Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސިޝަން ކޮމިޓީތައް

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއަރުވަން އާކަމެއް ކޮށްފައެއް ނެތް: ޑރ ހުސައިން ރަޝީދު

ބޭނުންވި ހުރިހާ މައުލޫމާތެއް ނުދޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2018 | ބުދަ 13:57
ޓްރާންސިޝަން ކޮމެޓީތަކުން ބޭއްވި ޕްރެސްކޮންފަރެންސް

ޓްރާންސިޝަން ކޮމެޓީތަކުން ބޭއްވި ޕްރެސްކޮންފަރެންސް

ރައީސް ޢަބްދުﷲ ޔާމިންގެ ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ކުރިއަރުވަން އެއްވެސް އާކަމެއް ކޮށްފައި ނުވާކަމަށް ޓްރާންސިޝަންގެ މަސައްކަތްކުރާ އިކޮނޮމިކް ކޮމެޓީގެ ސަބްކޮމެޓީތަކުން ބުނެފިއެވެ.

ސަރުކާރު ބަދަލުވާއިރު މިނިސްޓްރީތަކުގެ މައުލޫމާތު ސާފުކުރުމަށް ހަދާފައިވާ އިކޮނޮމިކް ކޮމެޓީތަކުގެ ސަބްކޮމެޓީގެ ޗެއަރމަނުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ގިނަ މައުލޫމާތު ތަކެއް ލިބުނު ކަމުގައިވީނަމަވެސް ދީފައިވަނީ އެމިނިސްޓްރީން ދޭން ބޭނުންވި މައުލޫމާތެއް އެކަނި ކަމަށެވެ.

Advertisement - newsAdvertisement

ޑރ ހުސައިން ރަޝީދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީން ހިންގާފައިވާ ކަންތައްތަކުގެ ތެރޭގައި ދައުލަތަށް އެންމެ ފައިދާ ނުވާގޮތަށް ކަންކަން ހިންގާފައި އެބަހުރި ކަމަށާއި ކުރިން ކުރަމުން އައި ކަމެއްގެ އިތުރުން މިދިޔަ 5 އަހަރުގެ ތެރޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް އާކަމެއް ކޮށްފައި ނުވާކަމަށެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން އެބަހުރި ކަމަށާއި އެކަން އެންމެ ރަނގަޅަށް އެނގިގެންދާނީ އެވުޒާރާއާ ހަވާލުވާ މިނިސްޓަރަކު އެމިނިސްޓްރީގެ ކަންކަން ރަނގަޅަށް ބެއްލެވުމުން ކަމަށްވެސް ޑރ ހުސައިން ވިދާޅުވިއެވެ.

އެމިނިސްޓްރީން އެދުނީ ލިޔުމަކުން މައުލޫމާތަށް އެދެންކަން ފާހަގަ ކުރައްވަމުން ޑރ ހުސައިން ވިދާޅުވީ އެގޮތައް ލިޔުމުންވެސް މައުލޫމާތު ދެއްވާފައި ވަނީ އެމިނިސްޓްރީން ބޭނުންވި މައުލޫމާތެއް އެކަނި ކަމަށެވެ.

އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ އިކޮނޮމިކް ކޮމެޓީގެ މެމްބަރު އިޔާދު ހަމީދު ވިދާޅުވީ ލޭބަރ އަދި ޓްރާންސްޕޯޓްގެ ޕޮލިސީތައް ހުރީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި ބޭރުގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައްވެސް ހުއްޓިފައިވާ ކަމަށެވެ. އަދި ހިންގާތާ އެތައް އަހަރެއް ވެފައިވާ މަޝްރޫއުތަކުންވެސް އެދެވޭ ނަތީޖާއެއް ނުލިބި ހުއްޓިފައިވާ ކަމަށެވެ.

އިޔާދު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން ހިންގަންވެސް ހުރީ އެންމެ މުވައްޒަފެއް ކަމަށާއި ބޮޑު ޚަރަދުކޮށްގެން ބޭރުގެ ޤައުމުތަކުގައި ހިންގާފައިވާ އިންވެސްޓްމަންޓް ފޯރަމްތަކުން ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގައި ގިނަ އަދަދެއްގެ ސިޔާސީ މަޤާމްތައް އުފައްދާފައިވާކަން ފާހަގަ ކުރައްވަމުން އިޔާދު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ ގޮތުގައި 60 މުވައްޒަފުން ތިބިއިރު ކޮންޓްރެކްޓަރުންގެ ގޮތުގައި 40 އަދި ސިޔާސީ މަޤާމަތްކުގެ ގޮތުގައި 24 މުވައްޒަފުން ހިމެނޭ ކަމަށެވެ.

އިޔާދުވެސް ވިދާޅުވީ އެމިނިސްޓްރީގައިވެސް ގޮތް ނޭނގޭ ގޮތައް ކަންކަން އެބަހުރިކަމަށާއި ސާފު މަންޒަރެއް އެނގިގެންދާނީ އައު ސަރުކާރުގެ މިނިސްޓަރު އެމަޤާމާ ހަވާލުވެ އެތަން ރަނގަޅަށް ބެލުމުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިނާއީ އެއްވެެސް ކުށެއް ކޮށްފައެއް ނުވާނެ: ރައީސް މައުމޫން

ޖިނާއީ އެއްވެެސް ކުށެއް ކޮށްފައެއް ނުވާނެ: ރައީސް މައުމޫން

28 ފެބުރުއަރީ 2018
ވިލިމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން

ވިލިމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން

25 ނޮވެމްބަރު 2017
ޖުވާ ކުޅޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޫކޮށްފައެއްނުވާނެ: ކަސްޓަމްސް

ޖުވާ ކުޅޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޫކޮށްފައެއްނުވާނެ: ކަސްޓަމްސް

04 އޮކްޓޯބަރު 2017
ޑރ ހަލީލް ކިޔާ ބޭފުޅަކު ޕީޕީއެމްގެ ސެކްރަޓަރީ ޖެނަރަލްގެ މަގާމަށް އައްޔަން ކޮށްފައެއް ނުވާނެ:ރައީސް މައުމޫން

ޑރ ހަލީލް ކިޔާ ބޭފުޅަކު ޕީޕީއެމްގެ ސެކްރަޓަރީ ޖެނަރަލްގެ މަގާމަށް އައްޔަން ކޮށްފައެއް ނުވާނެ:ރައީސް މައުމޫން

14 ސެޕްޓެމްބަރު 2017
ޑިފެންސް މިނިސްޓަރުގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރެއް ވަޒީފާއެއް ވަކިކޮށްފައެއް ނުވޭ: އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރުގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް އޮފިސަރެއް ވަޒީފާއެއް ވަކިކޮށްފައެއް ނުވޭ: އެމްއެންޑީއެފް

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު