Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިސްޓްރީ އޮފް ފިނޭންސް

ޒުވާނުންގެ ގައުމީ މަޖިލިސް އަށް މެމްބަރުން ހޯދުމަށް އިއުލާންކޮށްފި

މަޖިލީހުގައި ޖުމްލަ 15 މެމްބަރުން ތިބޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2019 | ހުކުރު 17:07
ޒުވާނުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

ޒުވާނުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ

ޒުވާނުންގެ ގައުމީ މަޖިލިސް އަށް މެމްބަރުން ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިއުލާންކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ޒުވާނުންގެ ގައުމީ މަޖިލީހަކީ ޒުވާނުންގެ ކުރިއެރުމަށާއި، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ބައްޓަން ކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރު ކުރުމަށާއި، ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާ އެރުވުމަށް އެކުލަވާލެވޭ މަޖިލީހެކެވެ. އެ މަޖިލީހުގެ މަޤްސަދަކީ ޒުވާނުންނާބެހޭ މިނިސްޓްރީއިން ކުރަމުންގެންދާ މަސައްކަތްތަކަކީ ޒުވާނުންނާ ރަހުމަތްތެރި މަސައްކަތްތަކަކަށް ހެދުމަށްޓަކައި ޒުވާނުންގެ އަޑު އަހާ، ޒުވާނުންނާބެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމާއި، މުރާޖަޢާ ކުރުމަށް، ޒުވާނުންގެ ޚިޔާލު ހޯދުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމުގައި ޒުވާނުންނާއި ޒުވާނުންގެ ދާއިރާގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އެ މަޖިލީހުގެ މަޤްސަދެއްކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އެ ދާއިރާތަކުގައި ހުރި ކަންބޮޑުވުންތަކަށް ނުވަތަ ދަތިތަކަށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމުގެ ގޮތުން މަސައްކަތް ކުރެވޭނޭ ގޮތްތައް ފާހަގަކޮށް އެފަދަ ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކުގެ ލަފާ މިނިސްޓަރަށް އެރުވުން މި މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނެކަމަށް ޔޫތު މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

ހަމައެއާއެކު ބައިނަލްއަޤްވާމީ ފެންވަރުގައި ޒުވާނުންގެ ތަރައްޤީއަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފަޔާއި މަޝްވަރާ ދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހި ޒުވާނުންނަކީ އިސްލާމްދީނުގެ ބިންގަލުގެ މަތީގައި ގައުމަށް ވަފާތެރިކަމާއެކު ގައުމީ ތަރައްގީއަށް ޒިންމާދާރުކަމާއެކު ހިއްސާވާ އަދި އެމީހުންގެ ކުރިއެރުމަށް ބޭނުންވާ ފުރުސަތުތައް ލިބިފައިވާ ބަޔަކަށް ހެދުންވެސް އެއީ އެ މަޖިލީސް އުފެއްދުމުގެ މަޤްސަދެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ޒުވާނުންގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ އިޢުލާން ކޮށްގެން ހޮވާ 9 މެންބަރުންނާއި އެކިއެކި މުއައްސަސާތަކުން ޢައްޔަނުކުރާ 6 މެންބަރުން ހިމެނޭ ގޮތަށް ޖުމުލަ 15 މެންބަރުންގެ މައްޗަށެވެ. އަދި މަޖިލީހަށް މެންބަރުން ހޮވުމުގައި މަދުވެގެން 50 ޕަސެންޓް އަންހެނުން ހިމެނުމަށް އިސްކަމެއް ދެވޭނެ ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެއެވެ.

އިއުލާންގައި ބުނެފައިވާގޮތުން ޒުވާނުންގެ މަޖިލީހުގެ މުއްދަތަކކީ އިންތިޚާބުވެފައިވާ ރިޔާސީ ދައުރުގެ މުއްދަތެވެ. އެ މަޖިލީހުގެ މެމްބަރުންގެ މުސާރައިގެ ގޮތުގައި މަޖިލީހުގެ މެންބަރުންނަށް ބައްދަލުވުމަކަށް 500 ރުފިޔާގެ ރޭޓުން މަހަކު 4000 ހަތަރު ހާސް ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ލިބޭނެ ކަމަށް އިއުލާންގައި ބުނެފައިވެއެވެ. އަދި ބައްދަލުވުމަށް ކަނޑައެޅިފައިވާ ފައިސާ މެންބަރުންނަށް ލިބޭނީ ބައްދަލުވުމުގެ ވަގުތުގެ 90 ގައި ބައިވެރިވުމުން ކަމަށްވެސް ބުނެފައިވެއެވެ.

މަޖިލީހުގައި ހިމެނޭ ދާއިރާތައް:

  1. 16 އަހަރާއި 18 އަހަރާ ދެމެދުގެ، ރަސްމީ ތަޢުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވަމުންދާ އަންހެން 1 (އެކެއް) ދަރިވަރު
  2. 16 އަހަރާއި 18 އަހަރާ ދެމެދުގެ، ރަސްމީ ތަޢުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވަމުންދާ ފިރިހެން 1 (އެކެއް) ދަރިވަރު
  3. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ ދާއިރާއެއްގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް
  4. މަސްތުވާ ތަކެއްޗާމެދު ހޭލުންތެރިކުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް
  5. ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތުގެ ދާއިރާގެ 1 (އެކެއް) ފަރާތް
  6. ޤާނޫނީ ދާއިރާގެ 1 (އެކެއް) ފަރާތް
  7. ފަންނާނުންގެ ދާއިރާއަކުން 1 (އެކެއް) ފަރާތް
  8. ކުޅިވަރުގެ ދާއިރާއަކުން 1 (އެކެއް) ފަރާތް
  9. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތަކުން 1 (އެކެއް) ފަރާތް
  10. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 'ޔޫތު ޑިޕާޓްމަންޓް' ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް
  11. މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް
  12. މޯލްޑިވްސް ޕޮލިސް ސަރވިސްގެ 'ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑް' ގެ 1 (އެކެއް) ފަރާތް
  13. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް
  14. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ 'ކޯޕަރޭޓް އެފެއަރޒް' ގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް
  15. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްގެ ޕޮލިސީ-ލެވެލްގެ 1 (އެކެއް) ފަރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު