Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އާރިއާނާ ގްރާންޑޭ

އާރިއާނާ ގްރާންޑޭގެ 'ތެންކް ޔޫ، ނެކްސްޓް ޔޫޓިއުބްގެ ރެކޯޑްތައް މުގުރަނީ

'ތެންކް ޔޫ، ނެކްސްޓް'ގެ ވީޑިއޯ ރިލީޒްކޮށްފައިވަނީ ހޮނިހިރު ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2018 | ހޯމަ 13:54

އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަލިޔުންތެރިޔާ އާރިއާނާ ގްރާންޑޭގެ "ތެންކް ޔޫ، ނެކްސްޓް" ލަވައިގެ ވީޑިއޯ ދަނީ ގިނަ ރިކޯޑްތަކެއް މުގުރަމުންނެވެ.

ހޮނިހިރު ދުވަހު ރިލީޒްކޮށްފައިވާ މި ވީޑިއޯ އަށް 22 ގަޑިއިރުގެ ތެރޭގައި 46 މިލިއަން ވިއުސް ލިބިފައިވާއިރު، "ތެންކް ޔޫ، ނެކްސްޓް" ވެގެންދިޔައީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ހޯދާފައިވާ ވީޑިއޯއަށެވެ.

"ތެންކް ޔޫ، ނެކްސްޓް"ގެ ކުރިން މި ރިކޯޑް އޮތީ ކޭ-ޕޮޕް ބޭންޑެއްކަމަށްވާ ބީޓީއެސް އަތުގައެވެ. އޮގަސްޓް މަހު ރިލީޒް ކުރި އެ ބޭންޑުގެ "އައިޑޮލް" ލަވައަށް 24 ގަޑިއިރުގެ ތެރޭގައި ލިބިފައި ވަނީ 45.9 މިލިއަން ވިއުސްއެވެ.

"ތެންކް ޔޫ، ނެކްސްޓް"އިން މިހާތަނަށް ހޯދާފައިވާ ރިކޯޑްތަކުގެ ތެރޭގައި، އެއް ފަހަރާ އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯ އަދި ވީޑިއޯ ޕްރިމިއާ ކުރި ވަގުތު އެންމެ ގިނަ ޗެޓް މެސްޖް ލިބުނު ވީޑިއޯ ހިމެނެއެވެ. އަދި ޔޫޓިއުބްގައި ޓްރެފިކް ބޮޑުވެގެން ވީޑިއޯ އަށް ކޮމެންޓް ޕޯސްޓްވުން ޑިލޭވެގެން ދިޔައެވެ.

ނޮވެމްބަރުގެ ކުރީކޮޅު ރިލީޒްކޮށްފައިވާ "ތެންކް ޔޫ، ނެކްސްޓް"ގެ ވީޑިއޯ ލަވައިގެ ޓީޒަރތައް އާރިއާނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ހިއްސާ ކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.

އެ ލަވައަކީ އޭނާއާއި ކޮމީޑިއަން ޕީޓް ޑޭވިޑްސަންގެ އެންގޭޖްމަންޓް ރޫޅުމަށްފަހު އޭނާ ރިލީޒް ކުރި ލަވައެކެވެ. އަދި އެ ލަވައިގައި ޕީޓްގެ އިތުރުން، އާރިއާނާގެ ބައެއް އެހެން ލޯބިވެރިންގެ ނަންވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ރެޕް އާޓިސްޓް ބިގް ޝޯން އާއި ދާދި ފަހުން އޯވަރޑޯޒް ވެގެން މަރުވި މެކް މިލަރ ހިމެނެއެވެ.

ކުރީގެ ލޯބިވެރިންގެ ނަން ހިމަނައި ތައްޔާރުކުރި ލަވަ އެއް ނަމަވެސް، "ތެންކިއު، ނެކްސްޓް"ގައި އެ މީހުންނަށް އެއްވެސް ރުޅިވެރިކަމެއް ހިއްސާކޮށްފައެއް ނުވެއެވެ.

ލަވައިގެ ވީޑިއޯ ހޮނިހިރު ދުވަހު ރިލީޒްކޮށްފައިވާއިރު، އެއިން ފެނިގެންދަނީ ކާމިޔާބު ފިލްމްތަކުގެ މަންޒަރުތަކެވެ.

އެގޮތުން "މީން ގަރލްސް"، "ތަރޓީން ގޮއިން އޮން ތަރޓީ"، "ބްރިންގް އިޓް އޮން" އަދި "ލީގަލީ ބްލޮންޑް"ގެ މަންޒަރުތައް އާރިއާނާ ވަނީ ރިކްރިއޭޓްކޮށްފައެވެ. އަދި އެ ފިލްމްތަކުން ފެންނަ ބައެއް ކާސްޓުން ވެސް ފެނެއެވެ. ލަވައިގެ "މީން ގަރލްސް" ބައިގައި އާރިއާނާގެ މަންމަގެ ރޯލުން ފެންނަނީ ކިމް ކާޑޭޝިއަންގެ މަންމަ ކްރިސް ޖެނަރއެވެ.

މި ވީޑިއޯ ރިލީޒް ކުރުމާ އެކު ތައުރީފް ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ހިމެނެއެވެ. އޭގެ ތެރޭގައި "ތަރޓީން ގޮއިން އޮން ތަރޓީ"ގެ ތަރިންކަމުގައިވާ ޖެނިފަރ ގާނަރ އާއި މާކް ރަފަލޯ އަދި "ލީގަލީ ބްލޮންޑް"ގެ ތަރި ރީސް ވިދަސްޕޫން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރްދާނީ 2 ވައްޓާލުމަށްފަހު ޖުމާންޖީ- ދަ ނެކްސްޓް ލެވެލް އިންޑިއާގެ ސިނަމާތައް ހިސާރުކޮށްފި

މަރްދާނީ 2 ވައްޓާލުމަށްފަހު ޖުމާންޖީ- ދަ ނެކްސްޓް ލެވެލް އިންޑިއާގެ ސިނަމާތައް ހިސާރުކޮށްފި

14 ޑިސެމްބަރު 2019
ޕްރިޔަންކާ އާއި ވިލް ސްމިތު ޔޫޓިއުބްގެ ޝޯއަކަށް

ޕްރިޔަންކާ އާއި ވިލް ސްމިތު ޔޫޓިއުބްގެ ޝޯއަކަށް

06 މެއި 2018

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު