެއްކޮށް ނުވަވަނަ ހޯދާފައެވެ.

މީގެ އިތުރުން ޔޫއޭއިގައި ކުރިއަށްދިޔަ ޔޫއޭއީގައި ކުރިއަށްދިޔަ ރަސް އަލް ކައިމާ ހާފް މެރަތަންގައި ރާއްޖޭގެ ދުވުންތެރިން ވަނީ ގިނަ ރެކޯޑްތަކެއް ހަދާފައެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭހުގައި ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ވަނީ ފިރިހެނުންގެ ފަސް ކިލޯމީޓަރު ދުވުމުގެ އެއްވަނަ ހޯދާ، މި އިވެންޓުގެ ގައުމީ ރެކޯޑް މުގުރާލާފައެވެ. 15:33 މިނެޓުން ދުވެގެން މޯޑް މުގުރާލީ މޮރޮކޯގައި 2018 ވަނަ އަހަރު ހުސެއިން ފަޒީލް ހާރޫން 15:50 މިނެޓުން ދުވެގެން ހެދި ރެކޯޑެވެ.

މީގެ އިތުރަށް ހުކުރު ދުވަހުގެ ރޭހުގައި ތަޖުރިބާކާރު ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ވަނީ ހަތަރު ރިކޯޑެއް އާކޮށްފައެވެ. އެގޮތުން އަންހެނުންގެ ހާފް މެރެތަންގެ ގައުމީ ރެކޯޑް މަރީ އާކުރީ 1 ގަޑި 32:42 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އަންހެނުންގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް 43 މިނެޓުން ދުވެގެން އާކުރިއިރު، އަންހެނުންގެ 15 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޭނާ އާކުރީ 1 ގަޑި 5:23 މިނެޓުން ދުވެގެންނެވެ. އޭގެ އިތުރަށް އަންހެނުންގެ 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް މަރީ އާކުރީ 1 ގަޑި 28:11 މިނެޓުން ދުވެގެންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު