Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް 2019

ދަނޑުވެރިކަން އާލާކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ޕެސްޓިސައިޑާއި ބެހޭ ބިލް މަޖިލީހަށް ބަލައިގެންފި

ބިލް ފާސްކުރަން ފެންނަ ކަމަށް 42 މެމްބަރުން ވަނީ ވޯޓް ދެއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 09:14
ޕެސްޓްސައިޑް ބޭނުންކުރުމުގައި ގެންގުޅޭނެ އުސޫލްތަކެއް ބިލްގައި ވަނީ ކަނޑައަޅާފައި

ޕެސްޓްސައިޑް ބޭނުންކުރުމުގައި ގެންގުޅޭނެ އުސޫލްތަކެއް ބިލްގައި ވަނީ ކަނޑައަޅާފައި

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން އާލާކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ޕެސްޓިސައިޑާއި ބެހޭ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

ބިލް ފާސްކުރަން ފެންނަ ކަމަށް 42 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ބިލް އިތުރަށް ދިރާސާކުރަން ބިލާއި ގުޅުން ހުރި ކޮމިޓީއަށް ބިލް ވަނީ ފޮނުވާފައެވެ.

Advertisement - newsAdvertisement

ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގްއެވެ. ބިލްގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 15 އެޕްރީލްގައެވެ.

ބިލަށް ވާހަކަދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ ބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޕެސްޓި ސައިޑް ބޭނުންކުރުމުގައި ކޮލިޓީ ރަނގަޅު ކުރުމަށް އެއްވެސް އުސޫލެއް ނުގެންގުޅޭ ކަމަށާއި، މި ބިލަކީ ދަނޑުވެރިކަން ދިރުވާ އާލާކުރުމަށް މުހިއްމު ބިލެއް ކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. ގާނޫނުތައް ހެދުމަކުން ނުފުދޭ ކަމަށާއި، ގާނޫނު ހަދާފައި އެ ތަންފީޒް ކުރެވޭނެ ގޮތްތަކެއް ހޯދުން މުހިއްމު ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މި ބިލްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުން ކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި، ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި، ބޭނުންކުރުމާއި، ނައްތާލުމާއި ބެހޭ އުސޫލްތައް ކަނޑައަޅައި، ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލްތައް ބަލައި ފިޔަވަޅު އެޅުމާއި، ޕެސްޓިސައިޑާއި ގުޅޭ އެނޫން ވެސް އުސޫލްތައް ބަޔާން ކޮށްފައިވެއެވެ.

މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި،އެކްސްޕޯޓްކުރުމާއި، ވިއްކުމާއި، އުފެއްދުމާއި،ބޭނުންކުރުމާއި ބެލެހެއްޓުމާއި،ނައްތާލުމާއި ގުޅޭ އުސޫލްތައް ކަނޑައެޅިގެންދާނެއެވެ. ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ޕެސްޓިސައިޑާއި ބެހޭ ބޯޑްގެ ނަމުގައި މިނިސްޓްރީގައި ބޯޑެއް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާކޮށްފައިވެއެވެ. މީގެ އިތުރުން ބިލްގައި ޕެސްޓިސައިޑް އާއި ގުޅޭ ސިޔާސަތު ކަނޑައެޅުމާއި، ޕެސްޓިސައިޑް އާއި ބެހޭ ޔުނިޓެއް މިނިސްޓްރީގެ ދަނޑުވެރިކަމުގެ ޑިވިޝަންގައި މިނިސްޓަރު އުފައްދަންވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ޕެސްޓިސައިޑް އާއި ބެހޭ ބޯޑެއް އެކުލަވާލުމަށް ބަޔާން ކޮށްފައިވާއިރު، މި ބިލް ގާނޫނަކަށް ބަދަލުވެ، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ބޯޑް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވެއެވެ. މި ބޯޑަކީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި އުފައްދަންޖެހޭ ބޯޑެކެވެ.

މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިޔުމުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަދޭނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޯޑުންނެވެ. ޕެސްޓިސައިޑް ނައްތާލުމާއި، ޕެސްޓިސައިޑް ބަންދުކުރުމާއި ލޭބަލް ކުރުމާއި، އަލުން ބަންދުކުރުމާއި،ޕެސްޓިސައިޑް ރައްކާކޮށްފައި ބެލެހެއްޓުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި،އިޝްތިހާރުކުރުމާއި،ލައިސަންސް ދޫކުރާނެ ގޮތްތައް ވެސް ބިލްގައި ބަޔާން ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު